ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އަދަބު
"އަދަބު" ދޭހަކޮށްދެނީ، ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާ ކަމަކަށް ގާނޫނުގައި ދިނުމަށް ކަނޑައަޅާފައިވާ އުގޫބާތެވެ.
ޖަލުގައި ވަކިން ހައްޔަރު ކުރުން
"ޖަލުގައި ވަކިން ހައްޔަރު ކުރުން" ދޭހަކޮށްދެނީ ޖަލު ބަލަހަށްޓާ ދައުލަތުގެ މުވައްޒަފުން ފިޔަވައި އެހެން އެއްވެސް އިންސާނަކާ ބައްދަލު ނުވެވޭ އަދި ބޭރުގެ އެއްވެސް ޒަރިއާ އަކުން ނެތި ވަކި ތަނެއްގައި ބެހެށްޓުމެވެ.
ސިއްރުކުރުން
"ސިއްރުކުރުން" ދޭހަކޮށްދެނީ، އެފަދަ މައްލޫމާތު ވެވުނު އެންމެ އަވަސް ފުރްސަތެއްގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް، ސިފައިންގެ އޮފީހަށް އަތޮޅު އޮފީހަށް ނުވަތަ ރަށު އޮފީހަށް ނާންގާ ހުރުމެވެ.
ނުރައްކާތެރި އަނިޔާ
"ނުރައްކާތެރި އަނިޔާ" ދޭހަކޮށްދެނީ މީހެއްގެ ހަށިގަނޑުގެ ގުނަވަނަކަށް ނުވަތަ އެއްވެސް ހިއްސަކަށް މީހެއްގެ އަމިއްލަ މުދަލަކަށް ދާއިމީ އުނިކަމެއް ލިބުމެވެ. ނުވަތަ މީހެއްގެ ދިރިއުޅުމަށް ކުރާ މަސައްކަތަކަށް ދާއިމީ ހުރަހެއް އެޅުމެވެ. މިއިން ކޮންމެ ގޮތެއްގައިވެސް، ށަރްއީ ނުވަތަ ގާނޫނީ ހަމަތަކާ ހިލާފު ވާ ގޮތެއްގައި އެކަންޏެވެ.
އިލެކްޓްރޯނިކް މަނީ
"އިލެކްޓްރޯނިކް މަނީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ފުރިހަމަވާ، އިށޫކުރި ފަރާތުގެ މައްޗަށް ކްލެއިމްކުރެވޭ މަނިޓަރީ ވެލިއުއަކަށެވެ (1) މެގްނެޓިކްކޮށް ހިމެނޭގޮތުން އިލެކްޓްރޯނިކްކޮށް، އެހެންވެސް މާއްދީ ނުވަތަ މައުނަވީ ޑިވައިސްއެއްގައި ރައްކާކުރެވިފައިވާ މަނިޓަރީ ވެލިއުއަކަށްވުން (2) މަނިޓަރީ ވެލިއު އިށޫކޮށްފައިވަނީ އިށޫކުރި މަނިޓަރީ އަދަދަށްވާ ފައިސާ ލިބުމުން ކަމުގައިވުން؛ އަދި (3) މަނިޓަރީ ވެލިއުއަކީ އިށޫކުރި ފަރާތް ފިޔަވައި އެހެން ފަރާތްތަކުން ޕޭމަންޓް ބަލައިގަތުމަށް ގަބޫލުކުރާ މަނިޓަރީ ވެލިއުއެއް ކަމުގައިވުން.
ނެޓިންގ
"ނެޓިންގ" ކަމަށް ބުނެފައި އެވަނީ، ސިސްޓަމެއްގެ ދެ ބައިވެރިންގެ މެދުގައި ނުވަތަ އެއަށްވުރެ ގިނަ ބައިވެރިންގެ މެދުގައި އަދާކުރަންޖެހޭ ސެޓްލްމަންޓް އިލްތިޒާމްތަކުގެ ނެޓް ވެލިއު ކަނޑައެޅުމަށެވެ.
