-

ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް

"ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް" ނުވަތަ "ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް" ކަމަށް ބުނެފައި އެވަނީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗެއް ނުވަތަ މާއްދާއަކާއި، އެއިން އެއްޗެއް ނުވަތަ މާއްދާއެއް ހިމެނޭ ހަމަ ކޮންމެ އެއްޗަކާއި، ވަގުތީގޮތުން ކޮންޓްރޯލްކުރެވޭ މަސްތުވާތަކެތި ކަމުގައި ޖަދުވަލު 4 ގައި ކަނޑައަޅާ އެއްޗެހީގެ ތެރެއިން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ކަމުގައި ކަނޑައެޅޭ ކޮންމެ އެއްޗަކާއި، އެއިން ބާވަތެއް ހިމެނޭ ހަމަ ކޮންމެ އެއްޗެއްވެސް ހިމެނޭގޮތުންނެވެ.