ގާނޫނީ ރަދީފު
އެއްމެ ފަހުގެ
މާލީ އިދާރާ
"މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރި ނުވަތަ ބޭންކު-ނޫން މާލީ ވިޔަފާރި ހިންގާ ކޮންމެ ފަރާތަކަށެވެ.
ގުރުއާން ކްލާސްތައް
"ގުރުއާން ކްލާސްތައް" ކަމަށް ބުނެފައި އެވަނީ، އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ދަރިވަރުންނަށް ގުރުއާން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކަށެވެ. އެގޮތުން، ކްލާހެއްކަމަށް ބެލޭނީ އެއްފަހަރާ އެއްތަނެއްގައި 5 (ފަހެއް) ކުދިންނަށްވުރެ ގިނަ ކުދިންނަށް ކިޔަވައިދޭނަމައެވެ.
ޓިއުށަން ދޭ ތަންތަން
"ޓިއުށަން ދޭ ތަންތަން" ކަމަށް ބުނެފައި އެވަނީ، އާންމު ތައުލީމުދޭ ސްކޫލް ނުވަތަ މަދަރުސާތަކުންދޭ ފިލާވަޅުތައް އޮޅުންފިލުވައިދީ، ދަސްކޮށްދިނުމަށް ހިންގާ ކްލާސްތަކަށެވެ. ޓިއުށަން ކްލާހެއްކަމަށް ބެލޭނީ އެއްފަހަރާ އެއްތަނެއްގައި 5 (ފަހެއް) ކުދިންނަށްވުރެ ގިނަ ކުދިންނަށް ޓިއުށަން ދޭނަމައެވެ.
ބޭބީ ނާސަރީއާއި ނާސަރީ
"ބޭބީ ނާސަރީއާއި ނާސަރީ" ކަމަށް ބުނެފައި އެވަނީ، ޕްރީސްކޫލް (LKG, UKG) ގެ ކުރިން ފުރިހަމަ ކުރާ ތައުލީމީ މަރުހަލާއަށެވެ.
ކޮމިއުނިޓީ ސްކޫލްތައް
"ކޮމިއުނިޓީ ސްކޫލްތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތާއި މުޖުތަމައާ ގުޅިގެން ހިންގާ ސްކޫލްތަކަށެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް (ޕީ.ޕީ.ޕީ) ސްކޫލްތައް
"ޕަބްލިކް ޕްރައިވެޓް ޕާޓްނަރށިޕް (ޕީ.ޕީ.ޕީ) ސްކޫލްތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތާއި ހިދުމަތްދޭ އަމިއްލަ ފަރާތްތަކާ ދެމެދު ކަނޑައެޅިގެންވާ މިންވަރަކާއި ފެންވަރެއްގައި އެއްބަސްވެވިފައިވާ އަގެއްގައި، ކަނޑައެޅިފައިވާ މުއްދަތަކަށް ތައުލީމު ފޯރުކޮށްދޭ ސްކޫލްތަކަށެވެ.
ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި އެނޫންވެސް ކަމާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތައް
"ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި އެނޫންވެސް ކަމާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ "ކޮންވެންށަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" އާއި، އެނޫންވެސް ކުޑަކުދިންގެ ހައްގުތަކާއި، އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ހައްގުތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުންނާއި ތައުލީމާ ގުޅޭގޮތުން އަމަލުކުރެވޭ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެ މުއާހަދާތަކުގެ ޕްރޮޓޮކޯލްތައް ހިމެނޭ ގޮތުންނެވެ.
ޕްރިންސިޕަލް
"ޕްރިންސިޕަލް" ކަމަށް ބުނެފައި އެވަނީ، ސަރުކާރު ނުވަތަ އަމިއްލަ ސްކޫލެއްގައި، އެ ސްކޫލް ހިންގުމާ ހަވާލުވެހުރި އެންމެ އިސް ފަރާތަށެވެ.
ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު
"ޓީޗަރސް ރަޖިސްޓްރޭށަން ބޯޑު" ކަމަށް ބުނެފައި އެވަނީ، މުދައްރިސުން ރަޖިސްޓަރީކޮށް ކިޔަވައިދިނުމުގެ ލައިސަންސް ދީ، މުދައްރިސުންގެ އަހުލާގީ، ފަންނީ އަދި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމުގެ މަސައްކަތް ހަވާލުކުރުމަށް މި ގާނޫނުގެ ދަށުން އުފައްދާ ބޯޑަށެވެ.
މުދައްރިސް
"މުދައްރިސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި ހިންގާ ޕްރީސްކޫލްތަކާއި ފަށާ ތައުލީމާއި، ސާނަވީ އަދި މަތީ ސާނަވީ ތައުލީމަށް ކިޔަވާ ކުދިންނަށް އުނގަންނައިދިނުމަށްޓަކައި ވަޒީފާދީފައިވާ މީހަކަށެވެ.
މަންހަޖު
"މަންހަޖު" ކަމަށް ބުނެފައި އެވަނީ، ވަކި މާއްދާއަކުން އިމްތިހާނަކަށް ތައްޔާރުވުމަށްޓަކައި އުނގަންނައިދިނުމަށް ކަނޑައަޅާފައިވާ މައުލޫމާތާއި ހުނަރަށެވެ.
ސްކޫލްގެ މުވައްޒަފުން
"ސްކޫލްގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ސްކޫލްގައި ވަޒީފާދީފައިވާ ސްކޫލްގެ އިސްވެރިޔާއާއި މުދައްރިސުން އަދި އެހެނިހެން ހުރިހާ މުވައްޒަފުންނަށެވެ.
ސްކޫލް
"ސްކޫލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގައި ހިންގާ ޕްރީސްކޫލްތަކާއި ފަށާ ތައުލީމާއި، ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ދޭ ތަންތަނަށެވެ.
ބެލެނިވެރިން
"ބެލެނިވެރިން" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ރަސްމީ ތައުލީމު
"ރަސްމީ ތައުލީމު" ކަމަށް ބުނެފައި އެވަނީ، ގައުމީ މަންހަޖަށް ކިޔަވައިދޭ ޕްރީސްކޫލް ތައުލީމާއި، ފަށާ ތައުލީމާއި ސާނަވީ ތައުލީމަށެވެ.