ގާނޫނީ ރަދީފު
އެއްމެ ފަހުގެ
މާލީ ކަންކަމަށް ޒިންމާވާ ވަޒީރު
"މާލީ ކަންކަމަށް ޒިންމާވާ ވަޒީރު" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.
ވަޒީފާގެ އިނާޔަތް
"ވަޒީފާގެ އިނާޔަތް" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތުން އަމިއްލައަށް އެދިގެން ވަކިވާއިރު އޭނާއަށް ލިބިދޭ ފައިސާގެ އިނާޔަތަށާއި، އޭނާއަށް ބައިވެރިވުމުގެ ހުއްދަ އޮތް އިންށުއަރަންސް ނިޒާމަކަށާއި، އޭނާއަށް ދޭ ދަތުރުފަތުރުކުރުމުގެ އުޅަނދަށާއި، ދައުލަތުގެ އެހެން ވަޒީފާއަކަށް އެނބުރި ދިޔުމަށް ލިބިދޭ ހައްގަށާއި، ދައުލަތުގެ ފަރާތުން ދައުލަތުގެ ހަރަދުގައި ޒާތީ މަންފާއެއްކަމުގައި ބެލެވޭ މަންފާއެއް ފުލުހަކަށް އޭނާވީތީ ދިނުމުގެގޮތުން ދެވޭ ކޮންމެ އިނާޔަތަކަށެވެ.
އޮޓޮޕްސީ
"އޮޓޮޕްސީ" ކަމަށް ބުނެފައިއެވަނީ، މައްޔިތެއްގެ ހަށިގަނޑު ސިއްހީގޮތުން އެގްޒެމިންކޮށް ނުވަތަ ޓެސްޓުކޮށް އެމީހަކު މަރުވިކަމަށް ލަފާކުރެވޭ ވަގުތާއި، އެމީހާ މަރުވުމަށް ދިމާވި ސަބަބާއި، މަރުވި ފަރާތުގެ ހަށިގަނޑުގެ ބޭރާއި އެތެރޭގެ ގުނަވަންތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ އެ ގެއްލުންތައް ލިބިދާނެކަމަށް ސިއްހީގޮތުން ގަބޫލުކުރެވޭ ސަބަބުތައް ބަޔާންކުރާ، ގާނޫނީގޮތުން ހުއްދަލިބިގެންވާ ފަންނީ ތަޖުރިބާކާރެއް މައްޔިތެއްގެ ހަށިގަނޑު ފަޅައިގެން ނުވަތަ ފެޅުމަކާނުލައި ހަދާ އެގްޒެމިނޭށަނަށެވެ.
އަމިއްލަ ތަންތަން
"އަމިއްލަ ތަންތަން" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، އިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި، ގޭބިސީއަށާއި، އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި އިމާރާތާއި ހޯލާއި މައިދާންތަކަށެވެ.
ކޯޕަރޭޓިވް (ފުލުހުންނާއި ބެހޭ)
"ކޯޕަރޭޓިވް" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 34/2020) ގެ ވަނަ މާއްދާގެ ދަށުން އުފައްދާ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީއަށެވެ.
ކޮމިށަންޑް އޮފިސަރުން
"ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައިއެވަނީ، އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކުތަކުގެ ފުލުހުންނަށެވެ.
ކޮމިށަނަރ (ޕުލުހުންނާޢި ބެހޭ)
"ކޮމިށަނަރ" ކަމަށް ބުނެފައިއެވަނީ، ކޮމިށަނަރ އޮފް ޕޮލިސްއަށެވެ.
ކޮމިއުނިޓީ ޕޮލިސިންގ
"ކޮމިއުނިޓީ ޕޮލިސިންގ" ކަމަށް ބުނެފައިއެވަނީ، ފުލުހުން ހިދުމަތްދޭ ސަރަހައްދެއްގައި ހިމެނޭ އާންމު ރައްޔިތުންނާއި، ކައުންސިލްތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، އިދާރާތަކާ ގުޅިގެން ފުލުހުންގެ ހިދުމަތްދޭން ބައްޓަންކުރާ ފުލުހުންގެ ފަލްސަފާއަށެވެ.
ކްރިމިނަލް ރެކޯޑު
"ކްރިމިނަލް ރެކޯޑު" ކަމަށް ބުނެފައިއެވަނީ، މީހެއްގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ މައުލޫމާތަށެވެ.
