ގާނޫނީ ރަދީފު
އެއްމެ ފަހުގެ
މަނީ ބްރޯކަރިންގ
"މަނީ ބްރޯކަރިންގ" ކަމަށް ބުނެފައި އެވަނީ، އެފަރާތަށް ފައިދާއެއް ނުވަތަ ކޮމިށަނެއް ލިބޭގޮތަށް، ތަފާތު ބާވަތުގެ މާލީ އިދާރާތަކަށް އެހެން ފަރާތްތަކުން ކުރުމުއްދަތުގެ ލޯނު ހަމަޖައްސައިދިނުމަށެވެ.
މެނޭޖިންގ ޑިރެކްޓަރ
"މެނޭޖިންގ ޑިރެކްޓަރ" ކަމަށް ބުނެފައި އެވަނީ، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމާއި ދުވަހުން ދުވަހަށް ބޭންކު ހިންގުމުގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނަ ފަރާތަށެވެ.
މޭޖަރ ހިއްސާދާރެއް
"މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީގޮތުން ވަކި ށަހްސެއްގެ ރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ބާރުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) ، ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އެމް.އެމް.އޭ އަށް ގަބޫލުކުރެވޭގޮތުގައި އެ ށަހްސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.
މެހެމާނުން (ރައްޔިތުންގެ މަޖިލީހުގެ)
"މެހެމާނުން" ކަމަށް ބުނެފައި އެވަނީ، މަޖިލީހުގެ މެންބަރުންނާއި، މަޖިލީހުގެ މުވައްޒަފުން ފިޔަވައި އެހެން ކޮންމެ މީހަކަށެވެ.
މަޖިލީހުގެ ގެ (ރައްޔިތުންގެ މަޖިލީހުގެ)
"މަޖިލީހުގެ ގެ" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ ގެކަމަށް ބެލެވޭ އިމާރާތާއި، އެ އިމާރާތުގެ ގޯތިތެރެއާއި، ސަރަހައްދުކަމަށް މަޖިލީހުގެ ރައީސް ކަނޑައަޅާ ސަރަހައްދު ހިމެނޭގޮތަށެވެ.
މަޖިލީހުގެ ގެ

މަޖިލިސް (ރައްޔިތުން ގެ މަޖިލީހުގެ)
"މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި، ކޮމިޓީތަކާއި، މަޖިލީހުގެ ގެއާއި، އެ ގޭގެ ގޯތިތެރެއާއި މަޖިލީހުގެ ގޭގެ ސަރަހައްދުކަމަށް މަޖިލީހުގެ ރައީސް ކަނޑައަޅާ ސަރަހައްދު ހިމެނޭގޮތަށެވެ.
މެންބަރު (ރައްޔިތުންގެ މަޖިލީހުގެ)
"މެންބަރު" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް، ނުވަތަ އެ މަޖިލީހުގެ މެންބަރުންނަށެވެ. އަދި މި މާނަކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްވެސް ހިމެނިގެންވެއެވެ.
މީހުން
"މީހުން" ކަމަށް ބުނެފައި އެވަނީ، ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ބާރު ހިނގާ ސަރަހައްދުގައިވާ ބިދޭސީން ހިމެނޭ ގޮތަށެވެ. އަދި ފަރުދުންނާއި ގާނޫނީ ށަހްސްތަކާއި، ޖަމްއިއްޔާތަކާއި ކޮމިޓީތަކާއި، ސަރުކާރުގެ އިދާރާތަކާއި އޮފީސްތައްވެސް ހިމެނޭގޮތުންނެވެ.
މާލީ އެއްވެސް މަސްލަހަތެއް ބޭއްވުން
”މާލީ އެއްވެސް މަސްލަހަތެއް ބޭއްވުން“ ކަމުގައި ބުނެފައި އެވަނީ،އެކަމަކުން އެމީހެއްގެ މުދާވެރިކަމަށް ނުވަތަ ފައިސާވެރިކަމަށް އިތުރު ތަނަވަސްކަމެއް ހޯދިދާނެ، ނުވަތަ އެ މީހެއްގެ މުދާވެރިކަން ނުވަތަ ފައިސާވެރިކަން ގެއްލުމަކުން ރައްކާތެރިވެވިދާނެ ކަމެއް ކުރުމަށެވެ.
މީހެއް ނުވަތަ ”ފަރާތް“
”މީހެއް“ ނުވަތަ ”ފަރާތް“ ކަމުގައި ބުނެފައި އެވަނީ، ތަބީޢީ ށަހްސުތަކާއި ގާނޫނީ ށަހްސުތަކަށެވެ.
ވިއްކުން
"ވިއްކުން" ކަމަށް ބުނެފައި އެވަނީ، އަގެއް ލިބޭގޮތަށް ނުވަތަ އަގެއް ކަނޑައަޅައިގެން މީހަކަށް ނުވަތަ ބަޔަކަށް އެއްޗެއް ހުށަހެޅުން ނުވަތަ ދިނުމަށެވެ.
ވިޔަފާރީގެ އުސޫލުން
"ވިޔަފާރީގެ އުސޫލުން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި ކުރިއެރުވުމުގެ ނުވަތަ ވިޔަފާރީގެ މަގްސަދު ހާސިލްކުރުމުގެ ގޮތުން ކަމެއްކުރުމަށެވެ.
ވައިގެ އުޅަނދު
"ވައިގެ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ވައިގެ ތެރެއިން ދުއްވުމަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗެކަށެވެ.
ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް
"ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ނެގޭ ޓެކްސްއަށެވެ.