gaanoon_logo
-

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2025-07)

(މި ގާނޫނަށް އަމަލުކުރަން ފެށީ 25 މޭ 2025 ގައި)

(މި ގާނޫނުގެ 99 ވަނަ މާއްދާއިން ވަނީ ގާނޫނު ނަންބަރު 2010-17 އާއި، ގާނޫނު ނަންބަރު 2010-18 އުވާލެވިފައި)

 

އެއްވަނަ ބާބު

ފެށުން

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ، "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގާނޫނުގެ ބޭނުމަކީ އަންނަނިވި މަގްސަދުތައް ހާސިލުކުރުމެވެ.

(ހ) އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ދިވެހިރާއްޖޭގައި ހިންގުން ހުއްޓުވުމަށްޓަކައި، ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތުން ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތައް ބަޔާންކުރުމާއި އެ ކުށްތަކުގެ އަދަބު ކަނޑައެޅުން؛ 

(ށ) އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެމަތިން ފިޔަވަޅު އެޅުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހާއްސަ ބާރުތަކެއް ދިނުން؛

(ނ) އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތަކުން ކުޑަކުދިން އެފަދަ ކުށްތައް ކުރާ ވެށިން ދުރުކޮށް، އެކުދިންނަށް ރައްކާތެރިކަންދ،ީ ހެޔޮގޮތުގައި މުޖުތަމައަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ހާއްސަ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ކަނޑައެޅުން؛

(ރ) އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި، އެފަދަ ކުށްތައް ކުރާ ފަރާތްތައް އުޅޭނޫޅޭ ގޮތް މޮނިޓަރކޮށް، ފިޔަވަޅު އެޅޭނެ ހާއްސަ އުސޫލުތައް ކަނޑައެޅުން.

 

3 ވަނަ މާއްދާ - ގާނޫނު ހިނގާނެ ދާއިރާ

މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނު ހިނގާނީ، އަންނަނިވި ހާލަތްތަކުގައި ކުރާ، މި ގާނޫނުގައި ކަނޑައަޅާފައިވާ އިންތިޒާމުވެގެން ހިންގާ ކުށްތަކާއި ނުރައްކާތެރި ކުށްތަކުގެ މައްޗަށެވެ.

(ހ) މުޅި ކުށް އެކުގައި ނުވަތަ ކުށުގެ ބައެއް ދިވެހިރާއްޖޭގައި ކުރާ ހާލަތުގައި؛ ނުވަތަ

(ށ) މުޅި ކުށް އެކުގައި ނުވަތަ ކުށުގެ ބައެއް ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކަނޑުގެ ނުވަތަ ވައިގެ އުޅަނދެއްގައި ކުރާ ހާލަތުގައި؛ ނުވަތަ

(ނ) މުޅި ކުށް އެކުގައި ނުވަތަ ކުށުގެ ބައެއް ދިވެހިރައްޔިތަކު ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ކުރާ ހާލަތުގައި؛ ނުވަތަ

(ރ) މުޅި ކުށް އެކުގައި ނުވަތަ ކުށުގެ ބައެއް ދިވެހިރައްޔިތަކު ފިޔަވައި އެނޫން ފަރާތެއްވެސް ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ކުރާ ހާލަތުގައި. 

 

 

ދެވަނަ ބާބު

މަފްހޫމްތަކުގެ ރަދީފު

 

4 ވަނަ މާއްދާ - އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށް

(ހ) މި ގާނޫނުގައި "އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށް" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކުން ކުރާ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ.

  1. މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛
  2. މީހުން ޓްރެފިކްކުރުމުގެ ކުށް؛
  3. ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުމުގެ ކުށް؛
  4. އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމުގެ ކުށް؛
  5. ނުރައްކާތެރި ކުށް؛
  6. އަނިޔާވެރި ކުށްތަކުގެ ތެރެއިން ކުށުގެ އަދަބުގެ ގޮތުގައި 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދުކުރުމުގެ އަދަބު ކަނޑައެޅިފައިވާ އެންމެހައި ކުށްތައް.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގައި ކަނޑައަޅާފައިވާ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށަށެވެ. 

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، މީހުން ޓްރެފިކްކުރުމުގެ ކުށް ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2013-12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު) ގައި ކަނޑައަޅާފައިވާ މީހުން ޓްރެފިކްކުރުމުގެ ކުށަށެވެ. 

(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތިން ވިޔަފާރިކުރުމުގެ ކުށް ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކުން ދިވެހިރާއްޖެއަށް އެތެރެކުރުމަށް މަނާ ކަމަށް ކަނޑައަޅާފައިވާ އެއްވެސް އެއްޗަކުން ވިޔަފާރިކުރުމުގެ ކުށަށެވެ.

(ބ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމުގެ ކުށް ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 310 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށަށެވެ.

(ޅ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ނުރައްކާތެރި ކުށް ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށަކަށެވެ.

(ކ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އަނިޔާވެރި ކުށް ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަމާބެހޭ ކުށް ކަނޑައެޅުމުގެ ގާނޫނުތަކުގައި ކަނޑައަޅާފައިވާ، ފަރުދުންނާ ދެކޮޅަށް ހިންގާ ކުށްތަކުގެ ތެރެއިން އަނިޔާވެރި އަމަލު ހިމެނޭ ކޮންމެ ކުށަކަށެވެ.

 

5 ވަނަ މާއްދާ - ނުރައްކާތެރި ކުށް

މި ގާނޫނުގައި "ނުރައްކާތެރި ކުށް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށަކަށެވެ.

 

6 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕް

(ހ) މި ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް، ނުވަތަ އެނޫންވެސް ޖިނާއީ ކުށް ކޮށްގެން ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް މާލީ ނުވަތަ އެނޫންވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތްކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކަށެވެ. މި މާނައިގެ ތެރޭގައި، ގޭންގު، ކްރިމިނަލް އެންޓަޕްރައިސް، ކްރިމިނަލް ސިންޑިކޭޓް އަދި އެނޫންވެސް ގްރޫޕުތައް ހިމެނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ވަކި ގްރޫޕެއް އެއީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމުގައި ބެލުމުގައި، އެ ގްރޫޕަށް ނިސްބަތްވާ މީހުން އެކި ފަހަރުމަތިން ބަދަލުވަމުން އައިސްފައިވުމަކީ، ނުވަތަ އެ ގްރޫޕަށް ނިސްބަތްވާ މީހުންގެ ތެރެއިން ޖިނާއީ ކުށެއް ކުރުމުގައި ނުވަތަ އެއިން ކުށެއް އިންތިޒާމުކުރުމުގައި ނުވަތަ ރޭވުމުގައި ބައިވެރިވަނީ ހަމައެކަނި އޭގެ ތެރެއިން އެކަކު ނުވަތަ ބައެއް މީހުން ކަމުގައިވުމަކީ، ނުވަތަ އެ ގްރޫޕުން ކުރާ ކުށެއް ނުވަތަ އެއް ކުށަށްވުރެ ގިނަ ކުށް އަމަލީގޮތުން ކުރަނީ އެ ގްރޫޕަށް ނިސްބަތްވާ މެންބަރުން ކަމުގައިނުވުމަކީ، ރިއާޔަތްކުރެވިގެންވާނެ ކަމެއް ނޫނެވެ.

 

7 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ގްރޫޕް

(ހ) މި ގާނޫނުގައި "އިންތިޒާމުވެފައިވާ ގްރޫޕެއް" ކަމަށް ބުނެފައި އެވަނީ، ހަމައެކަނި ވަކި ކުށެއް ކުރުމަށް އެހިނދަށް އެކުވާ ބަޔަކު ކަމުގައިނުވާ، އެއް ފަހަރަށްވުރެ ގިނަ ފަހަރު އިންތިޒާމުވެގެން، ޖިނާއީ ކުށް ކުރުމަށް ގުޅިގެން މަސައްކަތްކުރާ ގްރޫޕަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ވަކި ގްރޫޕެއް އެއީ އިންތިޒާމުވެފައިވާ ގްރޫޕެއް ކަމުގައި ބެލުމުގައި، އެ ގްރޫޕުގެ ތެރޭގައި ވަކި ބަޔަކަށް ވަކި މަސްއޫލިއްޔަތެއް ނުވަތަ މަގާމެއް ކަނޑައެޅިފައިވުން ނުވަތަ އެ ގްރޫޕަށް ނިސްބަތްވާ އެއް ބަޔަކީ އެ ގްރޫޕުގެ ވަކި މީހެއްގެ ވަޒީފާގައި ނުވަތަ ވަކި މީހެއްގެ ފަރާތުން އުޖޫރަ ލިބިގެން ތިބޭ ބައެއް ކަމުގައިވުން ލާޒިމެއް ނޫނެވެ.

 

8 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއް

(ހ) މި ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއް" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ވަކި މަގާމެއް ނުވަތަ މަސްއޫލިއްޔަތެއް ކަނޑައެޅިފައިވާ ކޮންމެ މީހަކާއި އެފަދަ މަގާމެއް ނުވަތަ މަސްއޫލިއްޔަތެއް ކަނޑައެޅިފައިނުވިނަމަވެސް އެފަދަ ގްރޫޕެއްގެ މެންބަރެއްގެ ދައުރު އަދާކުރާ ނުވަތަ އެފަދަ ގްރޫޕަކަށް ނިސްބަތްވާ ކޮންމެ މީހަކަށެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާން ހާމަކޮށްގެންއުޅޭ ނުވަތަ ބޭނުންކުރާ ކޮންމެ ފަރާތަކީ ނުވަތަ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތަކީވެސް، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމުގައި ބެލޭނެ އެވެ.

 

9 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއް ކަމަށް ދެއްކުން

މި ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއް ކަމަށް ދެއްކުން" ކަމަށް ބުނެފައި އެވަނީ، މީހަކު ބުނާ ބަހަކުން ނުވަތަ ކުރާ އަމަލަކުން ނުވަތަ ހާމަކުރާ އިބާރާތަކުން ނުވަތަ އެނޫންވެސް ގޮތަކަށް އެމީހަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއްކަން ދެއްކުމަށެވެ. އޭގެ ތެރޭގައި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާން ހާމަކޮށްގެންއުޅުން ހިމެނެއެވެ.

 

10 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ހިންގުން

މި ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ހިންގުން" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމާއި އެފަދަ ގްރޫޕަކަށް މީހުން ހޯދުމާއި އެފަދަ ގްރޫޕެއްގެ ހަރަކާތްތައް ހިންގުމާއި އެފަދަ ގްރޫޕުތަކަށް ފައިނޭންސްކުރުމާއި އެފަދަ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކަށް އިރުށާދުދިނުމާއި އެންގުންތައް އެންގުން ހިމެނޭގޮތުން، އެފަދަ ގްރޫޕެއްގެ ހަރަކާތްތައް ހިންގުމުގައި އެއްވެސް މަސްއޫލިއްޔަތެއް އަދާކުރުމަށެވެ.

 

11 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާން

މި ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާން" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ވަކި ގްރޫޕަކަށް ނިސްބަތްވާކަން ނުވަތަ އެއިން ގްރޫޕަކާ ގުޅިފައިވާކަން ނުވަތަ އެއިން ގްރޫޕަކަށް ތާއީދުކުރާކަން ދައްކުވައިދިނުމަށް ބޭނުންކުރާ، އަދި އެއިން ކަމެއް ރަމްޒުކޮށްދޭ ކޮންމެ ނިށާނަކަށެވެ. އޭގެ ތެރޭގައި ނަމާއި ކުރެހުމާއި ލިޔުމާއި ލޯގޯއާއި ސިއްކައާއި ށިއާރު ހިމެނެއެވެ.

 

12 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާން ހާމަކޮށްގެންއުޅުން

މި ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާން ހާމަކޮށްގެންއުޅުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާނެއް އާންމު ތަނެއްގައި ހާމަކުރާ ކުރުމަށެވެ.

(ހ) ހަށިގަނޑުގައި ނުވަތަ އަންނައުނުގައި ހަރުކޮށްގެން ނުވަތަ އެއިން ތަނެއްގައި ނުވަތަ އެއްޗެއްގައި އެނޫންވެސް ގޮތަކަށް ހާމަކޮށްގެން؛ ނުވަތަ

(ށ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރުން އެއްވާ ނުވަތަ ހަރަކާތްތެރިވާ ތަންތަނުގައި ނުވަތަ އެއިން މެންބަރަކު ދުއްވާ އުޅަނދެއްގައި ނުވަތަ އެއިން މެންބަރަކު ބޭނުންކުރާ އެއްވެސް އެއްޗެއްގައި ހަރުކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ހާމަކޮށްގެން.

 

13 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދުން

މި ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދުން" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކާ ގުޅުމަށް ނުވަތަ އެ ގްރޫޕުގައި ނުވަތަ އެ ގްރޫޕާއެކު މަސައްކަތްކުރުމަށް މީހުން ހޯދުމަށެވެ. އޭގެ ތެރޭގައި، އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.

(ހ) އެފަދަ ގްރޫޕަކާ ގުޅުމަށް ހިތްވަރުދީ ވާހަކަ ދެއްކުން؛

(ށ) އެފަދަ ގްރޫޕަކާ ގުޅުމަށް މާލީ ނުވަތަ މާއްދީ މަންފާއެއް ހުށަހެޅުން ނުވަތަ ދިނުން؛

(ނ) އެފަދަ ގްރޫޕަކާ ގުޅުމަށް މަޖުބޫރުކުރުވުން؛

(ރ) އެނޫންވެސް ގޮތަކަށް އެފަދަ ގްރޫޕަކާ ގުޅުމަށް އެދުން ނުވަތަ ދައުވަތު ދިނުން.

 

14 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވުން

މި ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވުން" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއްގެ ގޮތުގައި އެ ގްރޫޕާ ގުޅުމަށް ނުވަތަ އެފަދަ ގްރޫޕެއްގެ މެންބަރެއްގެ ދައުރު އަދާކުރުމަށް ނުވަތަ އެފަދަ ގްރޫޕެއްގެ ހަރަކާތްތަކުގަ އި ބައިވެރިވުމަށެވެ. 

 

15 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ހަރަކާތް

މި ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ހަރަކާތް" ކަމަށް ބުނެފައި އެވަނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކުން ނުވަތަ އެފަދަ ގްރޫޕެއްގެ މެންބަރަކު ހިންގާ ނުވަތަ އިންތިޒާމުކުރާ ގާނޫނާ ހިލާފު ހަރަކާތަކަށެވެ. 

 

16 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް ތާއީދު ހޯދުން

މި ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް ތާއީދު ހޯދުން" ކަމަށް ބުނެފައި އެވަނީ، މީހަކު ބުނާ ބަހަކުން ނުވަތަ ކުރާ އަމަލަކުންވިޔަސް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް އެހެން ބައެއްގެ ތާއީދު ހޯދުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުމަށެވެ.

 

17 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް ތާއީދުކުރުން

މި ގާނޫނުގައި "އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް ތާއީދުކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު ބުނާ ބަހަކުން ނުވަތަ ކުރާ އަމަލަކުންވިޔަސް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުމަށެވެ.

 

 

ތިންވަނަ ބާބު

އިންތިޒާމުވެގެން ހިންގާ ކުށްތަކާގުޅޭ

އެއްވަނަ ބައި ކުށްކުށާގުޅޭ 

 

18 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުން ނުވަތަ ހިންގުމުގެ ކުށް

(ހ) އެއްވެސް މީހަކު، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުމަކީ ނުވަތަ ހިންގުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 3،000،000 (ތިންމިލިއަން) ރުފިޔާއާއި 10,000,000 (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 18 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 2,000,000 (ދެމިލިއަން) ރުފިޔާއާއި 5,000,000 (ފަސްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

19 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދުމުގެ ކުށް

(ހ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް މީހުން ހޯދުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށުގެ އަމަލުގެ ށިކާރައަކަށްވީ ކުޑަކުއްޖަކު ކަމުގައިވާނަމަ، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 3,000,000 (ތިންމިލިއަން) ރުފިޔާއާއި 10,000,000 (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތް ފިޔަވައި އެނޫން ހާލަތުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު،2,000,000 (ދެމިލިއަން) ރުފިޔާއާއި 7,000,000 (ހަތްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ބ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 1,000,000 (އެއްމިލިއަން) ރުފިޔާއާއި 3,000,000 (ތިންމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

20 ވަނަ މާއްދާ - އިިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ނުވަތަ އެފަދަ ގްރޫޕެއްގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ކުށް

(ހ) އެއްވެސް މީހަކު، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ށ) އަންނަނިވި ހާލަތްތަކުގައި، އެއްވެސް މީހަކު ކުރާ ނުވަތަ ނުކޮށް ދޫކޮށްލާ އަމަލެއް މެދުވެރިކޮށް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކުށެކެވެ.

  1. އެ ހަރަކާތަކީ ޖިނާއީ ނުވަތަ ޣައިރު ގާނޫނީ ހަރަކާތެއް ކަމުގައިވުން؛ ނުވަތަ
  2. އެފަދަ ހަރަކާތެއް ކަމުގައިނުވިނަމަވެސް، އެ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަން ނުވަތަ އެ މަގްސަދުގައި ހަރަކާތްތެރިވާ ގްރޫޕެއްކަން ނުވަތަ ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއްކަން އެނގިހުރެ އެފަދަ ގްރޫޕެއްގެ އެނޫންވެސް ހަރަކާތެއްގައި ބައިވެރިވުން؛ އަދި
  3. އެމީހަކު އެކަން ކުރީ، އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި އަމަލުގެ ސަބަބުން އެ ގްރޫޕުގެ ޣައިރު ގާނޫނީ މަގްސަދުތައް ހާސިލުކުރުމަށް މަގުފަހިކޮށްދޭނެކަން އެނގިހުރެ ކަމުގައިވުން.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 1,000,000 (އެއްމިލިއަން) ރުފިޔާއާއި 3,000,000 (ތިންމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 2 (ބާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 800,000 (އަށްލައްކަ) ރުފިޔާއާއި 2,000,000 (ދެމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ކ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(އ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 8 (އަށެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 500,000 (ފަސްލައްކަ) ރުފިޔާއާއި 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ވ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ ކުށް ކަނޑައެޅުމުގައި، ކުށުގެ ތުހުމަތުގައިވާ މީހާއާގުޅޭ އަންނަނިވި ކަންކަމަށް ކޯޓަށް ރިއާޔަތްކުރެވިދާނެއެވެ.

  1. އޭނާ އެ ގްރޫޕުގެ ނިށާނެއް ބޭނުންކުރާކަން؛
  2. އެ ގްރޫޕް އުފެއްދުމުގައި ނުވަތަ ހިންގުމުގައި ހަރަކާތްތެރިވި ނުވަތަ ހަރަކާތްތެރިވާ އެއްވެސް ފަރާތަކާއެކު ނުވަތަ އެ ގްރޫޕުގެ އެނޫންވެސް މެންބަރަކާ ގިނަ އަދަދަކަށް ގުޅުން ބޭއްވުން؛
  3. އެ ގްރޫޕުގެ ފަރާތުން އެއްވެސް މަންފާއެއް އޭނާއަށް ލިބުން؛
  4. އެ ގްރޫޕް އުފެއްދި ނުވަތަ ގްރޫޕް ހިންގުމުގައި ހަރަކާތްތެރިވާ ނުވަތަ ހަރަކާތްތެރިވި ފަރާތެއް ނުވަތަ ފަރާތްތަކެއްގެ އެންގުމަކަށް ނުވަތަ އެއިން މީހެއްގެ އިރުށާދުގެ ދަށުން އެ ގްރޫޕުން ހިންގާ ހަރަކާތްތަކުގައި ގިނަ އަދަދަކަށް ބައިވެރިވަމުން އައިސްފައިވުން.

 

21 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއްކަން ދެއްކުން

(ހ) އެއްވެސް މީހަކު، އެމީހަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއްކަން ދެއްކުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 12 (ބާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 800,000 (އަށްލައްކަ) ރުފިޔާއާއި 2,000,000 (ދެމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

22 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާން ހާމަކުރުން

(ހ) އެއްވެސް މީހަކު، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ ނިށާނެއް، އެނގިހުރެ ހާމަކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލެއް ކުރީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރަކު ނުވަތަ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް ނިސްބަތްވާ މީހަކު ނުވަތަ މި ގާނޫނުގެ 20 ވަނަ މާއްދާގެ

(ވ) ގައި ބަޔާންކުރާ ހާލަތްތަކުގައިވާ މީހެއް ކަމުގައިވާނަމަ، އެމީހަކު އެކަން ކުރީ އެނގިހުރެ ކަމުގައި ބެލޭނެއެވެ.

(ނ) އަންނަނިވި ހާލަތްތަކުގައި އަންނަނިވި ފަރާތްތަކުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނިށާނެއް ހާމަކުރުމަކީ ކުށެއް ނޫނެވެ.

  1. ގާނޫނު ތަންފީޒުކުރާ އިދާރާތަކުން، ކުށްކުރުން ހުއްޓުވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން؛
  2. ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ތަމްރީނުގެ ބޭނުމަށް
    ހިންގާ ހަރަކާތެއްގައި ބޭނުންކުރުން؛
  3. އިލްމީ ދިރާސާއެއްގެ ބޭނުމަށް؛
  4. ހުއްދަކޮށްފައިވާ ހަބަރުފަތުރާ ވަސީލަތަކުން ހަބަރު ރިޕޯޓްކުރުމުގައި،

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 200,000 (ދެލައްކަ) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. 

 

23 ވަނަ މާއްދާ - އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގްރޫޕެއްގެ ނިށާން އާންމު ތަންތަނުގައި ކުރެހުން ނުވަތަ ހަރުކުރުން

(ހ) އެއްވެސް މީހަކު، އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގްރޫޕެއްގެ ނިށާނެއް، އެނގިހުރެ އާންމު ތަނެއްގައި ކުރެހުމަކީ ނުވަތަ ހަރުކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި އާންމު ތަނެއް ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ތަންތަނުގެ މަގުމަތީ ފާރާއި، އަމިއްލަ ތަންތަނާއި އާންމު ތަންތަނުގެ މަގުމަތީ ފާރާއި، މަގުމައްޗާއި އެނޫންވެސް އާންމުން ވަދެނިކުމެވާ ނުވަތަ އާންމުންނަށް ފެންނަން ހުންނަ ކޮންމެ ތަނެއް ހިމެނޭގޮތުންނެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމަލެއް ކުރީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރަކު ނުވަތަ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް ނިސްބަތްވާ މީހަކު ނުވަތަ މި ގާނޫނުގެ 20 ވަނަ މާއްދާގެ ވ) ގައި ބަޔާންކުރާ ހާލަތްތަކުގައިވާ މީހެއް ކަމުގައިވާނަމަ، އެމީހަކު އެކަން ކުރީ އެނގިހުރެ ކަމުގައި ބެލޭނެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 200,000 (ދެލައްކަ) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 100,000 (އެއްލައްކަ) ރުފިޔާއާއި 300,000 (ތިންލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. 

 

24 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް ތާއީދުހޯދުން

(ހ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކަށް ތާއީދު ހޯދުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 8 (އަށެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 500,000 (ފަސްލައްކަ) ރުފިޔާއާއި 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 300,000 (ތިންލައްކަ) ރުފިޔާއާއި 600,000 (ހަލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

25 ވަނަ މާއްދާ - އިންތިޒާމުވެގެން ހިންގާ ކުށްކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރުން

(ހ) ވަކި ތަނެއްގައި އިންތިޒާމުވެގެން ހިންގާ ކުށްކުރާކަން އެނގޭ ހާލު، ނުވަތަ އެގޮތަށް ގަބޫލުކުރާނެ ފުރުސަތުއޮވ،ެ އެތަނެއްގެ ވެރިފަރާތުން، ނުވަތަ އެތަނެއް ކުއްޔަށްހިފައިގެން އުޅޭ ފަރާތުން، ނުވަތަ އެތަނެއްގައި އެވަގުތަކު އުޅޭ ފަރާތުން، ނުވަތަ އެތަނެއް ބަލަހައްޓަމުންދާ ފަރާތުން، ނުވަތަ އެތަނަކާ ހަވާލުވެހުރި ފަރާތުން އެކަން ހިނގިޔަދިނުމަކީ ނުވަތަ ހުއްދަކުރުމަކީ ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 100,000 (އެއްލައްކަ) ރުފިޔާއާއި 300,000 (ތިންލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

26 ވަނަ މާއްދާ - ހެކިބަސްދޭ ފަރާތްތަކަށް ބިރުދެއްކުމުގެ ކުށް

(ހ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކާ ގުޅޭގޮތުން މީހަކު ށަރީއަތުގައި ހެކިބަސްދިނުން ހުއްޓުވުމަށްޓަކައި ނުވަތަ އެފަދަ ކުށަކާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ ފަރާތަކަށް މައުލޫމާތު ދިނުން ހުއްޓުވުމަށްޓަކައި އެމީހަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ދޭނެކަމުގެ ނުވަތަ މެދުވެރިކުރުވާނެކަމުގެ އިންޒާރުދިނުމަކީ ނުވަތަ އަނިޔާއެއް ނުވަތަ ގެއްލުމެއް ދިނުމަކީ ނުވަތަ މެދުވެރިކުރުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ8 (އަށެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 500,000 (ފަސްލައްކަ) ރުފިޔާއާއި 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 200,000 (ދެލައްކަ) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

27 ވަނަ މާއްދާ - ގާނޫނީ ށަހްސަކުން ކުށްކުރުން

(ހ) މި ގާނޫނުގެ މިބައިގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއް ކުރީ ގާނޫނީ ށަހްސަކުން ކަމުގައިވާނަމަ، ނުވަތަ އެކަން ކުރީ، އެ ގާނޫނީ ށަހްސެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއް ނުވަތަ އެ ށަހްސު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހެއްގެ ރުހުމާއެކު ނުވަތަ އެއިން މީހަކަށް އެނގިހުރެ ކަމުގައިވާނަމަ، އެކަމެއް ކުރި މީހާއާއި އެމީހަކު ނިސްބަތްވާ ގާނޫނީ ށަހްސު އެކުރަނީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5,000,000 )ފަސްމިލިއަން( ރުފިޔާއާއި 100,000,000 (ސަތޭކަމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ނ) މި ބާބުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ އަމަލެއް ގާނޫނީ ށަހްސަކުން ކޮށްފި ކަމަށް ސާބިތުވެއްޖެނަމަ، އެ ގާނޫނީ ށަހްސެއް އުވާލުމަށް ކޯޓުން އަމުރުކުރަންވާނެއެވެ. 

(ރ) މި މާއްދާގެ (ނ) ގެ ދަށުން ގާނޫނީ ށަހްސެއް އުވާލުމަށް ކަނޑައަޅައިފިނަމަ، ޖަމްއިއްޔާތަކުގެ ރަޖިސްޓްރާރ ނުވަތަ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް އެފަދައިން އަމަލުކުރަންވާނެއެވެ. އަދި އެ ގާނޫނީ ށަހްސަކުން ބޭނުންކުރި ނަމުގައި، ކުރިއަށް އޮތް 5 (ފަހެއް) އަހަރު ދުވަހަށް އިތުރު ގާނޫނީ ށަހްސެއް ރަޖިސްޓަރީކޮށްދީގެންނުވާނެއެވެ.

 

 

ދެވަނަ ބައި

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުން 

 

28 ވަނަ މާއްދާ - ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް

(ހ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއް ނުވަތަ އެފަދަ ގްރޫޕަކަށް ނިސްބަތްވާ އެއްވެސް މީހަކު، ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ނުހައްގު މުއްސަނދިކަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ފުރިހަމަވާ ހާލަތުގައި، މުދާ ހޯދުމަށް ނުވަތަ ލިބިގަތުމަށެވެ.