ޕޭމަންޓް އިންސްޓްރުމަންޓް
"ޕޭމަންޓް އިންސްޓްރުމަންޓް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް އިންސްޓްރަކްށަން އިނީށިއޭޓްކުރުމަށް ނުވަތަ/އަދި ޕްރޮސެސްކުރުމަށް ބޭނުންކުރާ ކޮންމެ ވަސީލަތަކަށް ނުވަތަ އިޖުރާއަތަށެވެ. ޕޭމަންޓް އިންސްޓްރުމަންޓްގެ ތެރޭގައި ޗެކް، ފަންޑްސް ޓްރާންސްފަރކުރުމަށް ބޭނުންކުރާ ވަސީލަތްތައް، އަދި ޕޭމަންޓް ކާޑު، ހަމައެކަނި މި ވަސީލަތްތަކަށް ހުދޫދުނުވާ ގޮތުގެމަތިން، ހިމެނެއެވެ.
ޕޭމަންޓް ހިދުމަތް
"ޕޭމަންޓް ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ނޫޓާއި ފައިސާފޮތި ޖަމާކުރުމުގެ އަދި ނެގުމުގެ ހިދުމަތާއި، ޕޭމަންޓް މުއާމަލާތެއް ތަންފީޒުކޮށްދިނުމުގެ ހިދުމަތާއި، ޕޭމަންޓް އިންސްޓްރުމަންޓްތައް އިށޫކުރުމުގެ ހިދުމަތް ނުވަތަ ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ހިދުމަތްތަކާއި، ރެމިޓެންސްގެ ހިދުމަތްތަކާއި، އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރގެ ހިދުމަތްތަކާއި، ޕޭމަންޓް އިނީށިއޭށަން ހިދުމަތްތަކާއި، އެކައުންޓް އިންފޮމޭށަން ފޯރުކޮށްދިނުމުގެ ހިދުމަތްތަކާއި، އަދި މިނޫންވެސް ފައިސާ ޓްރާންސްފަރކުރުމާ ގުޅުންހުރި ނުވަތަ ޕޭމަންޓް އެކައުންޓްތަކާ ގުޅުންހުރި އެހެނިހެން ހިދުމަތްތަކާއި އޮތޯރިޓީން ކަނޑައަޅާ އެހެންވެސް ޕޭމަންޓާގުޅޭ ހިދުމަތްތަކަށެވެ. މީގެ ތެރޭގައި، އިލެކްޓްރޯނިކް މަނީ އިށޫކުރުންވެސް ހިމެނޭނެއެވެ.
ކްލިއަރިންގ ހައުސް
"ކްލިއަރިންގ ހައުސް" ކަމަށް ބުނެފައި އެވަނީ، ސިސްޓަމެއްގައި ހިމެނޭ ޕޭމަންޓް އިންސްޓްރުމަންޓް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކަށް ކްލިއަރިންގ ނުވަތަ ސެޓްލްމަންޓްގެ ހިދުމަތްތައް ފޯރުކޮށްދޭ އިދާރާއަކަށެވެ.
ކްލިއަރިންގ ސިސްޓަމް
"ކްލިއަރިންގ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ މަރުކަޒީ ނިޒާމެއް މެދުވެރިކޮށް ނުވަތަ ވަކި ތަނެއްގައި ފައިސާ ނުވަތަ ސެކިއުރިޓީޒް ޓްރާންސްފަރކުރުމާބެހޭ މައުލޫމާތު ސިސްޓަމެއްގެ ބައިވެރިން ހުށަހަޅައި އަދި އެ ބައިވެރިންގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށާއި އަދި ދެ ބައިވެރިން ނުވަތަ އެއަށްވުރެ ގިނަ ބައިވެރިންގެ މެދުގައި އަދާކުރަންޖެހޭ އިލްތިޒާމްތަކުގެ ސެޓްލްމަންޓް ހެދުމަށް މަގުފަހިކުރުމަށްޓަކައި، ގްރޮސް ނުވަތަ ނެޓް އުސޫލުން، ބައިވެރިންގެ ޕޮޒިށަން ހިސާބުކުރުމަށެވެ.
ސެޓްލްމަންޓް ސިސްޓަމް
"ސެޓްލްމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް އިލްތިޒާމްތައް އަދާކުރުމަށް ނުވަތަ ސެކިއުރިޓީޒް ސެޓްލްކުރުމުގެ އިލްތިޒާމްތައް އަދާކުރުމަށް، ގާއިމުކޮށް ހިންގާ ސިސްޓަމަކަށެވެ.
