ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އަދުލު އިންސާފަށް ހުރަސްއެޅުން
"އަދުލު އިންސާފަށް ހުރަސްއެޅުން" ނުވަތަ "މިސްކެރިޖް އޮފް ޖަސްޓިސް" ކަމަށް ބުނެފައި އެވަނީ، އަދުލު އިންސާފު ގާއިމުކުރުމުގެ އެއްވެސް މަރުހަލާއެއްގައި، ދަށުކޯޓުތަކާއި އިސްތިއުނާފީ ކޯޓުތައްވެސް ހިމެނޭ ގޮތަށް، ނަހަމަ ނުފޫޒެއް ބޭނުންކުރުން؛ ނުވަތަ އަދުލު އިންސާފު ގާއިމުކުރުމާ ގުޅޭގޮތުން އާންމުކޮށް، ނުވަތަ ށަރުއީ ވަކި މައްސަލައެއްގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެއްވެސް ފަނޑިޔާރަކަށް ނުވަތަ ށަރުއީ ދާއިރާގެ މުވައްޒަފަކަށް ނުވަތަ އެހެންވެސް ފަރާތަކަށް ނަހަމަ ނުފޫޒު ފޯރުވުން؛ ނުވަތަ އިސްވެ ބަޔާންކޮށްފައިވާ ފަދަ ކަމެއް ކުރަން އުޅުމެވެ.
ދައުލަތުގެ މަގާމުގެ ނަހަމަ ބޭނުންކުރުން
"ދައުލަތުގެ މަގާމުގެ ނަހަމަ ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މުސާރަ ލިބޭ އެއްވެސް މަގާމެއްގައި ހުރެ އެ މަގާމާމެދު ގާނޫނާއި ގަވާއިދުގައި، ނުވަތަ އެއްބަސްވުމެއްގައި، ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވުން، ނުވަތަ މިގޮތުން ހަވާލުކޮށްފައިވާ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރުން، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގައި ހިމެނިގެންނުވާ ކަންކަން ކުރުމާއި، މަގާމާއި ހައިސިއްޔަތު އަމިއްލަ މަސްލަހަތު ކުރިއެރުވުމަށް ބޭނުންކުރުމެވެ.
ކޮރަޕްށަން
"ކޮރަޕްށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، ވަކިން ހާއްސަކޮށް، "ޔޫއެން ކޮންވެންށަން އަގެއިންސްޓް ކޮރަޕްށަން" ގައި ކޮރަޕްށަންގެ އަމަލެއްގެ ގޮތުގައި ހިމަނާފައިވާ ކަންކަމެވެ.
އިންސާނީ ހައްގަކާ ހިލާފު އަމަލު
"އިންސާނީ ހައްގަކާ ހިލާފު އަމަލު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި އިންސާނީ ހައްގަކާ ހިލާފު އަމަލެއް ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ކަމެކެވެ.
ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު އަމަލު
"ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު އަމަލު" ކަމަށް ބުނެފައި އެވަނީ، 1949 ގެ ޖެނީވާ ކޮންވެންށަންތަކާއި، އެ ކޮންވެންށަންގެ އެޑިށަނަލް ޕްރޮޓޮކޯލްތަކާއި އަދި ކޮމެންޓަރީ އަދި ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމުގެ ގާނޫނުތަކުގެ ތެރޭގައި ހިމެނޭ އެހެނިހެން ބައިނަލްއަގްވާމީ މުއާހަދާތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައި ވާ މުއާހަދާއަކާ ހިލާފު އަމަލެކެވެ.
އާންމު ފަރާތް
"އާންމު ފަރާތް" ކަމަށް ބުނެފައި އެވަނީ، ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 16/2019) ގެ 8 ވަނަ މާއްދާގެ ބޭނުމަށް، އެއްވެސް ތިންވަނަ ފަރާތެކެވެ. މިގޮތުން، ނޫސްމީޑިއާއާއި، ދައުލަތުގެ ނުވަތަ އެހެންވެސް ފަރާތެއްގެ ތަހްގީގީ އިދާރާތަކާއި ، އެންމެހައި ތިންވަނަ ފަރާތްތައް ހިމެނެއެވެ.
ދައުލަތުގެ ވަސީލަތެއް ބޭކާރުކުރުން ނުވަތަ ބޭނުންކުރުމުގައި އިހުމާލުވުން
"ދައުލަތުގެ ވަސީލަތެއް ބޭކާރުކުރުން ނުވަތަ ބޭނުންކުރުމުގައި އިހުމާލުވުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ވަސީލަތެއްގެ ބޭނުން އެ އެއްޗެއްގެ ފައިދާ ލިބެން އޮތް ގޮތަކާ ހިލާފަށް ކުރެވޭ ކަމެއް، ނުވަތަ އެންމެ ފުރިހަމައަށް ނުލިބޭގޮތަށް ކުރުން، ނުވަތަ އެ އެއްޗެ އް ބޭކާރުވާނެ ފަދަ ގޮތަކަށް އަމަލުކުރުމެވެ. މިގޮތުން (1) އެ އަމަލަކީ އެކަށީގެންނުވާ، ނުވަތަ އިންސާފާއި ހަމަހަމަ ކަމާ ހިލާފު، ނުވަތަ އެއްވެސް ފަރާތަކާމެދު ތަފާތުކުރެވޭ ފަދަ އަމަލެއް؛ ނުވަތަ (2) ވަކި ކަމެއް ކުރުމުގައި ފަރުވާކުޑަކޮށްފައިވުން ނުވަތަ އެކަށީގެންނުވާ މިންވަރަށް ދިގުލައިގެން ގޮސްފައިވާ ކަމެއް؛ ނުވަތަ (3) ހުއްދައެއް ނެތި ނުވަތަ ލިބިފައިނުވާ ބާރެއް ބޭނުންކޮށްގެން ކޮށްފައިވާ ކަމެއް.
