gaanoon_logo
-
ޓޯޗަރ
"ޓޯޗަރ" ކަމަށް ބުނެފައި އެވަނީ، މާއްދީ އަނިޔާއާއި ޖިސްމާނީ އަނިޔާއާއި ރަހުމުކުޑަ ލާއިންސާނީ އިހާނެތި އަމަލާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބުތަކަށެވެ.
މޭޖަރ ހިއްސާދާރެއް
މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީގޮތުން ވަކި ށަހުސެއްގެ ރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ބާރުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ)، ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީ އަށް ގަބޫލުކުރެވޭގޮތުގައި އެ ށަހުސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.
އެގްޒެކެޓިވް އޮފިސަރ
"އެގްޒެކެޓިވް އޮފިސަރ" ކަމަށް ބުނެފައި އެވަނީ، އޯފްށޯރ ބޭންކު-ނޫން މާލީ އިދާރާގެ މުވައްޒަފުންގެ ތެރެއިން އެ އިދާރާގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނާއި، އެ އިދާރާގެ ހަރަކާތްތަކުގެ ތެރެއިން ބޮޑުބައެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފުންނާއި، އެ އިދާރާގެ ފައިސާއިން ލޯނު ދޫކުރުމާއި އިންވެސްޓް ކުރުމަށް ހުއްދަދީފައިވާ މުވައްޒަފުންނަށެވެ. މިފަދަ މުވައްޒަފަކީ ކޮންމެ މަގާމެއްގައި ހުރި މުވައްޒަފެއްނަމަވެސް، މި ގަވާއިދުގައިވާ ގޮތުން "އެގްޒެކެޓިވް އޮފިސަރ" އެއް ކަމުގައި ބެލެވޭނެއެވެ. މިގޮތުން، އެ އިދާރާއެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން، ރައީސް، މެނޭޖިންގ ޑިރެކްޓަރ، ރައީސްގެ ނައިބު، ލޯނު ދޫކުރުމުގެ އެންމެ އިސް މުވައްޒަފު، ޗީފް ފައިނޭންށަލް އޮފިސަރު، ޗީފް އެގްޒެކެޓިވް އޮފިސަރު، ޖެނެރަލް މެނޭޖަރު، އަދި ހަޒާންދާރު ހިމެނޭނީ "އެގްޒެކެޓިވް އޮފިސަރު" ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައެވެ.
ޕެންށަން އޮފީސް
"ޕެންށަން އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ "މޯލްޑިވްސް ޕެންށަން އެޑްމިނިސްޓްރޭށަން އޮފީސް" އަށެވެ
ނޫޓް އަދި ފައިސާފޮތި
"ނޫޓް" އަދި "ފައިސާފޮތި" ކަމަށް ބުނެފައި އެވަނީ މިގާނޫނުގެ ދަށުން ފައިސާގެ ގޮތުގައި ބޭނުންކުރުމަށް ނެރެވޭ ނޫޓާއި ފައިސާ ފޮއްޗަށެވެ.
ނޯޓަރީ
"ނޯޓަރީ" ކަމަށް ބުނެފައިއެވަނީ، ލިޔުމެއް ނުވަތަ އެއްބަސްވުމެއް ފޯމެއް ނުވަތަ އިގްރާރެއްގެ ސައްހަކަން ނުވަތަ ތެދުކަން ކަށަވަރުކޮށްދިނުމުގެ ގޮތުން، އެކަމަށް ހެކިވެ ސޮއިކުރުމަށް ގާނޫނު ހުއްދަކުރާ ފަރާތަކަށެވެ.
ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން
''ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވުން" ކަމަށް ބުނެފައ އެވަނީ އަންނަނިވި ކަންތައްތަކަށެވެ. މަގުތަކުގައި ކަތިކައްޗަށް (ޒިގްޒެގްކޮށް) މަގު ހުރަސްވާގޮތަށް ބާރު ސްޕީޑްގައި އެއްގަމު އުޅަނދު ދުއްވުން؛ ސައިލެންސަރުން އަޑުގަދަކޮށްގެން ޢާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބަދަލުގެނެސްގެން (މޮޑިފައިކޮށްގެން) އެއްގަމު އުޅަނދު ދުއްވުން؛ ހަރު ގާނަމުން އެއްގަމު އުޅަނދު ދުއްވުން؛ ގޯޅިއަކަށް ނުވަތަ މަގަކަށް ނުކުންނައިރު ނުވަތަ މަގުތަކުގައި ދުއްވާއިރު ދުވެލިމަތަ (ބަންޕަރު) އަށް މަޑުނުކޮށް ބާރު ސްޕީޑްގައި ދުއްވުން؛ ޓްރާންސްޕޯޓް އޮތޯރިޓީއާއި އެ އޮތޯރިޓީން ކަނޑައަޅާ އިދާރާތަކުން، ހުއްދަ ނުނަގައި، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ރޭސްޖަހަން ދުއްވުމާއި މަގުތަކުގައި ދުއްވާ އެހެން ވެހިކަލްތަކަށް ޖާގަނުދީ، ރައްކާތެރިކަމާއެކު ކުރިއަރައިގެންދާނެ ޖާގަނެތި ނުރައްކާތެރިކޮށް އޯވަރޓޭކްކުރަމުން ދުއްވުން؛ މަސްތުގެ ޙާލަތުގައި ހުރެގެން އެއްގަމު އުޅަނދު ދުއްވުން.
