ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ތާރޑް ޕާޓީ އިންށުއަރެންސް
"ތާރޑް ޕާޓީ އިންށުއަރެންސް" ކަމަށް ބުނެފައި އެވަނީ ތިމާގެ އުޅަނދަކުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނުވަތަ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭގޮތަށް ކޮށްފައި ހުންނަ އިންށުއަރެންސަށެވެ.
ތަމްސީލުކުރާ އޮފީސް ނުވަތަ ތަމްސީލުކުރާ އޮފީހެއް
"ތަމްސީލުކުރާ އޮފީސް" ނުވަތަ "ތަމްސީލުކުރާ އޮފީހެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީގޮތުން ބޭންކެއްގެ ޒިންމާގެ ދަށުގައިވާ، އެތަނެއްގެ މަސައްކަތްތަކަކީ އެކި ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި، އެ ބޭންކާއި އެހެން ފަރާތްތަކާދެމެދު މުއާމަލާތުކުރުމުގެ މަސައްކަތްކުރުން ކަމުގައިވާ ތަންތަނަށެވެ. އަދި މިފަދަ ތަންތަނަކީ އެއްވެސް ބޭންކިންގގެ ހަރަކާތެއް ނުހިންގޭނެ އަދި ޑިޕޮސިޓް ގޮތުގައި ނުވަތަ އެހެންވެސް ގޮތަކަށް އަނބުރާ ދޭގޮތަށް އާންމުންގެ ކިބައިން ފައިސާ ނެގުމުގެ މަސައްކަތް ނުކުރެވޭނެ ތަންތަނެވެ.
ތަފާތުކުރުން
"ތަފާތުކުރުން" ކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަމެއްގެ މައްޗަށް ބިނާކޮށް ސިޔާސީ، އިގްތިސާދީ، އިޖްތިމާއީ، ސަގާފީ، މަދަނީ ނުވަތަ އެނޫންވެސް ރޮނގަކުން އެއްވެސް މީހެއްގެ އިންސާނީ ހައްގަކާއި އަސާސީ މިނިވަންކަން އެހެން މީހުންނާ އެއްހަމައެއްގައި ލިބިގަނެ އެ ހައްގުތަކުގެ ބޭނުންހިފުން ނައްތާލުމުގެ ނުވަތަ ހުރަސްއެޅުމުގެ މަގްސަދުގައި ނުވަތަ އެފަދަ އަސަރެއް ފޯރާފަދަ ގޮތެއްގައި ކުރެވޭ ތަފާތުކުރުމެއް، ބާކީކުރުމެއް ނުވަތަ އެކަހެރިކުރުމެއް ނުވަތަ މަނާކުރުމަކަށެވެ. އޭގެ ތެރޭގައި އެކަށީގެންވާ މާހައުލެއް ގާއިމްކޮށްދިނުމަށް އިންކާރުކުރެވޭ ކުރެވުންވެސް ހިމެނެއެވެ.
ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު
"ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އިދާރާއަކުން އުފައްދާ މައުލޫމާތެއް ނުވަތަ ބަލަހައްޓަމުންދާ މައުލޫމާތެއް ނުވަތަ ގެންގުޅެމުންދާ މައުލޫމާތަކަށެވެ.
ދައުލަތުގެ މުދާ
"ދައުލަތުގެ މުދާ" ކަމަށް ބުނެފައި އެވަނީ، ދައުލަތަށް މިލްކުވެގެންވާ، ނުވަތަ ދައުލަތުގެ ނަމުގައި މީހެއްގެ ބެލުމުގެ ދަށުގައިވާ އުފުލޭ، ނުވަތަ ނުއުފުލޭ މުދަލަށެވެ.
ދީނީ ށިއާރު ފާޅުކުރުން
"ދީނީ ށިއާރު ފާޅުކުރުން" ކަމަށް ބުނެފައި އެވަނީ، ހެޔޮކަންތައްތަކަށް އަމުރުކޮށް، ނުބައިކަންތައްތައް ނަހީކުރުމާއި، އިސްލާމްދީނުގެ ހަގީދާއާއި، ހުކުމްފުޅުތަކާއި، އަމުރުފުޅުތަކާއި، ވާޖިބުތަކާއި، އޭގެ ދަށުން ތަރުތީބުވެގެން އަންނަ އެންމެހައި ކަންތައްތަކެއް މީސްތަކުންނަށް ބަޔާންކޮށްދީ، އިސްލާމްދީން ގާއިމުކުރުމަށެވެ.
ދީނީ ށިއާރު
"ދީނީ ށިއާރު" ކަމަށް ބުނެފައި އެވަނީ، ކީރިތި ގުރްއާނާއި ރަސޫލުﷲ ސައްލަﷲ ހަލައިހި ވަސައްލަމަގެ ސައްހަ ސުންނަތުގައި ބަޔާންވެގެންވާ އިސްލާމްދީނުގެ މަތިވެރި ހަގީދާއާއި ރުކުންތަކާއި ހުކުމްފުޅުތަކާއި އަމުރުފުޅުތަކާއި ވާޖިބުތަކާއި، އޭގެ ދަށުން ތަރުތީބުވެގެން އަންނަ އެންމެހައި ކަންކަމަށެވެ.