  1. ލިބެމުންދާ ނުވަތަ ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް މުދާ ހޯދުން ނުވަތަ ލިބިގަތުން؛ އަދި 
  2. އެ މުދާ ހޯދާފައިވަނީ ނުވަތަ ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތުކޮށްނުދެވުން.

(ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ވަކި މުދަލަކީ، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދި މުދަލެއްކަން މި ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސާބިތުކޮށްނުދެވޭ މުދާ ކަމުގައިވާނަމަ، އެއީ މި މާއްދާގެ ބޭނުމަށްޓަކައި ނުހައްގުން ހޯދި މުއްސަނދިކަމެއް ކަމުގައި ބެލޭނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، "މުދާ" ކަމަށް ބުނެފައި އެވަނީ، މުދަލާއި، ފައިސާއާއި، އެނޫންވެސް މަންފާ ހިމެނޭގޮތުންނެވެ.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 500,000 (ފަސްލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

29 ވަނަ މާއްދާ - ނުހައްގުން ހޯދާފައިވާ މުއްސަނދިކަމެއްކަން ކަނޑައެޅުމަށް ހުށަހެޅުން

(ހ) ވަކި މީހަކާ ގުޅިގެން އަންނަނިވި ކަންކަން ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭނަމަ، އެމީހަކު ހޯދާފައިވާ މުއްސަނދިކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަނދިކަމެއްކަން ކަނޑައަޅަދިނުމަށްޓަކައި ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.

  1. އެމީހަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކާ ގުޅިފައިވާ މީހެއް ކަމުގައިވުން؛ އަދި
  2. އޭނާ ހޯދާފައިވާ މުއްސަނދިކަމަކީ، ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދާފައިވާ މުއްސަނދިކަމެއްކަން މި ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބަޔާންކޮށްދެވިފައިނުވުން.

(ށ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއް ނުވަތަ އެފަދަ ގްރޫޕަކާ ގުޅިފައިވާ މީހަކަށް ލިބިފައިވާ މުއްސަނދިކަމަކީ އެމީހަކު ގާނޫނީ ހަމަތަކުގެ މަތިން ހޯދާފައިވާ މުއްސަނދިކަމާ ނުބައްދަލު މުއްސަނދިކަމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅުމެއް ހުށަހަޅަންވާނީ، އެކަން ސާބިތުކުރުމަށް ބޭނުންވާ ހެއްކާއެކު، ފުލުހުން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅުމެއް ހުށަހަޅަންވާނީ، ހުށަހަޅާ އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަށް އެކަމުގެ ނޯޓިސް ދިނުމާއެކުގައެވެ.

 

30 ވަަނަ މާއްދާ - ނުހައްގުން ހޯދާފައިވާ މުއްސަނދިކަމެއްކަން ކޯޓުން ކަނޑައެޅުން

(ހ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރެއް ނުވަތަ އެފަދަ ގްރޫޕަކާ ގުޅިފައިވާ މީހަކަށް ލިބިފައިވާ ޖުމްލަ މުއްސަނދިކަމަކީ އެމީހަކު ގާނޫނީ ހަމަތަކުގެ މަތިން ހޯދާފައިވާ މުއްސަނދިކަމާ ނުބައްދަލު މުއްސަނދިކަމެއްކަން، ސާފު އަދި ޔަގީންކަންދޭ ހެކީގެ މައްޗަށް ބިނާކޮށް ކޯޓަށް ގަބޫލުކުރެވިއްޖެނަމަ، އެމީހަކު ހޯދާފައިވާ މުއްސަނދިކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަނދިކަމެއް ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން، މީހަކު ހޯދާފައިވާ މުއްސަނދިކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަނދިކަމެއް ކަމުގައި ކޯޓުން ކަނޑައަޅަންވާނީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގެ މެންބަރަކު ނުވަތަ އެފަދަ ގްރޫޕަކާ ގުޅިފައިވާ މީހަކު، މި ގާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އިންތިޒާމުވެގެން ހިންގާ ކުށެއް ކޮށްފިކަން އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވުމާއެކު، މި ގާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެމީހެއްގެ ނުހައްގު މުއްސަނދިކަން ވަޒަންކުރުމަށްފަހުގައެވެ.

(ނ) މީހަކު ހޯދާފައިވާ މުއްސަނދިކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަނދިކަމެއް ކަމުގައި މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކަނޑައަޅާނަމަ، ނުހައްގު މުއްސަނދިކަމުގެ ގޮތުގައި މި ގާނޫނުގެ 31 ވަނަ މާއްދާގެ ދަށުން ވަޒަންކުރެވިފައިވާ އަދަދު ބަޔާންކުރަންވާނެއެވެ.

(ރ) މީހަކު ހޯދާފައިވާ މުއްސަނދިކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަނދިކަމެއް ކަމުގައި މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކަނޑައެޅުމުގައި، އެފަދަ މީހެއްގެ މުއްސަނދިކަމުގެ ތެރޭގައި ހިމެނޭ އެންމެހައި މުދަލާއި، ހޯދާފައިވާ އާމްދަނީއާއި، ކޮށްފައިވާ ހަރަދުތަކާއި ލިބިފައިވާ މަންފާތަކަކީ، މި ގާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސާބިތުކޮށްނުދެވޭހާހިނދަކު، ނުހައްގުން ހޯދާފައިވާ މުއްސަނދިކަމެއްގެ ގޮތުގައި ކޯޓުން ބަލަންވާނެއެވެ. 

(ބ) މީހަކު ހޯދާފައިވާ މުއްސަނދިކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަނދިކަމެއް ކަމުގައި މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކަނޑައެޅުމަކީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮށްގެންވާނެ ކަމެއް ނޫންކަމުގައި ކޯޓަށް ބުރަވެވޭނަމަ، އެފަދައިން ކަނޑައަޅައިގެންނުވާނެއެވެ.

 

31 ވަނަ މާއްދާ - ނުހައްގު މުއްސަނދިކަން ވަޒަންކުރުން

(ހ) މީހަކު ހޯދާފައިވާ މުއްސަނދިކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަނދިކަމެއް ކަމުގައި މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކަނޑައެޅުމަށްޓަކައި، ނުހައްގު މުއްސަނދިކަމުގެ ގޮތުގައި ކަނޑައެޅޭ އަދަދު ކަމުގައި ބަލާނީ، އަންނަނިވި ގޮތުގެމަތިން ވަޒަންކުރުމުން، މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ އަދަދާއި، މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ އަދަދާއި، މި ދެ އަދަދުގެ ތަފާތާ އެއްވަރުގެ އަދަދެކެވެ.

  1. މީހެއްގެ ޖުމްލަ މުއްސަނދިކަން ކަމުގައި މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހެކިން ދައްކުވައިދޭ އަދަދު؛ (އެއީ އެމީހެއްގެ މުއްސަނދިކަން މި މާއްދާގެ ދަށުން ވަޒަންކުރުމުގެ ކުރިން ނުވަތަ އޭގެ ފަހުންވިޔަސް އެމީހަކު ހޯދާފައިވާ މުދަލާއި އާމްދަނީއާއި މަންފާއާއި، އެއިން މުދަލެއް ނުވަތަ އާމްދަނީއެއް ނުވަތަ މަންފާއެއް، ހަދިޔާއެއްގެ ގޮތުގައި ދީގެން ނުވަތަ ވިއްކާލައިގެން ނުވަތަ އެނޫންވެސް ގޮތަކުން އޭގެ މިލްކުވެރިކަން ބަދަލުކޮށްގެން، އެއިން ލިބިފައިވާ އެންމެހައި މުދަލާއި އާމްދަނީއާއި މަންފާ ހިމެނޭގޮތުންނެވެ.)؛ އަދި
  2. މި މާއްދާގެ ދަށުން މުއްސަނދިކަން ވަޒަންކުރެވޭ މުއްދަތުގެ ތެރޭގައި، އެމީހެއްގެ މުއްސަނދިކަމުގެ ތެރެއިން ގާނޫނު ހުއްދަކުރާ ގޮތުގެމަތިން ހޯދާފައިވާ މުއްސަނދިކަމުގެ ގޮތުގައި ސާބިތުކޮށްދެވޭ އަދަދު. 

(ށ) މި މާއްދާގެ ބޭނުމަށްޓަކައި މުދަލެއް ނުވަތަ މަންފާއެއްގެ އަގު ކަމަށް ބަލަންވާނީ އަންނަނިވި އަދަދެވެ.

  1. މުއްސަނދިކަން އެހެން ފަރާތަކަށް ބަދަލުކޮށްފައިވާނަމަ އެ އެއްޗެއް އޭނާ ހޯދިއިރު އޭގެ އަގާއި، އޭގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރިއިރު އޭގެ އަގާއި، މި ދެ އަގުގެ ތެރެއިން މަތީ އަގު؛ ނުވަތަ
  2. މުއްސަނދިކަން އެހެން ފަރާތަކަށް ބަދަލުކޮށްފައިނުވާނަމަ އެ މުދާ އޭނާ ހޯދިއިރު އޭގެ އަގާއި، މި ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅުން ހުށަހެޅުނުއިރު އެ މުދަލުގެ އަގާއި، މި ދެ އަގުގެ ތެރެއިން މަތީ އަގ.ު

 

32 ވަނަ މާއްދާ - ނުހައްގުން ހޯދި މުއްސަނދިކަން ކަމުގައި ކަނޑައަޅާ ފައިސާ ދައުލަތަށް ނެގުން

މި ގާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާ ނުހައްގުން ހޯދި ފައިސާ ކަމުގައި މި ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ފައިސ،ާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރަންވާނެއެވެ.

 

 

ހަތަރުވަނަ ބާބު

ނުރައްކާތެރި ކުށްތަކާގުޅޭ

 

33 ވަނަ މާއްދާ - ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށް

(ހ) އެއްވެސް ފަރާތަކުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގުމަކީ، ނުވަތަ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކުރުމަކާ ނުލައި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކުން އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގުމަކީ ކުށެކެވެ.

  1. މީހަކު މަރާލުން؛
  2. މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުން؛
  3. މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން؛
  4. މީހަކު ކިޑްނެޕްކުރުން؛
  5. މީހަކަށް ބިރުދެއްކުން.

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "މީހަކު މަރާލުން" ކަމަށް ބުނެފައި އެވަނީ، ގަސްދުގައި މީހަކު މެރުމަށެވެ.

(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަށެވެ.

(ރ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ހިންގާ މާރާމާރީއަށް ނުވާގޮތުން، މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުމަށެވެ.

(ބ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "މީހަކު ކިޑްނެޕްކުރުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ރުހުމާ ނުލައި، ގަދަބާރު ބޭނުންކޮށްގެން ނުވަތަ ބިރުދައްކައިގެން ވަކި ތަނަކަށް ގެންދިޔުމާއެކު، އެމީހަކަށް އެތަނުން ނުދެވޭ ގޮތަށް އެމީހެއްގެ މިނިވަންކަން ހިފެހެއްޓުމަށެވެ.

(ޅ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި "މީހަކަށް ބިރުދެއްކުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމުގެ އިންޒާރު ދިނުމަށެވެ.

  1. މީހަކު ނުވަތަ އޭނާއާ ގާތް ގުޅުމެއް އޮތް އެހެން މީހަކު މަރާލާނެކަމުގެ އިންޒާރު ދިނުން؛ ނުވަތަ
  2. މީހަކަށް ނުވަތަ އޭނާއާ ގާތް ގުޅުމެއް އޮތް އެހެން މީހަކަށް ޖިސްމާނީ ބޮޑު އަނިޔާއެއް ދޭނެކަމުގެ އިންޒާރު ދިނުން؛ނުވަތަ
  3. މީހެއްގެ ނުވަތަ އޭނާއާ ގާތް ގުޅުމެއް އޮތް އެހެން މީހެއްގެ މުދަލަށް ބޮޑު ގެއްލުމެއް ދޭނެކަމުގެ އިންޒާރު ދިނުން.

(ކ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، މަރުގެ އަދަބެވެ.

(އ) މި މާއްދާގެ (ކ) ގައި އެހެން އޮތްނަމަވެސް، މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން އެއްވެސް މަރުހަލާއެއްގައި، މަރާލެވިފައިވާ މީހާގެ ވާރިޘުން، ކުށް ސާބިތުވެފައިވާ މީހާގެ އަތުން ނުވަތަ އޭނާގެ އަސަބަތްތެރިންގެ އަތުން މަރުގެ ދިޔަ ހޯދައި، މައާފުދީފިނަމަ ނުވަތަ މަރުގެ ދިޔަ ހޯދުމަކާ ނުލައި މައާފުދީފިނަމަ، މަރަށް މަރު ހިފުމަކާ ނުލައި އޭނާގެ މައްޗަށް ތައުޒީރީގޮތުން އަންނަނިވި އަދަބު ކަނޑައަޅަންވާނެއެވެ.

  1. އުމުރަށް ޖަލަށްލުން؛ އަދި
  2. 3,000,000 (ތިންމިލިއަން) ރުފިޔާއާއި10,000,000 (ދިހަމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.

(ވ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ އަމަލެއް ހިންގުމުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެމީހެއްގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު، 1,000,000 (އެއްމިލިއަން) ރުފިޔާއާއި 5,000,000 )ފަސްމިލިއަން( ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އެނޫން ހާލަތުގައި، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ، 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 2,000,000 (ދެމިލިއަން) ރުފިޔާއާއި 7,000,000 (ހަތްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(މ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 2,000,000 (ދެމިލިއަން) ރުފިޔާއާއި 7,000,000 (ހަތްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ފ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 1,000,000 (އެއްމިލިއަން) ރުފިޔާއާއި 3,000,000 (ތިންމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ދ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ތ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ލ) މި މާއްދާގެ (ތ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 18 (އަށާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު2,000,000 (ދެމިލިއަން) ރުފިޔާއާއި 5,000,000 )ފަސްމިލިއަން( ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ގ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ޏ) މި މާއްދާގެ (ގ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު1,000,000 (އެއްމިލިއަން) ރުފިޔާއާއި 3,000,000 (ތިންމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ސ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ޑ) މި މާއްދާގެ (ސ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 12 (ބާރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 800,000 (އަށްލައްކަ) ރުފިޔާއާއި 2,000,000 (ދެމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ޒ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ޓ) މި މާއްދާގެ (ޒ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ޔ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ޕ) މި މާއްދާގެ (ޔ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 8 (އަށެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 500,000 (ފަސްލައްކަ) ރުފިޔާއާއި 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

34 ވަނަ މާއްދާ - ހަނގުރާމަވެރި ހަތިޔާރު އަދި އެނޫން ނުރައްކާތެރި ހަތިޔާރު އެތެރެކުރުމާއި އުފެއްދުމުގެ ކުށް

(ހ) އެއްވެސް މީހަކު، ހަނގުރާމަވެރި ހަތިޔާރެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ނުވަތަ ދިވެހިރާއްޖޭގައި އުފެއްދުމަކީ ކުށެކެވެ.

(ށ) އެއްވެސް މީހަކު، ހަނގުރާމަވެރި ހަތިޔާރު ފިޔަވައި އެނޫން ނުރައްކާތެރި ހަތިޔާރެއް ދިވެހިރާއްޖެއަށް އެތެރެކުރުމަކީ ނުވަތަ ދިވެހިރާއްޖޭގައި އުފެއްދުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ހަނގުރާމަވެރި ހަތިޔާރާއި ނުރައްކާތެރި ހަތިޔާރުގެ ތެރޭގައި، ދައުލަތުގެ ބޭނުމަކު ދިވެހިރާއްޖެއަށް ގެނެވޭ ހަނގުރާމަވެރި ހަތިޔާރު ނުވަތަ ނުރައްކާތެރި ހަތިޔާރެއް ނުހިމެނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި "ދައުލަތުގެ ބޭނުމަކު" ކަމަށް ބުނެފައި އެވަނީ، ކަމާބެހޭ ގާނޫނުގެ ދަށުން ދިފާއީ ކަންކަމާބެހޭ ވުޒާރާގެ ހުއްދައާއެކު ސަލާމަތީ ހިދުމަތްތަކުގެ ބޭނުމަށް ދިވެހިރާއްޖެއަށް ހަނގުރާމަވެރި އަދި ނުރައްކާތެރި ހަތިޔާރު ގެނައުމަށެވެ.

(ބ) މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު،2,000,000 (ދެމިލިއަން) ރުފިޔާއާއި 7,000,000 (ހަތްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ކ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 1,000,000 (އެއްމިލިއަން) ރުފިޔާއާއި 3,000,000 (ތިންމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(އ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

35 ވަނަ މާއްދާ - ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށް

(ހ) މަގުބޫލު ސަބަބެއް ނެތ،ި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅުމަކީ ކުށެކެވ.

(ށ) މަގުބޫލު ސަބަބެއް ނެތ،ި އާންމު ތަނެއް ފިޔަވައި އެހެން ތަނެއްގައި، ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބެހެއްޓުމަކީ ނުވަތަ ގެންގުޅުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި "މަގުބޫލު ސަބަބެއް" ކަމުގައި ބެލެވޭނީ އަންނަނިވި ބޭނުމަކުން ކުރެ ބޭނުމަކަށްޓަކައި އެ އެއްޗެއް ގެންގުޅޭ ހާލަތުގައެވެ.

  1. އާންމު ދިރިއުޅުމުގެ ބޭނުމަށް؛ ނުވަތަ
  2. މަސައްކަތުގެ ބޭނުމަށް.

(ރ) އެއްވެސް ތަނެއްގައި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބަހައްޓާފައިވަނިކޮށް ފެނިގެން ހިންގޭ ތަހްގީގެއްގައި އެފަދަ އެއްޗެއް ފެނުނު ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނަކާ އެއިރަކު ހަވާލުވެހުރި މީހަކު ޒިންމާ އުފުލަންޖެހޭނީ އެމީހަކަށް އެނގިހުރެ އަންނަނިވި ކަންކަމުންކުރެ ކަމެއް އޭނާ ނުވަތަ އެބަޔަކު ކުރާ ހާލަތުގައި އެކަންޏެވެ.

  1. އެ އެއްޗަކީ އެ އެއްޗެއް ފެނުނު ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނަކާ އެއިރަކު ހަވާލުވެހުރި ފަރާތުން ހޯދި ނުވަތަ ބަލައިގަތް އެއްޗަކަށްވުން؛
  2. އެ އެއްޗެއް އަތުން ދޫކޮށްލުމުގެ އިހްތިޔާރު އެ އެއްޗެއް ފެނުނު ތަނެއްގެ ވެރިފަރާތަށް ނުވަތަ އެތަނަކާ އެއިރަކު ހަވާލުވެހުރި ފަރާތަކަށް ލިބި އެ އެއްޗެއް އެކަށީގެންނުވާ މުއްދަތަށް އަތުގައި ބެހެއްޓުން.

(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 300,000 (ތިންލައްކަ) ރުފިޔާއާއި 600,000 (ހަލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 300,000 (ތިންލައްކަ) ރުފިޔާއާއި 600,000 (ހަލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

36 ވަނަ މާއްދާ - ފްލިކް ނައިފް އަދި ބަޓަފްލައި ނައިފް އެތެރެކުރުމާއި އުފެއްދުމުގެ ކުށް

(ހ) މި ގާނޫނުގެ 40 ވަނަ މާއްދާއާ ހިލާފަށް ދިވެހިރާއްޖެއަށް ފްލިކް ނައިފްއާއި ބަޓަފްލައި ނައިފް އެތެރެކުރުމަކީ ނުވަތަ އެއިން އެއްޗެއް ދިވެހިރާއްޖޭގައި އުފެއްދުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 300,000 (ތިންލައްކަ) ރުފިޔާއާއި 600,000 (ހަލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 200,000 (ދެލައްކަ) ރުފިޔާއާއި 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

37 ވަނަ މާއްދާ - ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކުރުން

(ހ) އެއްވެސް މީހަކު، ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ ވަޅިއެއް ވިއްކުމަކީ މަނާކަމެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، 20,000 (ވިހިހާސް) ރުފިޔާއާއި 100,000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

38 ވަނަ މާއްދާ - ތޫނު އެއްޗެހި

މި ބާބުގައި، "ތޫނު އެއްޗެއް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަކެއްޗަށެވެ.

(ހ) އެއްވެސް ބާވަތެއްގެ ވަޅިއެއް؛

(ށ) ކަނޑިއާއި ހަންޖަރު؛

(ނ) ރޭޒަރު ތިލައާއި، ކަޓަރާއި، ކަޓަރު ތިލަ؛ 

(ރ) ކަތިވަޅިއާއި، ފުރޯއާއި، ކޯރާޑިއާއި މުޅޯ؛

(ބ) ތޫނުކޮށްފައި، ނުވަތަ ކޮޅު ފޭއްސާފައި ހުންނަ ދަގަނޑާއި ދަނޑިއާއި ލަކުޑިއާއި އެނޫންވެސް އެފަދަ ތަކެތި؛

(ޅ) މީހަކަށް އަނިޔާއެއް ދެވިދާނެ އެނޫންވެސް ތޫނު އެއްޗެއް.

 

39 ވަނަ މާއްދާ - ނުރައްކާތެރި ހަތިޔާރު

މި ބާބުގައި، "ނުރައްކާތެރި ހަތިޔާރެއް" ކަމަށް ބުނެފައި އެވަނީ، ހަނގުރާމަވެރި ހަތިޔާރާއި، އެ އެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ ނުވަތަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ވެދާފަދަ ކޮންމެ އެއްޗަކާއި، ގޮވާ އެއްޗެއްސާއި، އަލިފާން ރޯވެދާފަދަ ތަކެއްޗާއި ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެނޫންވެސް އެއްޗެއްސަށެވެ. އޭގެ ތެރޭގައި، ޓޭޒަރ ގަންއާއި ސްޓަން ގަންއާއި އެނޫނަސް މީހެއްގެ ހަށިގަނޑަށް ށޮކެއް ފޮނުވައިގެން އޭނާއަށް ނުކުޅެދޭ ހާލަތެއް ވަގުތީގޮތުން ނަމަވެސް މެދުވެރިކުރުވާ ކޮންމެ އެއްޗަކާއި، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ނުރައްކާތެރި އެސިޑްތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނެއެވެ.

 

40 ވަނަ މާއްދާ - ފްލިކް ނައިފްއާއި ބަޓަފްލައި ނައިފް އެތެރެކުރުމަށް ހުއްދަ ހޯދަން ލާޒިމުވުން

(ހ) ދިވެހިރާއްޖެއަށް ފްލިކް ނައިފްއާއި ބަޓަފްލައި ނައިފް އެތެރެކުރެވޭނީ ދާހިލީ ކަންކަމާބެހޭ ވުޒާރާގެ ހުއްދަ ލިބިގެންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދައަށް އެދި ހުށަހެޅުމާއި އެ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް، މި ގާނޫނުގެ ދަށުން ދާހިލީ ކަންކަމާބެހޭ ވުޒާރާއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "ފްލިކް ނައިފް" ކަމަށް ބުނެފައި އެވަނީ، ވަޅީގެ ތިލަ ވަޅީގެ މުށްގަނޑުގެ ތެރެއަށް ލައްވައި ލައްޕާލެވޭ ގޮތަށް ނުވަތަ މުށްގަނޑުގެ ތެރެއަށް ކައްސާލެވޭ ގޮތަށް ހުރެފައި، ވަޅީގެ މުށްގަނޑުގައިވާ ގޮބަކަށް ނުވަތަ ތަނަކަށް ފިއްތާލުމުން ނުވަތަ ދަމާލުމުން އިސްފިރޭނެއްގެ އެހީގައި ވަޅީގެ ތިލަ ނިކުންނަ ގޮތަށް ހަދާފައިވާ ކޮންމެ ވަޅިއަކަށެވެ.

(ރ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި "ބަޓަފްލައި ނައިފް" ކަމަށް ބުނެފައި އެވަނީ، ވަޅީގައި ދެ މުށްގަނޑެއް ހުރެފައި، އަދި ވަޅީގެ ތިލައިގެ ބުޑުގައިވާ ހުޅަކުން މި ދެ މުށްގަނޑު އެނބުރޭ ގޮތަށް ހުރެފައި، ވަޅީގެ މި ދެ މުށްގަނޑުގެ ތެރޭގައިވާ ޖާގައިގެ ތެރޭގައި ވަޅީގެ ތިލަ ފޮރުވޭ ގޮތަށް ހަދާފައި ހުންނަ ކޮންމެ ވަޅިއަކަށެވެ.

 

 

ފަސްވަނަ ބާބު

ނުރައްކާތެރި އަދި އިންތިޒާމުވެގެން ކުރާ ކުށްތައް ހުއްޓުވުމުގެ ބާރުތައް

 

އެއްވަނަ ބައި

ތަހްގީގާގުޅޭ ބާރުތަކާއި އިޖުރާއަތު

 

41 ވަނަ މާއްދާ - ކުށްކުރުން ހުއްޓުވުމަށާއި ތަހްގީގުތައް ހިންގުމަށް ފުލުހުންނަށް ލިބިދޭ އާންމު އަދި ހާއްސަ ބާރުތަކުގެ ދާއިރާ

ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) އާއި އާންމު ޖިނާއީ އިޖުރާއަތާގުޅޭ އެނޫންވެސް ގާނޫނެއްގެ ދަށުން ޖިނާއީ ތަހްގީގުތައް ހިންގުމުގައާއި އެނޫންވެސް ޖިނާއީ އިޖުރާއަތުތައް ހިންގުމުގައި ފުލުހުންނަށް ލިބިދޭ ބާރުތަކާއި، ގާނޫނު ނަންބަރު 2020-34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) އާއި އެނޫންވެސް ޖިނާއީ ކުށް ކަނޑައެޅުމުގެ ހާއްސަ ގާނޫނެއްގެ ދަށުން ފުލުހުންނަށް ލިބިދޭ އާންމު އަދި ހާއްސަ ބާރުތަކުގެ އިތުރުން، މި ގާނޫނުގައި ބަޔާންކުރާ ކުށްތައް ހުއްޓުވައި ތަހްގީގުކުރުމުގައި، މި ބާބުގައި ކަނޑައަޅާފައިވާ ބާރުތަކާއި އުކުޅުތައް، މި ގާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ބޭނުންކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

 

42 ވަނަ މާއްދާ - މީހުން ބަލައި ފާސްކުރުން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކުރިކަމަށް ނުވަތަ އެވަގުތު އެއިން ކުށެއް ކުރަމުންދާ ކަމަށް ނުވަތަ ކުރަންއުޅޭ ކަމަށް ތުހުމަތުކުރެވޭ މީހަކާ ގުޅޭގޮތުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ވުޖޫދުގައިވާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ފުލުހުންނަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި، އަދި އެމީހަކު ހުރީ އާންމު ތަނެއްގައި ކަމުގައިވާނަމަ، ކޯޓު އަމުރަކާ ނުލައި އެމީހަކު ހުއްޓުވައި ބަލައި ފާސްކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

  1. އޭނާގެ އަތުގައި އަނިޔާވެރި އަމަލެއް ހިންގުމަށް ގެންގުޅޭ އެއްޗެއް ކަމަށް ބެލެވޭ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް އޮތްކަމަށް ބެލެވުން؛
  2. އޭނާގެ އަތުގައި ކުށްކުރުމަށް ބޭނުންކުރާ އެނޫންވެސް ހަތިޔާރެއް ނުވަތަ އާލާތެއް އޮތްކަމަށް ބެލެވުން؛ 
  3. އޭނާގެ އަތުގައި ކުށްކޮށްގެން ހޯދާފައިވާ މުދާ ހުރިކަމަށް ބެލެވުން؛
  4. އޭނާގެ އަތުގައި މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ކުށެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ހުރިކަމަށް ބެލެވުން.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ބަލައި ފާސްކުރާ މީހަކާ ގުޅޭގޮތުން ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ކަންކަން ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މީހަކު ހުރީ އަމިއްލަ ތަނެއްގައި ކަމަށްވާނަމަ، އެމީހަކު ބަލައި ފާސްކުރުމަށް އެތަނަކަށް، އެތަނެއްގެ ވެރިފަރާތުގެ ރުހުމާ ނުލައި ވަދެވޭނީ، ކޯޓު އަމުރަކާ އެކުގައެވެ.

(ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ 43 ވަނަ މާއްދާގެ ދަށުން މީހަކު ހައްޔަރުކުރުމަށްޓަކައި އަމިއްލަ ތަނަކަށް ވަނުމަށް ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން އެތަނަކަށް ވަދެ އެފަދައިން ހައްޔަރުކުރެވޭ މީހާ ބަލައި ފާސްކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ. 

 

43 ވަނަ މާއްދާ - ހައްޔަރުކުރުމުގެ ބާރު

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއް ކުރަން އުޅޭކަމުގެ ތުހުމަތުކުރެވޭ ފަރާތަކާމެދު ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކޮށްފާނެކަމަށް ބެލުމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރެއްޖެނަމަ، ކޯޓު އަމުރަކާ ނުލައި އެމީހަކު ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މީހަކު ހައްޔަރުކުރަންވާނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާ އެކުގައެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން މީހަކު ހައްޔަރުކުރުމުގައާއި، ހައްޔަރުކުރުމަށްފަހުގައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 40 ވަނަ މާއްދާގެ (ބ) އަދި (ޅ) އާއި، 42 ވަނަ މާއްދާއާއި، 43 ވަނަ މާއްދާއާއި، 44 ވަނަ މާއްދާއާއި، 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް ފުލުހުން އަމަލުކުރަންވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ މީހަކު ހުރީ އަމިއްލަ ތަނެއްގައި ކަމަށް ބެލުމަށް އެކަށީގެންވާ ހެކި ލިބިފައިވާ ހާލަތުގައި، އެމީހަކު ހައްޔަރުކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމާއި އެކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގ،ެ ނުވަތަ ތިބުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ. 

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ އަމިއްލަ ތަނަކީ، މީހުން ދިރިނޫޅ،ޭ ފަޅުކޮށް ދޫކޮށްލާފައިވާ ތަނެއް ކަމަށްވެފައި، އެތަނުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތެއް ހުރި ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އެފަރާތެއް ހައްޔަރުކުރުމަށްޓަކައި، ކޯޓު އަމުރަކާ ނުލައި، އެތަނަކަށް ވަނުމާއި، އެކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް އެތަނެއްގައި މަޑުކުރުމުގ،ެ ނުވަތަ ތިބުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ ދަށުން އަމިއްލަ ތަނަކަށް ވަނުމުގައި، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 30 ވަނަ މާއްދާގެ (ރ)، (ޅ)، (ކ)، (އ)، އަދި (ވ) ގައި ބަޔާންކުރާ އިޖުރާއަތުތަކަށް ފުލުހުން އަމަލުކުރަންވާނެއެވެ.

 

44 ވަނަ މާޢްދާ - އަމިއްލަ ތަނަކުން މީހަކު ހައްޔަރުކުރުމަށްފަހު ބަލައި ފާސްކުރުން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ފަރާތެއް އަމިއްލަ ތަނަކުން ހައްޔަރުކުރާ ހާލަތުގައި، އެ މާއްދާތަކުގައި ބަޔާންކުރާ ކުށަކާގުޅޭ ހެކި އެތަނުގައި ހުރިކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއްވާނަމަ، އެ އެއްޗެއް ހޯދުމަށްޓަކައި، އަދި އެކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށް، އެތަނެއް މި މާއްދާގައިވާ ގޮތުގެމަތިން ބަލައި ފާސްކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރެވޭނީ، އަންނަނިވި ހާލަތްތައް ވުޖޫދުގައިވާކަމަށްއެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް، ކުށުގެ ތުހުމަތުގައިވާ ފަރާތް ހައްޔަރުކުރި ފުލުހުންގެ އޮފިސަރަށް ގަބޫލުކުރެވޭ ހާލަތުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ހޯދުމަށްފަހުގައެވެ.

  1. އެ ކުށާ ގުޅިގެން ހޯދަން ބޭނުންވާ ހެއްކެއް އެތަނުގައި ވާކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ އަދި 
  2. އެ ހެއްކަކީ އެ ކުށް ސާބިތުކުރުމަށްޓަކައި ހެކީގެ ގޮތުގައި ށަރީއަތަށް ހުށަހެޅުމަށް ބޭނުންތެރިވެދާނެ އެއްޗެއް ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން؛ އަދި 
  3. އެތަން އެވަގުތު ބަލައި ފާސްނުކޮށްފިނަމަ، އެ ކުށާގުޅޭ ހެކި ފޮރުވަފާނެ ކަމަށް ނުވަތަ ނައްތާލަފާނެ ކަމަށް ނުވަތަ ނެތިގެން ހިނގައިދާނެ ކަމަށް ނުވަތަ އެ ހެއްކަށް ބަދަލުގެނެސްދާނެ ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް އޮތުން.

(ނ) މި މާއްދާގެ ދަށުން ބަލައި ފާސްކުރަންވާނީ، އެ ބަލައި ފާސްކުރުމަށް ޒިންމާވާނެ އޮފިސަރަކު ކަނޑައެޅުމަށްފަހ،ު އެ އޮފިސަރުގެ ބެލުމުގެ ދަށުންނެވެ.

(ރ) މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރާއިރު އެތަނެއްގެ ވެރިފަރާތް އެތަނުގައި ހުރިނަމަ، އެތަން ބަލައި ފާސްކުރަންވާނީ، އެފަރާތުގެ ހާޒިރުގައެވެ. އެތަނުގެ ވެރިފަރާތް އެތަނުގައި ހާޒިރުވެ ނެތް ހާލަތެއްގައި އެތަން ބަލައި ފާސްކުރަންވާނީ، އެފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައެވެ.

(ބ) މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރެވޭނީ، އެތަނުގައިވާ ކަމަށް ބެލެވ،ޭ މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހެއްކެއް ހޯދުމަށްޓަކައި، އެކަން ކުރަން އެކަށޭނަ މިންވަރެއްގެ ވަގުތަކަށެވެ. އަދި އެފަދައިން ހިންގާ ބަލައި ފާސްކުރުމެއް، 6 (ހައެއް) ގަޑިއިރަށްވުރެ އިތުރުވެގެންނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ވަގުތަށްވުރެ އިތުރަށް މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރަން އެދޭނަމަ، އެކަން ކުރަންވާނީ ކޯޓު އަމުރަކާ އެކުގައެވެ.

(ކ) މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރާ ފުލުހުންގެ އޮފިސަރުންނަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

  1. ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް އެތަނުގައި ހުރިކަމަށްވާނަމަ، އަދި އެ އެއްޗެއް ފޮރުވުމުގެ ފުރުސަތު ނުވަތަ ނައްތާލުމުގެ ފުރުސަތު ނުވަތަ އެ އެއްޗަކަށް ބަދަލުގެނައުމުގެ ފުރުސަތު އޮތްކަމަށް އެ އޮފިސަރަކަށް ގަބޫލުކުރެވޭނަމަ، އެ އެއްޗެއް ހިފެހެއްޓުން؛
  2. އެތަނާއި އެތަނުގައި ހުރި ކަމާބެހޭ އެއްޗެހީގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުން.

(އ) މި މާއްދާގެ (ކ) އެހެން އޮތްނަމަވެސް، ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދަށުގައިވާ އެއްޗެއްސާއި، ގާނޫނީ އިމްތިޔާޒުގެ ދަށުގައިވާ އެއްޗެއްސާއި، ގާނޫނެއްގެ ދަށުން އިމްތިޔާޒު ލިބިގެންވާ އެނޫންވެސް އެއްޗެހި ހިފެހެއްޓުމުގެ ނުވަތަ އެ އެއްޗެހީގެ ފޮޓޯ އަދި/ނުވަތަ ވީޑިއޯ ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެނެއް ނުވެއެވެ.

(ވ) މި މާއްދާގެ (ކ) ގެ ދަށުން ހިފަހައްޓާ މުދަލުގެ އިންވެންޓަރީއެއް، ބަލައި ފާސްކުރާ އޮފިސަރު އެކުލަވާލަންވާނެއެވެ. އެކަން ކުރަންވާނީ، ފުލުހުންގެ އެހެން އޮފިސަރަކާއި، ތަނުގެ ވެރިފަރާތުގެ ނުވަތަ ތަނުގެ ވެރިފަރާތް ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއްގެ ހާޒިރުގައެވެ. އަދި އެ އިންވެންޓަރީގެ ކޮޕީއެއް، ތަނުގެ ވެރިފަރާތަށް، ނުވަތަ އޭނާ ނެތް ހާލަތެއްގައި ވެރިފަރާތުގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތަށް ފުލުހުންގެ އޮފިސަރު ދޭންވާނެއެވެ.

(މ) މި މާއްދާގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމާ ހަވާލުވެހުރި ފުލުހުންގެ އޮފިސަރު، އެ ބަލައި ފާސްކުރުމާގުޅޭ މައުލޫމާތު ލިޔުމުން ރިކޯޑުކުރަންވާނެއެވެ. އެގޮތުން ރިކޯޑުކުރުމުގައި، ބަލައި ފާސްކުރާ ތަނަށް ވަން ވަގުތާއި، އެތަނުގައި ހާޒިރުވެ ތިބި މީހުންނާއި، ބަލައި ފާސްކުރުމަށް ޒިންމާވި އޮފިސަރާއި، ބަލައި ފާސްކުރި އޮފިސަރުންނާއި، ބަލައި ފާސްކުރެވުނީ ކޮން ބާވަތެއްގެ ހެއްކެއް ހޯދަން ކަމާއި، ބަލައި ފާސްކުރެވޭ ތަނުން ނެގޭ ކޮންމެ އެއްޗެއްގެ ތަފްސީލު، އެ އެއްޗެއް ނެގުނު ތަން އެނގޭނެ ގޮތަށް ބަޔާންކުރަންވާނެއެވެ.

(ފ) މި މާއްދާގެ (މ) ގެ ދަށުން ރިކޯޑުކުރާ މައުލޫމާތުގެ ތެރޭގައި، މި މާއްދާގެ ދަށުން ބަލައި ފާސްކުރުމަށް ހުއްދަ ދިން އެގްޒެކެޓިވް އޮފިސަރުގެ ނަމާއި މަގާމާއި އެ ހުއްދަ ދިން ވަގުތާއި، އެ އޮފިސަރު ހުއްދަކޮށްފައިވާ ބަލައި ފާސްކުރުމުގެ ދާއިރާ ބަޔާންކުރަންވާނެއެވެ. އަދި އެ ރިކޯޑުގައި ބަލައި ފާސްކުރި އޮފިސަރުންގެ އިތުރުން، އެކަމަށް ހުއްދަ ދިން އޮފިސަރު ސޮއިކޮށްފައި އޮންނަންވާނެއެވެ.

(ދ) މި މާއްދާގެ (މ) ގައި ބަޔާންކުރާ މައުލޫމާތ،ު އެތަނެއް ބަލައި ފާސްކޮށް ނިންމައި، ތަން ދޫކޮށް ދިޔުމުގެ ކުރިން ލިޔުމުން ރިކޯޑުކޮށް ނިންމަންވާނެއެވެ.

 

45 ވަނަ މާއްދާ - ތަންތަން ބަލައި ފާސްކުރުން

(ހ) މި ގާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތުގައި ފިޔަވައި އެނޫން ހާލަތްތަކުގައި، އަމިއްލަ ތަނެއް ބަލައި ފާސްކުރުމަށް އެތަނަކަށް، އެތަނެއްގެ ވެރިފަރާތުގެ ރުހުމާ ނުލައި ވަދެވޭނީ، ކޯޓު އަމުރަކާ އެކުގައެވެ.

(ށ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި އަމަލުކުރަންވާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

 

46 ވަނަ މާއްދާ - އުޅަނދުފަހަރު ހިފަހައްޓައި ބަލައި ފާސްކުރުން

(ހ) ދިވެހިރާއްޖެއަށް އަންނަ ނުވަތަ ދިވެހިރާއްޖެއިން ފުރާ ނުވަތަ ދިވެހިރާއްޖޭގައި ދުއްވާ ކަނޑުދަތުރުފަތުރުކުރާ އުޅަނދެއްގައި ނުވަތަ އެ އުޅަނދެއް ބޭނުންކޮށްގެން މި ގާނޫނުގެ 4 ވަނަ މާއްދާއާއި 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފައިވާކަމަށް ނުވަތަ ކުރަމުންދާކަމަށް ގަބޫލުކުރެވޭނަމަ، އެފަދަ އުޅަނދަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.

  1. އެ އުޅަނދެއް ހުއްޓުވައި، އެ އުޅަނދަކަށް އަރައި، އެ އުޅަނދު ބަލައި ފާސްކުރުން؛
  2. އެ އުޅަނދެއްގައި ހުރި ތަކެތި ބަލައި ފާސްކުރުން؛
  3. އެ އުޅަނދެއްގައި ހުރި މީހެއްގެ ކާކުކަން އަންގައިދޭ މައުލޫމާތު ހާމަކުރުމަށް އެންގުން؛
  4. އެ އުޅަނދެއްގައި ހުރި މީހަކާ ސުވާލުކުރުން؛
  5. އެ އުޅަނދެއްގައި ހުރި މީހަކު ބަލައި ފާސްކުރުން؛
  6. އެ އުޅަނދެއްގައިވާ މީހެއްގެ ސާމްޕަލް ނެގުން؛
  7. ހެކީގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއްއެ އުޅަނދެއްގައިވާނަމަ، އެ އެއްޗެއް ހޯދުން؛
  8. އެ އުޅަނދަކުން ހޯދާފައިވާ ހެއްކެއް ރައްކާތެރިކަމާއެކު ބެލެހެއްޓުން؛
  9. އެ އުޅަނދެއްގައިވާ މީހަކު، ކުށެއްގެ ތުހުމަތުގައި، ހައްޔަރުކުރުން؛
  10. އެ އުޅަނދެއް ހިފަހައްޓައި، އިތުރަށް އެ އުޅަނދެއް ދަތުރުކުރިޔަނުދިނުން.

(ށ) މި މާއްދާގެ ދަށުން ފުލުހުންގެ އޮފިސަރުންނަށް ލިބޭ ބާރުތައް ބޭނުންކުރުމުގައި، އަންނަނިވި ކަންކަން ކަށަވަރުކުރުމުގެ ގޮތުން އެޅެންހުރި އެންމެހައި ފިޔަވަޅުތައް އަޅަންވާނެއެވެ.

  1. އުޅަނދުގައި ތިބި އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން؛
  2. އެމީހުންގެ ކަރާމާތަށް އުނިކަމެއް އަންނަ އަމަލުތައް ނުހިންގުން ނުވަތަ އިންސާނިއްޔަތުކަން ކުޑަގޮތަކަށް އެމީހުންނާމެދު އަމަލުނުކުރުން؛
  3. އުޅަނދުގައިވާ ފަރާތަކީ ބޭރު ގައުމެއްގެ ރައްޔިތެއްނަމަ، އެފަރާތަކާމެދު ފިޔަވަޅު އަޅާފައިވަނީ، ނޮނ-ްރިފައުލްމަންޓްގެ އުސޫލުންކަން؛
  4. އުޅަނދުގައިވާ ފަރާތްތަކުގެ އިންސާނީ ހައްގުތައް ކަށަވަރުކުރުން؛
  5. އެ އުޅަނދާއި އޭގައިވާ މުދަލަށް ގެއްލުމެއް ލިބޭނެކަމުގެ ބިރެއް ކުރިމަތިވެފައި ނެތްކަން؛ އަދި
  6. އެ އުޅަނދަކީ، ބޭރުގެ އުޅަނދެއް ކަމުގައިވާނަމަ، އެ އުޅަނދު ނިސްބަތްވާ ފްލެގް ސްޓޭޓުގ،ެ ނުވަތަ އެ އުޅަނދާ ގުޅިގެން މަސްލަހަތެއް އޮތް އެނޫންވެސް ގައުމެއްގެ ގާނޫނީ މަސްލަހަތަކަށް ނޭދެވޭ އަސަރެއް ނުކުރާކަން.

(ނ) މި މާއްދާގައި ބަޔާންކުރާ އެއްވެސް ފިޔަވަޅެއް އުޅަނދަކާ ގުޅޭގޮތުން އަޅަންވާނީ ނުވަތަ ތަންފީޒުކުރަންވާނީ، އަންނަނިވި ކަންކަމަށް އަސަރުނުފޯރާނެ ގޮތުގެމަތިން އެކަން ކުރުމަށް އިސްކަންދީގެންނެވެ.

  1. ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން އިހްތިސާސް ހިންގުމަށް ކޯސްޓަލް ގައުމުތަކަށް ލިބިގެންވާ ބާރާއި، އެފަދަ ގައުމުތަކަށް ލިބިދޭ ހައްގުތަކާއި ވާޖިބުތައް؛ ނުވަތަ
  2. އުޅަނދާގުޅޭ އިދާރީ، ފަންނީ، ނުވަތަ އިޖްތިމާއީ ކަންކަމުގައި އިހްތިސާސް ހިންގުމަށް ފްލެގް ސްޓޭޓަށް ލިބިގެންވާ ބާރު.

(ރ) މި މާއްދާގައި ބަޔާންކުރާ ބާރުތައް، އަންނަނިވި ހާލަތުގައިވާ އުޅަނދުތަކާ ގުޅޭގޮތުން ބޭނުންކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.

  1. އުޅަނދަކީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާކަން އަންގައިދޭ، ދިވެހި ދިދަ ނަގާފައިވާ އުޅަނދަކަށް ވުން؛
  2. ވަކި އުޅަނދެއްގައި ބޭރު ގައުމެއްގެ ދިދަ ނަގާފައިވީނަމަވެސް ނުވަތަ އެއްވެސް ދިދައެއް ނަގާފައި ނުވިނަމަވެސް، އެ އުޅަނދަކީ ހަގީގަތުގައި ދިވެހި އުޅަނދަކަށްވުން؛ ނުވަތަ 
  3. އެ އުޅަނދަކީ، އެއްވެސް ގައުމަކަށް ނިސްބަތްނުވާ އުޅަނދަކަށްވުން ނުވަތަ އެއްވެސް ގައުމަކަށް ނިސްބަތްވާ އުޅަނދެއް ނޫން ކަމަށް ބެލެވޭ އުޅަނދެއް ކަމަށްވުން.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ލިބިދޭ ބާރު ސީދާ ފުލުހުން ބޭނުންކުރުމުގެ ބަދަލުގައި، އަންނަނިވި ކަންކަން ފުރިހަމަވާނަމަ، އެހެން ގައުމެއްގެ ކަމާގުޅޭ އިދާރާއަކުން، އެ ގައުމެއްގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަކި އުޅަނދަކާ ގުޅިގެން އެ އިދާރާއެއްގެ ބާރުގެ ބޭނުންކުރުމަށް، ފުލުހުންނަށް އެދެވިދާނެއެވެ.

  1. އެ ބާރުތަކަކީ މި މާއްދާގައި ބަޔާންކުރާ ގާނޫނު ތަންފީޒުކުރުމުގެ ބާރުތަކާ އެއްގޮތް، ނުވަތަ އެއް ބާރުތަކެއް ކަމުގައިވުން؛ އަދި
  2. ބާރުގެ ބޭނުންކުރުމަށް އެދޭ ބޭރު ގައުމުގެ އިދާރާއަށް، އެ ގައުމުގެ ކަމާބެހޭ ގާނޫނުގެ ދަށުން، އެ ބާރުތައް ބޭނުންކުރުމުގެ އިހްތިޔާރު ދީފައިވުން.

 

47 ވަނަ މާއްދާ - ބޭރުގެ އުޅަނދުތަކާ ގުޅިގެން ބާރުގެ ބޭނުންކުރުމުގެ އުސޫލު

މި ގާނޫނުގެ ދަށުން ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރާ ގުޅޭގޮތުން ބާރުގެ ބޭނުންކުރާނީ ފުލުހުން ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، އެފަދަ އުޅަނދެއް އޮތީ ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ކަމުގައިވާނަމަ، އަދި އެ އުޅަނދަކީ ދިވެހި އުޅަނދެއް ކަމުގައިނުވާނަމަ، ނުވަތަ އެ އުޅަނދަކީ ދިވެހި އުޅަނދެއް ކަމުގައި ޔަގީންކުރެވެން ނެތްނަމަ، އެ އުޅަނދަކާ ގުޅޭގޮތުން މި ބާބުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާނީ، ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ގާނޫނުގައި ހުއްދަކުރާ އިދާރާއަކުންނެވެ. އަދި އެކަން ކުރުމުގައި އަމަލުކުރަންވާނީ އެ މުއާހަދާގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. 

 

 

ދެވަނަ ބައި

ހާއްސަ އޮޕަރޭށަންތައް

 

48 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ

(ހ) މި ގާނޫނުގެ ދަށުން ކުށެއް ކުރުމަށްޓަކައި ދިވެހިރާއްޖެއަށް އެތެރެކުރާ، ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ގެންދެވ،ޭ ނުވަތަ ދިވެހިރާއްޖެ މެދުވެރިކޮށް ޓްރާންޒިޓްކުރެވ،ޭ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ ގާނޫނާ ހިލާފު އެއްޗެއްގެ ކޮންޓްރޯލްޑް ޑެލިވަރީ، އަންނަނިވި ކަންކަން ހާސިލުކުރުމަށްޓަކައި، ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅ،ާ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ ފުލުހުންގެ އޮފިސަރެއް ދޭ ހުއްދައަކާއެކު، މި މާއްދާގައިވާ ގޮތުގެމަތިން ހެދުމުގެ އިހްތިޔާރު، ފުލުހުންނަށް ލިބިގެންވެއެވެ.

  1. އެ އެއްޗެއް ދިވެހިރާއްޖެ އެތެރެކުރީ ކޮން ބަޔަކުކަން ދެނެގަތުމަށް؛
  2. އެ އެއްޗެއް ދިވެހިރާއްޖެ އެތެރެކުރަނީ ކޮން ބައެއް ގުޅިގެންކަން ދެނެގަތުމަށް؛
  3. އެ އެއްޗެއް ދިވެހިރާއްޖެ އެތެރެކުރީ ނުވަތަ ދިވެހިރާއްޖެއިން ގެންދަނީ ކޮންބަޔަކު އެއިން ވިޔަފާރިކުރުމަށްޓަކައިކަން ދެނެގަތުމަށް؛
  4. އެތެރެކުރި ނުވަތަ ގެންދެވޭ އެއްޗެއް ޓްރެފިކްކުރުމުގައި ނުވަތަ ގާނޫނާ ހިލާފަށް ބޭނުންކުރުމުގައި ހިމެނެނީ ކޮންބައެއްކަން ދެނެގަތުމަށް.

(ށ) މި މާއްދާގެ ބޭނުމަށްޓަކައި "ކޮންޓްރޯލްޑް ޑެލިވަރީއެއް" ހެދުން ކަމަށް ބުނެފައި އެވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހާލަތުގައިވާ ގާނޫނާ ހިލާފު އެއްޗެއް، އެ އަކުރުގައި ބަޔާންކޮށްފައިވާ ބޭނުމަށްޓަކައި، ފުލުހުން މޮނިޓަރކޮށް ސުޕަވައިޒްކުރާ އޮޕަރޭށަނެއްގެ ތެރެއިން، ހުއްދަކޮށްފައިވާ ފުލުހުންގެ އޮފިސަރުން، އެ އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަދިނުމަށެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ކުރުން ހިމެނެއެވެ.

  1. އެ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެވިޔަ ދިނުން؛ އަދި/ނުވަތަ
  2. އެ އެއްޗެއް ދިވެހިރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ގެންދިޔަދިނުން؛ އަދި/ ނުވަތަ
  3. އެ އެއްޗެއް ދިވެހިރާއްޖޭގައި ޓްރާންޒިޓްވިޔަދިނުން؛ އަދި/ ނުވަތަ
  4. އެ އެއްޗެއް ދިވެހިރާއްޖެއިން ބޭރަށް ގެންދިޔަދިނުން؛އަދި/ނުވަތަ
  5. އެނޫންވެސް، އެ އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަ ދިނުމަށް މި ގާނޫނުގެ ދަށުން ހިންގާ، ހުއްދަކުރެވޭ ހަރަކާތްތައް.

 (ނ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުއްދަކޮށްގެން ހިންގޭ ކޮންޓްރޯލްޑް ޑެލިވަރީއެއްގައި ބައިވެރިވާ ފުލުހުންގެ އޮފިސަރަކު ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރާ އެއްވެސް ކަމަކާ ގުޅިގެން މި ގާނޫނުގެ ދަށުން ކުށްވެރިއެއް ނުވާނެއެވެ.

(ރ) ކޮންމެ ކޮންޓްރޯލްޑް ޑެލިވަރީއަކަށް ވަކިން ހުއްދަ ހޯދުން ލާޒިމުވާނެއެވެ. ކޮންޓްރޯލްޑް ޑެލިވަރީއެއް ހެދުމުގެ ހުއްދައަށް އެދި ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، ކޮންމެ ކޮންޓްރޯލްޑް ޑެލިވަރީއަކަށް ދެވޭ ވަކި ހުއްދައަކީ ލިޔުމުން ރިކޯޑުކުރެވިފައި އޮންނަންވާނެ ހުއްދައެކެވެ.

(ބ) މި މާއްދާގެ ދަށުން ހުއްދައަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު، އެ ހުށަހެޅުމަށް ހުއްދަ ދިނުމަށް ބޭނުންވާނެ މައުލޫމާތު ހުށަހަޅަންވާނެއެވެ. އަދި އެއީ ކުރިން ހުއްދައަކަށް އަހާފައިވާ ކޮންޓްރޯލްޑް ޑެލިވަރީއެއްނަމަ، އެކަން ބަޔާންކުރަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން ހުއްދަ ދިނުމަށް ނިންމަންވާނީ، އަންނަނިވި ކަންކަން ކަށަވަރުކުރުމަށްފަހުގައެވެ.