އާންމު ސިއްހަތަށް ނުވަތަ އާންމު ރައްކާތެރިކަމަށް ހުރި ނުރައްކާ
"އާންމު ސިއްހަތަށް ނުވަތަ އާންމު ރައްކާތެރިކަމަށް ހުރި ނުރައްކާ" ކަމަށް ބުނެފައި އެވަނީ، ކުރާ އެއްވެސް ކަމަކުން ނުވަތަ ނުކޮށްދޫކޮށްލާ ކަމަކުން އާންމު ދިރިއުޅުމުގައި އުޅެމުންދާ މީހެއްގެ ނުވަތަ ބައެއްގެ ފުރާނައަށް، ނުވަތަ ސިއްހަތަށް، ނުވަތަ ސަލާމަތްތެރިކަމަށް ހުރި ނުރައްކަލެކެވެ.
ތިމާވެއްޓަށް ހުރި ނުރައްކާ
"ތިމާވެއްޓަށް ހުރި ނުރައްކާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާ ހިލާފު ކަމެއް، ނުވަތަ ތިމާވެއްޓަށް ނުރައްކާވާފަދަ އެހެންވެސް ކަމެކެވެ.
ގާނޫނީ އަދަދު ހަމަވާވަރަށް ކައުންސިލެއްގައި މެންބަރުން ނެތުން
"ގާނޫނީ އަދަދު ހަމަވާވަރަށް ކައުންސިލެއްގައި މެންބަރުން ނެތުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނާއި ދިވެހިރާއްޖޭގެ އިދާރ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010) ގެ ދަށުން ކައުންސިލަރަކު މެންބަރުކަމުގެ މަގާމުން ވަކިވުމުގެ ސަބަބުން ނުވަތަ މި ގާނޫނުގެ ދަށުން ކައުންސިލަރަކު ސަސްޕެންޑްކުރުމުގެ ސަބަބުން ކައުންސިލެއްގެ ގާނޫނީ އަދަދު ހަމަނުވުމަށެވެ.
ކޮވިޑް-19
"ކޮވިޑް-19" ކަމަށް ބުނެފައި އެވަނީ، ސިވިއަރ އެކިއުޓް ރެސްޕިރޭޓަރ ސިންޑްރޯމް ކޮރޯނާ ވައިރަސް (2- SARS 2-CoV) އިން ޖެހޭ ބަލި ކަމުގައިވާ ކޮރޯނާ ވައިރަސް ޑިޒީޒް (19-COVID ) އަށެވެ.
ކައުންސިލަރުން
"ކައުންސިލަރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒ އުސޫލުން ހިންގުމުގެ ގާނޫނު (ގާނޫނު ނަންބަރު 7/2010) ގެ ދަށުން އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލަރުންނާއި، ރަށު ކައުންސިލަރުންނާއި، ސިޓީ ކައުންސިލަރުންނަށެވެ.
ވަގުތީ މުއްދަތު (ކައުންސިލު އިންތިހާބާއި ގުޅޭ)
"ވަގުތީ މުއްދަތު" ކަމަށް ބުނެފައި އެވަނީ، 3 ޖޫން 2020 އިން ފެށިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020 (ގާނޫނު ނަންބަރު 3/2020) އިން ފަސްކޮށްފައިވާ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވައި، އާ މެންބަރުން އިންތިހާބުވެ މަގާމާ ހަވާލުވަންދެން ހިނގާ މުއްދަތަށެވެ.
ށަރީއަތުގެ މަޖިލިސް
"ށަރީއަތުގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ކޮންމެ އަޑުއެހުމަކަށެވެ. އޭގެ ތެރޭގައި، ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށް، ބޭއްވޭ އަޑުއެހުމާއި، އިބްތިދާއީ އަޑުއެހުމާއި، ށަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އަޑުއެހުންތަކާއި، މައްސަލައިގެ ށަރީއަތުގެ އަޑުއެހުންތައް ހިމެނެއެވެ. އަދި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެއް މާލަމަށްވުރެ ގިނަ މާލަން ގުޅުވާލައިގެން ބޭއްވޭ ކޮންމެ އަޑުއެހުމަކީވެސް، ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ށަރީއަތުގެ މަޖިލީހެކެވެ.
ފަރމް
"ފަރމް" ކަމަށް ބުނެފައި އެވަނީ، އެކައުންޓަންސީ، އޮޑިޓް އަދި އެ ދާއިރާއާ ގުޅޭ އެހެނިހެން ހިދުމަތްދޭ ވިޔަފާރިތަކަށެވެ.