-

ގައުމީ ޕޭމަންޓް ސިސްޓަމް

"ގައުމީ ޕޭމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ފައިސާއިން ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް، ޕޭމަންޓް އިންސްޓްރަކްށަންތަކާއި ފައިސާގެ ޓްރާންސްފަރތައް ފޮނުވުމާއި ލިބުމާއި ޕްރޮސެސްކުރުމާ ގުޅުންހުރި އެންމެހައި ކަންކަމަށެވެ. މީގެ ތެރޭގައި އަންނަނިވި ކަންތައްތަކާއި ފަރާތްތައް ހިމެނެއެވެ (1) ޕޭމަންޓް އިންސްޓްރުމަންޓް އިށޫކުރުމާއި މެނޭޖްކުރުން (2) ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިންގ ސިސްޓަމްތައް އަދި ސެޓްލްމަންޓް ސިސްޓަމްތައް އޮޕަރޭޓްކުރުން އަދި އެ ސިސްޓަމްތަކާއި އެ ސިސްޓަމްތަކުން ދެވޭ ހިދުމަތްތަކާ ގުޅުންހުރި އިންތިޒާމްތަކާއި އިޖުރާއަތުތައް؛ މީގެ ތެރޭގައި ސެކިއުރިޓީޒްއާއި އެހެނިހެން ފައިނޭންށަލް އިންސްޓްރުމަންޓްތައް ޕްރޮސެސްކުރާ ސިސްޓަމްތައްވެސް ހިމެނޭނެއެވެ (3) ޕޭމަންޓް ހިދުމަތް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކާ ގުޅުންހުރި ކަންކަން (4) ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކާއި އޮޕަރޭޓަރުންނާއި ބައިވެރިން އަދި އޭޖެންޓެއްގެ ގޮތުގައި ނުވަތަ އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން އެއިން ފަރާތެއްގެ ފަރާތުން މަސައްކަތްކުރާ ތިންވަނަ ފަރާތްތައް؛ މީގެ ތެރޭގައި، މިއިން ފަރާތެއްގެ ހިންގުން އެކުގައި ނުވަތަ ބައެއް ނަމަވެސް ދިވެހިރާއްޖޭގައި ފޯރުކޮށްދޭނަމަވެސް ހިމެނޭނެއެވެ.