ގާނޫނީ ރަދީފު
އެއްމެ ފަހުގެ
މަސް މަރާ ބަޑި
"މަސް މަރާ ބަޑި" ކަމަށް ބުނެފައި އެވަނީ، މަސް މެރުމަށް ނުވަތަ މަހަކަށް ހަމަލާ ދިނުމަށް، ރަބަރު ސާޅަނގަ ނުވަތަ ވައި ނުވަތަ ކެމިކަލެއް ބޭނުންކޮށްގެން، ކޮޅު ތޫނުކޮށްފައިވާ އާލާތެއް ފޮނުވައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ.
އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން
"އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، ބާނާ މަހަކީ ނުވަތަ ނުވަތަ ހިފާ މަހަކީ، މަސް ބާނާ ފަރާތް ނުވަތަ ފަރާތްތަކުގެ އާާއިލާގެ މީހުން ކެއުމަށް އެކަނި މަސް ބޭނުންކުރާ، އަދި އަމިއްލަގޮތުން ނުވަތަ މެދުވެރިއެއް މެދުވެރިކޮށްގެން ނަމަވެސް ވިޔަފާރީގެ ނުވަތަ އުފެއްދުންތެރިކަމުގެ އެއްވެސް ބޭނުމަކަށް އެ މަސްވެރިކަމުން ބާނާ މަސް ވިއްކައިނުލާ މަސްވެރިކަމަށެވެ.
މަސްވެރިކަމާ ގުޅުންހުރި ހަރަކާތް
"މަސްވެރިކަމާ ގުޅުންހުރި ހަރަކާތް" ކަމަށް ބުނެފައި އެވަނީ؛ އަންނަނިވި ކަންކަމަށެވެ: (1) މަސް ނުވަތަ މަހުގެ އުފެއްދުންތައް، ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންދިއުމަށް ނުވަތަ މަސް ނުވަތަ އެހެން އުފެއްދުމެއް، ކަނޑުގައި ދުއްވާ އުޅަނދަކުން އެހެން ތަނަކަށް ގެންދިއުމަށް ޓްރާންށިޕްކުރުން)؛ (2) މަސް ބާނާ ވަގުތުން ފެށިގެން ނުވަތަ މަސް ނަގާ ވަގުތުން ފެށިގެން އެއް ތަނުން އަނެއް ތަނަށް މަސް ގެންދިއުމަށް، ނުވަތަ ހަލާކުނުވާ ގޮތަށް ރައްކައުކުރުމަށް؛ (3) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ނަގައިގެން އެއްގަމަށް ފުރަތަމަ ގެންނަ ވަގުތާ ހަމަޔަށް، މަހާއި މަހުގެ އުފެއްދުންތައް ރައްކައުކުރުމާއި ގަތުމާއި ޕްރޮސެސް ކުރުމަށް؛ (4) މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް؛ (5) މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ތެޔޮ އެޅުން ނުވަތަ ތެޔޮ ފޯރުވައިދިނުން ނުވަތަ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދިނުމަށްޓަކައި އެއްވެސް ހަރަކާތެއް ނުވަތަ ހްިދުމަތެއް ދިނުމަށް؛ އަދި މަތީގައި ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް ތައްޔާރުވުމަށް.
މަސްވެރިކަންކުރުން
"މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމަށެވެ (1) ހިފުމަށާއި، ނެގުމަށާއި، މެރުމުގެ ބޭނުމަށް، މަސް ހޯދުން؛ (2) މަސް ހޯދުމަށް، ނުވަތަ މަސް ހިފުމަށް، ނުވަތަ މަސް ނެގުމަށް، ނުވަތަ މަސް މެރުމަށް މަސައްކަތްކުރުން؛ (3) އެ ކަންކަމުގެ ނަތީޖާއަކީ، މަސް ހޯދުން، ނުވަތަ މަސް ހިފުން، ނުވަތަ މަސް ނެގުން، ނުވަތަ މަސް މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛ (4) "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓް ކުރުމާ ގުޅޭ ސާމާނު ބެހެއްޓުން، ނުވަތަ ހޯދުން ނުވަތަ އަނބުރާ ހޯދުން؛ (5) މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި، މަތީގައި ބުނެފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށްޓަކައި އެއްވެސް ކަމެއް ހިންގުން.
އާާއިލާ
"އާާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ގާނޫނު ނަންބަރު 4/2000 (އާާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުއާީ ބަލަދުވެރިންނަށް ނުވަތަ ހަޒާާނަތު ހައްގުވާ ފަރާތްތަކަށެވެ.
އިންޓަރވެންށަން
"އިންޓަރވެންށަން" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އަޅާ ރެސްޕޮންސް ފިޔަވަޅަށެވެ.
އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓް
"އިނީށިިއަލް ސްކްރީނިންގ އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، ކުއްޖާއާ ބައްދަލުވުމުން އެންމެ ފުރަތަމަ ކުއްޖާގެ ހާލަތު ދެނެގަތުމުގެ ގޮތުން ހަދާ އެސެސްމަންޓަށެވެ.
