ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ވަޒީފާއަށް ހާޒިރުނުވާ ދުވަސް (ފުލުހުންނާއި ގުޅޭ)
"ވަޒީފާއަށް ހާޒިރުނުވާ ދުވަސް" ކަމަށް ބުނެފައި އެވަނީ، މުވައްޒަފަކު އޭނާގެ ރަސްމީ ޑިއުޓީއަށް ނުވަތަ ރަސްމީ މަސައްކަތަށް، އޮފީހަށް ހާޒިރުވާންޖެހޭނެކަމަށް ކަނޑައަޅައިފައިވާ ދުވަސްތަކުގެ ތެރެއިން އޮފީހަށް ނުވަތަ ޑިއުޓީއަށް ނުކުމެ ވަޒީފާއަށް ހާޒިރުވިކަން ރެކޯޑުކޮށްފައިނުވާ ދުވަސްތަކާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ވަޒީފާއަށް ސަލާމް ބުނުމުން ސަލާމް ބަލައިނުގަތުމަށް ނިންމާފައިވާ ދުވަސްތަކެވެ. މީގެތެރޭގައި މުވައްޒަފު "ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަ ވާއިދު (ގަވާއިދު ނަންބަރު 98/2021)" ގެ 23 ވަނަ މާއްދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަލާމް ބުނެފައިވާ ދުވަސްތަކާ އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީތަކުގެ ތެރެއިން ޗުއްޓީއެއްގައި ހުންނަ ދުވަސްތައް ނުހިމެނެއެވެ.
ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތައް (ފުލުހުންނާޢި ގުޅޭ)
"ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ކާރިސާގެ ހާލަތެއް އިއުލާނުކޮށް އެ ހާލަތު ދެމިއޮތުމުގެ ސަބަބުން، އެ މުއްދަތުގެ ތެރޭގައި މުވައްޒަފަށް ދިމާވާ ވަކި ހާލަތަކާ ގުޅުވައިގެން ކާރިސާގެ ހާލަތުގައި އަމަލުކުރަން ރަސްމީ އިދާރާއަކުން އަންގާ އެންގުންތަކެއްގެ ސަބަބުން، އާންމު އުސޫލުން މުވައްޒަފަށް، ވަޒީފާއަށް ނިކުމެ މަސައްކަތް ކުރެވެން ނެތް މުވައްޒަފުންނަށެވެ.
އާއިލާގެ މެންބަރު (ފުލުހުންނާއި ގުޅޭ)
"އާއިލާގެ މެންބަރު" ކަމަށް ބުނެފައި އެވަނީ، މުވައްޒަފުގެ މަންމަ، ބައްޕަ، ފިރިމީހާ، އަނބިން، ދަރިން، މާމަ، ކާފަ، އަނބިންގެ ނުވަތަ ފިރިމީހާގެ މައިންބަފައިން އަދި ށަރުއީގޮތުން ބަލަންޖެހޭ މީހުން ހިމެނޭގޮތުންނެވެ.
ދާއިމީ މުވައްޒަފުން (ފުލުހުންނާއި ގުޅޭ)
"ދާއިމީ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، ފުލުހުންނާއި، ޕޮލިސް ރެކްރޫޓުންނާއި، އާންމު މުވައްޒަފުންގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަތުގެ ދާއިމީ މަގާމަކަށް އައްޔަނުކޮށްފައިވާ އާންމު މުވައްޒަފުންގެ ތެރޭގައި ހިމެނޭ ޕްރަބޭށަންގެ މުއްދަތު ހަމަވެފައިވާ އާންމު މުވައްޒަފުން ހިމެނޭގޮތުންނެވެ.
މުވައްޒަފު (ފުލުހުންނާއި ގުޅޭ)
"މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ސްޕެށަލް ކޮންސްޓަބަލުން ފިޔަވައި ފުލުހުންގެ ހިދުމަތުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ފުލުހުންނާއި، ދާއިމީ އާންމު މުވައްޒަފުންނާއި، ޕޮލިސް ރެކްރޫޓުން ހިމެނޭ ގޮތުންނެވެ.
ޖޫރިމަނާ (ޓެކްސް އާއި ގުޅޭ)
"ޖޫރިމަނާ" ކަމަށް ބުނެފައި އެ ވަނީ ޓެކްސްއާބެހޭ ގާނޫނެއްގެ ދަށުން ޓެކްސް ދައްކާ ފަރާތަކުން ދައްކަންޖެހި ނުދައްކައި ހުރި ފައިސާގެ އަދަދު ހޯދުމުގެ ގޮތުން މީރާއިން ކަނޑައަޅާ ވަކި މުދަލަކަށް ނުވަތަ މުދާތަކެއްގެ މައްޗަށް އެ މުދާ ނުވަތަ މުދާތައް ހިފެހެއްޓުމުގެ ގޮތުން ކަނޑައެޅޭ ޗާޖަކަށެވެ.
ކަފާލާ (ޓެކްސްއާއި ގުޅޭ)
"ކަފާލާ" ކަމަށް ބުނެފައި އެ ވަނީ ޓެކްސް ދައްކާ ފަރާތަކުން ދައްކަންޖެހިނުދައްކައި ހުރި ފައިސާ ހޯދުމުގެ ގޮތުން ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު (ގަވާއިދު ނަންބަރު 45/2013) ގެ 51 ވަނަ މާއްދާގައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މީރާއިން އައްޔަންކުރާ މީހަކަށެވެ.
ފީ ނުވަތަ އަގު
"އަގު ނުވަތަ "ފީ" ކަމަށް ބުނެފައި އެވަނީ، ތަންފީޒު ކުރުމާ ގުޅޭ އަގުތަކާއި ފީތަކާއި، އާންމު ހިދުމަތް ދިނުމާ ގުޅޭ އަގުތަކާއި ފީތަކަށެވެ.
އަގު ނުވަތަ ފީ (ޔުޓިލިޓީއާއި ގުޅޭ)

ރުޖޫއީ އިންސާފު
"ރުޖޫއީ އިންސާފު" ކަމަށް ބުނެފައި އެވަނީ، ކުށުގެ ސަބަބުން ސީދާ އަސަރުކުރި ފަރާތްތައް އެކުވެ، އެ ފަރާތްތަކުގެ އިހުސާސްތަކާއި ބޭނުންތައް ދެނެގަނެ، މީހުންނަށާއި ގުޅުންތަކަށް ލިބުނު ގެއްލުން ފޫބެއްދޭނެ ގޮތެއް އެކުލަވައިލައި، ކުއްޖާގެ ފަރާތުން މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތް ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ.
ބެލެނިވެރިޔާ
"ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި، ގާނޫނީ ބެލެނިވެރިންނާއި، ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
"ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް"
"ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުޑަކުދިންނާ ގުޅޭގޮތުން ކަމުގައި ވާނަމަ، މީލާދީގޮތުން އުމުރުން 15 (ފަނަރަ) އަހަރު ފުރި، 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދީންނަށެވެ. އެނޫން ހާލަތުގައި އެއީ މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކޮންމެ ކުއްޖަކަށެވެ.
ކުއްޖެއް ނުވަތަ ކުޑަކުއްޖެއް

ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް
''ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް'' ކަމަށް ބުނެފައި އެވަނީ، ކުޑަކުދީންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމަށާއި، އެ ކުދީންގެ މަސްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ޖަމްއިއްޔާތަކާއި، އަމިއްލަ ޖަމާއަތްތަކާއި، ށަރީއަތަށް ހުށަހަޅައިފައިވާ މައްސަލައެއްގައި ގާޑިއަން އެޑް-ލިޓެމްއާއި އަމިކަސް-ކިއުރިޔައިގެ ދައުރު އަދާކުރުމަށް ކޯޓުން ހުއްދަދޭ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި، ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރެވިދާނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ އެހެނިހެން ފަރާތްތަކަށެވެ.
ކޮމިއުނިޓީ ކޮންފަރެންސިންގ
"ކޮމިއުނިޓީ ކޮންފަރެންސިންގ" ކަމަށް ބުނެފައި އެވަނީ، ހާދިސާއެއް ހިނގުމުން، އެ މައްސަލައިގައި ސީދާ އަސަރުކޮށްފައިވާ ފަރާތްތަކާއެކު މުއައްސަސާތަކާއި މުޖުތަމައުން އެހީތެރިއެއް ހިމެނޭ ގޮތަށް ލިބުނު ގެއްލުން ފޫބައްދަން މަސައްކަތްކުރުމަށް ބޭއްވޭ ބައްދަލުވުންތަކަށެވެ.