  1. މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވުން؛
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށުގެ އަމަލުގެ ޒާތާއި ބާވަތަށް ބަލާއިރު، އެއ،ީ ކޮންޓްރޯލްޑް ޑެލިވަރީއެއް ހުއްދަކުރަންޖެހޭފަދަ ކަމަކަށްވުން؛
  3. ކޮންޓްރޯލްޑް ޑެލިވަރީއެއް ހިންގުމަށްޓަކައި ކުރުމަށް ހުއްދަކުރެވޭ ކަންކަމުގެ ތެރެއިން އެ ހުއްދަކުރެވޭ އޮފިސަރު ކުރަންޖެހޭ، އެ ހުއްދައާ ނުލައި ގާނޫނާ ހިލާފުވާނެ އަމަލުތަކަކީ އެ ޑެލިވަރީ ހިންގުމަށް ކޮންމެހެން ބޭނުންވާނެ ކަންކަން ކަމަށްވުން؛
  4. ކޮންޓްރޯލްޑް ޑެލިވަރީ ހިންގަނީ، އެ އޮޕަރޭށަންގައި ބޭނުންކުރެވޭ އެއްޗަކީ އެ އޮޕަރޭށަން ނިމޭއިރު، އެ އޮޕަރޭށަންގައި ބައިވެރިވި ފުލުހުންގެ އޮފިސަރުގެ ކޮންޓްރޯލްގެ ދަށުގައި ހުންނާނެ އެއްޗެހި ކަމުގައި ވާނެ ގޮތަށް އެ އޮޕަރޭށަން ހިންގޭކަން ކަށަވަރުކުރުމަށްޓަކައި ކުރެވެންހުރި އެންމެހައި ކަންކަން ކޮށްގެންކަން؛
  5. ކޮންޓްރޯލްޑް ޑެލިވަރީ ހިންގަނީ، އެ އޮޕަރޭށަންގައި ހިމެނޭ ފަރާތްތައް ކުރަން ނޫޅޭ ކުށެއް ކުރުމަށް ހިތްވަރު ލިބޭ ގޮތަކަށް ނޫންކަން؛
  6. ކޮންޓްރޯލްޑް ޑެލިވަރީ ހިންގަނީ، އެ އޮޕަރޭށަންގައި ހިމެނޭ އެއްވެސް ފަރާތެއްގެ ސަލާމަތާއި ސިއްހަތަށް ނުރައްކާނުވާނ،ެ ނުވަތަ އެއިން ފަރާތަކަށް ބޮޑު އަނިޔާއެއް ކުރިމަތިނުވާނެ ގޮތެއްގެމަތިންކަން.

(ކ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ހުއްދައެއްގައި، ހުއްދަދެވޭ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނާއި، ހުއްދަދެވޭ އޮފިސަރާއި، އޮޕަރޭށަންގައި ކުރުން ހުއްދަ ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(އ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ އޮޕަރޭށަނަކާބެހޭ ހުރިހާ ހުއްދައަކާއި ލިޔެކިޔުމަކާއި، އޮޕަރޭށަންގެ އެކްޓިވިޓީ ލޮގްތައް ހުންނަންވާނީ ލިޔުމުން ނުވަތަ އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ރިކޯޑުކުރެވިފައެވެ.

(ވ) ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 89 ވަނަ މާއްދާގެ (ހ) އެހެން އޮތްކަމުގައިވީނަމަވެސް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅޭގޮތުން ހިންގޭ ކޮންޓްރޯލްޑް ޑެލިވަރީއާގުޅޭ ކަންކަން ކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދި، މި ގާނޫނުގެ ބޭނުމަށްޓަކައި ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލު 
އެ ނިސްބަތަށް ހިފެހެއްޓިގެންވެއެވެ.

(މ) މި މާއްދާގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއް ހިންގަނީ މަސްތުވާތަކެތި ޓްރެފިކްކުރުމާއި ވިޔަފާރިކުރުމާ ގުޅިގެން ކަމަށްވާނަމަ، އެފަދަ ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭށަނެއް ހިންގަންވާނީ، ގާނޫނު ނަންބަރު 2011-17 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ ދަށުން، އެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. 

 

49 ވަނަ މާއްދާ - ސިއްރު އޮޕަރޭށަންތައް 

(ހ) އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕުތަކާއި އެ ގްރޫޕުތަކުން ކުރާ ކުށްތައް ހުއްޓުވައި އެކަން ކުރާ ބަޔަކު ހޯދުމަށް ކުރެވޭ މަސައްކަތުގައި، ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ފުލުހުންގެ އޮފިސަރެއްގެ ހުއްދަ އޮވެގެން ފުލުހުންގެ އޮފިސަރަކު، އެއީ ކާކުކަން ނޭނގޭގޮތުގައި، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕަކާ ނުވަތަ އެފަދަ ގްރޫޕެއްގެ މެންބަރުންނާ ގުޅ،ި އެމީހުންގެ އަތުން ގާނޫނާ ހިލާފު ތަކެތި ހޯދުމަށް ނުވަތަ ގަތުމަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ހުއްދަކޮށްގެން ހިންގޭ ސިއްރު އޮޕަރޭށަނެއްގައި ބައިވެރިވާ ފުލުހުންގެ އޮފިސަރަކު ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރާ އެއްވެސް ކަމަކާ ގުޅިގެން މި ގާނޫނުގެ ދަށުން ކުށްވެރިއެއް ނުވާނެއެވެ.

(ނ) ކޮންމެ ސިއްރު އޮޕަރޭށަނަކަށް ވަކިން ހުއްދަ ހޯދުން ލާޒިމުވާނެއެވެ. އެފަދަ އޮޕަރޭށަނެއް ހިންގުމުގެ ހުއްދައަށް އެދި ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، ކޮންމެ ސިއްރު އޮޕަރޭށަނަކަށް ދެވޭ ވަކި ހުއްދައަކީ ލިޔުމުން ރިކޯޑުކުރެވިފައި އޮންނަންވާނެ ހުއްދައެކެވެ. 

(ރ) މި މާއްދާގެ ދަށުން ހުއްދައަށް އެދި ހުށަހަޅާ ކޮންމެ ހުށަހެޅުމަކާއެކު، އެ ހުށަހެޅުމަށް ހުއްދަ ދިނުމަށް ބޭނުންވާނެ މައުލޫމާތު ހުށަހަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން ހުއްދަ ދިނުމަށް ނިންމަންވާނީ، އަންނަނިވި ކަންކަން ކަށަވަރުކުރުމަށްފަހުގައެވެ.

  1. މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކުރަން އުޅޭކަން، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވުން؛
  2. މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށުގެ އަމަލުގެ ޒާތާއި ބާވަތަށް ބަލާއިރު، އެއ،ީ ސިއްރު އޮޕަރޭށަނެއް ހުއްދަކުރަންޖެހޭފަދަ ކަމަކަށްވުން؛
  3. ސިއްރު އޮޕަރޭށަނެއް ހިންގުމަށްޓަކައި ކުރުމަށް ހުއްދަކުރެވޭ ކަންކަމުގެ ތެރެއިން އެ ހުއްދަކުރެވޭ އޮފިސަރު ކުރަންޖެހޭ، އެ ހުއްދައާ ނުލައި ގާނޫނާ ހިލާފުވާނެ އަމަލުތަކަކީ އެ ސިއްރު އޮޕަރޭށަން ހިންގުމަށް ކޮންމެހެން ބޭނުންވާނެ ކަންކަން ކަމަށްވުން؛
  4. އެ އޮޕަރޭށަން ހިންގަނީ، އެ އޮޕަރޭށަންގައި ބޭނުންކުރެވޭ އެއްޗަކީ އެ އޮޕަރޭށަން ނިމޭއިރު، އެ އޮޕަރޭށަންގައި ބައިވެރިވި ފުލުހުންގެ އޮފިސަރުގެ ކޮންޓްރޯލްގެ ދަށުގައި ހުންނާނެ އެއްޗެހި ކަމުގައި ވާނެ ގޮތަށް އެ އޮޕަރޭށަން ހިންގޭކަން ކަށަވަރުކުރުމަށްޓަކައި ކުރެވެންހުރި އެންމެހައި ކަންކަން ކޮށްގެންކަން؛
  5. އެ އޮޕަރޭށަން ހިންގަނީ، އެ އޮޕަރޭށަންގައި ހިމެނޭ ފަރާތްތައް ކުރަން ނޫޅޭ ކުށެއް ކުރުމަށް ހިތްވަރު ލިބޭ ގޮތަކަށް ނޫންކަން؛
  6. އެ އޮޕަރޭށަން ހިންގަނީ، އެ އޮޕަރޭށަންގައި ހިމެނޭ އެއްވެސް ފަރާތެއްގެ ސަލާމަތާއި ސިއްހަތަށް ނުރައްކާނުވާނ،ެ ނުވަތަ އެއިން ފަރާތަކަށް ބޮޑު އަނިޔާއެއް ކުރިމަތިނުވާނެ ގޮތެއްގެމަތިންކަން.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ހުއްދައެއްގައި، ހުއްދަދެވޭ ސިއްރު އޮޕަރޭށަނާއި، ހުއްދަދެވޭ އޮފިސަރާއި، އޮޕަރޭށަންގައި ކުރުން ހުއްދަ ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އޮޕަރޭށަނަކާބެހޭ ހުރިހާ ހުއްދައަކާއި ލިޔެކިޔުމަކާއި، އޮޕަރޭށަންގެ އެކްޓިވިޓީ ލޮގްތައް ހުންނަންވާނީ ލިޔުމުން ނުވަތަ އޯޑިއޯ ނުވަތަ ވީޑިއޯ މެދުވެރިކޮށް ރިކޯޑުކުރެވިފައެވެ.

(އ) ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 89 ވަނަ މާއްދާގެ (ހ) އެހެން އޮތްކަމުގައިވީނަމަވެސް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށަކާ ގުޅޭގޮތުން ހިންގޭ ސިއްރު އޮޕަރޭށަނަކާގުޅޭ ކަންކަން ކުރާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. އަދި، މި ގާނޫނުގެ ބޭނުމަށްޓަކައި ގާނޫނު ނަންބަރު 2011-08 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނު) ގެ 89 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލު އެ ނިސްބަތަށް ހިފެހެއްޓިގެންވެއެވެ.

 

50 ވަނަ މާއްދާ - ކޮންޓްރޯލްޑް ޑެލިވަރީ އަދި ސިއްރު އޮޕަރޭށަންތަކުން ހޯދާ ހެކި

(ހ) މި ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ހިންގޭ ކޮންޓްރޯލްޑް ޑެލިވަރީއާގުޅޭ ހަރަކާތަކުން ނުވަތަ މި ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ހިންގޭ ސިއްރު އޮޕަރޭށަނަކުން ފުލުހުންނަށް ލިބޭ ލިޔެކިޔުމަކީ ނުވަތަ ފޮޓޯއަކީ ނުވަތަ އޯޑިއޯއަކީ ނުވަތަ ވީޑިއޯއަކީ މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށެއް ސާބިތުކުރުމަށްޓަކައި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. 

 (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން، ހެކީގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެހީގެ ތެރޭގައި އަންނަނިވި ގޮތްގޮތުން ހޯދާ އެއްޗެހި ހިމެނެއެވެ.

  1. ފުލުހުން އެހެން ގައުމެއްގައި، އެ ގައުމެއްގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހޯދާ ހެކި؛
  2. އެހެން ގައުމެއްގެ އިދާރާއަކުން، އެ ގައުމެއްގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހޯދައި، ފުލުހުންނަށް ފޯރުކޮށްދޭ ހެކި.

 

51 ވަނަ މާއްދާ - ހާއްސަ އޮޕަރޭށަންތަކުގެ މައުލޫމާތު ރިޕޯޓްކުރުން

(ހ) މި ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ހިންގޭ ކޮންޓްރޯލްޑް ޑެލިވަރީތައް ނުވަތަ މި ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ހިންގޭ ސިއްރު އޮޕަރޭށަންތަކާގުޅޭ އަންނަނިވި މައުލޫމާތުގެ މައްޗަށް އެކުލެވޭ ރިޕޯޓެއް، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފުލުހުން ހުށަހަޅަންވާނެއެވެ.

  1. ކޮންޓްރޯލްޑް ޑެލިވަރީ ހެދުމުގެ ހުއްދައަށް އެދި ހުށަހެޅި އަދަދު އަދި ހުއްދަ ދެވުނު އަދަދު؛ އަދި
  2. ކޮންޓްރޯލްޑް ޑެލިވަރީ މެދުވެރިކޮށް ހޯދާފައިވާ މައުލޫމާތު ނުވަތަ ހެކި ބޭނުންކޮށްގެން ދައުވާކޮށްފައިވާ މައްސަލަތަކުގެ އަދަދު؛ އަދި
  3. ސިއްރު އޮޕަރޭށަން ހިންގުމުގެ ހުއްދައަށް އެދި ހުށަހެޅި އަދަދު އަދި ހުއްދަ ދެވުނު އަދަދު؛ އަދި
  4. ސިއްރު އޮޕަރޭށަން މެދުވެރިކޮށް ހޯދާފައިވާ މައުލޫމާތު ނުވަތަ ހެކި ބޭނުންކޮށްގެން ދައުވާކޮށްފައިވާ މައްސަލަތަކުގެ އަދަދު.

 (ށ) މި މާއްދާގެ (ހ) ގެ ދަށުން މައުލޫމާތު ހާމަކުރާނީ، ކޮންޓްރޯލްޑް ޑެލިވަރީއެއް ނުވަތަ ސިއްރު އޮޕަރޭށަނެއް ނިސްބަތްވާ ތަހްގީގުތަކާގުޅޭ އޮޕަރޭށަނަލް މައުލޫމާތާއި، ބޭނުންކުރި އުކުޅުތަކާއި މަސްދަރުތައް ހާމަނުވާނެ ފަދައިންނެވެ.

 

 

ތިންވަނަ ބައި

މުދަލާއި ފައިސާ ހިފެހެއްޓުމާއި ދައުލަތަށް ނެގުން

 

52 ވަނަ މާއްދާ - ފައިސާއާއި މުދަލުން މުއާމަލާ ތު ކުރުން ހުއްޓުވުމާއި ހިފެހެއްޓުން

(ހ) މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ކުށެއްގެ ތަހްގީގަކާ ގުޅިގެން، އެއިން ކުށަކާ ގުޅިފައިވާ ފައިސާއިން ނުވަތަ މުދަލަކުން މުއާމަލާތުކުރުން ހުއްޓުވުމުގެ ނުވަތަ އެ މުދަލެއް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި، އަންނަނިވި ކަންކަން އެގޮތުގެމަތިން ހުރި ކަމަށް ކޯޓަށް ގަބޫލުކުރެވޭނަމަ، އެ މުދަލެއް ނުވަތަ މުދަލަކުން މުއާމަލާތުކުރުން ހުއްޓުވުމުގެ ނުވަތަ އެ މުދަލެއް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ނެރެންވާނެއެވެ.

  1. މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ކުށެއްގެ ތަހްގީގު ފަށާފައިވުން ނުވަތަ އެއިން ކުށެއްގެ ށަރީއަތް ފަށައި އެ ށަރީއަތް ނިމިފައިނުވުން؛ އަދި
  2. ފައިސާ ނުވަތަ މުދަލަކީ އަންނަނިވި ފަދަ އެއްޗެއް ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރުނ:ް
    1. ފައިސާ ނުވަތަ މުދަލަކީ ކުށް ކުރުމަށް ބޭނުންކުރާ ނުވަތަ ކުށް ކުރުމަށް ބޭނުންކޮށްފައިވާ މުދާކަން؛
    2. ފައިސާ ނުވަތަ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދާ ނުވަތަ ފައިސާކަން. އޭގެ ތެރޭގައި، ކުށް ކޮށްގެން ހޯދާ މުދަލާ އެކުވެފައިވާ ފައިސާއާއި މުދާވެސް ހިމެނޭނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓު އަމުރެއް ނެރެފައިވާނަމަ، އެ އަމުރުގައި ބަޔާންކޮށްފައިވާ ފައިސާ ނުވަތަ މުދާ ނުވަތަ އެއިން ބައެއް، އަމުރުގައި ވަކި ގޮތްތަކެއް ނުވަތަ ވަކި ހާލަތްތަކެއް ބަޔާންކޮށްފައިވާނަމަ އެއިން ގޮތަކަށް ނުވަތަ ހާލަތެއްގައި މެނުވީ، ޓްރާންސްފަރކޮށްގެން ނުވަތަ ބަދަލުކޮށްގެން ނުވަތަ ވިއްކާލައިގެން ނުވަތަ ނައްތާލައިގެން ނުވާނެއެވެ. ނުވަތަ އެނޫންވެސް ގޮތަކުން އެ ފައިސާ ނުވަތަ މުދަލާމެދު އަމަލުކޮށްގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން ނެރޭ އަމުރު، ޕްރޮސިކިއުޓަރ ޖެނެރަލް އެދުމުން، މުރާޖައާކުރުމުގެ ނުވަތަ އެ އަމުރު ނިމުމަކަށް ގެނައުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓު އަމުރެއް ނެރެފައިވަނީ މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ކުށެއްގެ ތަހްގީގު ފެށުމާ ގުޅިގެން ކަމުގައިވާނަމަ، ކޯޓަށް އެކަށީގެންވާ ކަމަށް ފެންނަ މުއްދަތެއްގައި، އަދި ގިނަވެގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި، އެ ކުށާގުޅޭ މައްސަލައިގެ ށަރީއަތް ކޯޓުގައި ފަށާފައިނުވާނަމަ، ކޯޓުން އެ އަމުރު ނިމުމަކަށް ގެންނަންވާނެއެވެ.

(ޅ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓު އަމުރެއް ނެރެފައިވަނީ މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ކުށެއްގެ ށަރީއަތުގެ މަރުހަލާގައި ކަމަށްވާނަމަ، އެ ށަރީއަތެއް ނިމުމާ ހަމައަށް އެ ކޯޓު އަމުރު ދެމިއޮންނާނެއެވެ.

(ކ) މި މާއްދާގެ (ށ) ގެ ދަށުން ހިފަހައްޓާފައިވާ ނުވަތަ މުއާމަލާތުކުރުން ހުއްޓުވާފައިވާ ފައިސާ ނުވަތަ މުދާ ބަލަހައްޓަމުންގެންދާނީ އަދި އެ ފައިސާ ނުވަތަ މުދަލާމެދު އަމަލުކުރަންވާނީ ކޯޓު އަމުރުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން، ކަމާބެހޭ ދައުލަތުގެ އިދާރާގެ ބެލުމުގެ ދަށުންނެވެ.

(އ) މި މާއްދާގެ (ށ) ގެ ދަށުން މުދާ ނުވަތަ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެއިން މުއާމަލާތުކުރުން ހުއްޓުވުމަށް ކޯޓުން އަމުރުކުރަންވާނީ އަދި އެފަދަ އަމުރެއް ތަންފީޒުކުރަންވާނީ، ހެޔޮ ނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތްތަކުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށެވެ.

(ވ) މި މާއްދާގެ (ށ) ގެ ދަށުން ނެރޭ އަމުރެއް ނިމުމަކަށް ގެނައުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ހިފަހައްޓާފައިވާ ނުވަތަ މުއާމަލާތުކުރުން ހުއްޓުވާފައިވާ ފައިސާ ނުވަތަ މުދަލުގައި މަސްލަހަތެއް އޮތް ކޮންމެ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.

(މ) މި މާއްދާގެ (ށ) ގެ ދަށުން ނެރޭ އަމުރެއް ނިމުމަކަށް ގެނައުމަށްޓަކައި މި މާއްދާގެ (ވ) ގައިވާ ގޮތުގެމަތިން ހުށަހެޅޭ ހުށަހެޅުމަކާމެދު ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

 

53 ވަނަ މާއްދާ - ދައުލަތަށް މުދާ ނެގުން

(ހ) މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އަންނަނިވި ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށްޓަކައި ކޯޓު އަމުރެއް ނެރެންވާނެއެވެ.

  1. ކުށް ކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދާ؛ 
  2. ކުށް ކޮށްގެން ހޯދާ މުދާ ނުވަތަ ކުށް ކޮށްގެން ހޯދާ މުދަލުން ހޯދާ ފައިސާއާއި މުދާ؛
  3. ކުށް ކޮށްގެން ހޯދަން އުޅޭ ނުވަތަ ހޯދާފައިވާ ފައިސާ ނުވަތަ މުދާ؛
  4. ކުށް ކުރުމަށް ބޭނުންކުރި މުދާ؛
  5. ކުށް ކޮށްގެން ހޯދާ މުދަލަކާ އެކުވެފައިވާ ފައިސާ ނުވަތަ މުދާ؛
  6. ކުށް ކޮށްގެން ހޯދާ މުދަލަކުން، ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި، ލިބޭ މުދ.ާ އޭގެ ތެރޭގައި އެ އެއްޗަކުން ލިބޭ އާމްދަނީއާއި، ފައިދާއާއި، އެހެނިހެން މަންފާ ހިމެނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރެއް ނެރެންވާނީ އެ އަކުރުގައި ބަޔާންކޮށްފައިވާ މުދާ ނުވަތަ ފައިސާގެ ވެރިފަރާތަށް ނިސްބަތްކޮށެވެ. ނަމަވެސް ވެރިފަރާތަށް އެ މުދަލެއް ނުވަތަ އެ ފައިސާއެއް ލިބުނީ، އެއަށް އެކަށީގެންވާ އަގެއް ފައިސާއިން ދިނުމަށްފަހުގައި ނުވަތަ އެއަގަށްވާ ފައިސާ ހިދުމަތަކުން ފޯރުކޮށްދިނުމަށްފަހުގައި ކަމަށް ނުވަތަ ގާނޫނީގޮތުން ހުއްދަ އެނޫންވެސް ގޮތަކުން ކަމަށް އަދި އެ މުދަލަކީ ނުވަތަ ފައިސާއަކީ ޣައިރު ގާނޫނީ މުދަލެއްކަން ނުވަތަ ފައިސާއެއްކަން އެނގިފައިނުވާކަމަށް ސާބިތުކޮށްދީފިނަމަ އެފަދަ ކޯޓު އަމުރެއް މުދަލުގެ ނުވަތަ ފައިސާގެ ވެރިފަރާތުގެ މައްޗަށް 
ނެރެގެންނުވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރުގައި މަދުވެގެން އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.

  1. އަމުރު ރައްދުވާ ފަރާތް؛ 
     (2) ދައުލަތަށް ނެގޭ މުދާ ނުވަތަ ފައިސާގެ ފުރިހަމަ މައުލޫމާތ.ު އެފަދަ ފައިސާއެއް ނުވަތަ މުދަލެއްގެ ފުރިހަމަ ތަފްސީލާއި އަދި އެތަކެތި ހުރިތަން ހިމެނޭގޮތުން؛ 
  2. އަމުރު ނެރެވޭ ބޭނުން؛
  3. ދައުލަތަށް ނެގޭ މުދާ ނުވަތަ ފައިސާގެ ވެރިފަރާތް އެނގެން ނެތް ހާލަތެއްގައި، އެ މުދާ ނުވަތަ ފައިސާއަކީ ވަކި މީހެއްގެ ބާރުގެ ދަށުގައިވާ އެއްޗެއް ކަމަށްވާނަމަ، އެފަރާތެއްގެ މައުލޫމާތު؛
  4. އެ މުދާ ނުވަތަ ފައިސާ ދައުލަތަށް ނަގަން ބޭނުންވަނީ މި ގާނޫނުން ކަނޑައަޅާފައިވާ ކޮން ކުށަކާ ގުޅިގެންކަން؛
  5. އަމުރު ދެމިއޮންނާނެ މުއްދަތު؛
  6. ދައުލަތަށް ނަގަން ބޭނުންވާ މުދާ ނުވަތަ ފައިސާ ދައުލަތަށް ނެގުމަށްފަހު އެއާ ހަވާލުވާނ،ެ އަދި އެ ފައިސާއެއް ނުވަތަ މުދަލެއް ބަލަހައްޓާނެ އިދާރާ؛
  7. ހުއްދަ ދޭ ފަނޑިޔާރުގެ ނަމާއި ސޮއި އަދި ކޯޓުގެ ސިއްކަ،

(ރ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ ކޯޓު އަމުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެ އަމުރު ދެމިއޮންނާނީ، އެ އަމުރުގެ މުއްދަތު ހަމަވަންދެން ނުވަތަ އެ އަމުރު ބާތިލުކުރަންދެން ނުވަތަ އެ މުދަލެއް ނުވަތަ ފައިސާއެއް ދައުލަތަށް ނެގުމުގެ އެންމެހައި އިޖުރާއަތެއް ފުރިހަމަވަންދެން، ނުވަތަ މި މާއްދާގެ (ވ) ގެ ދަށުން ހުށަހަޅާ މައްސަލައެއްގައި އެ އަމުރު ނިމުމަކަށް ގެނައުމަށް ކޯޓުން ގޮތެއް ކަނޑައަޅަންދެނެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރަކާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތަށް ނެގޭ މުދާ ނުވަތަ ފައިސާއަކީ، އެހެން ގާނޫނަކުން ކަނޑައަޅާފައިވާ ޖިނާއީ ކުށަކާގުޅޭ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ފުލުހުންނަށް ބެލެވޭނަމަ، އަދި އެ މުދަލެއް ނުވަތަ ފައިސާއެއް ފޮރުވުމުގެ ފުރުސަތު ނުވަތަ ނައްތާލުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވޭނަމަ، އެ މުދަލެއް ނުވަތަ ފައިސާއެއް ދައުލަތަށް ނެގުމުގެ ބާރު އެ އަމުރުން ދޭ ކަމުގައި ބެލޭނެއެވެ.

(ޅ) މި މާއްދާގެ (ހ) ގެ ދަށުން އަމުރެއް ނެރޭއިރު، ދައުލަތަށް ނެގޭ މުދާ ނުވަތަ ފައިސާއާއި އެ މުދަލެއް ނުވަތަ ފައިސާއެއް ނަގަންޖެހޭ ސަބަބުތަކަށް ރިއާޔަތްކޮށް، އެކަންކޮށް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ފަނޑިޔާރު ދޭންވާނެއެވެ. 

(ކ) މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ކުށެއްގެ ށަރީއަތެއްގައި ދައުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވެފައިވީނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމުރު ކޯޓުން ނެރޭއިރު އެ އަކުރުގައި ބަޔާންކުރާ ފައިސާ ނުވަތަ މުދާ ވިއްކާލާފައިވާނަމަ، ނުވަތަ ނައްތާލާފައިވާނަމަ ނުވަތަ މުދަލުގެ އަގު ދަށްވެފައިވާނަމަ ނުވަތަ މުދާ ޓްރޭސްކުރެވެން ނެތްނަމަ، އެ މުދަލުގެ އަގު ކަމަށް 
ކޯޓަށް ފެންނަ އަދަދަކާ އެއް މިންވަރެއްގެ ފައިސާ ދެއްކުމަށް، ދައުވާލިބޭ ފަރާތުގެ މައްޗަށް ކޯޓުން އަމުރުކުރަންވާނެއެވެ. އަދި، އެފަދައިން ޖޫރިމަނާކުރެވޭ އަދަދ،ު ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި ހޯދޭނެއެވެ.

(އ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަމުރު ނެރެންވާނީ އަދި އެ އަމުރު ތަންފީޒުކޮށް ދަމަހައްޓަންވާނީ، ހެޔޮނިޔަތުގައި އަމަލުކުރާ ތިންވަނަ ފަރާތުގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށެވެ.

(ވ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރެއް ނިމުމަކަށް ގެނައުމަށްޓަކައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ނުވަތަ ދައުލަތަށް ނެގުމަށް އަމުރުކޮށްފައިވާ މުދަލުގެ ނުވަތަ ފައިސާގެ މަސްލަހަތު އޮތް ކޮންމެ ފަރާތަކަށް ކޯޓަށް ހުށަހެޅިދާނެއެވެ.

(މ) މި މާއްދާގެ (ހ) ގެ ދަށުން ނެރޭ އަމުރެއް ނިމުމަކަށް ގެނައުމަށްޓަކައި މި މާއްދާގެ (ވ) ގައިވާ ގޮތުގެމަތިން ހުށަހެޅޭ ހުށަހެޅުމަކާމެދު ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

(ފ) މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދައުލަތަށް ނެގޭ ފައިސާ ނުވަތަ މުދަލެއް ބެހެއްޓޭނީ އެ މުދާ ދައުލަތަށް ނެގުމަށްޓަކައި ކޯޓު އަމުރަށް އެދުނު ފަރާތުގެ ބެލުމުގެ ދަށުގައެވެ.