ނުރައްކާތެރި ބަލި
"ނުރައްކާތެރި ބަލި" ކަމަށް ބުނެފައިއެވަނީ، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ނުރައްކާތެރި ބަލިކަމަށް ކަނޑައަޅާ ބައްޔަށެވެ.
ނަފްސާނީ ގެއްލުން
"ނަފްސާނީ ގެއްލުމުގެ" މާނައަކީ، ކުއްޖާގެ ހިތަށް ނުވަތަ ސިކުޑިއަށް ކުރާފުން އަސަރެއްގެ ސަބަބުން އޭނާގެ އުޅުމަށް ނުވަތަ ކަންކަމާމެދު އޭނާ ވިސްނާ ގޮތަށް ނޭދެވޭ ބަދަލެއް އައުމެވެ.
ނިޔާކަނޑައެޅުން
"ނިޔާކަނޑައެޅުން" ކަމަށް ބުނެފައިވަނީ، ށަރިއަތާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ށަރީއަތުގެ މަޖިލީހުން ކަނޑައަޅާ ހުކުމަކަށެވެ.
ނޯޓިކަލް މޭލު
"ނޯޓިކަލް މޭލު" ކަމަށް ބުނެފައިވަނީ، 1852 މީޓަރުން އެކުލެވިފައިވާ އިންޓަރނޭށަނަލް ނޯޓިކަލް މޭލަށެވެ.
ނާޖާއިޒު ފައިދާ
"ނާޖާއިޒު ފައިދާ" ކަމަށް ބުނެފައިވަނީ، އެމީހަކު އަދާކުރާ ވަޒީފާއެއްގެ ނުވަތަ ކުރާ މަސައްކަތެއްގެ މުގާބިލުގައި، ވަޒީފާދޭ ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން ކަނޑައަޅާ މުސާރައާއި، އުޖޫރައާއި، އެހެނިހެން އިނާޔަތްތަކާއި، ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް ލިބިދޭ އެކިއެކި ފަސޭހަތަކާއި މަންފާތަކުގެ އިތުރުން، އެމީހަކު މަގާމުގެ ނުފޫޒުބޭނުން ކޮށްގެން ނުހައްގުން ހޯދާ، ނުވަތަ ހޯދައިދޭ، ނުވަތަ ގަބޫލުކުރާ ރިށްވަތު ކަމުގައި ނުހިމެނޭ ކޮންމެ މަންފާއަކަށެވެ.
ނުރައްކާތެރި ހަތިޔާރެއް
"ނުރައްކާތެރި ހަތިޔާރެއް" ގެ މާނައިގެ ތެރޭގައި، އެ އެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ، ނުވަތަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ވެދާފަދަ ތަކެއްޗާއި، ގޮވާ އެއްޗެއްސާއި، އަލިފާން ރޯވެދާ ފަދަ ތަކެއްޗާއި ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެނޫންވެސް އެއްޗެހި ހިމެނެއެވެ. މީގެ ތެރޭގައި، ޓޭޒަރ ގަންއާއި ސްޓަން ގަންއާއި އެނޫނަސް މީހެއްގެ ހަށިގަނޑަށް ށޮކެއް ފޮނުވައިގެން އޭނާއަށް ނުކުޅެދޭ ހާލަތެއް ވަގުތީގޮތުން ނަމަވެސް މެދުވެރިކުރުވާ ކޮންމެ އެއްޗަކާއި، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާ ފަދަ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ނުރައްކާތެރި އެސިޑްތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނެއެވެ.
ށަރުއީ ލިޔުމެއް
"ށަރުއީ ލިޔުމެއް" ކަމަށް ބުނެފައިއެވަނީ، ށަރުއީ ކޯޓަކުން ނެރޭ ކޯޓަށް ހާޒިރުވުމުގެ އަމުރާއި، ނޯޓިހާއި، އެނޫންވެސް އެފަދަ އަމުރާއި، ހުކުމްތައް ހިމެނޭގޮތުންނެވެ.
ށާއިއުކުރުން
"ށާއިއުކުރުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ބޭނުމަށްޓަކައި، ޝާއިޢުކުރުމުގެ މާނައިގެ ތެރޭގައި، އޮންލައިން ނޫސްތައް ހިމެނޭގޮތުން، ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް މަޖައްލާ ތަކުގައި ޢާންމުކުރުމާއި، ވެބްސައިޓްތަކާއި، ސޯޝަލްމީޑިއާއާއި ބްލޮގްތަކާއި އިންޓަނެޓް ހިމެނޭގޮތުން، އަދި އެނޫންވެސް ޚިޔާލާއި މަޢުލޫމާތު ޢާންމުކުރާ ފޯރަމްތަކާއި މަޖައްލާތަކުގައި ޢާންމުކުރުން ހިމެނޭގޮތުންނެވެ.