ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ރިލޭށަން ހެދުން
"ރިލޭށަން ހެދުން" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތާއި އެ ފަރާތުން ކަނޑައަޅާ ރެޕްރެޒެންޓޭޓިވްއަކަށް އެ ފަރާތުން ވަޒީފާދޭ ފަރާތް ތަމްސީލުކުރުމުގެ ބާރު ދިނުމަށެވެ.
ވަރކް ސައިޓް
"ވަރކް ސައިޓް" ކަމަށް ބުނެފައި އެވަނީ، މަސައްކަތްކުރާ ތަނަށެވެ.
އޮކިއުޕޭށަން
"އޮކިއުޕޭށަން" ކަމަށް ބުނެފައި އެވަނީ، މަގުމަށެވެ.
ރެގިއުލަރައިޒޭށަން ޕްރޮގްރާމް (ބިދޭސި މަސައްކަތްތެރިންނާއި ގުޅޭ)
"ރެގިއުލަރައިޒޭށަން ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ގުނޫނީ އިމުން ބޭރުން ރާއްޖޭގައި ދިރިއުޅެމުންގެންދާ ފަރާތްތައް ގުނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި ހިންގާ ޕްރޮގްރާމަށެވެ.
މިސިންގ ރިޕޯޓު (ބިދޭސިންނާއި ގުޅޭ)
"މިސިންގ ރިޕޯޓު" ކުރުން ކަމަށް ބުނެފައި އެވަނީ، ބިދޭސީއަކު ގެއްލިފައިވާކަމަށް، ކަމާ ގުޅޭ އިދާރާއަށް ރިޕޯޓް ކުރުމަށެވެ.
އެކަމަޑޭށަން (ބިދޭސިންނާއި ގުޅޭ)
"އެކަމަޑޭށަން" ކަމަށް ބުނެފައި އެވަނީ، ބިދޭސީން ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭ ތަންތަނަށެވެ.
ގނޫނީ އެހެނިހެން ށަހްސް
"ގުނޫނީ އެހެނިހެން ށަހްސް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގުނޫނަކުން، ވަކި ގުނޫނީ ށަހްސުެއްގެ ގޮތުގައި އުފައްދައިފައިވާ ނުވަތަ އުފައްދާ ތަންތަނަށެވެ.
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒު
"އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް ދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެންނަ ކުދިންނަށް ދައުލަތުން ވަގުތީ ހިޔާވަހިކަން ދިނުމުގެ ގޮތުން އެ ކުދިން ބައިތިއްބާ ފެސިލިޓީތަކަށެވެ.
އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް
"އޯލްޓަނޭޓިވް ކެއަރގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެންނަ ކުދިންނަށް ދައުލަތުން ވަގުތީ ހިޔާވަހިކަން ދިނުމުގެ ގޮތުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ހިދުމަތްތަކަށާއި ކަންކަމަށެވެ.
އާއިލާ
"އާއިލާ" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމައަށް، ނުވަތަ ބައްޕައަށް، ނުވަތަ ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށާރުއީީ ބަލަދުވެރިންނަށް ނުވަތަ ހަޒާާނަތު ހައްގުވާ ފަރާތްތަކަށެވެ.
ބެލުން ނުވަތަ ބެލެހެއްޓުން
"ބެލުން ނުވަތަ ބެލެހެއްޓުން" ކަމަށް ބުނެފައި އެ ވަނީ، ވަގުތީގޮތުން ކުދިން ބެލެހެއްޓުން ހަވާލުކުރުމާއި، ދާއިމީގޮތެއްގައި ކުދިން ބެލެހެއްޓުން ހަވާލުކުރާ ކުރުން ހިމެނޭ ގޮތުންނެވެ.
ކުއްޖާގެ ބައްޕަ
"ކުއްޖާގެ ބައްޕަ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 4/2000 (އާާއިލާއާބެހޭ ގާނޫނު) ގެ ދަށުން ސައްހަ ކާވެންޏެއް ކޮށްފައިވާ ފިރިހެނާއަށް އެ ގާނޫނުގެ 52 ވަނަ މާއްދާގައި ބުނާ ދަރިލައްވާ މުއްދަތުގައި އޭނާ ކާވެނިކުރި އަންހެނާ ދަރިއަކު ވިހައި، އެ ދަރީގެ ނަސަބު ނަފީކުރުމަށް، ލިއާާނު ކޮށްފައި ނުވާ ފިރިހެނާއަށެވެ.
އާާއިލާއާއި އާާއިލީ ގުޅުމެއް އޮންނަ ފަރާތްތައް (ކުޑަކުދިންނާ ބެހޭ)
"އާާއިލާއާއި އާާއިލީ ގުޅުމެއް އޮންނަ ފަރާތްތައް" ކަމަށް ބުނެފައި އެ ވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމަޔަށް، ނުވަތަ ބައްޕަޔަށް، ނުވަތަ ގާނޫނު ނަންބަރު 4/2000 (އާާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ށަރުއާީ ބަލަދުވެރިންނަށް ނުވަތަ ހަޒާާނަތު ހައްގުވާ ފަރާތްތަކަށެވެ.
އިހުމާލުވުން (ކުޑަކުދިންނާ ބެހޭ)
"އިހުމާލުވުން" ކަމަށް ބުނެފައި އެ ވަނީ، ކުއްޖެއްގެ މައިންބަފައިން ނުވަތަ އެ ކުއްޖާ އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ފަރާތަކުން ކުރި އަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ ނުވަތަ ނަފުސާނީ ގެއްލުމެއް ކުރިމަތިކުރުވާ ފަދަ އެންމެހައި އަމަލުތައް ނުވަތަ އެ ފަދަ ގެއްލުމެއް ކުއްޖާއަށް ކުރިމަތިވެދާނެ ފަދަ އަމަލުތަކަށެވެ.
މައިންބަފައިން
"މައިންބަފައިން" ކަމަށް ބުނެފައި އެ ވަނީ، ކުއްޖާގެ މަންމަޔާއި ބައްޕަޔަށެވެ.