ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޗީފް ސްޓެޓިސްޓީށަން
"ޗީފް ސްޓެޓިސްޓީށަން" ކަމަށް ބުނެފައި އެވަނީ، ބިއުރޯގެ އިސް ފަރާތުގެ ގޮތުގައި ތަފާސްހިސާބުގެ ގާނޫނު (ގާނޫނު ނަންބަރު 16/2021) ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތަށެވެ.
ސްޓެޓިސްޓިކަލް ކައުންސިލް
"ސްޓެޓިސްޓިކަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ތަފާސްހިސާބުގެ ގާނޫނު (ގާނޫނު ނަންބަރު 16/2021) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސްޓެޓިސްޓިކަލް ކައުންސިލަށެވެ.
ތިއަރީ އިމްތިހާނު
"ތިއަރީ އިމްތިހާނު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި، އެ ގާނޫނުގެ ހަދައިފައިވާ ގަވާއިދުތަކުގައިވާ ކަންކަމާއި، މަގުމަތީގެ އަދަބުތައް އެނގޭތޯ ބެލުމަށް ކުރާ އިމްތިހާނަށެވެ.
އަމަލީ އިމްތިހާނު (ލައިސަންސާއި ގުޅޭ)
"އަމަލީ އިމްތިހާނު" ކަމަށް ބުނެފައި އެވަނީ، އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަން ފަރިތަވެފައިވޭތޯ ބެލުމަށް ކުރާ އިމްތިހާނަށެވެ.
ބިދޭސީ ލައިސަންސް
"ބިދޭސީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރުގެ ގައުމުތަކުން ދޫކޮށްފައިވާ ޑްރައިވިންގ ލައިސަންސަށެވެ.
ކެޓަގަރީ (ލައިސެންސާއި ގުޅޭ)
"ކެޓަގަރީ" ކަމަށް ބުނެފައި އެވަނީ، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ތަރުތީބުކޮށްފައިވާ ގޮތަށެވެ.
ދާއިމީ ލައިސަންސް
"ދާއިމީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، ވަގުތީ ލައިސަންސްގެ މުއްދަތު ހަމަވުމުން ދޫކުރާ ލައިސަންސަށެވެ.
ވަގުތީ ލައިސަންސް
"ވަގުތީ ލައިސަންސް" ކަމަށް ބުނެފައި އެވަނީ، އަލަށް ލައިސަންސް ނަގާ ފަރާތްތަކަށް ދާއިމީ ލައިސަންސް ދޫކުރުމުގެ ކުރިން ދޫކުރާ ލައިސަންސާއި، ބިދޭސީންނަށް ދޫކުރާ ލައިސަންސަށެވެ.
ލައިސަންސް
"ލައިސަންސް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން އިހްތިޔާރު ދީފައިވާ ފަރާތަކުން، އެއްގަމު އުޅަނދު ދުއްވުމަށް ނުވަތަ އޮޕަރޭޓްކުރުމަށް ހުއްދަ ދިނުމުގެ ގޮތުން ދޫކޮށްފައިވާ، ފޮޓޯޖެހި ލައިސަންސް ކާޑު، ނުވަތަ ލައިސަންސް ފޮތް، ނުވަތަ އެފަދަ އެހެން ލިޔުމަކަށެވެ.
ކުއްޖާގެ މަންމަ
"ކުއްޖާގެ މަންމަ" ކަމަށް ބުނެފައި އެ ވަނީ، އެ ކުއްޖާ ބަނޑުއަޅައި ވިހޭ މައިމީހާއަށެވެ.
ކުއްޖާގެ ބައްޕަ
"ކުއްޖާގެ ބައްޕަ" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) ގެ ދަށުން ސައްހަ ކާވެންޏެއް ކޮށްފައިވާ ފިރިހެނާއަށް އެ ގާނޫނުގެ 52 ވަނަ މާއްދާގައި ބުނާ ދަރިލައްވާ މުއްދަތުގައި އޭނާ ކާވެނިކުރި އަންހެނާ ދަރިއަކު ވިހައި، އެ ދަރީގެ ނަސަބު ނަފީކުރުމަށް، ލިއާނު ކޮށްފައި ނުވާ ފިރިހެނާއަށެވެ.
އާއިލާއާއި އާއިލީ ގުޅުމެއް އޮންނަ ފަރާތްތައް
"އާއިލާއާއި އާއިލީ ގުޅުމެއް އޮންނަ ފަރާތްތައް" ކަމަށް ބުނެފައި އެ ވަނީ، އެ ކުއްޖެއްގެ މައިންބަފައިންނަށް، ނުވަތަ މަންމަޔަށް، ނުވަތަ ބައްޕަޔަށް، ނުވަތަ ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ށަރުއީ ބަލަދުވެރިންނަށް ނުވަތަ ހަޒާނަތު ހައްގުވާ ފަރާތްތަކަށެވެ.
އިހުމާލުވުން (ކުޑަކުދިންނާ ބެހޭ)
"އިހުމާލުވުން" ކަމަށް ބުނެފައި އެ ވަނީ، ކުއްޖެއްގެ މައިންބަފައިން ނުވަތަ އެ ކުއްޖާ އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ފަރާތަކުން ކުރި އަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ ނުވަތަ ނަފުސާނީ ގެއްލުމެއް ކުރިމަތިކުރުވާ ފަދަ އެންމެހައި އަމަލުތައް ނުވަތަ އެ ފަދަ ގެއްލުމެއް ކުއްޖާއަށް ކުރިމަތިވެދާނެ ފަދަ އަމަލުތަކަށެވެ.
ޗައިލްޑް އެސެސްމަންޓް
"ޗައިލްޑް އެސެސްމަންޓް" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ދައުލަތުގެ ބެލުމުގެ ދަށުން އަލުން އާއިލާއާ ހަވާލުކުރެވޭ ކުއްޖާގެ ވަނަވަރާއި ހާލަތު ބަޔާންކޮށްފައި ހެދޭ އެސެސްމަންޓަށެވެ.
ކޮންޓިންޖެންސީ ޕްލޭން (ކުޑަކުދިންނާ ބެހޭ)
"ކޮންޓިންޖެންސީ ޕްލޭން" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އެ ޕްލޭނާ އެއްގޮތަށް ނުދާ ހާލަތުގައި، ނުވަތަ ކުއްޖާއާއި ކުއްޖާގެ އާއިލާއާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނަށެވެ.