gaanoon_logo
-
އިށްތިހާރުކުރުން
"އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، ލިޔުމާއި، އިލެކްޓްރޯނިކް ވަސީލަތްތަކާއި، ނަންބޯޑާއި، ފެންނަގޮތަށް ބަހައްޓާ ތަކެއްޗާއި، ހަދިޔާއާއި، ދައްކާލާ ދައްކާލުމާއި، އެކަކު އަނެކަކު ގާތު ބުނާ ބުނުން މެދުވެރިކޮށް ޕެސްޓިސައިޑް ވިއްކުމާއި ބޭނުންކުރުން ކުރިއެރުވުމުގެ ގޮތުން ހިންގާ ހަރަކާތްތަކަށެވެ.
ވިޔަފާރީގައި ބޭނުންކުރާ ނަން
"ވިޔަފާރީގައި ބޭނުންކުރާ ނަން" ކަމަށް ބުނެފައި އެވަނީ، ޓްރޭޑްމާކް ހިމެނޭގޮތުން، ޕެސްޓިސައިޑްގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ނަމަށެވެ.
ފޯމިއުލޭށަން (ދަނޑުވެރިކަމާއި ގުޅޭ)
"ފޯމިއުލޭށަން" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުން ފުދޭނެކަމަށް ބުނާ ބޭނުން ފުދޭގޮތަށް ޕެސްޓިސައިޑް ތައްޔާރުކުރުމަށްޓަކައި އެކި މާއްދާތައް އެއްކޮށްގެން ތައްޔާރުކުރެވިފައިވާ، އެ ޕެސްޓިސައިޑް ބަންދުކޮށްފައި ހުންނަ ގޮތަށެވެ.
މައުލޫމާތު ކަރުދާސް (ދަނޑުވެރިކަމާއި ގުޅޭ)
"މައުލޫމާތު ކަރުދާސް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑްގެ ލޭބަލްގައި ހިމެނޭ މައުލޫމާތުގެ ތަފްސީލު ހިމެނޭ ކަރުދާހަށެވެ.
އިންޓަގްރޭޓަޑް ޕެސްޓް މެނޭޖްމަންޓް
"އިންޓަގްރޭޓަޑް ޕެސްޓް މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، ޕެސްޓް ކޮންޓްރޯލްކުރުމަށް ބޭނުންކުރެވިދާނެ އެންމެހައި ގޮތްތައް ފަރުވާތެރިކަމާއެކު ބަލައި އެއަށް ރިއާޔަތްކުރުމަށްފަހު، ޕެސްޓްގެ އާބާދީ އިތުރުވުމަށް ހުރަސްއެޅުމާއި، އިގްތިޞާދީގޮތުން ބަލައިގަނެވޭފަދަ މިންވަރެއްގައި ޕެސްޓްގެ އާބާދީއާއި ޕެސްޓިސައިޑާއި އެފަދަ އެހެނިހެން ތަކެތި ދެމެހެއްޓުމާއި، އިންސާނުންނާއި ޖަނަވާރުންގެ ސިއްހަތާއި ތިމާވެއްޓަށް ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށްޓަކައި އެކަށީގެންވާ މިންގަނޑުތަކުގެ ބޭނުންހިފުމަށެވެ.
ލޭބަލް
"ލޭބަލް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑްގައި ނުވަތަ ޕެސްޓިސައިޑް ބަންދުކޮށްފައި ހުންނަ ތަކެތީގައި، އަދި ރީޓެއިލްކޮށް ވިއްކާއިރު ބަންދުކުރުމަށް ބޭނުންކޮށްފައިވާ ތަކެތީގައި ހުންނަ ނުވަތަ ހަރުކުރެވިފައިވާ ލިޔުމާއި، ޕްރިންޓުކޮށްފައިވާ ތަކެއްޗާއި، ކުރެހުމަށެވެ.
ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީ
"ހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ޕެސްޓިސައިޑްގެ ގޮތުގައި އުފެއްދޭނެ، ބޭނުންކުރެވޭނެ، ވިއްކޭނެ އަދި ދިވެހިރާއްޖެއަށް އިމްޕޯޓުކުރެވޭނެ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރެވޭނެކަމަށް މިނިސްޓަރު ހުއްދަ ދޭ ބާވަތްތަކުގެ ޕެސްޓިސައިޑާބެހޭ ރަޖިސްޓްރީއަށެވެ.
ތަކެތީގެ ރައްކާތެރިކަމުގެ މައުލޫމާތު ކަރުދާސް
"ތަކެތީގެ ރައްކާތެރިކަމުގެ މައުލޫމާތު ކަރުދާސް" ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއްގެ ނުރައްކާތައް އެއެއްޗެއް ބޭނުންކުރާ ފަރާތްތަކަށް އަންގައިދިނުމަށް މުހިންމު ސިފަތަކާބެހޭ މައުލޫމާތު (މައިގަނޑު ގޮތެއްގައި އެ އުފެއްދުމުގައި ހިމެނޭ ބާވަތްތައް) ހިމެނޭ ކަރުދާހަށެވެ.
