ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ނުރަސްމީ ތައުލީމު
"ނުރަސްމީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ކޮމިއުނިޓީ ތައުލީމު ނުވަތަ މުޖުތަމައީ ތައުލީމާއި، ކޮންޓިނުއިންގ އެޑިޔުކޭށަންއާއި ލައިފްލޯންގ ލަރނިންގއާއި އެޑަލްޓް އެޑިޔުކޭށަން އަދި ސެކަންޑް ޗާންސް އެޑިޔުކޭށަންގެ މަފްހޫމުތައް ހިމެނޭގޮތުން، ރަސްމީ ތައުލީމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތައް ނުވަތަ ރަސްމީ ތައުލީމުގެ ނިޒާމު ފުރިހަމަކުރުމަށްފަހު އިތުރަށް ކިޔަވަން ބޭނުންވާ ފަރާތްތައް މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ވުމަށް އެ ބަޔަކު ބޭނުންވާ ހުނަރާއި އިލްމާއި ހިޔާލާތު ނުރަސްމީ ގޮތެއްގައި އުނގެނޭ އުނގެނުމަށެވެ.
ލައިފްލޯންގ ލަރނިންގ
"ލައިފްލޯންގ ލަރނިންގ" ކަމަށް ބުނެފައި އެވަނީ، ރަސްމީ ތައުލީމުގެ ނިޒާމުގެ ބޭރުން މީހަކު އަމިއްލައަށް އެމީހާގެ އުމުރުގެ ކޮންމެވެސް ހިސާބެއްގައި އުނގެނޭ އުނގެނުމަށެވެ.
ކޮންޓިނުއިންގ އެޑިޔުކޭށަން
"ކޮންޓިނުއިންގ އެޑިޔުކޭށަން" ކަމަށް ބުނެފައި އެވަނީ، ރަސްމީ ތައުލީމުގެ ނިޒާމު ފުރިހަމަކުރުމަށްފަހު ވަކި ދާއިރާއަކުން މީހަކު ތައުލީމު އުނގެނޭ އުނގެނުމަށެވެ.
ރަސްމީ ތައުލީމުދޭ މަރުކަޒު
"ރަސްމީ ތައުލީމުދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މަދުރަސީ ތައުލީމު ދިނުމަށް، ރަޖިސްޓަރީކޮށްގެން ހިންގާ މަރުކަޒަކަށެވެ.
ބައިނަލްއަގްވާމީ އިމްތިހާނު
"ބައިނަލްއަގްވާމީ އިމްތިހާނު" ކަމަށް ބުނެފައި އެވަނީ، ގިނަ ގައުމުތަކުގައި ހިންގާ އަދި ގިނަ ބަޔަކު ބަލައިގަންނަ މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން ހިންގާ ސްކޫލް އިމްތިހާނުތަކަށެވެ.
ގައުމީ އިމްތިހާނުތައް
"ގައުމީ އިމްތިހާނުތައް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް އެގްޒެމިނޭށަން ބޯޑުން ހިންގާ އިމްތިހާނުތަކަށެވެ.
މަދުރަސީ ތައުލީމު
"މަދުރަސީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ޕްރީސްކޫލް، ޕްރައިމަރީ، ސާނަވީ އަދި މަތީ ސާނަވީ ތައުލީމަށެވެ.
ޕްރީސްކޫލް ތައުލީމު
"ޕްރީސްކޫލް ތައުލީމު" ކަމަށް ބުނެފައި އެވަނީ، ފަށާ ތައުލީމުގެ ކުރިއަށް، އުމުރުން 4 (ހަތަރެއް) އަހަރާއި 6 (ހައެއް) އަހަރާ ދެމެދުގެ ކުދިންނަށް ދެވޭ ތައުލީމުގެ މަރުހަލާއަށެވެ.
ފަށާ ތައުލީމު
"ފަށާ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ތައުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 1 (އެކެއް) އިން ފެށިގެން ގްރޭޑް 6 (ހައެއް) ގެ ނިޔަލަށް ފުރިހަމަކުރާ ތައުލީމުގެ މަރުހަލާއަށެވެ.
ސާނަވީ ތައުލީމު
"ސާނަވީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ތައުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 7 (ހަތެއް) އިން ފެށިގެން ގްރޭޑް 10 (ދިހައެއް) ގެ ނިޔަލަށް ފުރިހަމަކުރާ ތައުލީމުގެ މަރުހަލާއަށެވެ.
މަތީ ސާނަވީ ތައުލީމު
"މަތީ ސާނަވީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ތައުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 11 (އެގާރަ) އިން ފެށިގެން ގްރޭޑް 12 (ބާރަ) ގެ ނިޔަލަށް ފުރިހަމަކުރާ ތައުލީމުގެ މަރުހަލާއަށެވެ.
މަޖުބޫރު ތައުލީމު
"މަޖުބޫރު ތައުލީމު" ކަމަށް ބުނެފައި އެވަނީ، މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުދިންނަށް މި ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ދިނުމަށް ލާޒިމުކުރާ ތައުލީމަށެވެ.
މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުދިން
"މަޖުބޫރު ތައުލީމު ލާޒިމުވާ އުމުރުގެ ކުދިން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ އުމުރުފުރާގެ ކުދިންނަށެވެ.
ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް
"ބޭރު ގައުމެއް ނުވަތަ ސަރަހައްދެއް" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމުތަކާއި، ބޭރު ގައުމުތަކުގެ ގާނޫނީ ބާރު ހިނގާ ސަރަހައްދުތައްވެސް ހިމެނޭގޮތުންނެވެ.
ބެނެފިށަލް އޯނަރ
"ބެނެފިށަލް އޯނަރ" ކަމަށް ބުނެފައި އެވަނީ ، މުދަލެއް ނުވަތަ ހިދުމަތެއް ލިބިގަންނަ ފަރާތެއްގެ "އަލްޓިމޭޓް" މިލްކުވެރިކަން އޮތް ފަރުދަކަށް ނުވަތަ "އަލްޓިމޭޓް" ކޮންޓްރޯލް އޮތް ފަރުދަކަށް، ނުވަތަ ފަރުދެއްގެ ބަދަލުގައި އެހެން ފަރާތަކުން މުއާމަލާތެއް ހިންގާނަމަ އެ ފަރުދަކަށެވެ. "ބެނެފިށަލް އޯނަރ" ގެ މާނައިގެ ތެރޭގައި، ގާނޫނީ ށަހްސެއްގެ ނުވަތަ އިންތިޒާމެއްގެ "އަލްޓިމޭޓް އިފެކްޓިވް ކޮންޓްރޯލް" އޮންނަ ފަރާތްތައްވެސް ހިމެނެއެވެ.