ކައުންޓަރ ކްލައިމް
"ކައުންޓަރ ކްލައިމް" ނުވަތަ ރައްދު ދައުވާ އަކީ މަދަނީ މައްސަލައެއްގައި ދައުވާ ރައްދުވާލިބޭ ފަރާތުން ދައުވާކުރާ ފަރާތުގެ މައްޗަށްކުރާ ދައުވާއެކެވެ. އެމެރިކާގެ "ފެޑަރާލް ރޫލްސް އޮފް ސިވިލް ޕްރޮސީޖަރ" ގެ 13 ވަނަ މާއްދާގެ ދަށުން ށަރީއަތުގައި ކުރިއަށްދާ މައްސަލައާއި އަދި އެ މައްސަލާގައި ހިމެނޭ ބައިވެރިންނަކީ އެއް މުއާމަލާތެއްގެ އެއްބައެއް ނަމަ އެންމެހާ ރައްދު ދައުވާ/ކައުންޓަރ ކްލައިމް އެ ކުރިއަށްދާ ށަރީއަތަށް ހުށަހެޅުން ކޮންމެހެން ލާޒިމެވެ.