(ދ) މި މާއްދާގެ (ފ) ގައި ބަޔާންކުރާ ފައިސާ ނުވަތަ މުދ،ާ އޭގެ ފުރިހަމަ އަގުގައި ބަހައްޓަންވާނީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ހެޔޮ ނިޔަތުގައި ހައްގު ލިބިގަތުމަށް އެދޭ ތިންވަނަ ފަރާތްތަކުގެ ހައްގުތައް އެފަރާތްތަކަށް ލިބޭގޮތަށެވެ.

(ތ) މި ގާނޫނުގެ ދަށުން ދައުލަތަށް ނެގޭ ފައިސާ ނުވަތަ މުދަލާމެދު އަމަލުކުރާނެ ގޮތް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.

 

 

ހަތަރުވަނަ ބައި

ހައްގުތަކާއި ށަރީއަތާގުޅޭ

 

54 ވަނަ މާއްދާ - ގާނޫނީ ވަކީލާ މަށްވަރާކުރުން

(ހ) މި ގާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ އަދި މި ގާނޫނުގެ ދަށުން އިތުރު ފިޔަވަޅު އެޅޭ ފަރާތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބުމުގެ ހައްގު، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލިބިގެންވެއެވެ. 

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު ބަންދުގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ މީހެއް ކަމަށްވެފައި، އަދި އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ މި ގާނޫނުގެ 4 ވަނަ މާއްދާއާއި 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކަމަށްވާނަމަ، އަދި އަންނަނިވި ހާލަތްތައް ވުޖޫދުގައިވާކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، މި ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތ،ު އޭނާ ހައްޔަރުކުރާ ވަގުތުން ފެށިގެން 48 )ސާޅީސްއަށެއް( ގަޑިއިރަށް ނުދީ ހިފެހެއްޓިދާނެއެވެ.

  1. ހައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ކުށެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން މަސައްކަތްކުރަމުންދާ ފަރާތަކަށް އިންޒާރުދީފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛ 
  2. ހައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ކުށެއްގެ ހެކި ނައްތާލަފާނެކަމަށް ނުވަތަ ހެއްކަށް ނުފޫޒުފޯރުވަފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛
  3. ހައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ކުށެއްގެ އަމަލު ހިނގާފާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛
  4. ހައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން؛ ނުވަތަ 
  5. ހައްޔަރުގައި ހުރި މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ދީފިނަމަ، މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް އަނބުރާ ހޯދުމަށް ހުރަސްއެޅިދާނެކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުން. 

(ނ) މި މާއްދާގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ނުދީ ހިފެހެއްޓި ކަމުގައިވިޔަސް، ކުށުގެ ތުހުމަތުގައިވާ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު ދެކެވޭ ވާހަކައާއި ކުރެވޭ މުއާމަލާތަކީ، ގާނޫނީ އިމްތިޔާޒު ލިބިގެންވާ މުއާމަލާތެކެވެ.

(ރ) ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު މި މާއްދާގެ (ށ) ގެ ދަށުން ހިިފެހެއްޓޭނީ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނުވަތަ އެއަށްވުރެ މަތީ ރޭންކެއްގެ އޮފިސަރަކު ލިޔުމުން ދޭ ހުއްދައެއްގެ ދަށުންނެވެ.

(ބ) ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު މި މާއްދާގެ (ށ) ގެ ދަށުން ހިފަހައްޓާފައި އޮންނަ މުއްދަތުގެ ތެރޭގައިވެސް އެ ފުރުސަތު ނުދީ ހިފެހެއްޓި ސަބަބު ފިލައި ގޮސްފައިވާކަމަށް ފެނިއްޖެނަމަ، އެ ފުރުސަތު އަލުން އަނބުރާ ދޭންވާނެއެވެ.

(ޅ) ހައްޔަރުކުރެވޭ މީހާއަށް އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު ނުދީ ހިފަހައްޓާނަމަ އެކަމުގެ ސަބަބު އެމީހާއަށާއި، އޭނާގެ ވަކީލަށް ލިޔުމުން ދޭންވާނެއެވެ.

(ކ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ހައްޔަރުކުރެވޭ މީހާއާއި އޭނާގެ ގާނޫނީ ވަކީލާއެކު އެކަހެރިކޮށް ބައްދަލުވެ މުއާމަލާތުކުރުމުގެ ފުރުސަތު މި މާއްދާގެ ދަށުން ހިފަހައްޓާފައިވާ މުއްދަތުގައި، ތުހުމަތުކުރެވިފައިވާ ކުށާ ގުޅޭގޮތުން މައުލޫމާތު ހޯދުމުގެ ނުވަތަ ތަހްގީގުގައި ސުވާލުކުރުމުގެ އެއްވެސް މަރުހަލާއެއް ކުރިއަށްގެންދާނަމަ، އޭނާއަށް އޭނާގެ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(އ) މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ތުހުމަތުކުރެވޭ ފަރާތުގެ ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގެ ހައްގު މި މާއްދާގެ ދަށުން ހިފެހެއްޓުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރަންވާނެއެވެ. 

 

55 ވަނަ މާއްދާ - ތަހްގީގުގައި ކުރެވޭ ސުވާލުތަކަށް ޖަވާބުދާރީނުވެ ހަނުހުރުން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއްގެ ދައުވާ އުފުލިފައިވާ ފަރާތަކާ އެ ކުށުގެ ތަހްގީގު މަރުހަލާގައި، އެ ކުށް ހިނގި ހާލަތު ދެނެގަތުމުގެ ގޮތުން ނުވަތަ ކުށް ކުރި ފަރާތް ދެނެގަތުމުގެ ގޮތުން ސުވާލުކުރިއިރު ޖަވާބުދާރީވެފައިނުވާ ވާގިއާއެއް، އެ ދައުވާއިން ދިފާއުވުމަށް، އެ ދައުވާއާގުޅޭ ށަރީއަތުގައި އޭނާ ހުށަހަޅައިފިނަމަ، އެ ވާގިއާއަކީ، އޭނާއާ ތަހްގީގުގައި ސުވާލުކުރެވުނުއިރު ދެމިއޮތް ހާލަތުގައި އޭނާއަށް ޖަވާބުދާރީވެވެން އޮތް ވާގިއާއެއް ކަމުގައި އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، އަދި އެ ވާގިއާއާ ގުޅޭގޮތުން ޖަވާބުދާރީވުމަށް ތަހްގީގުގައި އޭނާއަށް ލިބިދިން ފުރުސަތުގައި ޖަވާބުދާރީނުވެ ހަނުހުރިކަމުގެ ހެކި ދައުވާކުރާ ފަރާތުން ށަރީއަތަށް ހުށަހަޅައިފިނަމަ، އޭނާ އެފަދައިން ހަނުހުރި ހުރުމުގެ ސަބަބުން އޭނާއާ ދެކޮޅަށް އުފެދޭ އިސްތިންތާޖަކަށް ފަނޑިޔާރަށް ރިއާޔަތްކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ދައުވާ އުފުލިފައިވާ ފަރާތާ ތަހްގީގުގައި ސުވާލުކުރެވުނުއިރު އޭނާ ހުރީ، ކުށުގެ ތުހުމަތުކުރެވޭ ފަރާތާ ތަހްގީގުގައި ސުވާލުކުރުމަށް ގެންދިޔުން ގާނޫނު ހުއްދަކުރާ ތަނެއްގައި ކަމަށްވެފައި، އޭނާއާ ސުވާލުކުރުމުގެ ކުރިން އޭނާއަށް ދޭންޖެހޭ ގާނޫނީ އިންޒާރުދީފައިނުވާނަމަ، ނުވަތަ ގާނޫނީ ވަކީލަކާ ބައްދަލުކުރުމަށް އޭނާއަށް ފުރުސަތު ލިބިދީފައިނުވާނަމަ، އެ މާއްދާގައި ބަޔާންކުރާ ކަންކަން އޭނާގެ މައްޗަކަށް ނުހިނގާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ވާގިއާއަކާ ގުޅިގެން ތަހްގީގު މަރުހަލާގައި ދައުވާ އުފުލިފައިވާ ފަރާތް ހަނުހުރިކަމުގެ ހެކި، އެ ކުށުގެ ށަރީއަތުގައި، އެ ވާގިއާއެއް އެގޮތުގައި ދެމިއޮތްކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާ ހެކި ހުށަހެޅުމުގެ ކުރިންވެސް ނުވަތަ ފަހުންވެސް ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުށުގެ ތުހުމަތުގައިވާ މީހާއާ ތަހްގީގުގައި ސުވާލުކުރުން ކަމަށް ބުނެފައި އެވަނީ، އެ ކުށް ތަހްގީގުކުރާ ގާނޫނު ތަންފީޒުކުރާ އިދާރާގ،ެ ތަހްގީގުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އޮފިސަރެއް، ކުށުގެ ތުހުމަތުގައިވާ މީހާއަށް ދޭންޖެހޭ ގާނޫނީ އިންޒާރު ދިނުމަށްފަހު އެ ކުށާއި އެ ކުށުގެ ތަހްގީގުން ފާހަގަވެފައިވާ ކަންކަމާ ގުޅޭގޮތުން އޭނާއާ ސުވާލުކުރުމަށެވެ.

 

56 ވަނަ މާއްދާ - ވަކި އެއްޗެއް ނުވަތަ މާއްދާއެއް ނުވަތަ ނިށާނަކާ ގުޅޭގޮތުން ޖަވާބުދާރީނުވެ ހަނުހުރުން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހެއްގެ ހަށިގަނޑުގައި، ނުވަތަ އަންނައުނުގައި ނުވަތަ އަރައިގެންހުރި ފައިވާނެއް ނުވަތަ ބޫޓެއްގައި ހުރި ވަކި އެއްޗެއް ނުވަތަ މާއްދާއެއް ނުވަތަ ނިށާނެއް ނުވަތަ އެނޫންވެސް ގޮތަކަށް އޭނާގެ އަތުގައި ނުވަތަ އޭނާ ހައްޔަރުކުރެވުނު ތަނުގައި ހުރި ވަކި އެއްޗެއް ނުވަތަ މާއްދާއެއް ނުވަތަ ނިށާނަކީ، އެ ކުށުގެ އަމަލުގައި އޭނާ ބައިވެރިވި ކަމަށް ދޭހަކޮށްދޭ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޭނާ ހައްޔަރުކުރި ނުވަތަ އެ ކުށް ތަހްގީގުކުރި ފުލުހުންގެ އޮފިސަރަށް ގަބޫލުކުރެވޭނަމަ، އަދި އެފަދައިން ގަބޫލުކުރެވޭކަން ކުށުގެ ތުހުމަތުގައިވާ މީހާއަށް އެންގުމަށްފަހ،ު އެ އެއްޗަކާ ނުވަތަ މާއްދާއަކާ ނުވަތަ ނިށާނަކާ ގުޅޭގޮތުން އެމީހަކާ ސުވާލުކުރުމުން 
އޭނާ ހަނުހުރެއްޖެ ހާލަތެއްގައި، އެ ކަންކަމުގެ ހެކި އެ ކުށުގެ ދައުވާއާގުޅޭ ށަރީއަތުގައި ދައުވާކުރާ ފަރާތުން ށަރީއަތަށް ހުށަހަޅައިފިނަމަ، އޭނާ އެފަދައިން ހަނުހުރި ހުރުމުގެ ސަބަބުން އޭނާއާ ދެކޮޅަށް އުފެދޭ އިސްތިންތާޖަކަށް ފަނޑިޔާރަށް ރިއާޔަތްކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކުށުގެ ތުހުމަތުގައިވާ މީހާއާ ސުވާލުކުރުމުގެ ކުރިން، އެ ސުވާލުތަކަށް އޭނާ ޖަވާބުދާރީނުވުމުގެ ނަތީޖާއަކީ ކޮބައިކަން، އޭނާއަށް ދޭހަވާނެ ފަދައިން އޭނާއާ ސުވާލުކުރި ފުލުހުންގެ އޮފިސަރު ސާފުކޮށްދީފައިނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން އެމީހެއްގެ މައްޗަކަށް ނުހިނގާނެއެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކުށުގެ ތުހުމަތުގައިވާ ފަރާތާ ސުވާލުކުރެވުނުއިރު އޭނާ ހުރީ، ތަހްގީގުގައި ސުވާލުކުރުމަށް ގެންދިޔުން ގާނޫނު ހުއްދަކުރާ ތަނެއްގައި ކަމަށްވެފައި، އޭނާއާ ސުވާލުކުރުމުގެ ކުރިން އޭނާއަށް ދޭންޖެހޭ ގާނޫނީ އިންޒާރުދީފައިނުވާނަމަ، ނުވަތަ ގާނޫނީ ވަކީލަކާ ބައްދަލުކުރުމަށް އޭނާއަށް ފުރުސަތު ލިބިދީފައިނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން އެމީހެއްގެ މައްޗަކަށް ނުހިނގާނެއެވެ.

 

57 ވަނަ މާއްދާ - ހުރި ތަނަކާ ގުޅޭގޮތުން ޖަވާބުދާރީނުވެ ހަނުހުރުން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކުރާ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެވުނީ، ކުށުގެ ވެށިން، އެ ކުށް ހިނގި ވަގުތުގައި ކަމަށްވާނަމަ، އަދި އޭނާ އެތަނުގައި ހުރި ހުރުމަކީ، އެ ކުށުގެ އަމަލުގައި އޭނާ ބައިވެރިވި ކަމަށް ދޭހަކޮށްދޭ ކަމެއްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އޭނާ ހައްޔަރުކުރި ނުވަތަ އެ ކުށް ތަހްގީގުކުރި ފުލުހުންގެ އޮފިސަރަށް ގަބޫލުކުރެވޭނަމަ، އަދި އެފަދައިން ގަބޫލުކުރެވޭކަން ކުށުގެ ތުހުމަތުގައިވާ މީހާއަށް އެންގުމަށްފަހ،ު އޭނާ އެތަނުގައި ހުރި ސަބަބާ ގުޅޭގޮތުން އޭނާއާ ސުވާލުކުރުމުން އޭނާ ހަނުހުރެއްޖެ ހާލަތެއްގައި، އެ ކަންކަމުގެ ހެކި އެ ކުށުގެ ދައުވާއާގުޅޭ ށަރީއަތުގައި ދައުވާކުރާ ފަރާތުން ށަރީއަތަށް ހުށަހަޅައިފިނަމަ، އޭނާ އެފަދައިން ހަނުހުރި ހުރުމުގެ ސަބަބުން އޭނާއާ ދެކޮޅަށް އުފެދޭ އިސްތިންތާޖަކަށް ފަނޑިޔާރަށް ރިއާޔަތްކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކުށުގެ ތުހުމަތުގައިވާ މީހާއާ ސުވާލުކުރުމުގެ ކުރިން، އެ ސުވާލުތަކަށް އޭނާ ޖަވާބުދާރީނުވުމުގެ ނަތީޖާއަކީ ކޮބައިކަން، އޭނާއަށް ދޭހަވާނެ ފަދައިން އޭނާއާ ސުވާލުކުރި ފުލުހުންގެ އޮފިސަރު ސާފުކޮށްދީފައިނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން އެމީހެއްގެ މައްޗަކަށް ނުހިނގާނެއެވެ.

(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކުށުގެ ތުހުމަތުގައިވާ ފަރާތާ ސުވާލުކުރެވުނުއިރު އޭނާ ހުރީ، ތަހްގީގުގައި ސުވާލުކުރުމަށް ގެންދިޔުން ގާނޫނު ހުއްދަކުރާ ތަނެއްގައި ކަމަށްވެފައި، އޭނާއާ ސުވާލުކުރުމުގެ ކުރިން އޭނާއަށް ދޭންޖެހޭ ގާނޫނީ އިންޒާރުދީފައިނުވާނަމަ، ނުވަތަ ގާނޫނީ ވަކީލަކާ ބައްދަލުކުރުމަށް އޭނާއަށް ފުރުސަތު ލިބިދީފައިނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން އެމީހެއްގެ މައްޗަކަށް ނުހިނގާނެއެވެ.

 

58 ވަނަ މާއްދާ - ބަންދާމެދު ގޮތެއް ކަނޑައެޅުން

(ހ) މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުމާއެކު، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ފަނޑިޔާރު ކަނޑައަޅަންވާނެއެވެ. އަދި އެފަދައިން ކަނޑައެޅުމުގައި، އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ނުވަތަ އެ ކުށުގެ އަމަލުގައި ބައިވެރިވި ކަމަށް ބެލުމަށް އެކަށީގެންވާ ހެކި ހުރެގެންތޯ ބެލުމާއެކު، ފުލުހުން އަމަލުކުރަންޖެހޭ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އަމަލުކޮށްފައިވޭތޯ ފަނޑިޔާރު ބަލަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ ފަރާތެއް ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމުގައި ފަނޑިޔާރު ކަނޑައަޅައިފިނަމަ، އަދި އެފަރާތާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ، މި ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ކަމަށްވާނަމަ، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ނުވަތަ އެ ކުށުގެ އަމަލުގައި އޭނާ ބައިވެރިވި ކަމަށް ބެލުމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އޭނާ ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ. 

(ނ) މި މާއްދާގެ (ހ) ގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ ފަރާތެއް ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމުގައި ފަނޑިޔާރު ކަނޑައަޅައިފިނަމަ، އަދި އެފަރާތާމެދު ތުހުމަތުކުރެވިފައިވާ ކުށަކީ، މި ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް ފިޔަވައި އެނޫން ކުށެއް ކަމުގައިވާނަމަ، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ނުވަތަ އެ ކުށުގެ އަމަލުގައި އޭނާ ބައިވެރިވި ކަމަށް ބެލުމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އަންނަނިވި ހާލަތްތައް ވުޖޫދުގައިވާނަމަ، އޭނާ ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރަންވާނެއެވެ.

  1. އެ ކުށަކީ އަނިޔާވެރި ކުށެއް ކަމުގައި ވެފައި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ، ކުށުގެ ށިކާރައަކަށްވީ ފަރާތަށް އިތުރު ގެއްލުމެއް ލިބުމުގެ ނުވަތަ މުޖުތަމައަށް ގެއްލުމެއް ލިބުމުގެ ފުރުސަތު އޮތުން؛
  2. އޭނާ ބަންދުން ދޫކޮށްލައިފިނަމަ، އެ ކުށާގުޅޭ ހެކި ފޮރުވަފާނެ ކަމުގެ ނުވަތަ އެފަދަ މައްސަލައެއްގައި ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމުގެ އިހްތިމާލު ބޮޑު ކަމަށް ބެލެވޭނެ ހާލަތުތަކެއް ހުރުން؛
  3. އޭނާ ބަންދުން ދޫކޮށްލައިފިނަމަ، އޭނާ ފިލާފާނެ ކަމުގެ އިހްތިމާލު ބޮޑު ކަމަށް ބެލެވޭނެ ހާލަތުތަކެއް ހުރުން.

(ރ) މި މާއްދާގެ ދަށުން ކުށުގެ ތުހުމަތުގައިވާ ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްފަހު ކޯޓުން އަމަލުކުރަންވާނެ ކަމަށް ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ އިޖުރާއަތުތަކަށް އަމަލުކުރަންވާނެއެވެ.

 

59 ވަނަ މާއްދާ - ތަހްގީގުކުރުމާއި ދައުވާކުރުމުގެ މުއްދަތުތައް 

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައިވާ ފަރާތަކީ މި ގާނޫނުގެ ދަށުން ބަންދުކުރެވިފައިވާ މީހެއްނަމަ، އޭނާ ބަންދުކޮށްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ ނުވަތަ މި ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުގައި ބަހައްޓައިދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅޭތާ 45 )ސާޅީސްފަހެއް( ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާ އުފުލުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމައި، ދައުވާ އުފުލާނަމަ އެ މުއްދަތުގެ ތެރޭގައި ދައުވާ އުފުލަންވާނެއެވެ.

(ށ) މި ގާނޫނުގެ 4 ވަނަ މާއްދާއާއި، 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައިވާ ފަރާތަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު ދޫކޮށްލާފައިވާ މީހެއްނަމަ، އޭނާ ފުރަތަމަ ކޯޓަށް ހާޒިރުކުރެވުނުތާ 75 )ހަތްދިހަފަހެއް( ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާ އުފުލުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމައި، ދައުވާ އުފުލާނަމަ އެ މުއްދަތުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) އެހެން އޮތްނަމަވެސް، ކުށުގެ ތުހުމަތުގައިވާ ފަރާތާމެދު ތުހުމަތުކުރެވޭ ކުށަކީ ގަސްދުގައި މީހަކު މެރުމުގެ ކުށް ކަމުގައިވާނަމަ، އޭނާ ފުރަތަމަ ކޯޓަށް ހާޒިރުކުރެވުނުތާ 180 )ސަތޭކަ އަށްޑިހަ( ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހްގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްހުށަހަޅަންވާނެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ދައުވާ އުފުލުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމައި، ދައުވާ އުފުލާނަމަ އެ މުއްދަތުގެ ތެރޭގައި ދައުވާ 
އުފުލަންވާނެއެވެ.

(ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ކަނޑައަޅާފައިވާ މުއްދަތުތައް އެފަދައިން ކަނޑައަޅާފައިވީނަމަވެސް، އެ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީ އެންމެ އަވަހަކަށް އެފަދަ މައްސަލަތަކުގެ ތަހްގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވަންމަސައްކަތްކުރަންވާނެއެވެ. އަދި މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިންވެސް، ވީ އެންމެ އަވަހަކަށް އެ މައްސަލައިގައި ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް މަސައްކަތްކުރަންވާނެއެވެ. 

(ބ) މި މާއްދާގެ (ހ) އަދި (ށ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އެ އަކުރުތަކުގައި ބަޔާންކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި މައްސަލައިގެ ބާވަތުން، އެއީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިދާނެ މައްސަލައެއް ކަމުގައިނުވާނަމަ، އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރުމަށްޓަކައި މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، އެފަދައިން ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދޭ މުއްދަތ،ު މި މާއްދާގެ (ހ) ގެ ދަށުން 45 )ސާޅީސްފަހެއް( ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ. އަދި މި މާއްދާގެ (ށ) ގެ ދަށުން އިތުރުކޮށްދޭ މުއްދަތ،ު 75 )ހަތްދިހަފަހެއް( ދުވަހަށްވުރެ އިތުރުވެގެންނުވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހަޅާނީ، ގާނޫނު ތަންފީޒުކުރާ އިދާރާއިންނެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް އެފަދައިން މުއްދަތު އިތުރުކޮށްދޭނަމަ، އެކަން، ލިޔުމުން ބަޔާންކުރަންވާނެއެވެ.

(ކ) މި މާއްދާގެ (ބ) ގެ ދަށުން، ތަހްގީގު ކުރުމުގެ މުއްދަތު އިތުރުކޮށްދޭ ހާލަތުގައިވެސް، އެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެމީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާ އުފުލަންވާނެއެވެ. އަދި މިގޮތުން ދައުވާ އުފުލާއިރު، ތަހްގީގުކުރުމުގެ މުއްދަތު ޕްރޮސިކިއުޓަރ ޖެނެރަލް އިތުރުކޮށްދީފިނަމަ، އެ މުއްދަތު އިތުރުކޮށްދޭންޖެހުނު ސަބަބު ބަޔާންކުރާ ލިޔުމެއް، އެ މައްސަލައިގެ ދައުވާއާއެކު ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މުއްދަތުގެ ފަހުން ކޯޓަށް ދައުވާއެއް ހުށަހަޅާނަމަ އެކަމުގެ ސަބަބު ލިޔުމުން ކޯޓަށް ހުށަހަޅަންވާނެއެވެ.

(އ) މި މާއްދާގެ (ބ) ގެ ދަށުން އިތުރުކޮށްދޭ މުއްދަތުގައިވެސް އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިފައިނުވާނަމަ، އަދި އެފަދައިން ތަހްގީގު ފުރިހަމަކުރެވިފައިނުވަނީ ފުލުހުންގެ ބާރުނުފޯރުވޭ ކަމެއް މެދުވެރިވުމުގެ ސަބަބުން ކަމުގައިވާނަމަ، އިތުރު އެއް ފަހަރު އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅިދާނެއެވެ. އަދި އެފަދައިން އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރެވިފައިނުވާ ސަބަބަށް ރިއާޔަތްކޮށް، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން ޕްރޮސިކިއުޓަރ ޖެނެރަލަށް އެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.

(ވ) މި މާއްދާގެ (އ) ގެ ދަށުން ތަހްގީގުކުރުމުގެ މުއްދަތު އިތުރުކޮށްދޭ ހާލަތުގައިވެސް، ދައުވާ އުފުލުމާ ގުޅޭގޮތުން މި މާއްދާގެ (ކ) ގައި ބަޔާންކުރާ މުއްދަތާއި އިޖުރާއަތު ހިނގާނެއެވެ.

(މ) މި މާއްދާގެ (އ) އަދި (ވ) ގައި ބަޔާންކުރާ މުއްދަތުތަކުގައި މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ މީހެއްގެ ތަހްގީގު ފުރިހަމަކޮށް އެމީހެއްގެ މައްޗަށް ދައުވާ އުފުލާފައިނުވާނަމަ، މި މާއްދާގެ (ފ) ގައި ބަޔާންކުރާ ހާލަތުގައި މެނުވީ އޭނާގެ މައްޗަށް ދައުވާ އުފުލައިގެންނުވާނެއެވެ. އަދި އެމީހަކު ބަންދުންދޫކޮށްލަންވާނެއެވެ.

(ފ) މި މާއްދާގެ (އ) އަދި (ވ) ގައި ބަޔާންކުރާ މުއްދަތުތަކުގައި މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ މީހެއްގެ ތަހްގީގު ފުރިހަމަކޮށް އެމީހެއްގެ މައްޗަށް ދައުވާ އުފުލާފައިނުވިނަމަވެސް، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގައި އާ ހެކި ލިބިއްޖެނަމަ، އެ މައްސަލައެއް އަލުން ތަހްގީގުކުރުމަށްފަހުގައި ކުށުގެ ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް ދައުވާ އުފުލުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

(ދ) އާ ހެކި ލިބުމާ ގުޅިގެން މި މާއްދާގެ (ފ) ގެ ދަށުން މީހެއްގެ މައްޗަށް ދައުވާ އުފުލާނަމަ، އެ ހާލަތުގައިވެސް އެފަދަ ދައުވާއެއް ކުރެވޭނީ، ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 61 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޖިނާޔަތުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، ކުށް ކުރި ވަގުތުން ފެށިގެން 8 (އަށެއް) އަހަރު ދުވަސް ނުވަތަ ޖުނަހުގެ ތެރޭގައި ހިމެނޭ ކުށްކުށުގައި، އެ ކުށް ކުރި ވަގުތުން ފެށިގެން 3 (ތިނެއް) އަހަރު ދުވަސް ފާއިތުވެފައިނުވާނަމައެވެ.

(ތ) މި މާއްދާގެ (މ) ގެ ދަށުން މީހަކު ބަންދުން ދޫކޮށްލާއިރު، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ ދަށުން އެމީހަކު ފުރުން މަނާކުރަންޖެހޭ ހާލަތެއްވާނަމަ، އެކަމަށް އެދި ކޯޓަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ. 

(ލ) މި މާއްދާގެ (ފ) ގެ ދަށުން އަލުން ތަހްގީގުކުރުމަށްފަހު ދައުވާ އުފުލާ ހާލަތުގައި، އެފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ތަހްގީގުކޮށް ދައުވާ އުފުލުމާ ގުޅޭގޮތުން މި މާއްދާގެ (ހ) އިން ފެށިގެން (ވ) ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކުރާ މުއްދަތުތަކާއި އިޖުރާއަތުތައް ހިނގާނެއެވެ.

