ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ރިސީވަރު
"ރިސީވަރު" ކަމަށް ބުނެފައި އެވަނީ، އަރަންޏަށްވުރެ ދަރަނި ގިނަވެފައިވާ ބޭންކެއްގެ އެސެޓުތައް ވިއްކުމަށާއި، ވިއްކައިގެން ލިބޭ ފައިސާއިން، މި ގާނޫނުގައި އިސްކަންދީފައިވާ ތަރުތީބުން ދަރަނިތައް ހަލާސްކުރުމުގެ މަސައްކަތްކުރުމަށް އެމް.އެމް.އޭ އިން އައްޔަންކުރާ ފަރާތަކަށެވެ.
ރީކެޕިޓަލައިޒް ކުރުން
"ރީކެޕިޓަލައިޒް ކުރުން" ކަމަށް ބުނެފައި އެވަނީ، ބޭންކެއްގެ ރައުސްމާލުގެ ޖުމްލަ އިތުރު ކުރުމަށެވެ.
ރިސްކް އެޖަސްޓެޑް އެސެޓު
"ރިސްކް އެޖަސްޓެޑް އެސެޓު" ކަމަށް ބުނެފައި އެވަނީ، އެކި ބާވަތުގެ އެސެޓުތަކާ ގުޅިފައިވާ، ނުވަތަ އެ އެސެޓުތަކަށް ކުރިމަތިވެދާނެ ރިސްކްއާގުޅޭ ގޮތަށް އެ އެސެޓުތަކުގެ އަގަށް ބަދަލު ގެނެވިފައިވާ ބޭންކުގެ އެސެޓުތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހާ
"ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިވެފައިވާ މީހާ" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދިނުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު، ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެ މަތިން އެމަގާމުން ވަކިވެފައިވާ މީހުންނަށެވެ. އަދި ގާނޫނުއަސާސީގެ 300 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާކުރުމަށްފަހު އެމަގާމުން ވަކިވެފައިވާ މީހުންވެސް މި މާނައިގެ ތެރޭގައި ހިމެނޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހެއް
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހެއް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާ މެންބަރުންގެ ތެރެއިން މަޖިލީހުގެ އުމުރުގެ ދައުރެއްގެ، އެންމެ މަދުވެގެން 4 (ހަތަރެއް) އަހަރު މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށެވެ. އަދި އެފަދަ މީހަކަށް ހައްގުވާ މާލީ އިނާޔަތާއި އެހެން އިނާޔަތްތައް ދިނުމުގައި އެމީހަކު ވަކިވާ ތާރީހުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މަޖިލީހުގެ އުމުރުގެ ހުރިހާ ދައުރެއް ގުނޭނެއެވެ. މިގޮތުން މަޖިލީހުގެ ދައުރު ގުނުމުގައި، ރައްޔިތުންގެ މަޖިލީހުގެ އުމުރުގެ ދައުރެއްގެ އެންމެ މަދުވެގެން 4 (ހަތަރެއް) އަހަރު މެންބަރުކަން ކުރުމުން، އެއީ ދައުރެއްގެ ގޮތުގައި ގުނޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ދައުރެއް
"ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ދައުރެއް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ އެއް އިންތިހާބުން އަނެއް އިންތިހާބާ ދެމެދުގައި މެންބަރުކަމުގައި މެދުނުކެނޑި ދެމިހުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް
"ރައްޔިތުންގެ މަޖިލީހުގެ ރައީސް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހިމެނިގެންވާގޮތަށެވެ.
ނިއުޓްރިށަނިސްޓް
"ނިއުޓްރިށަނިސްޓް" ކަމަށް ބުނެފައިއެވަނީ، ކުދިންގެ ކާނާއާގުޅޭގޮތުން ލަފާދިނުމުގެ އިލްމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.
ނޫޓު އަދި ފައިސާފޮތި
"ނޫޓު" އަދި "ފައިސާފޮތި" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1981 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ ދަށުން ފައިސާގެ ގޮތުގައި ބޭނުން ކުރުމަށް ނެރެފައިވާ ނޫޓަށާއި ފައިސާފޮއްޗަށެވެ.
ނިއު މީޑިއާ
"ނިއު މީޑިއާ" ކަމަށް ބުނެފައި އެވަނީ، ހަބަރާއި މައުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އިންޓަރނެޓާއި އެނޫންވެސް ޓެކްނޮލޮޖީތަކުގެ ތެރެއިން އަލަށް އުފެދޭ ފޭސްބުކް، ޓްވިޓަރ، ޔޫޓިއުބްފަދަ ވަސީލަތްތަކަށާއި، ހަބަރާއި މައުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދުނިޔޭގައި އަލަށް ބޭނުންކުރެވޭ އެންމެހައި އީޖާދުތަކަށެވެ.
ނުރައްކާތެރި ހަތިޔާރު
"ނުރައްކާތެރި ހަތިޔާރު" ކަމަށް ބުނެފައި އެވަނީ، ބަޑިއާއި ވަޒަން ފޮނުވާގޮތައް ހަދާފައި ހުންނަ އެހެން ބާވަތްތަކުގެ ވަސީލަތްތަކާއި، ތޫނު ހަތިޔާރާއި، ކޯރާޑިއާއި، ވަޅިއާއި، ރޭޒަރުތިލައާއި، މިފަދަ އެއްޗެހި ހިމެނޭނެހެންނެވެ.
