ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އެކްސްޕޯޓްކުރި އަދަދު (ކަރަންޓާއި ގުޅޭ)
"އެކްސްޕޯޓްކުރި އަދަދު" ކަމަށް ބުނެފައި އެ ވަނީ، ބިލު ތައްޔާރުކުރާ މުއްދަތުގެ ތެރޭގައި، ހުދުމަތް ލިބިގަންނަ ފަރާތުން ގާއިމުކޮށްފައިވާ ނިޒާމުން އުފައްދައި، ހިދުމަތްދޭ ފަރާތުގެ ވިއުގަޔަށް ދޫކުރި ކަރަންޓު ޔުނިޓުގެ އަދަދަށެވެ.
އެކްސްޕޯޓް ކްރެޑިޓް (ކަރަންޓާއި ގުޅޭ)
"އެކްސްޕޯޓް ކްރެޑިޓް" ކަމަށް ބުނެފައި އެ ވަނީ، އެކްސްޕޯޓުކުރި އަދަދުން އިމްޕޯޓުކުރި އަދަދު ކެނޑުމުން ބާކީވާ ކަރަންޓު ޔުނިޓުގެ އަދަދެށެވެ.
ރޯލްވަމުން އަންނަ ޖަމާވާ ކްރެޑިޓް
"ރޯލްވަމުން އަންނަ ޖަމާވާ ކްރެޑިޓް" ކަމަށް ބުނެފައި އެ ވަނީ، ކުރީގެ މަސްތަކުން އެކްސްޕޯޓު ކްރެޑިޓުގެ ގޮތުގައި ރޯލްވަމުން އައިސްފައިވާ އަދަދުން ބިލު ތައްޔާރުކުރާ މުއްދަތާ ހަމަޔަށް ބޭނުން ނުކޮށް ބާކީހުރި ކަރަންޓު ޔުނިޓުގެ އަދަދަށެވެ.
އަލަށް ފެނުން (އާސާރީ ކަންކަމާއި ގުޅޭ)
"އަލަށް ފެނުން" ކަމަށް ބުނެފައި އެ ވަނީ، އެ އެއްޗެއް ނުވަތަ އެ ތަނެއް ނުވަތަ އެ ސަރަހައްދެއް، އޮތްކަން ނުވަތަ ހުރިކަން އޭގެ ކުރިން މީހުންނަށް އެނގިފައިނުވާ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ސަރަހައްދެއް މީހަކަށް ނުވަތަ ބަޔަކަށް ފެންނަ ފެނުމަށާއި، ކުރިން އެނިފައިވިޔަސް، އެ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ސަރަހައްދެއް ގެއްލިފައި ނުވަތަ ވީގޮތެއް ނޭނގިފައި ވަނިކޮށް ފަހުން ފެންނަ ފެނުމަށެވެ.
ހިމާޔަތް ކުރެވިފައިވާ ސަރަހައްދު
"ހިމާޔަތް ކުރެވިފައިވާ ސަރަހައްދު" ކަމަށް ބުނެފައި އެ ވަނީ، ސަގާފީ ތަރިކަ ރައްކައުތެރި ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 37/2020) ގެ 54 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި ހިމާޔަތް ކުރެވިފައިވާ ސަރަހައްދަށެވެ.

ބިމުގެ އަގު
"ބިމުގެ އަގު" ކަމަށް ބުނެފައި އެ ވަނީ، އެ ވަގުތަކު ބިމާބެހޭ ކަންކަމަށް ޒިންމާވާ ވުޒާރާއިން ބިމުގެ އަކަ ފޫޓަކަށް ކަނޑައަޅައިފައިވާ އަގަށެވެ.
ފާހަގަކުރެވޭ ސަގާފީ އަގު
"ފާހަގަކުރެވޭ ސަގާފީ އަގު" ކަމަށް ބުނެފައި އެ ވަނީ، މި ގަވާއިދުގެ ދަށުން މަރުކަޒުން ކަނޑައަޅާ ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަށެވެ.
މަރުކަޒު (ސަގާފީ ކަންކަމާއި ގުޅޭ)
"މަރުކަޒު" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު" އަށެވެ.
ވަޒީފާ
"ވަޒީފާ" ކަމަށް ބަޔާންކޮށްފައި އެވަނީ، އުޖޫރައަކަށް ނުވަތަ އުޖޫރައެއް ލިބޭ ގޮތަކަށް ކުރާ ކޮންމެ މަސައްކަތަކަށެވެ.
ކޯޓާ
"ކޯޓާ" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތަކަށް، ވަޒީފާ އަދާކުރުމަށް އެންމެ ގިނަވެގެން ރާއްޖެ ގެނައުން ހުއްދަކުރާ ބީދޭސީންގެ އަދަދަށެވެ.
އެމްޕްލޯއިމަންޓް އެޕްރޫވަލް
"އެމްޕްލޯއިމަންޓް އެޕްރޫވަލް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން، ބިދޭސީން ރާއްޖޭގައި މަސައްކަތްކުރުމަށް ދޭ ހުއްދައަށެވެ.
އެމްޕްލޯއިމަންޓް އޭޖެންސީ
"އެމްޕްލޯއިމަންޓް އޭޖެންސީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ، ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ހޯދައިދިނުމުގައި މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ ކުންފުނިތަކަށެވެ.
ރެޕްރެޒެންޓޭޓިވް (ވަޒީފާއި ބެހޭ)
"ރެޕްރެޒެންޓޭޓިވް" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތުގެ ބަދަލުގައި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމާއި، ގަވާއިދުގައިވާ ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ މުއާމަލާތްކުރުމަށް ވަޒީފާދޭ ފަރާތުން އައްޔަނުކުރާ ފަރާތަށެވެ.
ގާނޫނީ އެހެނިހެން ށަހްސް
"ގުނޫނީ އެހެނިހެން ށަހްސް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގުނޫނަކުން، ވަކި ގުނޫނީ ށަހްސުެއްގެ ގޮތުގައި އުފައްދައިފައިވާ ނުވަތަ އުފައްދާ ތަންތަނަށެވެ.