ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑު
'ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑު' ކަމަށް ބަޔާންކުރެވިފައި އެވަނީ، ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނު) ގެ ދަށުން އުފެއްދިފައިވާ ޕްރައިވަޓައިޒޭށަން އެންޑް ކޯޕަރަޓައިޒޭށަން ބޯޑަށެވެ.
ދިވެހި ރައްޔިތެއް
"ދިވެހި ރައްޔިތެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުން
"ދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުން" ކަމަށް ބުނެފައި އެވަނީ، ވަގުތީގޮތުން އެހެން ތަނެއްގައި އުޅުނު ނަމަވެސް، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ ގޮތުން ނޫން ގޮތަކަށް ދިވެހިރާއްޖޭގައި ދާއިމީގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ދިރިއުޅުމަށެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު
"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1996 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭގެ ކަނޑާއި އާކިޕެލެޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، އިގުތިސާާދީ ހްާއްސް ކަނޑަށެވެ.
އެންވެރިކަން
"އެންވެރިކަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި އާންމުކޮށް ކުރާ ދޮށީގެ މަސްވެރިކަމުގައްޔާއި، އަތު ނަނުގެ މަސްވެރިކަމުގައްޔާއި، ފާނައާއި ފަރުމަހުގެ މަސްވެރިކަމުގައި އާންމުކޮށް ބޭނުންކުރާ އެމުގެ ބާވަތްތައް އެ މަސްވެރިކަމުގައި ބޭނުންކުރުމަށް (ދިއްލައިގެން ނުވަތަ ވައިފުޅި އަޅައިގެން ފީނުން ހިމެނޭ ގޮތަށް) ހިފުމަށެވެ.
އެތެރެވަރި
"އެތެރެވަރި" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކުގެ އެތެރެ ކަނޑަށެވެ.
އުޅަނދު
"އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަން ކުރުމަށް ބަނދެފައިވާ ނުވަތަ ތައްޔާރުކޮށްފައިވާ ނުވަތަ އާންމުގޮތެއްގައި މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ނުވަތަ ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.

މާސްޓަރު
"މާސްޓަރު" ކަމުގައި ބުނެފައި އެވަނީ، މަސްވެރިކަން ކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ. މީގެ ތެރޭގައި އުޅަނދުގެ ކެޔޮޅު ނުވަތަ ސްކިޕަރ ހިމެނެއެވެ.
ފިށަރީޒް އޮބްޒާވަރުން
"ފިށަރީޒް އޮބްޒާވަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ ދަށުން މިނިސްޓްރީން އުއްޔަނު ކުރާ ފަރާތްތަކަށެވެ.
ފިށަރީޒް ރޭންޖަރުން
"ފިށަރީޒް ރޭންޖަރުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2019 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނު) ގެ 58 ވަނަ މާއްދާގެ ދަށުން، މިނިސްޓްރީން އައްޔަނު ކުރާ ފަރާތްތަކަށެވެ.
އުރަފަށް
"އުރަފަށް" ކަމަށް ބުނެފައި އެވަނީ، ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށުގެ ނުވަތަ ފަޅުފަޅުގެ ފަރުގެ ބޭރުފަރާތުން އަޑި އެނގޭފަށް ކެނޑި، ކަނޑަށް ފުންވެގެންދާ ހިސާބަށެވެ.
މަސް މަރާ ބަޑި
"މަސް މަރާ ބަޑި" ކަމަށް ބުނެފައި އެވަނީ، މަސް މެރުމަށް ނުވަތަ މަހަކަށް ހަމަލާ ދިނުމަށް، ރަބަރު ސާޅަނގަ ނުވަތަ ވައި ނުވަތަ ކެމިކަލެއް ބޭނުންކޮށްގެން، ކޮޅު ތޫނުކޮށްފައިވާ އާލާތެއް ފޮނުވައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ.
އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން
"އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، ބާނާ މަހަކީ ނުވަތަ ނުވަތަ ހިފާ މަހަކީ، މަސް ބާނާ ފަރާތް ނުވަތަ ފަރާތްތަކުގެ އާާއިލާގެ މީހުން ކެއުމަށް އެކަނި މަސް ބޭނުންކުރާ، އަދި އަމިއްލަގޮތުން ނުވަތަ މެދުވެރިއެއް މެދުވެރިކޮށްގެން ނަމަވެސް ވިޔަފާރީގެ ނުވަތަ އުފެއްދުންތެރިކަމުގެ އެއްވެސް ބޭނުމަކަށް އެ މަސްވެރިކަމުން ބާނާ މަސް ވިއްކައިނުލާ މަސްވެރިކަމަށެވެ.
މަސްވެރިކަމާ ގުޅުންހުރި ހަރަކާތް
"މަސްވެރިކަމާ ގުޅުންހުރި ހަރަކާތް" ކަމަށް ބުނެފައި އެވަނީ؛ އަންނަނިވި ކަންކަމަށެވެ: (1) މަސް ނުވަތަ މަހުގެ އުފެއްދުންތައް، ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންދިއުމަށް ނުވަތަ މަސް ނުވަތަ އެހެން އުފެއްދުމެއް، ކަނޑުގައި ދުއްވާ އުޅަނދަކުން އެހެން ތަނަކަށް ގެންދިއުމަށް ޓްރާންށިޕްކުރުން)؛ (2) މަސް ބާނާ ވަގުތުން ފެށިގެން ނުވަތަ މަސް ނަގާ ވަގުތުން ފެށިގެން އެއް ތަނުން އަނެއް ތަނަށް މަސް ގެންދިއުމަށް، ނުވަތަ ހަލާކުނުވާ ގޮތަށް ރައްކައުކުރުމަށް؛ (3) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ނަގައިގެން އެއްގަމަށް ފުރަތަމަ ގެންނަ ވަގުތާ ހަމަޔަށް، މަހާއި މަހުގެ އުފެއްދުންތައް ރައްކައުކުރުމާއި ގަތުމާއި ޕްރޮސެސް ކުރުމަށް؛ (4) މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް؛ (5) މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ތެޔޮ އެޅުން ނުވަތަ ތެޔޮ ފޯރުވައިދިނުން ނުވަތަ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދިނުމަށްޓަކައި އެއްވެސް ހަރަކާތެއް ނުވަތަ ހްިދުމަތެއް ދިނުމަށް؛ އަދި މަތީގައި ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް ތައްޔާރުވުމަށް.