ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ދުސްތޫރީ މައްސަލަތައް
"ދުސްތޫރީ މައްސަލަތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރަންޖެހިއްޖެނަމަ، އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދަކުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްފަޒަކު ކުރާކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިޔަސް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމަންޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ.
ދިރިއުޅުމަށް ގޯތި ދޫކުރުން
"ދިރިއުޅުމަށް ގޯތި ދޫކުރުން" ކަމަށް ބުނެފައިއެވަނީ، ހިޔާވަހިކަން ތަނަވަސްކޮށްދިނުމުގެ ގޮތުން ނުވަތަ ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހަމަތަކާއި ށަރުތުތަކާއި އަދި އުސޫލުތަކުގެ މަތިން، އޭގެ ބަދަލުގައި އަގެއް ނެގުމަކާ ނުލައި ސަރުކާރުން ހިލޭ ބަންޑާރަ ގޯތި ދިނުމަށް ނުވަތަ ދޫކުރުމަށެވެ. އަދި ހިޔާވަހިކަން ތަނަވަސްކޮށްދިނުމުގެ ގޮތުން ނުވަތަ ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހަމަތަކާއި ށަރުތުތަކާއި އަދި އުސޫލުތަކުގެމަތިން، އަގުނަގާގޮތަށް ސަރުކާރުންދޭ ނުވަތަ ދޫކުރާ ގޯތިވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ. އަދި ވިޔަފާރީގެ ގޮތުގައި ފައިދާ ހޯދުމަށްޓަކައި އަގުނަގާގޮތަށް ސަރުކާރުން ދޫކުރާ ބިން ނުހިމެނޭނެއެވެ.
ދިވެހިރާއްޖޭގެ ސަރަހައްދު
"ދިވެހިރާއްޖޭގެ ސަރަހައްދު" ކަމުގައި ބުނެފައިއެވަނީ، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދިވެހިރާއްޖޭގެ ސަރަހައްދު ކަމުގައި ބުނެފައިވާ ސަރަހައްދަށެވެ.
ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި، ގަރާރުތައް
"ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުއާހަދާތަކާއި، ގަރާރުތައް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެއިން ތަސްދީގުކޮށްފައިވާ މުއާހަދާތަކާއި، ދިވެހިރާއްޖެ ސޮއިކޮށްފައިވާ މުއާހަދާތަކާއި، ދިވެހިރާއްޖެއިން ގަބޫލުކޮށްފައިވާ މުއާހަދާތަކުގެ ތެރެއިން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި ދެމެހެއްޓުމަށާއި ކުރިއެރުވުމަށް ދިވެހިރާއްޖެއަށް ލާޒިމުކުރާ މުއާހަދާތަކަށާއި، އެފަދަ ގަރާރުތަކަށެވެ.
ދުށްމަން
”ދުށްމަން“ ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގްލާލަށް ގެއްލުންވާފަދަ ޢަމަލެއް ކުރާ ބިދޭސީންނަށެވެ. ”ދުށްމަން“ ގެ މާނައިގައި ރައްޔިތުންނެއް ނުހިމެނޭނެއެވެ.
ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަ
"ފައިޓޯސެނިޓަރީ އިމްޕޯޓް ހުއްދަ" ކަމަށް ބުނެފައިއެވަނީ، އިމްޕޯޓްކުރުމުގައި ފުރިހަމަކުރަންޖެހޭ ފައިޓޯސެނިޓަރީ ށަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން މުދާ އިމްޕޯޓްކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން ދޫކުރެވޭ ރަސްމީ ލިޔުމަކަށެވެ.
ފަތުވާ
"ފަތުވާ" ކަމަށް ބުނެފައި އެވަނީ، ށަރުއީ ހުކުމަކާ ގުޅޭގޮތުން، އެއަށް ދެވޭ ދީނީ ލަފައަށެވެ.
ފިސްކަލް ކަންކަން
"ފިސްކަލް ކަންކަން" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ބަޖެޓުގެ ސިޔާސަތާގުޅޭ ކަންކަމަށެވެ.