 

60 ވަނަ މާއްދާ - ކަފާލާތުގެ ދަށުން ނުވަތަ އެނޫންގޮތަކަށްވެސް ބަންދުން ދޫނުކުރެވުން

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާއާއި 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ފަރާތަކަށް ކަފާލާތުގެ ދަށުން ދޫކުރެވުމުގެ ހައްގު ލިބިގެނެއްނުވެއެވެ.

(ށ) ކަފާލާތުގެ ދަށުން ދޫނުކުރެވޭނެ ކަމަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ފަރާތެއް، ކަފާލާތުގެ ބޭރުން އެނޫން ގޮތަކަށްވެސް ދޫކޮށްގެންނުވާނެއެވެ.

(ނ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ އުސޫލު، ކުޑަކުދިންގެ މައްޗަކަށް ނުހިނގާނެއެވެ.

 

61 ވަނަ މާއްދާ - މައާފު ނުދެވުމާއި އަދަބު ލުއިނުކުރެވުން

(ހ) މި ގާނޫނުގެ 18 ވަނަ މާއްދާއާއި 33 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށްތަކަކީ އެއްވެސް ގޮތަކަށް އަދަބު މައާފުކޮށްދެވިގެންނުވާނެ ނުވަތަ ލުއިކޮށްދެވިގެންނުވާނެ ކުށްކުށެވެ.

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އަދަބު ލުއިކޮށްދިނުން ކަމަށް ބުނެފައި އެވަނީ، އަދަބުގެ މުއްދަތު ކުރުކުރުމަށް ނުވަތަ ދައްކަންޖެހޭ ޖޫރިމަނާގެ އަދަދު ކުޑަކުރުމަށް ނުވަތަ އަދަބުގެ ބާވަތް ލުއިކޮށްދިނުން 
ހިމެނޭގޮތުންނެވެ.

(ނ) މި ގާނޫނުގެ 18 ވަނަ މާއްދާއާއި 33 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއްގެ ތުހުމަތުގައިވާ ފަރާތަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެގެންނުވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކުށްތައް ފިޔަވައި އެހެން ކުށަކާ ގުޅިގެން އިއުތިރާފުގެ އެއްބަސްވުން ވުމަށް ގާނޫނު ހުއްދަކުރާ ހާލަތުގައި، އެފަދަ އެއްބަސްވުމެއްގެ ދަށުން މީހެއްގެ އަދަބު ލުއިކޮށްދީފައިވާނަމަ، އޭގެ އިތުރަށް އެމީހެއްގެ އަދަބު ލުއިކޮށްދެވިގެންނުވާނެއެވ.

 

62 ވަނަ މާއްދާ - އިވުނު ކަމަށް ބުނާ ހެކީގެ ގޮތުގައި ށަރީއަތަށް ބަލައިގަނެވިދާނެ ހެކި

(ހ) މި ގާނޫނުގެ 4 ވަނަ މާއްދާއާއި 18 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްގެ ށަރީއަތުގައި ހެކިބަސް ދެވިދާނެ މީހަކު، ބިރުގަތުމުގެ ސަބަބުން ހެކިބަސް ދިނުމަށް ނުކުޅެދޭ ހާލަތެއްގައި، ނުވަތަ އެފަދަ މީހަކު ށަރީއަތުގައި ހެކިބަސް ދޭން ފެށުމަށްފަހު ބިރުގަތުމުގެ ސަބަބުން އެ ހެކިބަސް ފުރިހަމަކުރުމަށް ނުކުޅެދިއްޖެ ހާލަތެއްގައި، އެމީހަކު އެ މައްސަލައިގެ ތަހްގީގަށް ދީފައިވާ ބަޔާނަކީ، އިވުނު ކަމަށް ބުނާ ހެކީގެ ގޮތުގައި ށަރީއަތަށް ބަލައިގަނެވިދާނެ ހެއްކެކެވެ. 

(ށ) މި މާއްދާގެ ބޭނުމަށްޓަކައި "ބިރުގަތުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސްދޭ މީހާ ނުވަތަ އޭނާގެ އާއިލާގެ މީހަކު ނުވަތަ އެނޫންވެސް އޭނާއާ ގާތް ގުޅުމެއް އޮތް އެހެން މީހަކު މަރާލަފާނެކަމުގެ ނުވަތަ އެއިން ފަރާތަކަށް އަނިޔާއެއް ދީފާނެކަމުގެ ނުވަތަ އެއިން ފަރާތެއްގެ މުދަލަށް ގެއްލުމެއް ދީފާނެކަމުގެ ބިރު ހެކިބަސްދޭ މީހާއަށް އިހުސާސްވުން ހިމެނޭގޮތުން، އެ މައްސަލައިގައި އޭނާ ހެކިބަސް ދީފިނަމަ އޭނާއަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބިރުވެތިވުމަށެވެ. 

 

 

ހަވަނަ ބާބު

އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަން ކަނޑައެޅުން

 

63 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް ހުށަހެޅުން

(ހ) ވަކި ޖަމާއަތަކާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވާނަމަ، އެ ޖަމާއަތަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލަށް ހައިކޯޓަށް ހުށަހެޅިދާނެއެވެ. 

  1. އެ ޖަމާއަތަކީ ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިފައިވާއިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ގަބޫލުކުރުމަށްއެކަށީގެންވާ ސަބަބުތަކެއް ހުރުން؛ އަދި
  2. އެ ޖަމާއަތުގެ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުވަތަ އަމަންއަމާންކަމަށް ނުރައްކަލެއް ކުރިމަތިވަމުންދާކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރުން؛ އަދި
  3. އެ ޖަމާއަތަކީ އެ ހުށަހެޅުން ހުށަހަޅާއިރު ހަރަކާތްތެރިވަމުންދާ ޖަމާއަތެއް ކަމަށްވުން.

(ށ) ވަކި ޖަމާއަތަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހެޅުމެއް ހުށަހެޅުމަށް ނިންމަންވާނީ، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ކަމާގުޅޭ އެނޫންވެސް ހެއްކާއެކު ކޮމިށަނަރ އޮފް ޕޮލިސް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށެވެ.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި އެންމެހައި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. އެ ހުށަހެޅުމަކީ ލިޔުމުން ހުށަހަޅާ ހުށަހެޅުމެއް ކަމުގައިވުން؛ އަދި
  2. އެ ހުށަހެޅުމުގައި އަންނަނިވި ކަންކަން ބަޔާންކޮށްފައިވުން؛
    1. އެ ހުށަހެޅުމުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ބެލެވޭ ޖަމާއަތެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ޖަމާއަތަކީ ކޮބައިކަން؛ އަދި
    2. އެ ޖަމާއަތުގެ ޒާތާއި ބާވަތް އަދި އެ ޖަމާއަތަށް ހާއްސަވާ ސިފަތައް؛ އަދި
    3. އެފަދައިން ކަނޑައަޅައިދިނުމަށް އެދޭ ސަބަބުތަކާއި އެ ސަބަބުތައް އެ މައްޗަށް ބިނާވާ ކަންކަން؛ އަދި
    4. އެ ހުށަހެޅުމަށް ރައްދު ދިނުމުގެ ފުރުސަތު ލިބިގެންވާކަން.
  3. މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (i) އިން ފެށިގެން (iii) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ކަންކަން ސާބިތުކޮށްދޭ ހެކި؛ އަދި
  4. މި ގާނޫނުގެ 68 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ހާލަތުގައިނަމަ، އެ މާއްދާގައި ބަޔާންކުރާ ފަދަ އެފިޑެވިޓް؛
  5. އެ ޖަމާއަތާ ގުޅޭގޮތުން ކުރިން އެފަދަ ހުށަހެޅުމެއް ކޯޓަށް ހުށަހަޅާފައިވާނަމަ، އެ ހުށަހެޅުމުގެ މައުލޫމާތާއި އެ ހުށަހެޅުމާ ގުޅޭގޮތުން ކޯޓުން ނިންމި ނިންމުމުގެ މައުލޫމާތު. 

(ރ) މި މާއްދާގެ ބޭނުމަށްޓަކައި "ޖަމާއަތެއް" ކަމަށް ބުނެފައި އެވަނީ، ކަމާބެހޭ ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ގާނޫނީ ށަހްސާއި އެފަދައިން ރަޖިސްޓަރީކުރުމަކާ ނުލައި ހިންގާ ނުވަތަ ހަރަކާތްތެރިވާ ކޮންމެ ޖަމާއަތެއް ހިމެނޭގޮތުންނެވެ.

(ބ) މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ (i) ގެ ބޭނުމަށްޓަކައި ވަކި ޖަމާއަތަކީ ކޮބައިކަން ބަޔާންކޮށްދިނުމަށްޓަކައި އެ ޖަމާއަތަކަށް ނިސްބަތްވާ އާންމު ނަމެއް ނުވަތަ ވަކި ޖަމާއަތަކީ ގާނޫނީ ށަހްސެއްނަމަ، އެ ށަހްސުގެ ރަޖިސްޓަރީކޮށްފައިވާ ނަމެއް ބަޔާންކުރެވިދާނެއެވެ. ނުވަތަ އެނޫންވެސް ގޮތަކުން އެ ޖަމާއަތް ފާހަގަކޮށްދޭ ސިފަތައް ބަޔާންކުރެވިދާނެއެވެ. 

(ޅ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެންއެ މައްސަލައިގެ އަޑުއެހުމުގައި ބަރޯސާވާން އެދޭ އިންޓެލިޖެންސްމައުލޫމާތެއްވާނަމަ، މި ގާނޫނުގެ 68 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުށަހަޅާ ފުލުހުންގެ އިންޓެލިޖެންސް އޮފިސަރެއްގެ އެފިޑެވިޓެއް، އެ ހުށަހެޅުމާއެކު ކޯޓަށް ހުށަހަޅަންވާނެއެވެ.

(ކ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި، ވަކި މީހަކީ ނުވަތަ ބަޔަކީ އެ ހުށަހެޅުން ނިސްބަތްވާ ޖަމާއަތުގެ މެންބަރެއް ކަމުގައި ފާހަގަކޮށްފައިވާނަމަ، އެކަން ހެކިކޮށްދޭ މައުލޫމާތ،ު މި ގާނޫނުގެ 68 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުށަހަޅާ ފުލުހުންގެ އޮފިސަރުގެ އެފިޑެވިޓްގައި ހިމަނާފައި އޮންނަންވާނެއެވެ.

(އ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހަޅާ ހުށަހެޅުމެއްގެ ނޯޓިސް، އެ ހުށަހެޅުން ނިސްބަތްވާ ފަރާތަށް ކޯޓުން ދޭންވާނެއެވެ. އަދި އެ ނޯޓިހާއެކު، އެ ހުށަހެޅުމުގެ ކޮޕީއަކާއި އެ ހުށަހެޅުމާއެކު ހުށަހަޅާފައިވާ ހެއްކާއި އެހެން މައުލޫމާތުގެ ކޮޕ،ީ އެފަރާތަށް ފޯރުކޮށްދޭންވާނެއެވެ. 

 

64 ވަނަ މާއްދާ - ހުށަހެޅުމަށް ރައްދު ދިނުން

(ހ) މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ ހުށަހެޅުމެއްގެ ރައްދުގައި ހުށަހެޅުމެއް ހުށަހެޅުމުގެ ހައްގު، އެ ހުށަހެޅުމެއް ނިސްބަތްވާ ފަރާތަކަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ދަށުން ރައްދުގައި ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުށަހެޅުމުގައި ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ވަކި ކަމަކަށް އިއުތިރާޒްކުރާނަމަ، އެކަމެއް ބަޔާންކުރުން، އަދި އެފަދައިން އިއުތިރާޒްކުރާ ސަބަބު؛ އަދި
  2. ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުށަހެޅުމުގައި ހިމެނޭ ކަންކަން ނަފީކުރުމަށް ހުށަހަޅާ ހެކި؛ އަދި
  3. ހުށަހެޅުމަކާ ގުޅިގެން ބާއްވާ އެ މައްސަލައިގެ އަޑުއެހުމުގައި ބަރޯސާވާން އެދޭ އެނޫންވެސް ހެކި.

(ނ) މި މާއްދާގެ (ހ) ގެ ދަށުން ރައްދުގައި ހުށަހަޅާ ހުށަހެޅުމެއް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުށަހެޅުމުގެ ނޯޓިސް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ހުށަހެޅުން ނިސްބަތްވާ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ. 

(ރ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، މި މާއްދާގެ(ހ) ގެ ދަށުން ރައްދުގައި ހުށަހަޅާ ހުށަހެޅުމެއްގައި، ހުށަހެޅުން ރައްދުވާ ފަރާތުން އިއުތިރާޒްކުރަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މުޅި ހުށަހެޅުމަށް ކަމުގައިވީނަމަވެސް، އެ ހުށަހެޅުމުގައި ހިމެނޭ އެންމެހައި ވަކިވަކި ކަންކަމަށް ހުށަހަޅާ އިއުތިރާޒ،ް އަދި އެފަދައިން އިއުތިރާޒްކުރާ ސަބަބު ބަޔާންކުރަންވާނެއެވެ.

 

65 ވަނަ މާއްދާ - ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން

(ހ) މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ކޯޓުން ގޮތެއް ނިންމަންވާނީ، އެ ހުށަހެޅުމާމެދު ގޮތެއް ނިންމަން ބާއްވާ އަޑުއެހުމުގައި އަނގަބަހުން ބަޔާން ހުށަހެޅުމުގެ ފުރުސަތު އަންނަނިވި ފަރާތްތަކަށް ނުވަތަ އެފަރާތްތައް ތަމް ސީލުކުރާ ފަރާތްތަކަށް ދިނުމަށްފަހުގައެވެ.

  1. ޕްރޮސިކިއުޓަރ ޖެނެރަލް؛
  2. ހުށަހެޅުން ރައްދުވާ ޖަމާއަތް؛
  3. ހުށަހެޅުން ރައްދުވާ ޖަމާއަތުގެ މެންބަރެއް ކަމުގައި ނުވަތަ އެ ޖަމާއަތުގެ ކުރީގެ މެންބަރެއް ކަމުގައި އެ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ކޮންމެ ފަރާތެއް؛
  4. ހުށަހެޅުމާ ގުޅިގެން ސީދާ މަސްލަހަތު އޮތް ފަރާތެއް ކަމަށް ކޯޓުން ގަބޫލުކޮށްފައިވާ ފަރާތެއް

 (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކަށް މައްސަލައިގެ އަޑުއެހުމުގައި ދެވޭ ފުރުސަތުގައި، ށަފަހީ ހެކި ހުށަހެޅުމުގެ ފުރުސަތު ދިނުމަކީ އެ މައްސަލައިގައި އިންސާފުވެރި ނިންމުމެއް ނިންމުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެނަމަ، އެ ފުރުސަތު އެފަރާތްތަކަށް ދެވިދާނެއެވެ.

(ނ) މައްސަލައިގެ އަޑުއެހުމުގައި ށަފަހީ ހެކި ދޭ ފަރާތެއް، ނުވަތަ އެފިޑެވިޓެއް ދީފައިވާ ފަރާތެއް ކްރޮސ-ްއެގްޒެމިންކުރުމުގެ ފުރުސަތު ދިނުމަކީ އެ މައްސަލައިގައި އިންސާފުވެރި ނިންމުމެއް ނިންމުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެނަމަ، އެއިން ފަރާތެއް ކްރޮސ-ްއެގްޒެމިންކުރުމުގެ ހައްގު، އެ ހެއްކެއް އެފަރާތަކާ ދެކޮޅަށް ހުށަހެޅުނު ފަރާތަށް ދެވިދާނެއެވެ.

(ރ) މި މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކުރާ ހެކި ހުށަހެޅުމުގެ ނުވަތަ ކްރޮސ-ްއެގްޒެމިންކުރުމުގެ ފުރުސަތަށް އެދި މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން ކޯޓަށް ހުށަހަޅަންވާނީ، އެ ހެއްކެއް ހުށަހަޅަން އެދޭ ތަފްސީލީ ސަބަބ،ު ނުވަތަ ހެކިބަސްދޭ ފަރާތެއް ނުވަތަ އެފިޑެވިޓެއް ދީފައިވާ ފަރާތެއް ކްރޮސ-ް އެގްޒެމިންކުރުމަށް ހުށަހަޅާ ތަފްސީލީ ސަބަބު ބަޔާންކުރުމާއެކުގައެވެ.

(ބ) މި މާއްދާގެ (ށ) އަދި (ނ) ގެ ދަށުން ށަފަހީ ހެކި ހުށަހެޅުމުގައި އަދި ހެކިބަސްދޭ ފަރާތެއް ނުވަތަ އެފިޑެވިޓެއް ދީފައިވާ ފަރާތެއް ކްރޮސ-ްއެގްޒެމިންކުރުމުގައި، ގާނޫނު ނަންބަރު 2022-11 (ހެއްކާބެހޭ ގާނޫނު) ގައި ބަޔާންކުރާ އިޖުރާއަތުތަކެއް ނުހިނގާނެއެވެ. 

 

66 ވަނަ މާއްދާ - ހުށަހެޅުމާމެދު ކޯޓުން ގޮތެއް ނިންމުން

(ހ) މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން ކޯޓުން ގޮތެއް ނިންމަންވާނީ، މި ގާނޫނުގެ 65 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދެފަރާތުން ހުށަހަޅާ ކަންކަން ހުށަހެޅުމަށް ފުރުސަތު ދިނުމަށްފަހ،ު ކޯޓުން ބަލައިގަންނަން ހުއްދަކޮށްފައިވާ އެންމެހައި ހެއްކަށާއި މައްސަލައިގައި ހިމެނޭ އެންމެހައި ކަންކަމަށް ރިއާޔަތްކުރުމަށްފަހުގައެވެ.
 (ށ) މި މާއްދާގެ (ހ) ގެ ދަށުން ގޮތެއް ނިންމުމުގައި، ވަކި ޖަމާއަތަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކޯޓުން ކަނޑައަޅަންވާނީ، އަންނަނިވި ކަންކަން މަދަނީ މިންގަނޑުން ކޯޓަށް ސާބިތުކޮށްދެވިއްޖެ ހާލަތެއްގައެވެ.

  1. ހުށަހެޅުން ނިސްބަތްވާ ޖަމާއަތަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަން؛ އަދި
  2. އެ ޖަމާއަތަށް ނިސްބަތްވާ ފަރާތްތައް، ޖިނާއީ ބޮޑެތި ކުށް ކުރުމަށް ރޭވުމަށްޓަކައި ނުވަތަ ތައްޔާރުވުމަށްޓަކައި ނުވަތަ މަގުފަހިކޮށްދިނުމަށްޓަކައި ނުވަތަ އެހީތެރިވެދިނުމަށްޓަކައި ނުވަތަ އެއިން ކުށެއް ކުރުމުގައި ބައިވެރިވުމަށްޓަކައި މުއާމަލާތުކުރާކަން؛ އަދި
  3. މި ގާނޫނުގެ ދަށުން ފިޔަވަޅު ނާޅައިފިނަމަ އެ ޖަމާއަތަކީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުވަތަ އަމަން އަމާންކަމަށް ނުރައްކާ ކުރިމަތިކުރުވާނެ ބައެއްކަން. 

(ނ) މި މާއްދާގެ (ށ) ގެ ދަށުން ނިންމުމެއް ނިންމުމުގައި، ކޯޓުން އަންނަނިވި ކަންކަމަށް ރިއާޔަތްކުރަންވާނެއެވެ.

  1. އެ ޖަމާއަތަކީ ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިފައިވާ ޖަމާއަތެއް ކަމުގެ މައުލޫމާތު؛
  2. އެ ޖަމާއަތަށް ނިސްބަތްވާ މީހެއްގެ ނުވަތަ އެ ޖަމާއަތާ ގުޅިފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވޭތޯ؛
  3. އެ ޖަމާއަތުގެ އެއިރެއްގެ މެންބަރުންނަކީ ނުވަތަ ކުރީގެ މެންބަރުންނަކީ ސީދާ ގޮތުގައިވިޔަސް ނުވަތަ ނުސީދާ ގޮތުގައިވިޔަސް ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިފައިވާ ބައެއް ތޯ، އަދި އެފަދަ ފަރާތްތަކުގެ މައްޗަށް ކަމާގުޅޭ ކުށެއް ސާބިތުވެފައިވޭތޯ؛
  4. އެ ޖަމާއަތަށް ނިސްބަތްވާ ފަރާތްތައް، ޖިނާއީ ބޮޑެތި ކުށް ކުރުމަށް ރޭވުމަށްޓަކައި ނުވަތަ ތައްޔާރުވުމަށްޓަކައި ނުވަތަ މަގުފަހިކޮށްދިނުމަށްޓަކައި ނުވަތަ އެއިން ކުށެއް ކުރުމަށް އެހީތެރިވެދިނުމަށްޓަކައި ނުވަތަ އެއިން ކުށެއް ކުރުމުގައި ބައިވެރިވުމަށްޓަކައި މުއާމަލާތުކުރާކަމުގެ ނުވަތަ އެއްވާކަމުގެ މައުލޫމާތު؛
  5. މައްސަލައާ ގުޅުންހުރި އެނޫންވެސް މައުލޫމާތާއި ހެކި

(ރ) މި މާއްދާގެ ދަށުން ކޯޓުން ގޮތެއް ނިންމުމުގައި، މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ހުށަހެޅުން ރައްދުވާ ފަރާތުން ރައްދުގައި ހުށަހެޅުމެއް ހުށަހަޅާފައި ނުވިނަމަވެސް، ކޯޓަށް ގޮތެއް ނިންމިދާނެއެވެ.

(ބ) މި މާއްދާގެ ދަށުން ކޯޓުން ނިންމާ ނިންމުމެއް، މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް 21 (އެކާވީސް) ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިދާނެއެވެ.

 

67 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައެޅުން އަދި އޭގެ ނަތީޖާ

(ހ) މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން މި ގާނޫނުގެ 66 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޯޓުން ގޮތެއް ނިންމުމުގައި، ވަކި ޖަމާއަތަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައެޅުމަށް ކޯޓުން ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލަށް އެކަން އެންގުމާއެކު، އެ ޖަމާއަތަކީ މި ބާބުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްކަމަށް ކަނޑައަޅާފައިވާ ޖަމާއަތެއްކަން ބަޔާންކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޕްރޮސިކިއުޓަރ ޖެނެރަލް އެންގުމެއް ށާއިއުކުރަންވާނެއެވެ.

(ށ) ވަކި ޖަމާއަތަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައެޅުމުގެ ސަބަބުން، އެ ކަނޑައެޅުމުގައި ބަޔާންކުރާ ޖަމާއަތަކުން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހުނު ނަމަވެސް، އެ ޖަމާއަތް ނުވަތަ އެ ޖަމާއަތަށް ނިސްބަތްވާ ފަރާތެއްގެ މައްޗަށް، މި ގާނޫނުގެ އަށްވަނަބާބުގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ އޭގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެޅިދާނެއެވެ.

(ނ) ވަކި ޖަމާއަތަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ނިންމައި ކޯޓުން ކަނޑައަޅާ ކަނޑައެޅުމާ ގުޅިގެން އެ ކަނޑައެޅުމުގެ ދަށުން އެފަދަ ޖަމާއަތަކާ ގުޅިގެން މި ގާނޫނުގެ ދަށުން އެޅުމަށް ކަނޑައެޅިފައިވާ އެއްވެސް ފިޔަވަޅެއް އެޅޭނީ، އެ ޖަމާއަތަކީ މި ބާބުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅާފައިވާ ޖަމާއަތެއްކަން ބަޔާންކޮށް، މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އެންގުން ށާއިއުކުރުމުންނެވެ.

(ރ) ވަކި ޖަމާއަތަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ކަނޑައެޅުމަށްފަހ،ު ކޯޓުން އެ ކަނޑައެޅުން ބާތިލުނުކުރާހާ ހިނދަކު، ނުވަތަ އާނުކުރާހާ ހިނދަކު، އެ ކަނޑައެޅުން ދެމިއޮންނާނީ، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

(ބ) ވަކި ޖަމާއަތަކީ، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ކަނޑައެޅުމަށްފަހ،ު އެ ޖަމާއަތުގެ ނަން ބަދަލުކުރުމަކުން އެ ކަނޑައެޅުމަކަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި އެއަށްފަހު އެ ޖަމާއަތް އުވާލިނަމަވެސް ނުވަތަ އެ ޖަމާއަތަށް ނިސްބަތްވާ މީހުން އެހެން ޖަމާއަތަކަށް ބަދަލުވިނަމަވެސް، އެކަމުގެ ސަބަބުންވެސް އެ ކަނޑައެޅުމަކަށް ބަދަލެއް ނާންނާނެއެވެ.

 

68 ވަނަ މާއްދާ - އިންޓެލިޖެންސް މައުލޫމާތު އަދި ފުލުހުންގެ އެފިޑެވިޓް

(ހ) މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި ހިމެނޭ ހެކީގެ ތެރޭގައި، ސިއްރު ހެއްކެއްގެ ބަޔާނެއް ނުވަތަ ސިއްރު އޮޕަރޭށަނެއްގައި ހަރަކާތްތެރިވާ އޮޕަރެޓި ވްއެ އް ފޯރުކޮށްދޭ މައުލޫމާތު ހިމެނޭނަމަ، އަދި އެ މައުލޫމާތު ހާމަކޮށްފިނަމަ، އެ ސިއްރު ހެއްކަކީ ނުވަތަ ސިއްރު އޮޕަރޭށަންގައި ހަރަކާތްތެރިވާ އޮޕަރެޓިވްއަކީ ކޮން ފަރާތެއްކަން ހާމަވ،ެ ހިނގަމުންދާ ތަހްގީގަކަށް އޭގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ނުވަތަ އޭގެ ސަބަބުން އެހެން މީހެއްގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ގަބޫލުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ މައުލޫމާތަކީ ކްލެސިފައިޑް އިންޓެލިޖެންސް މައުލޫމާތުގެ ގޮތުގައި ކަނޑައެޅުމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ނިންމިދާނެއެވެ.

(ށ) ވަކި މައުލޫމާތަކީ ކްލެސިފައިޑް އިންޓެލިޖެންސް ކަމަށް ކަނޑައެޅުމަށް މި މާއްދާގެ (ހ) ގެ ދަށުން ކޮމިށަނަރ އޮފް ޕޮލިސް ނިންމައިފިނަމަ، އެ މައުލޫމާތަކީ ކްލެސިފައިޑް އިންޓެލިޖެންސް ކަމަށް ކަނޑައަޅައިދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ހައިކޯޓަށް ހުށަހެޅުމެއް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހަޅާ ހުށަހެޅުން ހުށަހަޅާނީ، މި ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކުރާ ހުށަހެޅުން ރައްދުވާ ފަރާތަށް ނޯޓިސް ދިނުމަކާ ނުލައެވެ. އަދި އެ ހުށަހެޅުމާމެދު ގޮތެއް ނިންމާނީ ސިއްރު އަޑުއެހުމެއްގައެވެ. އެ އަޑުއެހުމުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން މަދަނީ މިންގަނޑުން ކޯޓަށް ސާބިތުކޮށްދިނުމަށްޓަކައި ހެކި ހުށަހަޅަންވާނެއެވެ. އަދި ކޯޓުން އެ މައްސަލައިގައި ގޮތެއް ނިންމަންވާނީ، ކޯޓަށް ހުށަހެޅޭ ހެއްކަށް ރިއާޔަތްކޮށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން އެފަދައިން މެދުވެރިވެދާނެ ކަމަށް ގަބޫލުކުރެވޭނަމައެވެ.