ރޭންކު
"ރޭންކު" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ މަގާމުތައް މަތިން ތިރިއަށް ތަރުތީބުވެފައިވާގޮތުން ވަކި މީހަކު ހިމެނޭ ގިންތިއަށް، ނުވަތަ ހައިސިއްޔަތަށެވެ.
ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރު
"ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރު" ކަމަށް ބުނެފައިއެވަނީ، ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ސިފައިންގެ ހިދުމަތުގެ ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.
ނަން-ކޮމިށަންޑް އޮފިސަރުން
"ނަން-ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައިއެވަނީ، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން ދަށުގެ އެކަމަކު ކޮންސްޓަބަލް ރޭންކުން ފެށިގެން މަތީގެ ރޭންކުތަކުގެ ފުލުހުންނަށެވެ.
ހަތިޔާރު
"ހަތިޔާރު" ކަމަށް ބުނެފައިއެވަނީ، ފަޔަރއާމްސްއާއި އެކްސްޕްލޯސިވްސްގެ ތެރޭގައި ނުހިމެނޭ، ފަރުދެއް ނުވަތަ ބަޔަކާ ދެކޮޅަށް ބޭނުންކުރެވޭ ނުވަތަ ބޭނުންކުރަންޖެހޭ ހާލަތްތަކުގައި، މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ކުޑަވާނެ ގޮތަށް ފަރުމާކުރެވިފައިވާ އަދި އެ މަގްސަދުގައި ބޭނުންކުރެވޭ ލެސް ލީތަލް ހަތިޔާރަށެވެ.
ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަރކަން
"ސަރުކާރުގެ ސެކިއުރިޓީޒްގެ ޕްރައިމަރީ ޑީލަރކަން" ކަމަށް ބުނެފައި އެވަނީ، އެހެން ފަރާތަކަށް ވިއްކުމަށްޓަކައި ސަރުކާރުގެ ސެކިއުރިޓީޒް، ސީދާ އެ ސެކިއުރިޓީޒް އިށޫކުރާ ފަރާތުގެ އަތުން ނުވަތަ އެފަރާތުގެ އޭޖެންޓެއްގެ އަތުން ގަތުމަށެވެ.
ބޭންކު-ނޫން މާލީ ވިޔަފާރި
"ބޭންކު-ނޫން މާލީ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރި ފިޔަވައި އެހެން ބާވަތްތަކުގެ މާލީ ވިޔަފާރިތަކަށެވެ. އޭގެތެރޭގައި، އާންމު ބޭންކިންގ ވިޔަފާރީގެ ތެރޭގައި ނުހިމެނޭ އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ މާރޗަންޓް ބޭންކިންގ ވިޔަފާރި ނުވަތަ ޑިވެލޮޕްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ ސެކިއުރިޓީޒްގެ ވިޔަފާރި ނުވަތަ އިންށުއަރެންސްގެ ވިޔަފާރި ނުވަތަ އިންވެސްޓްކުރުމާ ބެހޭގޮތުން ލަފާދިނުމުގެ ވިޔަފާރި، ނުވަތަ ފައިނޭންސިންގ ވިޔަފާރި، ނުވަތަ ރެމިޓެންސްގެ ވިޔަފާރި ނުވަތަ މަނީ ޗޭންޖިންގ ވިޔަފާރި ނުވަތަ އިލެކްޓްރޯނިކް މަނީ އިށޫކުރުމާއި އެހެންވެސް ޕޭމަންޓް އިންސްޓްރުމަންޓްތައް އިށޫކުރުމުގެ އަދި ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތްތައް ހިމެނޭގޮތުން ޕޭމަންޓް ހިދުމަތް ދިނުމުގެ ވިޔަފާރި، ނުވަތަ އެއްވެސް ބާވަތެއްގެ ޕޭމަންޓް އިންސްޓްރުމަންޓެއް ނުވަތަ ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ވިޔަފާރި، ނުވަތަ އެސެޓް މެނޭޖްމަންޓްގެ ވިޔަފާރި، ނުވަތަ އޮތޯރިޓީން ކަނޑައަޅާ މިނޫންވެސް ވިޔަފާރިއާއި މާލީ ހަރަކާތްތައް ހިމެނޭގޮތުންނެވެ.