ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކުރެވިފައިވާ މުވައްޒަފުން
"ތަފާސްހިސާބުގެ މަސައްކަތަށް ހާއްސަކުރެވިފައިވާ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.
ސްޓެޓިސްޓިކަލް ރެޖިސްޓަރ
"ސްޓެޓިސްޓިކަލް ރެޖިސްޓަރ" ކަމަށް ބުނެފައި އެވަނީ، ބޯހިމެނުމާއި ސަރވޭ ސާމްޕަލް ނެގުމަށާއި ތަފާސްހިސާބު އެއްކޮށް އެކުލަވާލުމުގައި ފާހަގަކުރަންޖެހޭ އެކިއެކި ތަންތަނާއި ޔުނިޓްތައް (ވިޔަފާރިތަކާއި މަސައްކަތް ހިންގާ ތަންތަން، ގޭގެ، އިމާރާތްފަދަ ތަންތަނަށް) އަދި އެތަންތަނާ ބެހޭ އަސާސީ މައުލޫމާތު، ތަން ފާހަގަކުރެވޭގޮތަށް ހަމައެކަނި ތަފާސްހިސާބުގެ ބޭނުމަށް އެކުލަވާލެވޭ ލިސްޓުތަކަށެވެ.
ޑިސެމިނޭށަން ޕޮލިސީ
"ޑިސެމިނޭށަން ޕޮލިސީ" ކަމަށް ބުނެފައި އެވަނީ، ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ތެރެއިން އެކުލަވާލާ ރަސްމީ ތަފާސްހިސާބު އާންމުކުރުމާއި، އިސްލާހު ގެނައުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، އެންމެންނަށް އެއްހަމައެއްގައި ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި ތަފާސްހިސާބު އާންމުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ކަނޑައަޅާ ސިޔާސަތަށެވެ.
އެޑްވާންސް ރިލީޒް ކަލަންޑަރ
"އެޑްވާންސް ރިލީޒް ކަލަންޑަރ" ކަމަށް ބުނެފައި އެވަނީ، ރަސްމީ ތަފާސްހިސާބު އާންމުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުތަކާއި ވަގުތު ކަނޑައެޅި ދުރާލާ އާންމުންނަށް އެނގޭގޮތަށް އާންމުކުރެވޭ ކަލަންޑަރަށެވެ.
އިދާރީ ތަފާސްހިސާބު
"އިދާރީ ތަފާސްހިސާބު" ކަމަށް ބުނެފައި އެވަނީ، އަމަލުކުރެވޭ ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އެއްކުރެވޭ މައުލޫމާތަށެވެ.
ކޯޑިންގ ސިސްޓަމް
"ކޯޑިންގ ސިސްޓަމް" ނުވަތަ "ކްލެސިފިކޭށަން" ކަމަށް ބުނެފައި އެވަނީ، ހޯދޭ މައުލޫމާތު ތަފާސްހިސާބަށް ބަދަލުކުރުމަށް ބޭނުންކުރެވޭ ހިސާބުކުރުމުގެ ނިޒާމުތަކަށެވެ.
ކްލެސިފިކޭށަން
"ކްލެސިފިކޭށަން" ނުވަތަ "ކޯޑިންގ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ހޯދޭ މައުލޫމާތު ތަފާސްހިސާބަށް ބަދަލުކުރުމަށް ބޭނުންކުރެވޭ ހިސާބުކުރުމުގެ ނިޒާމުތަކަށެވެ.
ތަފާސްހިސާބު
"ތަފާސްހިސާބު" ކަމަށް ބުނެފައި އެވަނީ، މައުލޫމާތު އެއްކޮށް، އެ މައުލޫމާތު އެކުލަވާލައި، ޖުމްލަ ހިސާބުތަކެއްގެ ގޮތުގައި، ވަކިފަރާތެއް ހާމަނުވާފަދަގޮތަށް ނެރެވޭ ނަތީޖާއަށެވެ.
ސަރވޭ
"ސަރވޭ" ކަމަށް ބުނެފައި އެވަނީ، މުޅި އާބާދީ ނުހިމެނޭގޮތަށް، ހަވާލާދެވޭ ވަކި އާބާދީއަކަށް ނުވަތަ ވަކި އާބާދީއެއްގެ ބަޔަކަށް ހުރިހާ އެއްޗަކަށް ނިސްބަތްވާ ގޮތަށް ހޮވޭ ސާމްޕަލްއަކަށް ބިނާކޮށް މައުލޫމާތު ނެގުމަށެވެ.
ތަފާސްހިސާބުގެ ގައުމީ ނިޒާމު
"ތަފާސްހިސާބުގެ ގައުމީ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ތަފާސްހިސާބުގެ ގާނޫނު (ގާނޫނު ނަންބަރު 16/2021) ގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލެވިގެންވާ ތަފާސްހިސާބުގެ ގައުމީ ނިޒާމަށެވެ.
އެހެނިހެން ބޯހިމެނުން
"އެހެނިހެން ބޯހިމެނުން" ކަމަށް ބުނެފައި އެވަނީ، އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން ފިޔަވައި، އެހެނިހެން ބާވަތުގެ މުޅި އާބާދީ (މަސައްކަތް ހިންގާ ތަންތަން، ގަސްގަހާގެހިފަދަ) ނުވަތަ ކަނޑައެޅޭ ވަކި އެއްޗެއް ހިމެނޭ ގޮތުން، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ނެގޭ މައުލޫމާތަށެވެ. އެހެނިހެން ބޯހިމެނުމަށް ނިސްބަތްކުރާއިރު ބޯހިމެނުން ނިސްބަތްވާ އެއްޗެއްގެ ނަން ބޯހިމެނުމުގެ ކުރިއަށް (އިކޮނޮމިކް ސެންސަސް، އެގްރިކަލްޗަރ ސެންސަސް މިފަދައިން) ގެންނަންވާނެއެވެ.
އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން
"އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ތަންތަނާއި ހުރިހާ ފަރުދުން ހިމެނޭގޮތަށް، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ނެގޭ މައުލޫމާތަށެވެ.
ބޯހިމެނުން
"ބޯހިމެނުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ މުޅި އާބާދީ ނުވަތަ ކަނޑައެޅޭ ވަކި ދާއިރާއެއްގެ ހުރިހާ އެއްޗެއް ހިމެނޭގޮތުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ނެގޭ މައުލޫމާތަށެވެ.
ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އިދާރާތައް
"ރަސްމީ ތަފާސްހިސާބު ފޯރުކޮށްދޭ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައިވާ ގޮތުގެމަތިން ރަސްމީ ތަފާސްހިސާބަށް ބޭނުންވާ މައުލޫމާތު ހޯދުމާއި ، އެއްކޮށް އެކުލަވާލުމާއި، އާންމުކުރުމާއި، ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ސަރުކާރާއި ދައުލަތުގެ އިދާރާތަކަށެވެ.
މާލީ އަހަރު
"މާލީ އަހަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް ފުރަތަމަ އެކައުންޓިންގ މުއްދަތަށް، އަދި އޭގެ ފަހުން އަންނަ ކޮންމެ އަހަރެއްގެ 31 ޑިސެންބަރުގެ ނިޔަލަށް އަންނަ 12 (ބާރަ) މަސްދުވަހުގެ މުއްދަތަށެވެ.