ޕޭމަންޓް ސިސްޓަމް
"ޕޭމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ފައިސާ ޓްރާންސްފަރކުރުމަށް ނުވަތަ ޕްރޮސެސްކުރުމަށް ނުވަތަ ކްލިއަރިންގ ހެދުމަށް ނުވަތަ ސެޓްލްމަންޓް ހެދުމަށްޓަކައި ބޭނުންކުރާ އެއްވެސް ސިސްޓަމަކަށް ނުވަތަ އިންތިޒާމަކަށެވެ. މީގެ ތެރޭގައި އެ ސިސްޓަމަކާގުޅޭ އިންސްޓްރުމަންޓްތަކާއި އިޖުރާއަތުތައްވެސް ހިމެނޭނެއެވެ.
ސިސްޓަމް (ޕޭމަންޓާއި ގުޅޭ)
"ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް ސިސްޓަމެއް ނުވަތަ ކްލިއަރިންގ ސިސްޓަމެއް ނުވަތަ ސެޓްލްމަންޓް ސިސްޓަމަށެވެ.
ގައުމީ ޕޭމަންޓް ސިސްޓަމް
"ގައުމީ ޕޭމަންޓް ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ފައިސާއިން ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް، ޕޭމަންޓް އިންސްޓްރަކްށަންތަކާއި ފައިސާގެ ޓްރާންސްފަރތައް ފޮނުވުމާއި ލިބުމާއި ޕްރޮސެސްކުރުމާ ގުޅުންހުރި އެންމެހައި ކަންކަމަށެވެ. މީގެ ތެރޭގައި އަންނަނިވި ކަންތައްތަކާއި ފަރާތްތައް ހިމެނެއެވެ (1) ޕޭމަންޓް އިންސްޓްރުމަންޓް އިށޫކުރުމާއި މެނޭޖްކުރުން (2) ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިންގ ސިސްޓަމްތައް އަދި ސެޓްލްމަންޓް ސިސްޓަމްތައް އޮޕަރޭޓްކުރުން އަދި އެ ސިސްޓަމްތަކާއި އެ ސިސްޓަމްތަކުން ދެވޭ ހިދުމަތްތަކާ ގުޅުންހުރި އިންތިޒާމްތަކާއި އިޖުރާއަތުތައް؛ މީގެ ތެރޭގައި ސެކިއުރިޓީޒްއާއި އެހެނިހެން ފައިނޭންށަލް އިންސްޓްރުމަންޓްތައް ޕްރޮސެސްކުރާ ސިސްޓަމްތައްވެސް ހިމެނޭނެއެވެ (3) ޕޭމަންޓް ހިދުމަތް ފޯރުކޮށްދިނުމާއި އެ ހިދުމަތްތަކާ ގުޅުންހުރި ކަންކަން (4) ޕޭމަންޓް ހިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކާއި އޮޕަރޭޓަރުންނާއި ބައިވެރިން އަދި އޭޖެންޓެއްގެ ގޮތުގައި ނުވަތަ އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމެއްގެ ދަށުން އެއިން ފަރާތެއްގެ ފަރާތުން މަސައްކަތްކުރާ ތިންވަނަ ފަރާތްތައް؛ މީގެ ތެރޭގައި، މިއިން ފަރާތެއްގެ ހިންގުން އެކުގައި ނުވަތަ ބައެއް ނަމަވެސް ދިވެހިރާއްޖޭގައި ފޯރުކޮށްދޭނަމަވެސް ހިމެނޭނެއެވެ.
ބައިވެރިއެއް (ޕޭއިމަންޓާއި ގުޅޭ)
"ބައިވެރިއެއް" ކަމަށް ބުނެފައި އެވަނީ، ސީދާކޮށް ނުވަތަ ނުސީދާކޮށް ކަމުގައިވީނަމަވެސް، ސިސްޓަމެއް މެދުވެރިކޮށް އެހެން ބައިވެރިންނަށް ޓްރާންސްފަރކުރުމަށް ނުވަތަ ބައިވެރިންގެ މެދުގައި ކްލިއަރކުރުމަށް، ނުވަތަ ސެޓްލްކުރުމަށް، އެ ސިސްޓަމް ރޫލްސްގެ ދަށުން ށަރުތު ފުރިހަމަވާކަމަށް ގަބޫލުކުރާ ފަރާތަކަށެވެ.