އަޕްފްރަންޓް ޕޭމަންޓް
"އަޕްފްރަންޓް ޕޭމަންޓް" ކަމަށް ބުނެފައި އެވަނީ، އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގަތުމަށް ޓަކައި ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިވާ މުޢާމަލާތްތަކާ ގުޅިގެން ލުއި ދިނުމާއި، މަންފާ ހޯދައިދިނުމާއި، ފައިސާ މަޢާފުކޮށްދިނުމަށް ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 8 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތަށް އިންސްޓޯލްމަންޓަށް ބަހައިލައިގެން ފައިސާ ދެއްކުމަށްވާ އިންސްޓޯލްމަންޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން މި އުސޫލުގެ ޖަދުވަލު 1 ގައިވާ ގޮތުގެ މަތީން ކުލި ދައްކަންޖެހޭ ފަރާތުން އެކީ އެއްފަހަރާ ދައްކަންޖެހޭ ފައިސާއަށެވެ.