ނެޓްވަރކްގެ ސަރަހައްދު
"ނެޓްވަރކްގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ބޭނުމަށް އޮތޯރިޓީން، ލިޔުމަކުން ނެރޭ ގަރާރުގައި ކަނޑައަޅާފައިވާ ނެޓްވަރކްގެ ސަރަހައްދަކަށެވެ. މިގޮތުން ނެޓްވަރކްގެ ސަރަހައްދެއް ކަނޑައަޅާފައި ނުވާނަމަ، ނެޓްވަރކްގެ ސަރަހައްދުކަމަށް ބަލާނީ:
އަމިއްލަ މީހުންގެ ގޯތިގެދޮރުގައި ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ބެހެއްޓޭ ފުރަތަމަ ސޮކެޓަށް؛ ނުވަތަ
ޢިމާރާތެއްގައި ބެހެއްޓިފައި ހުންނަ ޑިސްޓްރިބިއުށަންގެ މައި ފޮއްޓަށް؛ ނުވަތަ
އޮތޯރިޓީން ލިޔުމަކުން ވަކިގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ހިދުމަތް ލިބިގަންނަ ފަރާތާއި، ލައިސަންސް ލިބިފައިވާ ފަރާތުން ނެޓްވަރކްގެ ސަރަހައްދުކަމަށް އެއްބަސްވާ ތަނަކަށެވެ.
ނެޓްވަރކް ފެސިލިޓީ ނުވަތަ ނެޓްވަރކްގެ ވަސީލަތްތައް
"ނެޓްވަރކް ފެސިލިޓީ" ނުވަތަ "ނެޓްވަރކްގެ ވަސީލަތްތައް" ކަމަށް ބުނެފައި އެވަނީ، ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އިކުއިޕްމަންޓްތައް ނުހިމެނޭ ގޮތުގެމަތިން، ޓެލެކޮމިއުނިކޭށަންގެ ހިދުމަތެއް ދިނުމުގެ ގޮތުން ނުވަތަ އެފަދަ ހިދުމަތަކާ ގުޅޭގޮތުން ބޭނުންކުރާ، މާއްދީ އޮނިގަނޑުގެ މާއްދާއަކަށް ނުވަތަ މާއްދާތަކަކަށެވެ.
ވިޔަފާރި
"ވިޔަފާރި" ކަމަށް ބުނެފައިވަނީ މާލީފައިދާ ނުވަތަ އާމްދަނީ ހޯދުމަށް ކުރާ ކޮންމެ މަސައްކަތަކަށް ނުވަތަ ކަމަކަށެވެ. މީގެތެރޭގައި، މީހެއްގެ އަމިއްލަ މުދަލަކުން، ވިޔަފާރި ހިންގުންކަމަށް ނުވާގޮތަށް މުއާމަލާތު ކުރުމެއް ނުހިމެނެއެވެ.
ހިޔާލުފާޅުކުރުން
"ހިޔާލުފާޅުކުރުން" ކަމަށް ބުނެފައި އެވަނީ:-
- ދުލާއި ގަލަމުން އަދި އެނޫންވެސް ވަސީލަތެއް މެދުވެރިކޮށްގެންވިޔަސް، އެއްވެސް މީހެއްގެ ބުއްދިއަށް ފެންނަ ފިކުރެއް ފާޅުކޮށް، އެހެން މީހަކަށް ނުވަތަ މީހުންނަށް އެ ޚިޔާލު އަންގާ އެންގުމަށާއި؛
- ތިމާ ޤަބޫލުކުރާ ވިސްނުމެއް ގެންގުޅުމާއި، ތިމާ ބޭނުންވާ ގޮތަކަށް ކަންކަމާމެދު ދުށުމާއި؛
- ޤައުމެއްގެ އިމެއްގެ ހުރަހެއް މެދުވެރިވުމެއްނެތި އަނގަބަހުން ނުވަތަ ލިޔުމުން ނުވަތަ ޝާއިޢުކޮށްގެން ނުވަތަ ޗާޕުކޮށްގެން، ނުވަތަ ކުރަހައިގެން، ނުވަތަ އިޚްތިޔާރުކުރާ އެހެންވެސް ގޮތަކަށް ފާޅުކުރުމާއި ފޯރުކޮށްދިނުމާއި؛
- އެހެން ޤާނޫނެއްގައި ނުވަތަ މި ގާނޫނުގެ އެހެން މާއްދާއެއްގައި، އެހެންގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ލީފްލެޓް ބެހުމާއި، ކަރުދާސް ބެހުމާއި، ފޮތި ދެމުމާއި، ލޯގޯ އާއި ނިޝާން ގެންގުޅުމާއި، މަގުތަކާއި ޢާންމު ތަންތަނުގައި ބޭނުން ހިފައި އެހެން މީހުންނަށް އުނދަގޫ ނުވާނެ ފަދައިން މަގުތަކާއި ޢާންމު ތަންތަނުގައި ހިނގުމާއި، މައިކްރޯފޯން ނުވަތަ އެނޫންވެސް ވަސީލަތެއް ބޭނުންކޮށްގެން ވާހަކަދައްކާ ޝުޢޫރުފާޅުކުރުމަށެވެ.