އިންޓެލިޖެންސް މައުލޫމާތު
"އިންޓެލިޖެންސް މައުލޫމާތު" ކަމަށް ބުނެފައި އެވަނީ، ޓެރަރިޒަމް މަނާކުރުމާ ގުޅޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 57/2021) ގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިންޓެލިޖެންސް އިދާރާތަކަށް، ގާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގައި ކުށްކަމަށް ކަނޑައަޅައިފައިވާ ކަންކަމާ ގުޅޭގޮތުން ލިބޭ އިންޓެލިޖެންސް މައުލޫމާތު ގްރޭޑްކޮށް އިވެލުއޭޓް ކުރުމާ ބެހޭގޮތުން އެކުލަވައިލާ މިންގަނޑުގެ ދަށުން ގްރޭޑްކޮށް އިވެލުއޭޓް ކޮށްފައިވާ ކޮންމެ މައުލޫމާތަކަށެވެ.