ދާއިމީ ވަޒީފާ އަދި ވަޒީފާގެ ދާއިމީކަން
"ދާއިމީ ވަޒީފާ" އަދި "ވަޒީފާގެ ދާއިމީކަން" މިހެން ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތަކާއެކު، އެފަރާތުގެ ވަޒީފާގައި، މެދުކެނޑުމެއްނެތް ގޮތުގައި މުވައްޒަފަކު މަސައްކަތްކުރާ ކުރުމަށެވެ.
ދުވާރު
"ދުވާރު" ކަމަށް ބުނެފައި އެވަނީ މަގުގެ އަރިމަތީގައި ހިނގުމަށް ހާއްސަކޮށްފައިވާ ތަނަށެވެ.
ދިރިނޫޅޭ ތަންތަން
"ދިރިނޫޅޭ ތަންތަން" ކަމަށް ބުނެފައިއެވަނީ، މީހުން ދިރިއުޅުމަށް ބޭނުންކުރާ ތަނެއް ނޫން ހަމަކޮންމެ ތަނަކަށެވެ.
ދިރިއުޅޭ ތަން
"ދިރިއުޅޭ ތަން" ކަމަށް ބުނެފައިއެވަނީ، މީހަކު ދިރިއުޅުމަށްޓަކައި ބޭނުންހިފާ ނުވަތަ ބޭނުންކުރާ އިމާރާތަކަށް ނުވަތަ އިމާރާތެއްގެ ބަޔަކަށް ނުވަތަ ގޯއްޗަކަށް ނުވަތަ ގޯއްޗެއްގެ ބަޔަކަށެވެ. އަދި މި މާނަކުރުމުގައި ގެއާއި ކޮންޑޮމީނިއަމާއި، އެޕާޓްމަންޓާއި، ކޮޓެޖާއި، މޯބައިލް ގެތަކާއި، ދިރިއުޅުމަށް ބޭނުންކުރާ ބޯޓު ފަހަރާއި އުޅަނދުފަހަރާއި، އަދި ބަސް ހިމެނޭ ގޮތަށެވެ.
ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލި
"ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލި" ކަމަށް ބުނެފައިއެވަނީ، ކެއިންބުއިމަށް ބޭނުންކުރާ އެއްޗެހީގެ ސަބަބުންނާއި، ތިމާ ދިރިއުޅޭ ވެށީގެ ސަބަބުންނާއި، ސިއްހަތުގެ ދުޅަހެޔޮކަމަށް ބުރަވުމެއްނެތް ގޮތުގައި ތަބާވާ އާދަތަކުގެ ސަބަބުން، ޖެހޭ ފުރާނައަށް ނުރައްކާވާފަދަ ބަލިތަކަށާއި ގައިންގަޔަށް ނާރާ ބަލިތައް ހިމެނޭ ގޮތަށެވެ.
ދިރިއުޅުން އާންމުކޮށް ދިވެހިރާއްޖޭގައި ގާއިމުވެފައި ނުވުން
"ދިރިއުޅުން އާންމުކޮށް ދިވެހިރާއްޖޭގައި ގާއިމުވެފައި ނުވުން" ކަމަށް ބުނެފައިއެވަނީ، އަހަރެއްގެ ތެރޭގައި، ޖުމްލަ 183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހަށްވުރެ ކުރު މުއްދަތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅުމަށެވެ.
ދައުލަތުގެ މުވައްޒަފު
"ދައުލަތުގެ މުވައްޒަފު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެންމެހައި ސިފައިންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންމެހައި ފުލުހުންނާއި، ދިވެހި ސިވިލް ސަރވިސްގެ އެންމެހައި މުވައްޒަފުންނާއި، ގާނޫނުއަސާސީން ނުވަތަ ގާނޫނުން އުފައްދާފައިވާ އިދާރާތަކާއިމުއައްސަސާތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ އެންމެހައި މީހުންނާއި، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން އައްޔަންކޮށްފައިވާ އެންމެހައި މީހުންނާއި، ދިވެހިސަރުކާރު ނުވަތަ ދިވެހި ދައުލަތުގެ ރަސްމީ މަސްއޫލިއްޔަތުތަކުގެ ތެރެއިން މަސްއޫލިއްޔަތެއް ހަވާލުވެގެންވާ އެންމެހައިފަރާތްތައް ވަކިވަކިންނާއި ޖުމްލަކޮށް ހިމެނޭގޮތުންނެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު
"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި ވަނީ، ރަށްރަށުގެ ފަޅާއި، ފަރު، ހާ، ގިރި، ހިމެނޭ ގޮތުން ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، ހާއްސަ އިގްތިސާދީ ސަރަހައްދު ހިމެނޭ ގޮތަށެވެ.