-

ދައުލަތް ހިންގާ މަޖިލީސް

"ދައުލަތް ހިންގާ މަޖިލީސް" ކަމަށް ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާ މަރުވެގެން، ނުވަތަ އިސްތިއުފާ ދީގެން، ނުވަތަ މަގާމުން ދުރުކުރެވިގެން، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކޮށް، އޭނާ އެމަގާމާ ހަވާލުވަންދެން، ވަގުތީގޮތުން ރަައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރާ ދައުލަތް ހިންގާނެ ތިންމީހުގެ މައްޗަށް އެކުލެވޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިހާބުކޮށް، ދައުލަތް ހިންގާ މަޖިލީހަށެވެ. އެމަޖިލީހުގެ ކޮންމެ މެންބަރަކީ، ވަޒީރުންގައި ހުރުން ލާޒިމު ސިފަތައްހުރި މީހަކު ކަމުގައި ވާންވާނެއެވެ. އަދި އެ މަޖިލީހުގެ މެންބަރުން މަގާމާ ހަވާލުވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި، މި ގާނޫނު އަސާސީގެ ޖަދުވަލުގެ (ށ) ގައިވާ ހުވާ ކުރުމުންނެވެ.