ސައިކޯސޯށަލް ސަޕޯޓް
"ސައިކޯސޯށަލް ސަޕޯޓް" ކަމަށް ބުނެފައި އެވަނީ، ކުއްޖަކު ނުވަތަ މީހަކު ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި، އެ ކުއްޖެއްގެ ނުވަތަ އެ މީހެއްގެ ސައިކޮލޮޖިކަލް އަދި އިޖުތިމާއާީ ބޭނުންތަކަށާއި ގުޅުންތަކަށް ބަލައި، އެ ކުއްޖަކަށް ނުވަތަ އެ މީހަކަށް ބޭނުންވާ އެހީތެރިކަމަށެވެ.
ސަރކިޓް ބްރޭކަރ
"ސަރކިޓް ބްރޭކަރ" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ދައުރުވާ ނިޒާމަކަށް ކުރިމަތިވާ ހާލަތެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށްޓަކައި ކަރަންޓު ދައުރުވާ ނިޒާމުގައި ހަރުކޮށްފައިވާ އޮޓަމެޓިކުން ކަރަންޓު ކަނޑައިދޭ ސްވިޗަށެވެ.
ކަރަންޓު އިންޓަރަޕްޓިންގ ވަސީލަތް
"ކަރަންޓު އިންޓަރަޕްޓިންގ ވަސީލަތް" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ދައުރުވާ ނިޒާމަކަށް ކުރިމަތިވާ ހާލަތެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްކުރުމަށްޓަކައި ކަރަންޓު ދައުރުވާ ނިޒާމުގައި ހަރުކޮށްފައިވާ ފިއުޒެއްގެ ވަސީލަތުން ކަރަންޓު ކަނޑައިދޭ އާލާތަށެވެ.
މެކްސިމަމް އެވެއިލަބަލް ފޯލްޓް ކަރަންޓު
"މެކްސިމަމް އެވެއިލަބަލް ފޯލްޓް ކަރަންޓު" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ބޭނުންކުރާ އެއްޗަކަށް ނުވަތަ ވިއުގައަށް ފޯލްޓެއް (މައްސަލައެއް) ކުރިމަތިވާ ހާލަތެއްގައި ކަރަންޓު ބޭނުންކުރާ އާލާތަކަށް ނުވަތަ އާލާތްތަކަކަށް ފޯރުކޮށްދެވިދާނެ އެންމެ މަތީ ކަރަންޓުގެ މިންވަރު ނުވަތަ ވިއުގައިގައި ހުންނާނެ އެންމެ މަތީ ކަރަންޓުގެ މިންވަރަށެވެ.
ގޭންގްޑް ސުވިޗް
"ގޭންގްޑް ސުވިޗް" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު ކަނޑައިލަންޖެހޭ ހާލަތެއްގައި ހިދުމަތްދޭ ފަރާތުގެ ކަރަންޓު ވިއުގަޔާ ގުޅައިފައިވާ، ހުދުމަތް ލިބިގަންނަ ފަރާތުގެ ކަރަންޓު އުފައްދާ ނިޒާމު ވަކިކުރުމަށް ހަރުކުރެވޭ ސްވިޗަށެވެ.
އިންވަރޓަރ
"އިންވަރޓަރ" ކަމަށް ބުނެފައި އެ ވަނީ، އޯލްޓަރނޭޓިންގ ކަރަންޓު (އޭސީ) ޑައިރެކްޓް ކަރަންޓު (ޑީސީ) އަށް ނުވަތަ ޑީސީ އޭސީއަށް ބަދަލުކުރާ އާލާތަށެވެ.
ފްލިކަރ ސްޓޭންޑަރޑް
"ފްލިކަރ ސްޓޭންޑަރޑް" ކަމަށް ބުނެފައި އެ ވަނީ، އެކި ވަގުތުތަކުގައި އެކި ވަރުވަރަށް ކަރަންޓު ބޭނުންވާ އާލާތަކުން އަދި ކަރަންޓު އުފައްދާ ނިޒާމަކުން ފޯރުކޮށްދޭ ކަރަންޓަށް އަންނަ ލޮޅުންތަކާ ގުޅިގެން މުޅި ނިޒާމުގެ ވޯލްޓޭޖަށް އަންނަ ލޮޅުންތަކުގެ މައުލޫމާތު ފޯރުކޮށްދޭ މިންގަނޑަށެވެ.
އައުޓްޕުޓް ވޯލްޓޭޖްގެ ވޭވްފޯމް
"އައުޓްޕުޓް ވޯލްޓޭޖްގެ ވޭވްފޯމް" ކަމަށް ބުނެފައި އެ ވަނީ، ކަރަންޓު އުފައްދާ ނިޒާމުން ބޭރުކޮށްދޭ ވޯލްޓޭޖު ބަދަލުވަމުންދާ ގޮތް ދައްކުވައިދޭ ގްރާފަށެވެ.