ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޗާޓަރޑް އެކައުންޓެންޓް
"ޗާޓަރޑް އެކައުންޓެންޓް" ކަމަށް ބުނެފައި އެވަނީ، "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ މެންބަރުކަން ލިބިފައިވާ ފަރާތްތަކަށެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
"އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ކަމަށް ބުނެފައި އެވަނީ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު (ގާނޫނު ނަންބަރު 13/2020) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޗާޓަރޑް އެކައުންޓެންޓްސް އަށެވެ.
ލައިސަންސް
"ލައިސަންސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން، އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމަށް ދޫކުރާ ދާއިމީ އަދި ވަގުތީ ލައިސަންސަށާއި، ދާއިމީ އަދި ވަގުތީ ހުއްދައަށެވެ.
އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ގާނޫނުތައް
"އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ގާނޫނުތައް" ނުވަތަ "ކަމާގުޅޭ ހާއްސަ ގާނޫނުތައް" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ހިންގާ ބެލެހެއްޓުމަށް ހަދާފައިވާ ގާނޫނުތަކަށެވެ.
ލައިސަންސް ލިބިފައިވާ ފަރާތް
"ލައިސަންސް ލިބިފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމަށް ނަގަންޖެހޭނެކަމަށް މި ގާނޫނުގައި ބުނާ ލައިސަންސް ލިބިފައިވާ، އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަށެވެ
ހިދުމަތް ފޯރުކޮށްދޭ ފަރާތް
"ހިދުމަތް ފޯރުކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކުރާ އާންމު ބޭނުންތަކުގެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކަށެވެ.
އާންމު ބޭނުންތަކުގެ ހިދުމަތްތައް
"އާންމު ބޭނުންތަކުގެ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ފީއެއް ނަގައިގެން ނުވަތަ ވިޔަފާރީގެ އުސޫލުން ދޭ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކަށެވެ.
ފިޔަވަޅު އެޅުން
"ފިޔަވަޅު އެޅުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި ނުވަތަ އެ އޮފީހުގެ އަމިއްލަ އިސްނެގުމަށް ބަލާ މައްސަލައެއްގައި، މި ގާނޫނުގައިވާ ގޮތުގެމަތިން، ބަދަލު ނަގައިދިނުމުގެ ގޮތުން ނުވަތަ ފަރުވާ ހޯދައިދިނުމުގެ ގޮތުން އެ މައްސަލައާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށެވެ.
ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއް
"ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއް" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ ފެންވަރުގައި ނިންމުންތައް ނިންމުމުގެ ބާރާއި އިހްތިޔާރު ލިބިގެންވާ، އަދި އެމީހެއްގެ ނިންމުމަށް ތަބާވުން އެ އިދާރާއެއްގެ މުވައްޒަފުންގެ މައްޗަށް ލާޒިމުވެގެންވާ ކޮންމެ މީހަކަށެވެ.
ދައުލަތުގެ މުއައްސަސާއެއް
"ދައުލަތުގެ މުއައްސަސާއެއް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކާއި، މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކާއި، ކޮމިށަންތަކާއި، ހިދުމަތްތަކާއި، އޭޖެންސީތަކާއި، ބޯޑުތަކާއި، ކައުންސިލުތަކާއި، މަޖިލިސްތައް ހިމެނޭގޮތުން، ދައުލަތުގެ ރަސްމީ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ އިދާރާއަކަށެވެ.
އެހީތެރިކަން ފޯރުކޮށްދިނުން
"އެހީތެރިކަން ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިމަތިވެފައިވާ ނަފްސާނީ، ޖިސްމާނީ، އިޖްތިމާއީ، އިގްތިސާދީ، ސިއްހީ އަދި އެނޫންވެސް ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފުރުސަތުތައް ހޯދައިދިނުމުގެ ޕްރޮގްރާމްތަކުގެ ފުރުސަތު ފަހިކޮށްދިނުމާއި، ސައިކޯސޯށަލް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އޮމްބަޑްސްޕަރސަން
"އޮމްބަޑްސްޕަރސަން" ކަމަށް ބުނެފައި އެވަނީ، އިންތިގާލީ އިންސާފުގެ ގާނޫނު (ގާނޫނު ނަންބަރު 28/2020) ގެ 4 ވަނަ މާއްދާގެ ދަށުން އުފައްދާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް އައްޔަންކުރާ އޮމްބަޑްސްޕަރސަނުންނަށެވެ.
އޮމްބަޑްސްޕަރސަންގެ އޮފީސް
"އޮމްބަޑްސްޕަރސަންގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، އިންތިގާލީ އިންސާފުގެ ގާނޫނު (ގާނޫނު ނަންބަރު 28/2020) ގެ 4 ވަނަ މާއްދާގެ ދަށުން އުފައްދާ ''އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް'' އަށެވެ.
އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން
"އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ލިބިދޭ އަސާސީ ހައްގުތަކަށާއި އަސާސީ މިނިވަންކަމަށެވެ.
ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް
"ނިޒާމީ ސިފައެއްގައި ރޭވިގެން އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން ނިގުޅައިގަތުމުގެ އަމަލުތަކަށެވެ.