ޕެސްޓް
"ޕެސްޓް" ކަމަށް ބުނެފައި އެވަނީ، ކެއުމުގެ ބާވަތްތަކާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ހެދިބޮޑުވުމަށް ހުރަސްއަޅާ ނުވަތަ އެ މަރުހަލާތަކުގައި ގެއްލުންދޭ، އިންސާނުންނަށް ނުވަތަ ޖަނަވާރުންނަށް ޖެހޭ ބަލި ފަތުރާ ތަކެއްޗާއި، ވިހަ ބާވަތްތަކާއި ގަސްގަހާގެއްސާއި ޖަނަވާރު ހިމެނޭ ގޮތުންނެވެ.
ޕެސްޓިސައިޑް
"ޕެސްޓިސައިޑް" ކަމަށް ބުނެފައި އެވަނީ، ދަނޑުވެރިކަމުގެ ބޭނުމަށް ޕެސްޓް ނައްތާލުމަށާއި ކޮންޓްރޯލްކުރުމަށްޓަކައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ އެއްވެސް ބާވަތެއް، ނުވަތަ ގިނަ ބާވަތްތަކެއް އެއްކޮށްގެން ހަދާފައިވާ ބާވަތްތަކަށެވެ.
ޕްރީ-ހާވެސްޓް އިންޓަވަލް
"ޕްރީ-ހާވެސްޓް އިންޓަވަލް" ކަމަށް ބުނެފައި އެވަނީ، ދަނޑުވެރިކަމުގެ އުފެއްދުންތަކުގައި ޕެސްޓިސައިޑް ރެސިޑިއު ހަރުލާފައި ނުހުންނަގޮތަށް ހެދުމުގެ ގޮތުން، އެ ބާވަތްތައް ކެނޑުމާ ހަމައަށް ޕެސްޓިސައިޑް ބޭނުންނުކުރުމަށް ކަނޑައަޅާ މުއްދަތަށެވެ.
ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތި
"ރައްކާތެރިވުމަށް ބޭނުންކުރާ ތަކެތި" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް ގެންގުޅުމާއި އޭގެ ބޭނުން ހިފުމުގައި ޕެސްޓިސައިޑްގެ އަސަރުން އެކަށީގެންވާ މިންވަރަކަށް ރައްކާތެރިވުމަށްޓަކައި ބޭނުންވާ ޚާއް ސަ ހެދުމާއި، ތަކެއްޗާއި އާލަތަށެވެ.
މެކްސިމަމް ރެސިޑިއު ލެވެލް
"މެކްސިމަމް ރެސިޑިއު ލެވެލް" ކަމަށް ބުނެފައި އެވަނީ، ދަނޑުވެރިކަމުން އުފައްދާ ތަކެތީގައި ޕެސްޓިސައިޑްގެ އަސަރު ހުންނަންޖެހޭ އެންމެ މަތީ މިންވަރަށެވެ.
ޕެސްޓިސައިޑްގެ ކުނި
"ޕެސްޓިސައިޑްގެ ކުނި" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑްގެ އެއްވެސް މިންވަރެއް އެކުލެވޭ، ކުނީގެ ގޮތުގައި އުކާލާ އެއްވެސް ބާވަތްތަކަށެވެ.
ދަނޑުވެރިކަން
"ދަނޑުވެރިކަން" ކަމަށް ބުނެފައި އެވަނީ، ކެއުމަށްޓަކައި ބޭނުންކުރާ ގޮވާމާއި ތަރުކާރީއާއި މޭވާއާއި ގަސްގަހުން ލިބޭ އެހެނިހެން ތަކެތި ހެއްދުމާއި، ދަނޑުބިންތަކާއި، މީހުން ދިރިއުޅޭ ގޯތިތަކާއި، ދަނޑުވެރިކަމުގެ މަސައްކަތަށް ޚާއް ސަކޮށްގެން ހަދާފައިވާ ހިޔާވަހިތަކުގައި ގޮވާމާއި، މޭވާއާއި، ތަރުކާރީއާއި، ފަތްޕިލާވެއްޔާއި، މަޝްރޫމް އަދި ގަސްފަދަ ބާވަތްތައް އިންދާ ހެއްދުމާއި، މަހާއި ބިހުގެ ބޭނުމަށް ޖަނަވާރު ގެންގުޅެ ބޮޑު ކުރުމާއި، އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގު އިތުރުކުރުމުގެ ގޮތުން ޕްރޮސެސްކޮށް ޕެކޭޖްކުރުމާއި، އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމާއި، ދަނޑުވެރިކަމުގެ މަސައްކަތަށް ބޭނުންވާނެ ގަސްކާނާއާއި ގަހަށްޖަހާ ބޭހާއި އާލަތްތައް ގަނެ ވިއްކުމާއި، ޖަނަވާރާއި ގަސްގަހާގެހީގެ ސިއްހަތައް ދިމާވާ ބަޔޮލޮޖިކަލް ނުރައްކާތައް ކޮންޓްރޯލްކުރުމާއި، ލައިވް ސްޓޮކް ސެނިޓަރީއާއި ފައިޓޯސެނިޓަރީ މިންގަނޑު ހިފެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، އެކުއަކަލްޗަރކުރުން ފަދަ ފެނުގެ ދިރުންހުރި ވަސީލަތްތައް ވިއްސައި، ދިރުވައި، އާލާކުރުން ހިމެނޭގޮތުންނެވެ.