ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ފަންޑު އެގްރީމަންޓް
"ފަންޑު އެގްރީމަންޓް" ގެ މާނައަކ ފަންޑު އެފެއްދުމާއި ހިންގުމުގެ އިސްލާހް ކުރެވިފައިވާ އެގްރީމަންޓުގެ މާއްދާތަކެވެ. މީގެތެރޭގައި ސްޕެށަލް ޑްރޮއިންގ އެކައުންޓްވެސް ހިމެނެއެވެ.
ފޫޅުމައިން
"ފޫޅުމައިން" ކަމުގައި ބުނެފައި އެވަނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިއްހީ އެހީތެރިންނާއި، މިނޫންވެސް މީހުން ވިއްސުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ދެއްވާފައިވާ އެންމެން ހިމެނޭ ގޮތުގެ މަތިންނެވެ.
ފާހާނާ
"ފާހާނާ" ކަމަށް ބުނެފައިއެވަނީ، މީހުން ފާހާނާކުރުމަށްޓަކައި، އެއް ކޮޓަރި ނުވަތަ އެއަށްވުރެ ގިނަ ކޮޓަރި ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ، އާންމުކޮށް ވަދެވޭގޮތަށް ހުޅުވާލާފައިވާ ތަންތަނަށާއި މޫނު ދޮވުމާއި ފާހާނާކުރުމުގެ ހިދުމަތް ދޭ އެފަދަ ކޮޓަރިތަކަށެވެ.
ފްރީ-ޓު-އެއަރ
"ފްރީ-ޓު-އެއަރ" ކަމަށް ބުނެފައި އެވަނީ، އެންކްރިޕްޓްކުރުމަކާ ނުލައި، އެކަށީގެންވާ ރިސީވަރެއް މެދުވެރިކޮށް ހާސިލުކުރެވިދާނެ އަދިއެ ހިދުމަތް ހޯދުމަށްޓަކައި އަގެއް ދައްކަންނުޖެހޭ ބާވަތުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބްރޯޑްކާސްޓްކުރުމަށެވެ.
ފަރާތެއް
"ފަރާތެއް" ކަމަށް ބުނެފައި އެވަނީ، މީހުންނާއި ގާނޫނީ ށަހްސު ހިމެނޭގޮތަށެވެ.
ފައިސާ
"ފައިސާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ފައިސާގެ ގޮތުގައި ބޭނުންކުރާ (އޭގެ ތެރޭގައި ނޫޓާއި ފައިސާ ފޮތި ހިމެނޭ) ފައިސާ އަށެވެ.
ފަނޑިޔާރުން
”ފަނޑިޔާރުން“ ކަމުގައި ބުނެފައި އެވަނީ، ސުޕްރީމްކޯޓާއި، ހައިކޯޓާއި، ދަށުކޯޓުތަކުގައި ށަރީޢަތްކުރުމަށްޓަކައި މި ގާނޫނުއަސާސީ ގައިވާ ގޮތުގެމަތީން ޢައްޔަންކުރާ މީހުންނަށެވެ.
މީހުން ދިރިއުޅޭ ރަށް
"މީހުން ދިރިއުޅޭ ރަށް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން އިއުލާންކޮށް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ނުވަތަ އޭގެފަހުންވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގެ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ރަށްރަށާއި އިދާރީ ގޮތުން ހިންގުން ވަކިކުރެވިފައިވާ އަވަށްތަކަށާއި ސަރަހައްދުތަކަށެވެ.
މަތީ ތައުލީމާބެހޭ ގައުމީ މަޖިލިސް
"މަތީ ތައުލީމާބެހޭ ގައުމީ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާގުޅޭ އެންމެހާ ސިޔާސަތުތައް ކަނޑައަޅައި ވިލަރެސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދާ މަޖިލީހަށެވެ.
މަރުކަޒު
"މަރުކަޒު" ކަމަށް ބުނެފައިއެވަނީ، ކުޑަކުދިން ބެލެހެއްޓުމުގެ މަސައްކަތްކުރާ މަރުކަޒުތަކަށް، ނުވަތަ ގެތަކަށް، ނުވަތަ ހޮސްޕިޓަލްތަކަށް، ނުވަތަ އިސްލާހީ މަރުކަޒުތަކަށް، ނުވަތަ ޒުވާންކުދިން ބަންދުގައި ބޭތިއްބުމުގެ މަރުކަޒުތަކަށް، ނުވަތަ މީހުން ވަގުތީގޮތުން ބަންދުގައި ބޭތިއްބުމުގެ މަރުކަޒުތަކަށް، ނުވަތަ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން މަރުކަޒެއްކަމަށް ކަނޑައަޅާ އެހެން ތަންތަނަށެވެ.
މައިންބަފައިން
"މައިންބަފައިން" ގެ މާނައަކީ، ކުއްޖާގެ މަންމައާއި ބައްޕައާއި ށަރުއީބަލަދުވެރިންނެވެ. އެއިރަކު އެކުއްޖަކު ބަލަމުންދާ ބެލެނިވެރިންވެސް، މިގާނޫނުގައިބުނާ މައިންބަފައިން ކަމުގައި ބެލެވޭނެއެވެ.
މުދާ ބޭލުން
"މުދާ ބޭލުން" ކަމަށް ބުނެފައިވަނީ އެ އުޅަނދަކުން މުދާ އުކާލުމާއި، އެ އުޅަނދަކުން މުދާ ބޭރުކުރުންވެސް ހިމެނޭ ގޮތަށެވެ.
މުދަލުގެ ވެރިފަރާތް
"މުދަލުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގޮތަކަށް މުދަލެއް ދިވެހިރާއްޖެއަށް އެތެރެކުރާއިރު ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާއިރު، މުދަލުގެ ވެރިފަރާތް ކަމުގައި ބަޔާންކޮށްފައިވާ ފަރާތާއި، އެފަރާތް ތަމްސީލުކުރާ ފަރާތަށެވެ.
މީހަކު
"މީހަކު" ކަމަށް ބުނެފައިއެވަނީ، އުމުރުން 18 އަހަރު ފުރިފައިވާ ބުއްދި ސަލާމަތުންހުރި މީހަކަށެވެ.
މިނިވަން ޕްރޮޑިއުސަރު
"މިނިވަން ޕްރޮޑިއުސަރު" ކަމަށް ބުނެފައި އެވަނީ، ވަކި ބްރޯޑްކާސްޓަރެއްގެ ވަޒީފާއެއްގައި ނޫޅޭ، ވަކި ބްރޯޑްކާސްޓަރެއްގެ ނުފޫޒެއްގެ ދަށުގައިނެތް ގޮތުގައި ރޭޑިއޯ ނުވަތަ ޓެލެވިޒަން ޕްރޮގްރާމްތައް އުފައްދާ ފަރާތަކަށެވެ.