ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ރިސްޓޯރޑް
"ރިސްޓޯރޑް" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން، އެޑްމިނިސްޓްރޭޓިވް ރިސްޓޮރޭށަންގެ ހުއްދައަކަށް އެދުމުން، އެފަދަ ހުއްދައަކަށް އެދޭ ފަރާތުގެ ކުންފުނިން ށަރުއީ ކޯޓަށް ހުށަހަޅައިފައިވާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން، ވުޖޫދުގައި އޮތް ކުންފުންޏެއްގެ ގޮތުގައި، ކުންފުނީގެ ދަފުތަރުގައި ރެކޯޑުކޮށްފައި އޮންނަ އޮތުމަށެވެ.
އެޑްމިނިސްޓްރޭޓިވް ރިސްޓޮރޭށަން
"އެޑްމިނިސްޓްރޭޓިވް ރިސްޓޮރޭށަން" ކަމުގައި ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 1034/2019 (ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައިގެން ކުންފުނި އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) އާއި، އެ ގަވާއިދަށް ގެނެވޭ އިސްލާހުތައް ހިމެނޭ ގޮތުން، އުވައިލައިފައިވާ ކުންފުންޏަކާބެހޭ ގޮތުން، ށަރުއީ ކޯޓަކުން، ނުވަތަ ދައުތަލުން، ނުވަތަ އުވައިލި ތާރީހުގައި ކުންފުނީގެ ހިއްސާދާރަކަށް ހުރި ފަރާތަކުން ކޯޓަށް މައްސަލައެއް ހުށަހެޅުމަށް، އެ ކުންފުނީގެ ނަން، ކުންފުނިތަކުގެ ދަފުތަރުގައި ބޭއްވުމެވެ.
ރޯޔަލްޓީ
"ރޯޔަލްޓީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމުންކުރެ ކަމަކާ ގުޅިގެން ދޭ ކޮންމެ މުގާބިލަކަށެވެ (1) ކޮޕީރައިޓެއް، ޕޭޓެންޓެއް، ޕްލާންޓް ވެރައިޓީ ރައިޓެއް، ޓްރޭޑްމާކެއް، ފަރުމާއެއް ނުވަތަ މޮޑެލެއް، ޕްލޭނެއް، ސިއްރު ފޯމިއުލާއެއް ނުވަތަ ޕްރޮސެސްއެއް، ނުވަތަ މި ފަދަ އެހެން މުދަލެއް ނުވަތަ ހައްގެއް ބޭނުންކުރުން ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިގަތުން؛ (2) ގުދުރަތީގޮތުން އުފެދިފައިހުރި މައުދަނާއި، ތެލާއި، ގޭހާއި ނުވަތަ އެފަދަ އެހެނިހެން ވަޞީލަތްތަށް ނެގުން ނުވަތަ އެނޫންވެސް ގޮތަކުން ބޭނުންކުރުން ނުވަތަ ނެގުމުގެ ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިގަތުން؛ (3) އަންނަނިވި ތަކެތިންކުރެ އެއްޗެއް ބޭނުންކުރުމަށް ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިގަތުން: i. ސިނަމާ ފިލްމު؛ ii. ޓީވީ ބްރޯޑްކާސްޓިންގގައި ބޭނުންކުރާ ފިލްމް، ވީޑިއޯޓޭޕް ނުވަތަ އެހެނިހެން އިލެކްޓްރޯނިކް ރެކޯޑިންގ؛ iii. ރޭޑިއޯ ބްރޯޑްކާސްޓިންގގައި ބޭނުންކުރާ ޓޭޕް ނުވަތަ އެހެނިހެން އިލެކްޓްރޯނިކް ރެކޯޑިންގ؛ iv. އިންޓަރނެޓް ބްރޯޑްކާސްޓިންގގައި ބޭނުންކުރާ ފިލްމް، ވީޑިއޯ ނުވަތަ އެހެނިހެން އިލެކްޓްރޯނިކް ރެކޯޑިންގ (4) އިންޑަސްޓްރިއަލް، ކޮމާށަލް، ނުވަތަ ސައިންޓިފިކް އިލްމެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދިނުން؛ (5) އިންޑަސްޓްރިއަލް، ކޮމާށަލް، ނުވަތަ ސައިންޓިފިކް އިކުއިޕްމަންޓެއް ނުވަތަ މައުލޫމާތެއް ބޭނުންކުރުން ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިދިނުން؛ (6) ސެޓެލައިޓް، ކޭބަލް، އޮޕްޓިކް ފައިބަރ ނުވަތަ އެ ފަދަ އެހެން ޓެކްނޮލޮޖީއެއް މެދުވެރިކޮށް ޓްރާންސްމިޓްކުރުން؛ (7) 1) ވަނަ ނަންބަރުން ފެށިގެން 6 ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ ކަމަކުންކުރެ ކަމެއް ކުރުމަށް ނުވަތަ އެއިން ނަންބަރެއްގައި ބަޔާންކޮށްފައިވާ އެއްޗެއް ބޭނުންކުރުމަށް ނުވަތަ އެއިން ކަމެއް ކުރުމަށް އެހީތެރިވުން؛ (8) 1 ވަނަ ނަންބަރުން ފެށިގެން 3 ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ މުދަލެއް ނުވަތަ ހައްގެއް ބޭނުންކުރުން ނުވަތަ ބޭނުންކުރުމުގެ ހައްގު ލިބިދިނުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން؛ (9) 4 ވަނަ ނަންބަރުން ފެށިގެން 6 ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އިލްމެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދިނުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން.
ހަދިޔާ
"ހަދިޔާ" ކަމަށް ބުނެފައި އެވަނީ، ފައިސާއިން ވިޔަސް އެނޫން ގޮތަކަށް ވިޔަސް، މުގާބިލެއް ނެތި، އެއް ފަރާތުން އަނެއް ފަރާތަށް އަމިއްލަ އިހްތިޔާރުގައި ދޭ ކޮންމެ އެއްޗަކަށެވެ.
ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ
"ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ ޖަމްއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު އިދާރާއަކަށެވެ (1) އެއީ އިސްލާމްދީން ކުރިއެރުވުން، ފަގީރުންނަށް އެހީވުން، ސިއްހީ ހިދުމަތް ދިނުން، ތައުލީމު ދިނުން ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް އާންމު މަންފާއެއް ކުރިއެރުވުމަށް އުފައްދާފައިވާ ޖަމްއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު އިދާރާއަކަށްވުން؛ އަދި (2) އެއީ ވަކި ފަރާތެއްގެ މާލީ ފައިދާއަކަށް ހިންގާ ޖަމްއިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު އިދާރާއަކަށްނުވުން.
ހިސާބުކުރާ މުއްދަތު
"ހިސާބުކުރާ މުއްދަތު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތަށެވެ.
ރިޓަޔަރމަންޓް ބެނިފިޓް
"ރިޓަޔަރމަންޓް ބެނިފިޓް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންށަން ސްކީމުގެ ދަށުން ލިބޭ ފައިސާ ފިޔަވައި، ރިޓަޔަރމަންޓް ސްކީމެއްގެ ދަށުން ލިބޭ ކޮންމެ ފައިސާއަކަށެވެ.
ބައިނަލްއަގްވާމީ ދަތުރުފަތުރު
"ބައިނަލްއަގްވާމީ ދަތުރުފަތުރު" ކަމަށް ބުނެފައި އެވަނީ، ހަމައެކަނި ދިވެހިރާއްޖޭގެ އެއް މަންޒިލުން ދިވެހިރާއްޖޭގެ އަނެއް މަންޒިލަށް ކަނޑުބޯޓު ނުވަތަ މަތިންދާ ބޯޓު މެދުވެރިކޮށް ދަތުރުފަތުރުކުރުން ފިޔަވައި، ކަނޑުބޯޓެއް ނުވަތަ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ކުރެވޭ ކޮންމެ ދަތުރުފަތުރަކަށެވެ.
ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތައް
"ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތައް" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް އެކައުންޓިންގ ސްޓޭންޑަޑްސް ބޯޑުން ޝާއިއުކޮށްފައިވާ އިންޓަރނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްސްއާއި އިންޓަރނޭށަނަލް ފައިނޭންށަލް ރިޕޯޓިންގ ސްޓޭންޑަޑްސް ފޮރ ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓިޓީސްއާއި އިންޓަރނޭށަނަލް އެކައުންޓިންގ ސްޓޭންޑަޑްސް އަދި ކޮމިށަނަރ ޖެނެރަލް ހުއްދަ ދީފައިވާ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ އެނޫންވެސް އެކައުންޓިންގ ސްޓޭންޑަޑަކަށެވެ.
ބެނިފިށަރީންނަށް ލިބޭ އާމްދަނީ
"ބެނިފިށަރީންނަށް ލިބޭ އާމްދަނީ" ކަމަށް ބުނެފައި އެވަނީ، ޓްރަސްޓެއްގެ ކޯޕަސް ބަހައިގެން އެ ބެނިފިށަރީންނަށް ލިބޭ އެއްޗެއް ފިޔަވައި، ޓްރަސްޓަކުން އެ ޓްރަސްޓުގެ ބެނިފިށަރީންނަށް ދޭ ކޮންމެ ފައިސާއަކަށެވެ.
ބޭންކު
"ބޭންކު" ކަމަށް ބުނެފައި އެވަނީ، ޗެކްގެ ޒަރިއްޔާއިން އެކެއްގެ ކިބައިން އަނެކަކަށް ބަދަލުކުރެވޭ ފައިސާގެ ޑިޕޮޒިޓް ގަބޫލުކުރުން، އެ ތަނުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ މާލީ އިދާރާއަށެވެ.
ކުންފުނި
"ކުންފުނި" ކަމަށް ބުނެފައި އެވަނީ، ކޮންމެ ތަނެއްގައި އިންކޯޕަރޭޓްކޮށްފައިވީ ނަމަވެސް ނުވަތަ ކޮންމެ ތަނެއްގައި ރަޖިސްޓަރީކޮށްފައިވީ ނަމަވެސް، ގާނޫނީ ށަހްސަކަށެވެ. އަދި މީގެ ތެރޭގައި ކޯޕަރޭޓިވް ސޮސައިޓީވެސް ހިމެނެއެވެ. ނަމަވެސް މި މާނައިގެ ތެރޭގައި ލިމިޓެޑް ލަޔަބިލިޓީ ޕާރޓްނަރށިޕެއް ނުހިމެނެއެވެ.
ކުންފުނިތަކުގެ ގްރޫޕް
"ކުންފުނިތަކުގެ ގްރޫޕް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ކުންފުންޏަކުން އެ ކުންފުންޏެއްގެ މާލީ ކަންތައްތައް ދައްކުވައިދޭ ކޮންސޮލިޑޭޓެޑް ފައިނޭންށަލް ސްޓޭޓްމަންޓްތައް މީރާއަށް ހުށަހަޅަންޖެހޭނެ ކަމަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ހާލަތެއްގައި، އެ ކުންފުނިތަކަށެވެ.
ކެޕިޓަލް އެލަވަންސް
"ކެޕިޓަލް އެލަވަންސް" ކަމަށް ބުނެފައި އެވަނީ، މުދަލަކަށް ކުރާ ކެޕިޓަލް ހަރަދު ވަކި މުއްދަތަކަށް ބަހާލުމުން ކޮންމެ މުއްދަތަކަށް ޖެހޭ އަދަދަށެވެ.
ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
"ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.