ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ރަށުގެ ބިމާއި ފަޅާއި ފަރުތައް
"ރަށުގެ ބިމާއި ފަޅާއި ފަރުތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ރަށްރަށާއި، އަތޮޅުތަކާއި، ސިޓީތަކުގެ އިހްތިސާސް ކަމުގައި ކަނޑައަޅާފައިވާ ތަންތަނަށެވެ.
އާންމު މުވައްޒަފު (ފުލުހުންނާއި ބެހޭ)
"އާންމު މުވައްޒަފު" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތުގައި ހިމެނޭ ފުލުހުންނާއި ރެކްރޫޓުން އަދި ސްޕެށަލް ކޮންސްޓަބަލުން ނޫން ކޮންމެ މީހަކަށެވެ.
އާންމު ތަންތަން
"އާންމު ތަންތަން" ކަމަށް ބުނެފައިއެވަނީ، އެންމެންނަށްމެ ބޭނުންކުރެވޭ ގޮތަށް އަބަދުމެ ހުޅުވާލެވިފައިވާ މަގާއި ގޯއްޗާއި ބިމާއި އާންމު މައިދާންތަކާއި ޕާކްތަކާއި އަމިއްލަ ތަންތަން ކަމަށް ނުބެލެވޭ ބިމާއި ގޯއްޗާއި އިމާރާތަށެވެ. އާންމުކޮށް މީހުންނަށް ވަދެނިކުމެވޭގޮތަށް ހުޅުވިގެންވާ ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ސައިހޮޓާތަކާއި އެފަދަ ތަންތަނުގެ ތެރެއިން ތަނެއްގައި ކުށެއް ހިނގައިފިކަމަށް ނުވަތަ ކުށެއް ހިނގަމުންދާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭހިނދު، އެތަނަކީވެސް އާންމު ތަނެއްގެ މާނައިގައި ހިމެނިގެންވާނެ ތަނެކެވެ.
ޕޮލިސް ލައިންއަޕް
"ޕޮލިސް ލައިންއަޕް" ކަމަށް ބުނެފައިއެވަނީ، ކުށުގެ ތުހުމަތުކުރެވޭ ފަރާތް ދެނެގަތުމަށާއި ވަކި ކުށެއްކުރީ ވަކިމީހަކުކަމަށް ހެކިބަސްދޭ މީހުންގެ ހެކިބަހުން ފާހަގަކުރާ ފަރާތް ދެނެގަތުމަށްޓަކައި އެ ހެކިބަސްދޭ މީހާ ފާހަގަކުރާ ސިފަތައް ހުރި ނުވަތަ އެ ސިފަތަކާ ގާތްކުރާ ސިފަތަކެއް ހުރި ބަޔަކު ވަކި ތަރުތީބަކުން އަތުރައި، އެގޮތަށް އަތުރާފައި ތިބޭ ބައެއްގެ ތެރެއިން ހެކިބަސްދޭ މީހާ ކުށުގެ ތުހުމަތުކުރާ ފަރާތް ފާހަގަކޮށްދިނުމަށެވެ.
ޕޮލިސް ރެކޯޑު
"ޕޮލިސް ރެކޯޑު" ކަމަށް ބުނެފައިއެވަނީ، މީހެއްގެ މައްޗަށް ސާބިތުވެފައިވާ ކުށާގުޅޭގޮތުން ނުވަތަ އުފުލިފައިވާ ދައުވާއާ ގުޅޭގޮތުން ނުވަތަ ކުރަމުންދާ ނުވަތަ ކުރެވިފައިވާ ތަހްގީގާ ގުޅޭގޮތުން ފުލުހުން ބަލަހައްޓަމުންދާ މައުލޫމާތަށެވެ.
ޕޮލިގްރާފީ ޓެސްޓް ހެދުން
"ޕޮލިގްރާފީ ޓެސްޓް ހެދުން" ކަމަށް ބުނެފައިއެވަނީ، މީހަކާ ސުވާލު ކުރެވޭހިނދު، އޭނާގެ ނޭވާލަމުންދާގޮތް، ނުވަތަ ލޭގެ ޕްރެށަރު، ނުވަތަ ހިތުގެ ވިންދު، ނުވަތަ ދާހިއްލުންފަދަ އަމިއްލަ އިހްތިޔާރުން ބޭރުން ހިނގާ ކަންކަން މެށިނެއްގެ އެހީގައި ދެނެގަތުމަށެވެ.