(ރ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅޭ މައްސަލައެއްގައި ހިމެނޭ މައުލޫމާތަކީ ކްލެސިފައިޑް އިންޓެލިޖެންސް މައުލޫމާތުގެ ގޮތުގައި ކޯޓުން ކަނޑައަޅައިފިނަމަ، ނުވަތަ އެފަދައިން ކަނޑައެޅެން ނެތް ކަމަށް ނިންމައިފިނަމަވެސް، އެ މައުލޫމާތަކީ ހުށަހެޅުން ނިސްބަތްވާ ފަރާތަށް ނުވަތަ އޭނާ ތަމްސީލުކުރާ ފަރާތަށް ފޯރުކޮށްދެވޭނެ މައުލޫމާތެއް ނޫނެވެ. އަދި ކޯޓަށް ހުށަހެޅޭ ބަޔާނެއް ނުވަތަ އެފިޑެވިޓެއްގައި ހިމެނޭ ސިއްރު ހެއްކެއް ނުވަތަ ސިއްރު އޮޕަރެޓިވްއެއް ދީފައިވާ މައުލޫމާތެއް ކަށަވަރުކުރުމަށްޓަކައި އެއިން ފަރާތެއް ކޯޓަށް ހާޒިރެއްވެސް ނުކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމުގައި ސިއްރު ހެއްކެއްގެ ބަޔާނަކަށް ނުވަތަ ސިއްރު އޮޕަރޭށަނެއްގައި ހަރަކާތްތެރިވާ އޮޕަރެޓި ވްއެ އް ފޯރުކޮށްދޭ މައުލޫމާތަކަށް ބަރޯސާވާން ގަސްދުކުރާނަމަ، އެ ސިއްރު ހެއްކާ ނުވަތަ އޮޕަރެޓިވްއާ މުއާމަލާތުކުރުމަށް ކަނޑައަޅާފައިވާ ފުލުހުންގެ އޮފިސަރުގެ އެފިޑެވިޓެއް މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހަޅާ ހުށަހެޅުމާއެކު ހިމަނަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ އެފިޑެވިޓްގައި، އެ ސިއްރު ހެއްކަކީ ނުވަތަ ސިއްރު އޮޕަރޭށަންގައި ހަރަކާތްތެރިވާ އޮޕަރެޓިވްއަކީ ކޮން ފަރާތެއްކަން ހާމަވާނެ މައުލޫމާތު ނުހިމެނޭހެން އަންނަނިވި ކަންކަމާއި މައުލޫމާތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

  1. ސިއްރު ހެކި ނުވަތަ ސިއްރު އޮޕަރޭށަނެއްގައި ހަރަކާތްތެރިވި އޮޕަރެޓިވް ދީފައިވާ މައުލޫމާތާއި އެ މައުލޫމާތަށް ބާރުދޭ އިތުރު ކަންކަން؛
  2. ސިއްރު ހެކީގެ ކުށުގެ ރި ކޯޑެއްވާނަމަ އެކަން )ހުށަހެޅިފައިވާ ދައުވާއެއްވާނަމަ އެ ދައުވާއެއްވެސް ހިމެނޭހެން(؛
  3. ސިއްރު އޮޕަރޭށަނެއްގައި ހަރަކާތްތެރިވާ އޮފިސަރާ ގުޅޭގޮތުން އެއްވެސް ޑިސިޕްލިނަރީ މައްސަލައެއް ހުށަހެޅިފައި ނުވަތަ ނިންމާފައިވާނަމަ، އެ މައްސަލައެއްގެ ތަފްސީލު؛
  4. ސިއްރު ހެކިބަސް ދިނުމަށް އެއްބަސްވެފައިވާތީ ސިއްރު ހެއްކަށް އެއްވެސް ލުޔެއް ހުށަހަޅާފައިވާނަމަ އެ ލުޔެއްގެ ތަފްސީލު؛
  5. ސިއްރު ހެކީގެ ބަޔާނުގައި ހިމެނޭ ކަންކަމަކީ ނުވަތަ ސިއްރު އޮޕަރެޓިވް ދޭ މައުލޫމާތަކީ އިތުބާރުކުރެވޭ މައުލޫމާތެއްކަމަށް ގަބޫލުކުރެވޭ ސަބަބުތައް.

(ކ) މި ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމުގައި އެފިޑެވިޓް ދިން ފުލުހުންގެ އޮފިސަރު ކްރޮސ-ްއެގްޒެމިންކުރުމަށް މި ގާނޫނުގެ 65 ވަނަ މާއްދާގެ (ނ) ގެ ދަށުން ކޯޓުން ހުއްދަދީފިނަމަ، އެ އޮފިސަރު އެކަމަށްޓަކައި ކޯޓަށް ހާޒިރުވާންވާނެއެވެ.

 

69 ވަނަ މާއްދާ - އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމުގައި ކަނޑައެޅި ކަނޑައެޅުން ބަދަލުކުރުމާއި ބާތިލުކުރުން 

(ހ) ވަކި ޖަމާއަތަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކަނޑައެޅުން ނިސްބަތްވާ ފަރާތްތަކަށާއި، އެ ކަނޑައެޅުން ކަނޑައެޅި ހާލަތު ބަދަލުވުމުގެ ސަބަބުން އެ ކަނޑައެޅުމަށް ބަދަލުގެންނަންޖެހޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި، އެ ކަނޑައެޅުން ބަދަލުކުރުމަށް އެދި ކޯޓަށް ހުށަހެޅުމެއް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ކަނޑައެޅުން ކަނޑައެޅި ހާލަތު ބަދަލުވެފައިވާ ކަމަށް ބުނާ ސަބަބުތައް؛ އަދި
  2. ކަމާގުޅޭ ހެކި

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެއްގައި ބައިވެރިވުމުގެ ހައްގު މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އެހެން ފަރާތްތަކަށް ލިބިގެންވެއެވެ.

(ރ) ވަކި ޖަމާއަތަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ކަނޑައެޅުމެއް ބާތިލުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ހައްގު، އެ ޖަމާއަތަށް ނުވަތަ އެ ޖަމާއަތަށް ނިސްބަތްވާ ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.

  1. ކަނޑައެޅުން ކަނޑައަޅާފައިވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް ކަމަށް ދެކޭ ސަބަބު؛ އަދި
  2. ކަމާގުޅޭ ހެކި.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާމެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެއްގައި ބައިވެރިވުމުގެ ހައްގު މި ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އެހެން ފަރާތްތަކަށް ލިބިގެންވެއެވެ.

(ކ) މި މާއްދާގެ (ހ) ނުވަތަ (ރ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ވަކި ޖަމާއަތަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް މި ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމެއް ބަދަލުކުރުމަށް ނުވަތަ ބާތިލުކުރުމަށް ކޯޓުން ނިންމައިފިނަމަ، ކޯޓުން އެކަން ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގުމާއެކު، އެ ޖަމާއަތަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައެޅި ކަނޑައެޅުން އިސްލާހުކޮށްފިކަން ނުވަތަ ބާތިލުކޮށްފިކަން ބަޔާންކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޕްރޮސިކިއުޓަރ ޖެނެރަލް އެންގުމެއް ށާއިއުކުރަންވާނެއެވެ. 

 

 

 ހަތްވަނަ ބާބު

ކުޑަކުދިން ކުށުގެ ވެށިން ދުރުކުރުމާގުޅޭ ހާއްސަ ފިޔަވަޅުތައް

 

70 ވަނަ މާއްދާ - އިންތިޒާމުވެގެން ހިންގާ ގްރޫޕުތަކުގެ ހަރަކާތްތަކުގައި ބައިވެރިވުން ހުއްޓުވުމުގެ ނުވަތަ އެފަދަ ހަރަކާތްތަކުން ރައްކާތެރިކުރުމުގެ އަމުރު

(ހ) އަންނަނިވި ހާލަތްތަކުގައިވާ ކުޑަކުއްޖަކާ ދެކޮޅަށް ކޯޓު އަމުރެއް ނެރެވިދާނެއެވެ.

  1. އެކުއްޖަކީ އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގްރޫޕަކުން ކުރާ އަނިޔާވެރި އަމަލެއްގައި ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވެފައިވާ ނުވަތަ އެހީތެރިވެފައިވާ ނުވަތަ އެފަދަ އަމަލުތަކަށް ހިތްވަރުދީފައިވާ ކަމަށް މަދަނީ މިންގަނޑުން ކޯޓަށް ގަބޫލުކުރެވިފައިވާ ކުއްޖެއް ކަމުގައިވުން؛ އަދި
  2. އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި ނުވަތަ އެ ދެ ސަބަބަށްޓަކައި އެ އަމުރު ނެރެންޖެހޭ ކަމަށް ކޯޓަށް ގަބޫލުކުރެވުން؛
    1. އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕުން ހިންގާ އަނިޔާވެރި އަމަލުތަކުގައި ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރީގައި އެކުއްޖާ ބައިވެރިވުން ނުވަތަ އެހީތެރިވުން ނުވަތަ ހިތްވަރުދިނުން ހުއްޓުވުމަށްޓަކައި؛ ނުވަތަ 
    2. އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕުން ހިންގާ އަނިޔާވެރި އަމަލުތަކުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިން އެކުއްޖާ ރައްކާތެރިކުރުމަށްޓަކައި، 

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމުރެއް ނެރެވޭނީ، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރުގެ ކުޑަކުއްޖެއްގެ މައްޗަށެވެ.

(ނ) މި މާއްދާގެ ދަށުން ނެރޭ އަމުރަކުން، އެ އަމުރު ނިސްބަތްވާ ކުއްޖާއަށް، އެ އަމުރުގައި ބަޔާންކުރާ ވަކި ކަމެއް ކުރުން މަނާކުރެވިދާނެއެވެ. ނުވަތަ އެ އަމުރުގައި ބަޔާންކުރާ ވަކި ކަމެއް ކުރުން ލާޒިމުކުރެވިދާނެއެވެ. 

 

71 ވަނަ މާއްދާ - ކޯޓު އަމުރަށް އެދުން.

(ހ) މި ގާނޫނުގެ 70 ވަނަ މާއްދާގައި ބަޔާންކުރާ އަމުރަކަށް އެދި ކޯޓަށް ހުށަހަޅާނީ، ކޮމިށަނަރ އޮފް ޕޮލިސްގެ އެދުމުގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލެވެ.

(ށ) މި މާއްދާގެ ދަށުން އަމުރަކަށް އެދި ހުށަހަޅާނީ ހައިކޯޓަށެވެ. އަދި އަމުރަށް އެދޭއިރު، އަމުރު ނިސްބަތްވާ ކުއްޖާއަށް ނޯޓިސް ދިނުމާއެކު ނުވަތަ ނޯޓިސް ދިނުމަކާ ނުލައިވެސް އަމުރަކަށް އެދެވިދާނެއެވެ.

(ނ) މި މާއްދާގެ ދަށުން އަމުރަކަށް އެދެނީ ނޯޓިސް ދިނުމަކާ ނުލައި ކަމަށްވާނަމަ، އެ ހުށަހެޅުމާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު އަމުރު ނިސްބަތްވާ ކުއްޖާއަށް ދޭންވާނެއެވެ.

 

72 ވަނަ މާއްދާ - ކޯޓު އަމުރުގައި ށަރުތުކުރެވިދާނެ ކަންކަން

(ހ) އަމުރު ނިސްބަތްވާ ކުއްޖާ ކުރުން މަނާކުރުމަށް އެ އަމުރުގައި ކަނޑައެޅިދާނެ ކަންކަމުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ވަކި ތަނަކަށް ދިޔުން މަނާކުރުން؛
  2. ވަކި ތަނަކަށް ވަކި ބަޔަކާއެކު ދިޔުން ނުވަތަ އެތަނެއްގައި އެބަޔަކާއެކު ހުރުން މަނާކުރުން؛
  3. އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕުގެ ނިށާނެއް ހާމަވާ ފަދަ ނުވަތަ އެފަދަ އެއްޗެއް ރަމްޒުކޮށްދޭ އަންނައުނު އާންމު ތަނެއްގައި އެޅުން؛
  4. އަނިޔާވެރި އަމަލު ކުރުމަށް ހިތްވަރުދިނުމަށް ނުވަތަ އެފަދަ އަމަލު ހިންގުމަށް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށް އިންޓަރނެޓް ނުވަތަ މުވާސަލާތީ ވަސީލަތެއް ބޭނުންކުރުން.

(ށ) އަމުރު ނިސްބަތްވާ ކުއްޖާ ކުރުން އެ އަމުރުގައި ލާޒިމުކުރުމަށް ކަނޑައެޅިދާނެ ކަންކަމުގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ކަނޑައެޅޭ ވަކި ފަރާތަކަށް އެކުއްޖާ ދިރިއުޅޭ އެޑްރެހުގެ މައުލޫމާތު ދިނުމާއި އެ އެޑްރެސް ބަދަލުވެއްޖެނަމަ އެންގުން؛ 
  2.  ވަކި ދުވަސްތަކެއްގެ ވަކި ވަގުތުތަކެއްގައި ވަކި ތަނަކަށް ހާޒިރުވާން އެންގުން؛
  3. ވަކި ދުވަސްތަކެއްގެ ވަކި ވަގުތުތަކެއްގައި ވަކި ތަނަކަށް ހާޒިރުވެ ކަނޑައެޅޭ ވަކި ފަރާތެއްގެ ހަވާލުގައި އެތަނެއްގައި ވަކި ކަންތައްތަކެއް ފުރިހަމަކުރުމަށް އެންގުން؛
  4. ވަކި ދުވަސްތަކެއްގެ ވަކި ވަގުތުތަކެއްގައި ވަކި ތަނަކަށް ހާޒިރުވެ ވަކި ހަރަކާތްތަކެއްގައި ނުވަތަ ވަކި ކަމެއްގައި ބައިވެރިވުމަށް އެންގުން.

(ނ) މި މާއްދާގެ (ށ) ގެ ދަށުން ލާޒިމުކުރާ ކަންކަން ވާންވާނީ، އެކުއްޖާ ދުރުކުރަން ބޭނުންވާ އަމަލުތަކުން ދުރުކުރުމަށް ބާރުއަޅައިދޭ، އެކުއްޖާ ހެޔޮގޮތުގައި މުޖުތަމައަށް ރުޖޫއަވުމަށް މަގުފަހިކޮށްދޭ ކަންކަން ކަމުގައެވެ. އަދި އެއިން އެއްވެސް ކަމަކަށް ކަނޑައެޅޭ ތަނެއްގައި އެކުއްޖާ ހޭދަކުރަން ލާޒިމުވާ ވަގުތ،ު 8 (އަށެއް) ގަޑިއިރަށްވުރެ ދިގުވެގެން ނުވާނެއެވެ.

(ރ) މި މާއްދާގެ (ހ) ގެ ދަށުން މަނާކުރާ ކަންކަން ވާންވާނީ، އެކުއްޖާ ކިޔަވަންދާ ތައުލީމީ މަރުކަޒަކަށް ނުވަތަ ވަޒީފާއަށް ދިޔުމަށް ހުރަސްނޭޅޭނެ ގޮތަށް ކަނޑައެޅޭ ކަންކަން ކަމުގައެވެ.

(ބ) މި މާއްދާގެ ބޭނުމަށްޓަކައި "ތަނެއް" ގެ މާނައިގައި ސަރަހައްދެއް ހިމެނެއެވެ.

 

73 ވަނަ މާއްދާ - އަމުރާގުޅޭ އިތުރު ކަންކަން

(ހ) މި ގާނޫނުގެ 70 ވަނަ މާއްދާގެ ދަށުން ނެރޭ އަމުރެއް ދެމިއޮންނާނީ، ގިނަވެގެން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި އެ އަމުރުގެ ދަށުން ކުރުމަށް ލާޒިމުކުރާ ކަމެއް ކުރުމަށް ނުވަތަ މަނާކުރާ ކަމެއް ނުކުރުމަށް ލާޒިމުކޮށްފައި އޮންނަންވާނީ އެ މުއްދަތަށްވުރެ އިތުރުނުވާނެ ގޮތެއްގެމަތިންނެވެ.

(ށ) މި ގާނޫނުގެ 70 ވަނަ މާއްދާގެ ދަށުން ނެރޭ އަމުރެއްގެ މުއްދަތުގައި، އަމުރު ރައްދުވާ ކުއްޖާ އަމުރާ އެއްގޮތަށް އަމަލުކުރަމުންދާ މިންވަރު ބެލުމަށްޓަކައި، އަމުރު މުރާޖައާކުރުމަށް ކޯޓުން ކަނޑައަޅާމުއްދަތުތަކެއްގައި އަޑުއެހުން ބާއްވަންވާނެއެވެ. އަދި އެ އަމުރުގެ ދަށުން ކުރުން މަނާކުރާ ނުވަތަ ކުރުމަށް ލާޒިމުކުރާ ކަމެއް ކަނޑައަޅާފައިވަނީ 1 (އެކެއް) އަހަރު ދުވަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ކަމުގައިވާނަމަ، އެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން އެފަދަ އަޑުއެހުމެއް ބާއްވަންވާނެއެވެ.

 

74 ވަނަ މާއްދާ - ވަގުތީ އަމުރަކަށް އެދުން

(ހ) މި ގާނޫނުގެ 71 ވަނަ މާއްދާގެ ދަށުން އަމުރަކަށް އެދި ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅޭގޮތުން ގޮތެއް ނިންމުމުގެ ކުރިން، އެފަދަ އަމުރެއް ނެރުމަކީ އެ ހިނދުން އެ ހިނދަށް މުހިންމު ކަމެއް ކަމަށްވާނަމަ، އެ ހުށަހެޅުމާ ގުޅޭގޮތުން ކޯޓުން ގޮތެއް ނިންމަންދެން ވަގުތީ އަމުރަކަށް އެދުމުގެ އިހްތިޔާރު އެ ހުށަހެޅުން ހުށަހަޅާ ފަރާތަށް ލިބިގެންވެއެވެ.

(ށ) މި މާއްދާގެ ދަށުން އެދޭ ވަގުތީ އަމުރެއްގައި، މި ގާނޫނުގެ 71 ވަނަ މާއްދާގެ ދަށުން އެދޭ އަމުރުގައި ކަނޑައެޅުމަށް މި ގާނޫނުގެ 72 ވަނަ މާއްދާގެ (ހ) ގައި މަނާކުރާ ކަންކަން ހިމެނިދާނެއެވެ. އެހެންނަމަވެސް އެފަދަ ވަގުތީ އަމުރެއްގައި ވަކި ކަމެއް ކުރުމަށް ލާޒިމުކޮށްގެންނުވާނެއެވެ.

 

 

އަށްވަނަ ބާބު

މޮނިޓަރކޮށް ކޮންޓްރޯލްކުރުމާބެހޭ ހާއްސަ އިޖުރާއަތު

އެއްވަނަ ބައި

މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރާގުޅޭ އާންމު ހަމަތައް 

 

75 ވަނަ މާއްދާ - މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު

(ހ) މި ގާނޫނުގެ ހަވަނަ ބާބުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅާފައިވާ ޖަމާއަތަކަށް ނިސްބަތްވާ، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހެއްގެ މައްޗަށް، މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް، މި ބާބުގައިވާ ގޮތުގެމަތިން ހައިކޯޓަށް ނެރެވިދާނެއެވެ.

(ށ) އަންނަނިވި ހާލަތްތަކުގައި، މި ގާނޫނުގެ 33 ވަނަ މާއްދާއާއި 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުކުރެވޭ، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހެއްގެ މައްޗަށް، މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް، ހައިކޯޓަށް ނެރެވިދާނެއެވެ.

  1. އޭނާއަކީ އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގްރޫޕަކަށް ނިސްބަތްވާ ނުވަތަ އެފަދަ ގްރޫޕަކާ ގުޅުމެއް އޮތް މީހެއް ކަމަށް މަދަނީ މިންގަނޑުން ކޯޓަށް ގަބޫލުކުރެވިފައިވާ މީހެއް ކަމުގައިވުން؛ ނުވަތަ
  2. އޭނާއަކީ އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގްރޫޕަކުން ކުރާ ކުށެއްގައި ބައިވެރިވެފައިވާ ނުވަތަ އެފަދަ ކުށެއް ކުރުމަށް އެހީތެރިވެފައިވާ ނުވަތަ އެފަދަ އަމަލުތަކަށް ހިތްވަރުދީފައިވާ ކަމަށް މަދަނީ މިންގަނޑުން ކޯޓަށް ގަބޫލުކުރެވިފައިވާ މީހެއް ކަމުގައިވުން؛ އަދި
  3. އޭނާއާމެދު މި ބާބުގައިވާ ގޮތުގެމަތިން ފިޔަވަޅުނާޅައިފިނަމަ އެހެން މީހަކަށް ނުވަތަ ބަޔަކަށް އޭނާ ގެއްލުމެއް ދީފާނެކަމަށް ގަބޫލުކުރުމުގެ ފުރުސަތު އޮތް ކަމުގައި މަދަނީ މިންގަނޑުން ކޯޓަށް ގަބޫލުކުރެވިފައިވުން.

(ނ) މި މާއްދާގެ ދަށުން ނެރޭ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރަކީ، މި މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ މަގްސަދު ހާސިލުކުރުމަށްޓަކައި، އަމުރު ނިސްބަތްވާ ފަރާތުން ވަކި ކަންތައްތަކެއް ކުރުން މަނާކުރާ، ނުވަތަ ވަކި ކަންތައްތަކެއް ކުރުން ލާޒިމުކުރުމަށް ކަނޑައަޅައި ނެރޭ އަމުރެކެވެ.

 

76 ވަނަ މާއްދާ - އަމުރަކަށް އެދި ހުށަހެޅުން

(ހ) މީހެއްގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހެޅޭނީ، ކޮމިށަނަރ އޮފް ޕޮލިސްގެ އެދުމުގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލަށެވެ.

(ށ) މި މާއްދާގެ ދަށުން އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހަޅާ ހުށަހެޅުމެއްގައި އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

  1. ތުހުމަތުކުރެވޭ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛
  2. ތުހުމަތުކުރާ ކުށުގެ ޒާތާއި ބާވަތް؛
  3. ތުހުމަތާގުޅޭ ހެކި؛
  4. ތުހުމަތުކުރެވޭ ފަރާތުގެ ކުށުގެ ރިކޯޑު؛
  5. އަމުރުގެ ދަށުން އަޅަން ބޭނުންވާ ފިޔަވަޅުތައް؛
  6. ހުށަހެޅުމާގުޅޭ އިތުރު ތަފްސީލ.ު

(ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުމުގެ ދަށުން ނެރުމަށް އެދޭ އަމުރު ނިސްބަތްވާ ފަރާތަށް އެކަމުގެ ނޯޓިސް ދިނުމާއެކު ނުވަތަ ނޯޓިސް ދިނުމަކާ ނުލައި ހުށަހެޅިދާނެއެވެ.

 

77 ވަނަ މާއްދާ - މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅޭގޮތުން ކޯޓުން ގޮތެއް ކަނޑައެޅުން

(ހ) މި ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން މީހެއްގެ މައްޗަށް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނީ އަންނަނިވި ކަންކަން ކަށަވަރުކުރުމަށްފަހުގައެވެ.

  1. އަމުރު ނިސްބަތްވާ ފަރާތަކީ މި ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތުގައިވާ މީހެއްކަން މަދަނީ މިންގަނޑުން ގަބޫލުކުރެވޭކަން؛ އަދި
  2. އަމުރު ނިސްބަތްވާ ފަރާތުގެ މައްޗަށް އެ އަމުރު ނުކޮށްފިނަމަ އެމީހެއްގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެކަން ނުވަތަ އެ ފުރުސަތު އޮތްކަން މަދަނީ މިންގަނޑުން ކޯޓަށް ގަބޫލުކުރެވޭކަން؛ އަދި 
  3.  އޭނާއާމެދު އެޅުމަށް ހުށަހަޅާފައިވާ ފިޔަވަޅުތަކުގެ ބޭނުމާއި މުހިންމު ކަމަށް ބަލާއިރު އެ ފިޔަވަޅުތަކަކީ އެފަދައިން އަޅަންޖެހޭ، އަދި އެކަށީގެންވާ ފިޔަވަޅުތަކެއްތޯ ކަނޑައެޅުން. 

(ށ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގެ ދަށުން މީހަކާމެދު އެޅުމަށް ހުށަހަޅާފައިވާ ފިޔަވަޅަކީ ނުވަތަ ފިޔަވަޅުތަކަކީ އެކަށީގެންވާ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއްތޯ ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިއާޔަތްކުރަންވާނެއެވެ.

  1. ވަކި ފިޔަވަޅަކީ އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ އަމަލުތަކުގެ ޒާތާއި ބާވަތަށް ބަލާއިރު ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްތޯ؛ އަދި
  2. އެ ފިޔަވަޅު އަޅައިގެން ހާސިލުކުރަން ބޭނުންވާ މަގްސަދު ހާސިލުކުރެވިދާނެތޯ؛ އަދި
  3. އެ ފިޔަވަޅަކީ އޭނާ ކުރި އަދި/ނުވަތަ ކޮށްފާނެ ކަމަށް ބެލެވޭ އަމަލުތަކާ ބައްދަލު، އެކަށީގެންވާ ފިޔަވަޅެއްތ.ޯ

(ނ) މި ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރުމަށްފަހ،ު އެ ހުށަހެޅުމަކާ ގުޅޭގޮތުން އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ކޯޓަށް އަމަލުކުރެވިދާނެއެވެ.

  1. އެ ހުށަހެޅުމުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަވާނަމަ، އެދިފައިވާ ގޮތަށް އަމުރު ނެރެދިނުން؛
  2. އެ ހުށަހެޅުމުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަވީނަމަވެސް، އެދިފައިވާ ފިޔަވަޅުތަކުގެ ތެރެއިން، އެކަށީގެންނުވާ ފިޔަވަޅުތަކެއްވާނަމައެ ފިޔަވަޅުތައް އުނިކޮށް އަމުރު ނެރެދިނުން؛
  3. އެ ހުށަހެޅުމުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ފުރިހަމަނުވާނަމަ އަމުރު ނެރެދެވެން ނެތްކަމަށް ކަނޑައެޅުން.

(ރ) މި ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ހުށަހެޅުމެއް ކޯޓަށް ލިބޭތާ 24 )ސައުވީސް( ގަޑިއިރުގެ ތެރޭގައި، އަޑުއެހުމެއް ބާއްވައި، އެ ހުށަހެޅުމުގައި ބަޔާންކުރާ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރުމަށް ނުވަތަ އެ އަމުރު ނެރެދެވެން ނެތްކަމަށް ކޯޓުން ކަނޑައަޅަންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ކޯޓުން ގޮތެއް ނިންމުމުގައިއެ ހުށަހެޅުމަކީ އެ ހުށަހެޅުމުގެ ދަށުން ނެރުމަށް އެދޭ އަމުރު ނިސްބަތްވާ ފަރާތަށް އެކަމުގެ ނޯޓިސް ދިނުމާއެކު ހުށަހަޅާފައިވާ ހުށަހެޅުމެއްނަމަ، ކަމާގުޅޭގޮތުން އެފަރާތަށް ފެންނަ ގޮތެއް ހާމަކުރުމަށް އެ އަޑުއެހުމުގައި ފުރުސަތު ދޭންވާނެއެވެ.