ފައިނޭންށަލް ނުވަތަ ސިސްޓަމިކް ބޭންކިންގ ކްރައިސިސް
"ފައިނޭންށަލް ނުވަތަ ސިސްޓަމިކް ބޭންކިންގ ކްރައިސިސް" ކަމަށް ބުނުފައިއެވަނީ ދައުލަތުން އެކަމަށް ފިޔަވަޅެއް އަޅަން ޖެހޭ ފަދަ ގޮތަކަށް ގިނަ ބޭންކް ނުވަތަ މާލީ އިދާރާތަކުގެ ރައުސުލްމާލަށް އާދަޔާ ހިލާފު ހީނަރުކަމެއް މެދުވެރިވެދާނެ ހާލަތެއް މެދުވެރިވުމަށެވެ.
ފޮރިން އިންވެސްޓްމަންޓް
"ފޮރިން އިންވެސްޓްމަންޓް" އޭ ބުނެފައި އެވަނީ، ގާނޫނު ނަންބަރު 4/1979 ގެ ދަށުން "ދިވެހިރާއްޖޭގައި ބިދޭސީން ކުރާވިޔަފާރި" ފިޔަވައި، މިގާނޫނުގެ 1 ވަނަ މާއްދާ އާއި 4 ވަނަ މާއްދާ ގައި ކަނޑައަޅާފައިވާ ގޮތަށް ބޭރު ގައުމުތަކުގެ ސަރުކާރުތަކާއި، ޖަމާއަތްތަކާއި، ކުންފުނިތަކާއި، ބިދޭސީން ރާއްޖޭގައި އިގްތިސާދީ މަސައްކަތެއް ހިންގުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި ފައިސާއާއި ހިދްމަތަށެވެ.
ފަންޑު މެނޭޖްކުރުން
"ފަންޑު މެނޭޖްކުރުން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި އުސޫލުން، އެހެން ފަރާތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ އުސޫލުތަކެއްގެ މަތިން އެފަރާތުގެ ފައިސާ އިންވެސްޓްކޮށް އެ އިންވެސްޓްމަންޓާބެހޭ ހައްގުތައް ބަލަހައްޓައި ކުރިއަރުވައި މެނޭޖްކޮށްދިނުމަށެވެ
ފާސްކުރާ ބަޖެޓު
"ފާސްކުރާ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މާލީ އަހަރަކަށް ކަނޑައެޅިފައިވާ ބަޖެޓާއި ހިނގަމުންދާ ބަޖެޓަކަށް އިތުރުކުރުމަށް ކަނޑައެޅޭ ފައިސާ އަށެވެ.
ފިސްކަލް އޭޖެންސީ
"ފިސްކަލް އޭޖެންސީ" ކަމަށް ބުނެފައި އެވަނީ ފައިސާއާބެހޭ ހުރިހާކަމެއް ހިންގާ ބަލަހައްޓާ އިދާރާއަށެވެ.
ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ހިދުމަތް
"ފައިސާ ނުވަތަ ވެލިއު ޓްރާންސްފަރގެ ހިދުމަތް" ކަމަށް ބުނެފައިއެވަނީ، ނަގުދު ފައިސާ، ޗެކް ނުވަތަ އެނޫންވެސް ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުންތައް ގަބޫލުކުރުމާއި، އަދި މުއާސަލާތުކޮށްގެން ނުވަތަ މެސެޖް ފޮނުވައިގެން ނުވަތަ ޓްރާންސްފަރކޮށްގެން ނުވަތަ ވެލިއުޓްރާންސްފަރކުރާ ފަރާތުގެ ކްލިއަރިންގ ސިސްޓަމެއް މެދުވެރިކޮށް ބެނެފިށަރީއަށް އޭގެ އަގު ނަގުދު ފައިސާއިން ނުވަތަ އެހެންވެސް ގޮތަކުން ފޮނުވުމަށެވެ.
ފަރުދެއް
"ފަރުދެއް" ކަމަށް ބުނެފައިއެވަނީ، ތަބީއީ ފަރުދަކަށެވެ.