ޑެޕިއުޓީ ކޮމިށަނަރ (ފުލުހުންނާއި ބެހޭ)
"ޑެޕިއުޓީ ކޮމިށަނަރ" ކަމަށް ބުނެފައިއެވަނީ، ޑެޕިއުޓީ ކޮމިށަނަރ އޮފް ޕޮލިސްއަށެވެ.
ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް
"ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް" ކަމަށް ބުނެފައިއެވަނީ، ގައުމުގެ ހާލަތަށް ބަލައި، ފަރުދުންނާއި މުޖުތަމައު، ނުރައްކާތެރި ކުށާއި، އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށާއި، ފަރުދުންގެ ހައްގުތަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަންކަމުން އެމީހުން ސަލާމަތްކުރުމަށާއި، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ފުލުހުންގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ފުލުހުންގެ ކިބައިގައި ގާބިލުކަން އުފައްދައި، ފުލުހުން ތައްޔާރުވެ ތިބެންޖެހޭ އަމާޒުތައް ބަޔާންކުރާ ރަސްމީ ލިޔުމަށެވެ.
ސަސްޕެންޑުކުރުން
"ސަސްޕެންޑުކުރުން" ކަމަށް ބުނެފައިއެވަނީ، ވަކި މުއްދަތަކަށް ހިދުމަތަށް ނުކުތުން މަނާކުރުމަށެވެ.
ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ
"ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ" ކަމަށް ބުނެފައިއެވަނީ، ގާނޫނުއަސާސީގެ 241 ވަނަ މާއްދާގައި ބަޔާންކުރާ ސަލާމަތީ ހިދުމަތްތައް ހިނގާނުހިނގާގޮތް ބަލަމުން ގެންދިޔުމަށް އެކުލަވާލެވިފައިވާ ސަލާމަތީ ހިދުމަތްތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށެވެ.
ގްރޭޑް (ފުލުހުންނާޢި ބެހޭ)
"ގްރޭޑް" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ރޭންކު ތަރުތީބުވެފައިވާ ގޮތުގައި ހިމެނޭ ކޮންމެ ގިންތިއެއް، އެ ގިންތީގެ ދާއިރާގެ ތެރޭގައި ދަރަޖަކުރެވިގެންވާ ދަރަޖަކުރުމަށެވެ.
ފޮޓޯ ލައިންއަޕް
"ފޮޓޯ ލައިންއަޕް" ކަމަށް ބުނެފައިއެވަނީ، ޕޮލިސް ލައިންއަޕެއް ހެދުމުގެ ބަދަލުގައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތްކަމަށް ހެކިބަސްދޭ މީހާ ބަޔާންކުރާ ސިފަތައް ހުރި ނުވަތަ އެ ސިފަތަކާ ގާތްކުރާ ސިފަތަކެއް ހުރި ބައެއްގެ ފޮޓޯ ވަކި ތަރުތީބަކުން އަތުރައި، އެ ފޮޓޯތަކުގެ ތެރެއިން ހެކިބަސްދޭ މީހާ ކުށުގެ ތުހުމަތުކުރާ ފަރާތް ފާހަގަކޮށްދިނުމަށެވެ.
ފުލުހުންގެ މަރުކަޒު
"ފުލުހުންގެ މަރުކަޒު" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތް ދިނުމަށް އުފައްދައި ހިންގާ ކޮންމެ އިދާރާއަކަށް ނުވަތަ މަރުކަޒަކަށެވެ.
މަގާމަށް އެކަށޭނަ
"މަގާމަށް އެކަށޭނަ" ކަމަށް ބުނެފައިއެވަނީ، މަގާމަކަށް އައްޔަންކުރުމާއި، އައްޔަންކުރުމަށް ހުށަހެޅުމާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ ހުށަހެޅޭ މަގާމުގެ ބޭނުންވާ އިލްމީ ގާބިލުކަމާއި، ތައުލީމީ ފާސް އޮތުމަށާއި، އެ މަގާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ހުނަރާއި ގާބިލުކަން ހުރުމަށާއި، މީހާގެ އަބުރުވެރިކަމަށާއި، މަސައްކަތުގެ އަހްލާގަށާއި، ސުލޫކަށެވެ.
މަގާމު (ފުލުހުންނާއި ބެހޭ)
"މަގާމު" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތުގައި އެމީހަކު އަދާކުރާ ވަޒީފާއަށެވެ.