 

78 ވަނަ މާއްދާ - އަމުރުން ކުރުމަށް ލާޒިމުކުރެވިދާނެ ނުވަތަ މަނާކުރެވިދާނެ ކަންކަމުގެ ދާއިރާ

(ހ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގެ ދަށުން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނިދާނެއެވެ. 

  1. އަމުރު ނިސްބަތްވާ ފަރާތަށް އެހެން މީހުންނާ މުއާމަލާތުކުރެވޭނެ ގޮތްތައް ކަނޑައެޅުން؛
  2. އޭނާއަށް ދެވޭނެ ތަންތަނާއި ވަދެވޭނެ ތަންތަނާއި ބޭނުންކުރެވޭނެ ތަންތަން ކަނޑައެޅުން؛
  3. އޭނާއަށް ބޭނުންނުކުރެވޭނެ ވަކި ބާވަތުގެ އެއްޗެއް ކަނޑައެޅުން؛
  4. އޭނާއަށް ދަތުރުފަތުރުކުރެވޭނެ ތަންތަނާއި ގޮތްތައް ކަނޑައެޅުން؛
  5. އޭނާއަށް ނުހިންގޭނެ ބާވަތުގެ މުއާމަލާތުތައް ކަނޑައެޅުން.

(ށ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގެ ދަށުން ކުރުމަށް ލާޒިމުކުރާ ކަންކަމުގެ ތެރޭގައި ކަނޑައެޅިފައިވާ ވަކި ތަނަކަށް ވަކި ވަގުތަކަށް، ވަކި މުއްދަތެއް ވަންދެން ހާޒިރުވ،ެ ކަނޑައެޅިފައިވާ ފަރާތަކަށް އެއްބާރުލުން ދިނުމަށް ނުވަތަ މައުލޫމާތު ދިނުމަށް އެންގިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި އެފަދައިން ބަޔާންކޮށްފައިވީނަމަވެސް، މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގެ ދަށުން ކުރުމަށް ލާޒިމުކުރާ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމަނައިގެންނުވާނެއެވެ.

  1. އޭނާއާ ދެކޮޅަށް ށަރީއަތުގައި ބޭނުންކުރެވިދާނެ ބަޔާނެއް ދިނުން؛
  2. އެހެން ފަރާތަކަށް ހާމަކުރުމަށް ގާނޫނުން މަނާކުރާ މައުލޫމާތެއް ދިނުން.

 

79 ވަނަ މާއްދާ - އަމުރުގައި ހިމަނަންޖެހޭ ކަންކަން

މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގައި މަދުވެގެން އަންނަނިވި މައުލޫމާތު ހިމަނަންވާނެއެވެ.

(ހ) އަމުރު ރައްދުވާ ފަރާތުގެ ކާކުކަން އަންގައިދޭ މައުލޫމާތު؛ 

(ށ) އަމުރު ނެރެވޭ މަގްސަދާއި ސަބަބު؛

(ނ) ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި ކުށް ކަނޑައެޅިފައިވާ ގާނޫނު؛

(ރ) އަމުރުގެ ދަށުން އަޅާނެ ފިޔަވަޅު ނުވަތަ ފިޔަވަޅުތައް؛

(ބ) އަމުރު ހިންގަން ފަށާނެ ތާރީހާއި އަމުރު ނިމުމަކަށް އަންނާނެ ތާރީހު؛

(ޅ) ނިންމުން ނިންމި ފަނޑިޔާރުގެ ނަމާއި ސޮއި؛

(ކ) ކޯޓުގެ ސިއްކަ،

 

80 ވަނަ މާއްދާ - މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގެ މުއްދަތު

(ހ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގައި، އެ އަމުރަށް އަމަލުކުރަން ފަށާނެ ތާރީހާއި އެ އަމުރު ނިމުމަކަށް އަންނާނެ ތާރީހު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

(ށ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރަކަށް އަމަލުކުރެވޭނީ، އެ އަމުރަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އެ އަކުރުގައި ބަޔާންކުރާ މުއްދަތަށް ފަހުގައިވެސް މި ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުކުރެވޭ ފަރާތެއްގެ ފުށުން މުޖުތަމައުއަށް އޮތް ނުރައްކާ ފިލައިނުދާ ކަމަށް ކޮމިށަނަރ އޮފް ޕޮލިސްއަށް ގަބޫލުކުރެވިއްޖެނަމަ، މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގެ މުއްދަތު އިތުރު 1 (އެކެއް) އަހަރު ދުވަހަށްވުރެ ގިނަނުވާނެ ފަދައިން އިތުރުކުރުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ކޯޓަށް ހުށަހެޅިދާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ކޯޓުން ގޮތެއް ނިންމަންވާނީ، މި ގާނޫނުގެ 81 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމަށް ރިއާޔަތްކުރުމާއެކުގައެވެ. 

 

81 ވަނަ މާއްދާ - މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު މުރާޖައާކޮށްދިނުމަށް އެދުން

(ހ) މި ގާނޫނުގެ ދަށުން ނެރެވޭ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ކޮންމެ އަމުރެއްވެސް، އެ އަމުރު ނެރޭތާ ގިނަވެގެން 90 )ނުވަދިހަ( ދުވަހުގެ ތެރޭގައި އެ އަމުރު މުރާޖައާކޮށްދިނުމަށް އެދި އަމުރު ރައްދުވާ ފަރާތަށް ހައިކޯޓަށް ހުށަހެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހުށަހެޅުމެއް ކޯޓަށް ލިބުމުން، މުރު މުރާޖައާކުރުމަށް އަޑުއެހުމެއް ބާއްވަންވާނެއެވެ.

(ނ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް މުރާޖައާކުރާ އަޑުއެހުމެއްގައި ކޯޓުން އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.

  1. މި ގާނޫނުގައި ބަޔާންކުރާ ށަރުތުތައް އަމުރުގައި ފުރިހަމަވޭތޯ ބެލުން؛ އަދި
  2. މި ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތު އެގޮތުގައި ދެމިއޮތްތޯ ބެލުން؛ އަދި
  3. އަމުރުގައި ކަނޑައަޅާފައިވާ ފިޔަވަޅު ނުވަތަ ފިޔަވަޅުތަކަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެވަގުތަށް ބޭނުންތެރި ފިޔަވަޅުތަކެއްތޯ ދެނެގަތުމާއެކު، އެ ފިޔަވަޅު ނުވަތަ ފިޔަވަޅުތަކުގެ ބޭނުންތެރިކަން ދެމިއޮތްތޯ ބެލުން

(ރ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް މުރާޖައާކުރާ އަޑުއެހުމުގައި ކޯޓަށް ލިބިގެންވަނީ ހަމައެކަނި އަންނަނިވި ބާރުތަކެވެ.

  1. މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު އުވާލުން؛
  2. އަމުރުގައިވާ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އުވާލުން؛ 
  3. އަމުރުގައިވާ ފިޔަވަޅަކަށް ނުވަތަ ފިޔަވަޅުތަކަށް ބަދަލުގެނައުން؛
  4. މި އަކުރުގެ (2) ވަނަ ނަންބަރު އަދި (3) ވަނަ ނަންބަރުގެ ދަށުން ގެނެވޭ ބަދަލަށް ރިއާޔަތްކޮށް، ލުޔެއް ދިނުމުގެ މަގްސަދުގައި، އަމުރު ނިމުމަކަށް އަންނާނެ ތާރީހަށް ބަދަލު ގެނައުން.

(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރު އަދި (4) ވަނަ ނަންބަރުގައިވާ ހާލަތްތައް ފިޔަވައި، އެ އަކުރުގައި ބަޔާންކޮށްފައިވާ އެހެން ހާލަތްތަކުގައި މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރުގައި ބަޔާންކޮށްފައިވާ ތާރީހާ ހަމައަށް، އެ އަމުރު ދެމިގެންދާނެއެވެ.

(ޅ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގެ މުއްދަތުގައި، އެ އަމުރު މުރާޖައާކުރުމަށް އެދި ކޯޓަށް ހުށަހެޅޭނީ އެއް ފަހަރުއެވެ. އިތުރު ފަހަރަކަށް އަމުރެއް މުރާޖައާކުރެވޭނީ މި ގާނޫނުގެ 80 ވަނަ މާއްދާގެ

(ނ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކަށް، އަމުރެއްގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައިވާނަމަ، އެ އިތުރުކުރި މުއްދަތުގައި ހިނގާ އަމުރާ ގުޅޭގޮތުންނެވެ.

 

82 ވަނަ މާއްދާ - މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު އިސްތިއުނާފުކުރުން

(ހ) މި ގާނޫނުގެ ދަށުން ނެރޭ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ކޮންމެ އަމުރަކީ، އެ އަމުރު ނިސްބަތްވާ ފަރާތަށް އިސްތިއުނާފުކުރެވިދާނެ އަމުރެކެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް އިސްތިއުނާފުކުރި ކަމުގައިވިޔަސް، ކޯޓުން އެނޫންގޮތަކަށް ކަނޑަނާޅާހާ ހިނދަކު އިސްތިއުނާފުގެ މުއްދަތުގައި އެ އަމުރު ހިނގަމުންދާނެއެވެ.

 

83 ވަނަ މާއްދާ - މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު މުރާޖައާކުރަމުން ގެންދިޔުން

(ހ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ދެމިއޮތްހާ ހިނދަކު، އެ އަމުރެއް ނެރެދިން ހާލަތު ދެމިއޮތް ތޯ، ކޮމިށަނަރ އޮފް ޕޮލިސް އަދި ޕްރޮސިކިއުޓަރ ޖެނެރަލް ގަވާއިދުން ބަލަމުންގެންދަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ފަދައިން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިން ހާލަތު ދެމިއޮތްތޯ ބަލާއިރު، އެ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށް ގަބޫލުކުރެވޭނަމަ، އެ އަމުރު ނިމުމަކަށް ގެންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނެރެދިން ހާލަތު ދެމިއޮތްތޯ ބަލާއިރު، އެ ހާލަތު ހެޔޮ ގޮތުގައި ބަދަލުވެފައިވާނަމަ، މި ގާނޫނުގައި ކަނޑައަޅާފައިވާ ފަދައިން އެ އަމުރުގައި އެކުލެވޭ ފިޔަވަޅުތައް ލުއިކުރުމަށް ނިންމަންވާނެއެވެ.

 

84 ވަނަ މާއްދާ - އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން އަމުރު ނިމުމަކަށް ގެނައުން

(ހ) މި ގާނޫނުގެ 83 ވަނަ މާއްދާގެ ދަށުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް މުރާޖައާކުރުމަށްފަހު އެ އަމުރެއް ނިމުމަކަށް ގެނައުމަށް ކޮމިށަނަރ އޮފް ޕޮލިސްގެ މަށްވަރާގެ މަތިން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، އެކަން ކޯޓަށް އެންގުމަށްފަހު އެ އަމުރު ނިމުމަކަށް ގެނައުމަށް ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ ދަށުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ނިމުމަކަށް ގެނައުމަށް ނިންމޭނީ، ކޯޓުން އެ އަމުރު ކުރިއިރު، އެ އަމުރު ދެމިއޮންނާނީ އެ އަމުރުގައި ބަޔާންކުރާ ތާރީހެއްގެ އިތުރުން އެ އަމުރު ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައަޅާ ހާލަތުގައި ކަމަށް ބަޔާންކޮށްފައިވާނަމައެވެ. 

(ނ) މި ގާނޫނުގެ 83 ވަނަ މާއްދާގެ ދަށުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް މުރާޖައާކުރުމަށްފަހު އެ މާއްދާގެ (ނ) ގެ ދަށުން އަމުރުގައި އެކުލެވޭ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ނިންމޭނީ، އެފަދައިން އަމުރުގައި ބަޔާންކޮށްފައިވާ ހާލަތުގައެވެ. އަދި އެފަދައިން ދެވޭ ލުޔަކަށްވާންވާނީ އަމުރުގައި އެކުލެވޭ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ބައެއް ފިޔަވަޅު އެޅުން ހުއްޓާލުމެވެ.

(ރ) މި ގާނޫނުގެ 83 ވަނަ މާއްދާގެ ދަށުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް މުރާޖައާކުރުމަށްފަހު އެ މާއްދާގެ (ނ) ގެ ދަށުން އަމުރުގައި އެކުލެވޭ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ނިންމައިފިނަމަ، އެކަން ކޯޓަށް އަންގަންވާނެއެވެ.

 

85 ވަނަ މާއްދާ - އެކެއްގެ މައްޗަށް އެއްފަހަރަށްވުރެ ގިނަ ފަހަރު އަމުރު ނެރެވުން

މި ބާބުގެ ދަށުން ނެރޭ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް، އެކެއްގެ މައްޗަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު ހިންގުމަކަށް މި ގާނޫނު ހުރަހެއް ނާޅައެވެ. އެހެންނަމަވެސް، އެއިން ކޮންމެ ފަހަރަކު، އެމީހަކާ ގުޅޭގޮތުން މި ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވޭތޯ ބެލުމަށްޓަކައި އެފަދަ އަމުރަކަށް އެދި ވަކިން ކޯޓަށް ހުށަހަޅަންވާނެއެވެ. 

 

 

ދެވަނަ ބައި

މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް

 

86 ވަނަ މާއްދާ - ފިޔަވަޅު އެޅުމުގެ އާންމު އުސޫލު

(ހ) މި ގާނޫނުގެ 87 ވަނަ މާއްދާއިން ފެށިގެން 91 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ފިޔަވަޅުތަކަކީ، މި ބާބުގެ އެއްވަނަ ބައިގެ ދަށުން މީހެއްގެ މައްޗަށް ނެރޭ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގައި ކަނޑައެޅިދާނެ ފިޔަވަޅުތަކެވެ.

(ށ) މި ގާނޫނުގެ 87 ވަނަ މާއްދާއިން ފެށިގެން 91 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އަދި އެ ފިޔަވަޅުތަކަކީ، އެފަދަ އެއް އަމުރު މެދުވެރިކޮށް އެކުއެކީގައި އެޅިދާނެ ފިޔަވަޅުތަކެއް ކަމުގައިވީނަމަވެސް، މި ގާނޫނުގެ މަގްސަދަށްޓަކައި، އެ ފިޔަވަޅުތަކަކީ އޭގެ ޒާތުގައި ވަކިވަކި ފިޔަވަޅުތަކެކެވެ.

 

87 ވަނަ މާއްދާ - ވަދެނިކުމެވޭ ތަންތަނާގުޅޭ ފިޔަވަޅުތައް

(ހ) އަމުރު ރައްދުވާ ފަރާތް ދިރިއުޅޭ ތަނާ ގުޅޭގޮތުން ނުވަތަ އޭނާއާ ގުޅުން އޮތް ތަންތަނާ ގުޅޭގޮތުން އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

  1. އޭނާ ދިރިއުޅޭ ތަނުގައި އުޅޭ މީހުންގެ މައުލޫމާތާއި އެ މައުލޫމާތަށް އަންނަ ބަދަލު އެންގުން؛
  2. އޭނާ ދިރިއުޅޭ ތަނަށް އެތަނުގައި ދިރިއުޅޭ ބަޔަކު ފިޔަވައި އިތުރު ބަޔަކު އައުން މަނާކުރުން؛
  3. އޭނާ ދިރިއުޅޭ ތަނަކުން ނުވަތަ އެތަން ނިސްބަތްވާ ވަކި ސަރަހައްދަކުން ބޭރަށް ވަކި ވަގުތުތަކެއްގައި ނުކުތުން މަނާކުރުން؛
  4. ވަކި ތަނަކަށް ވަކި މުއްދަތަކަށް ދިޔުން މަނާކުރުން.

(ށ) މި މާއްދާގެ ދަށުން ފިޔަވަޅެއް އަޅަންވާނީ، ތިންވަނަ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.

 

88 ވަނަ މާއްދާ - ދަތުރުފަތުރާގުޅޭ ފިޔަވަޅުތައް. 88 ދަތުރުފަތުރާ ގުޅޭގޮތުން އަމުރު ރައްދުވާ ފަރާތާމެދު އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

(ހ) ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ވަނުން ނުވަތަ ވަކި ސަރަހައްދަކުން ބޭރަށް ދިޔުން މަނާކުރުން؛

(ށ) ދިވެހިރާއްޖޭގެ ވަކި ރަށަކަށް އެރުން ނުވަތަ ވަކި ރަށެއް ދޫކޮށް ދިޔުން މަނާކުރުން؛

(ނ) ކޯޓުން ކަނޑައަޅާ ފަރާތެއްގެ ހުއްދަ ލިޔުމުން ލިބިގެން މެނުވީ ދިވެހިރާއްޖެއިން ބޭރަށް ފުރުން މަނާކުރުން.

 

89 ވަނަ މާއްދާ - މުއާމަލާތު ތަކާގުޅޭ ފިޔަވަޅުތައް

(ހ) ތުހުމަތުކުރެވޭ ފަރާތުގެ މުދަލުން މުއާމަލާތުކުރުން ކޮންޓްރޯލްކުރުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.

  1. ކަނޑައެޅޭ ވަކި އަދަދެއްގެ ފައިސާގެ މުއާމަލާތުތައް، ކަނޑައެޅޭ މުއްދަތަކަށް ހިންގުން މަނާކުރުން؛
  2. ކަނޑައެޅޭ ވަކި ބާވަތެއްގެ ވިޔަފާރީގެ މުއާމަލާތުތައް، ކަނޑައެޅޭ މުއްދަތަކަށް ހިންގުން މަނާކުރުން.

(ށ) މި މާއްދާގެ ދަށުން ފިޔަވަޅެއް އަޅަންވާނީ، ތިންވަނަ ފަރާތްތަކުގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ. އަދި އެއިން އެއްވެސް ފިޔަވަޅެއް އަޅަންވާނީ، އެ ފިޔަވަޅަކީ އޭނާއާމެދު ތުހުމަތުކުރެވިފައިވާ ކުށާ ސީދާ ގުޅ،ޭ އެ ކުށް ހިނގުމަށް ނުވަތަ އިތުރަށް ހިނގިޔަނުދިނުމަށް ކޮންމެހެން މުހިންމު ފިޔަވަޅެއް ކަމުގައިވާނަމައެވެ.

 

90 ވަނަ މާއްދާ - ފުލުހުންގެ މަރުކަޒަށް ހާޒިރުވާން އެންގުން 

ތުހުމަތުކުރެވޭ ފަރާތް ވަކި ގަޑިއަކަށް، ވަކި ދުވަސްތަކެއްގައި އަދި ކަނޑައެޅިފައިވާ ވަކި ގޮތެއްގެމަތިން ފުލުހުންގެ މަރުކަޒަކަށް ހާޒިރުވަމުން ގެންދިއުމަށް އެންގިދާނެއެވެ. އެފަދައިން ހާޒިރުވާއިރު، މި ގާނޫނުގެ 78 ވަނަ މާއްދާގެ (ނ) ގެ ދާއިރާގެ ތެރޭގައި، ފުލުހުން އަންގާ އެންގުންތަކަށް އަމަލުކުރަންވާނެއެވެ. 

 

91 ވަނަ މާއްދާ - އުޅޭނޫޅޭގޮތް ބެލުން

(ހ) ތުހުމަތުކުރެވޭ ފަރާތް އުޅޭނޫޅޭ ގޮތާއި ޒިޔާރަތްކުރާ ތަންތަން ދެނެގަތުމަށްޓަކައި، އޭނާގެ ހަށިގަނޑުގައި އިލެކްޓްރޯނިކް އާލާތެއް ހަރުކުރުމަށް، މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއްގެ ދަށުން ކަނޑައެޅިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅުމަށްޓަކައި އެކަމަށް ބޭނުންވާ އާލާތް، ކޯޓުން ނެރޭ ކޮންޓްރޯލްކުރުމުގެ އަމުރުގައި ކަނޑައަޅާފައި އޮންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އާލާތް އެމީހެއްގެ ހަށިގަނޑުގައި ހަރުކުރުމަށް އަމުރު ރައްދުވާ ފަރާތުގެ ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ. އަދި އެ އެއްޗެއް ބަލަހައްޓަން އެ ހަރުކުރާ ފަރާތުން އަންގާ ގޮތަށް، އަމުރު ރައްދުވާ ފަރާތުން އެ އެއްޗެއް ބަލަހައްޓަމުން ގެންދަންވާނެއެވެ.

(ރ) މި މާއްދާގެ ދަށުން ހަރުކުރެވޭ ތަކެތީގެ ބެލެހެއްޓުމާ ނުވަތަ މަރާމާތާގުޅޭ ކަންކަމުގައި، އެމީހަކު ދިރިއުޅޭ ތަނަކަށް ވަނުމުގެ ހުއްދަ ކޯޓުން ކަނޑައަޅާ ފަރާތަކަށް، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ދިނުމަށްވެސް އެ އަމުރުގައި އެންގިދާނެއެވެ. 

 

92 ވަނަ މާއްދާ - ޒާތީ މުއާމަލާތް އަޑުއެހުމުގެ އިޖުރާއަތު

މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގެ ދަށުން މީހެއްގެ ޒާތީ މުއާމަލާތެއް އަޑުއެހުމަށް އަމުރުކޮށްގެންނުވާނެއެވެ. އެފަދަ ޒާތީ މުއާމަލާތެއް އަޑުއެހުމަށް ބޭނުންވެއްޖެނަމަ، އެކަމަށް އެދި ކޯޓަށް ހުށަހަޅާނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 74 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ފުރިހަމަވާ ހާލަތުގައި، އެ މާއްދާގައިވާ ގޮތުގެމަތިންނެވެ. 

 

 

ތިންވަނަ ބައި

މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ތަންފީޒުކުރުން

 

93 ވަނަ މާއްދާ - އަމުރު ތަންފީޒުކުރުން 

މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގައި އެނޫންގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، އެ އަމުރެއް ތަންފީޒުކުރާނީ ފުލުހުންނެވެ.

 

94 ވަނަ މާއްދާ - ދިރިއުޅޭ ތަނަށް ވަދ،ެ ބަލައި ފާސްކުރުން

މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގައި، އެ އަމުރު ރައްދުވާ ފަރާތުން އަމުރާ އެއްގޮތަށް އަމަލުކުރަމުންނުދާކަމަށް ބެލެވޭނަމަ، ކޯޓު އަމުރަކާއެކު އެފަރާތެއް ދިރިއުޅޭ ތަނަށް ވަދ،ެ އެތަނާއި އެމީހަކު ބަލައި ފާސްކުރެވިދާނެއެވެ.

 

95 ވަނަ މާއްދާ - ސަރވެއިލަންސް 

(ހ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއްގައި ކަނޑައަޅާފައިވާ ގޮތަށް އަމުރު ރައްދުވާ ފަރާތުން ޢަމަލުކުރަމުންދޭތޯ ބެލުމުގެ ގޮތުން އޭނާ ދާ ތަންތަނާއި އޭނާ ދިރިއުޅޭ ތަނ،ް އެތަނުގެ ބޭރުން މޮނިޓަރކޮށް ހެދިދާނެއެވެ. 

(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި އަމުރު ރައްދުވާ ފަރާތް ދިރިއުޅޭ ތަނުގެ ބޭރާއި އޭނާ ދާ ތަންތަނުގެ ފޮޓޯ ނެގިދާނެއެވެ. 

 

96 ވަނަ މާއްދާ - އަމުރާ ހިލާފުވުން

(ހ) މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރެއް ރައްދުވާ ފަރާތަކުން އެކަށީގެންވާ ސަބަބެއް ނެތ،ި މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރުގެ އެއްވެސް ފިޔަވަޅަކާ ހިލާފުވުމަކީ ކުށެކެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށުގެ އަދަބަކީ ގިނަވެގެން 18 (އަށާރަ) މަސްދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

 

ނުވަވަނަ ބާބު

އެހެނިހެން

 

97 ވަނަ މާއްދާ - ގަވާއިދު ހެދުން

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އަންނަނިވި ފަރާތްތަކުންނެވެ.

  1. ތަަހްގީގާގުޅޭ ކަންކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން؛
  2. މި ގާނޫނުގެ ހަތްވަނަ ބާބުގައި ބަޔާންކުރާ ކުޑަކުދިން ރައްކާތެރިކުރުމުގެ އަމުރާއި މި ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކުރާ މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރަށް އެދުމާގުޅޭ ކަންކަމުގައާއި ދައުވާކުރުމާގުޅޭ ކަންކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލް؛ 
  3. ށަރީއަތްކުރުމާގުޅޭ ކަންކަމުގައި ކޯޓުތަކުން.

(ށ) މި ގާނޫނަށް އަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

 

98 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވ،ެ ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

99 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނު ނަންބަރު 2010-17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) އާއި، ގާނޫނު ނަންބަރު 2010-18 (ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނު) އުވުނީއެވެ.

 

100 ވަނަ މާއްދާ - މާނަކުރުން

މި ގާނޫނުގައި ލަފްޒެއް ނުވަތަ އިބާރާތެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ލަފްޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފްޒުތަކާއި އިބާރާތްތަކާ ގުޅިގެން ތިރީގައި ދީފައި އެވާ މާނަކުރުމެވެ.

(ހ) "ކޮންޓްރޯލްކުރުން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ މިނިވަންކަމަށް ވަކި އިންތަކަކާއި މިންތަކެއް ކަނޑައަޅައި، އެ އިންތަކާއި މިންތަކުގެ ތެރޭގައި އެމީހެއްގެ މިނިވަންކަން ހިފެހެއްޓުމަށެވެ.

(ށ) "އަމިއްލަ ތަންތަން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، އިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި ގޭބިސީއަށާއި އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި އިމާރާތާއި ހޯލާއި މައިދާންތަކަށެވެ.

(ނ) "ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ތަނަކާ ގުޅޭގޮތުންނަމަ، އެތަނެއްގެ ވެރިފަރާތަށެވެ. ކުއްޔަށްދީފައިވާ ތަނަކާ ގުޅޭގޮތުންނަމަ، އެތަން ކުއްޔަށް ހިފާފައިވާ ފަރާތަށެވެ. އެއްމެދު އިމާރާތެއްގެ ވަކި ޔުނިޓެއް ނުވަތަ ބައެއްނަމަ، އެ ޔުނިޓެއް ނުވަތަ ބައެއްގެ ވެރިފަރާތަށެވެ. އަދި އެއިން އެއްވެސް ފަރާތެއް އެއިން ތަނެއްގައި ނެތް ހާލަތެއްގައިނަމަ ނުވަތަ އެނޫން ހާލަތެއްގައިނަމަ، އެތަނެއްގައި ދިރިއުޅޭ ނުވަތަ އެތަނަކާ އެ ވަގުތަކު ހަވާލުވެހުރި ފަރާތްވެސް ހިމެނޭގޮތުންނެވެ. 

(ރ) "މަސްލަހަތު ހިމާޔަތްކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށަކާ ގުޅޭގޮތުން ސުވާލުކުރެވެމުންދާ މީހާ ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ކަމަށް އޭނާ ކަނޑައަޅ،ާ އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ މީހަކަށެވެ.

(ބ) "ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ގާނޫނު" ކަމަށް ބުނެފައި އެވަނީ، ޔުނައިޓެޑް ނޭށަންސް ކޮންވެންށަން އޮން ދަ ލޯ އޮފް ދަ ސީ އަށެވެ.

(ޅ) "ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރުގެ ކުޑަކުއްޖެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2019-18 (ކުޑަކުދިންގެ އަދުލުގެ ގާނޫނު) ގައި ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކަމަށް ކަނޑައަޅާފައިވާ އުމުރުގެ ކުޑަކުއްޖަކަށެވެ.

 

އުވުނު ގާނޫނު

  1. ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2010-18)
  2. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2010-17)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު