ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ފުރާދުއްވާއެތި
"ފުރާދުއްވާއެތި" ދޭހަކޮށްދެނީ، ކަނޑާއި، އެއްގަމާއި، ވައިގައި ނުވަތަ މިއިން ތަނެއްގައި އާދަމުގެ ދަރިން ނުވަތަ މުދާ، ނުވަތަ މިދެބައި އެއްތަނުން އަނެއްތަނަށް އޭގެ އަމިއްލަ ޒާތުގެ ގެންދާ، ނުވަތަ ގެންދެވޭ، ކޮންމެ އެއްޗެކެވެ.
ޖަނަވާރު
"ޖަނަވާރު" ދޭހަކޮށްދެނީ، ފުރާނައަޅުއްވާއިފައިވާ ތަކެތީގެ ތެރެއިން އާދަމުގެ ދަރިންނޫން އެއްޗެއްސެވެ.
ފުރާނަ
"ފުރާނަ" ދޭހަކޮށްދެނީ، (އެހެން ގޮތަކަށް ނުބުނާނަމަ) ﷲ ފުރާނައެޅުއްވި، އެއްޗެއްސަށް ލިބިފައިވާ ދިރިހުރުމުގެ ބާރެވެ.
ލޯކަލް ގާނޫނު
"ލޯކަލް ގާނޫނު" އަކީ، އެއަތޮޅަކަށް، އެރަށަކަށް، ނުވަތަ އެހިސާބަކަށް ކަނޑައަޅާފައިވާ ގާނޫނެކެވެ.
އަނިޔާ
"އަނިޔާ" އަކީ މީހެއްގެ ހަށިގަނޑަށް، ހިތަށް، އަބުރަށް، ނަމަށް، ނުވަތަ މުދަލަށް ގާނޫނާ ހިލާފު ގޮތަކުން ލިބޭ ގެއްލުމެވެ.
އުފުލޭ މުދާ
"އުފުލޭ މުދާ" މާނައަކީ، ބިމާ ގުޅިފައި ނުވަތަ ބިމަށް ހަރުކުރެވިފައިވާ ތަކެތި ފިޔަވައި، އެނޫން ހުރިހާ ބާވަތެއްގެ މުދަލެކެވެ.
ޖަލު
"ޖަލު" ގެ މާނައަކީ، ގާނޫނީ ނުވަތަ ށަރްއީ ކުށްކުށަށް ދޭ އަދަބެއްގެ ގޮތުން ކުށްވެރިން ބަންދު ކުރުމަށްވާ ތަނެކެވެ.
ޖަލަށްލުން
"ޖަލަށްލުން" ދޭހަކޮށްދެނީ، ގާނޫނީ ނުވަތަ ށަރްއީގޮތުން ކުށަކަށްދޭ އަދަބެއްގައި ކަނޑައެޅޭ މުއްދަތަކަށް އަމިއްލަ މިނިވަންކަން ނެތްގޮތެއްގައި، ޖަލުގައި ބަންދު ކުރުމެވެ.
ބުރަ މަސައްކަތާއެކު ޖަލަށްލުން
"ބުރަ މަސައްކަތާއެކު ޖަލަށްލުން" ދޭހަކޮށްދެނީ ކުށުގެ ނިސްބަތުން ޖަލަށްލުމުގެ އަދަބު ބޮޑުކުރުމަށް ޖަލުގައި ރޭވޭ ހާއްސަ ރޭވުންތަކެއްގެ ދަށުގައި ކުށްވެރިޔާ ބަންދު ކުރުމެވެ.
ގޭގާއި ބަންދުކުރުން
"ގޭގާއި ބަންދުކުރުން" މާނައަކީ، ދިރިއުޅޭ ހިޔާވައްސެއްގައި އެތަނެއްގެ ސަރަހައްދުން ބޭރަށްދިއުން މަނާގޮތެއްގައި ކުށްވެރިއަކަށްދޭ އަދަބެއްގެ ގޮތުން ބަންދު ކުރުމެވެ.
އަރުވާލުން
"އަރުވާލުން" ދޭހަކޮށްދެނީ، ކުށެއްގެ އަދަބަށް ތިމާގެ ވަޒަން ނޫން އެހެން ރަށެއްގައި މީހުން އުޅޭ އެހެން އެއްވެސް ތަނަކަށް ދިއުން މަނާކޮށް އަމިއްލަ މިނިވަންކަން ނެތްގޮތެއްގައި ނުވަތަ އޭގެ ބައެއް ނެތްގޮތުގައި ކަނޑައެޅޭ މުއްދަތަކަށް ބެހެއްޓުމެވެ.
ޖޫރިމަނާ
"ޖޫރިމަނާ" ދޭހަ ކޮށްދެނީ ކުށެއްގެ ނިސްބަތުން ވަކި މުއްދަތެއްގެ ތެރޭގައި، އަދަބެއްގެ ގޮތުން، އަތުލެވޭ އެއްޗެކެވެ.
އަދަބު
"އަދަބު" ދޭހަކޮށްދެނީ، ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާ ކަމަކަށް ގާނޫނުގައި ދިނުމަށް ކަނޑައަޅާފައިވާ އުގޫބާތެވެ.
ޖަލުގައި ވަކިން ހައްޔަރު ކުރުން
"ޖަލުގައި ވަކިން ހައްޔަރު ކުރުން" ދޭހަކޮށްދެނީ ޖަލު ބަލަހަށްޓާ ދައުލަތުގެ މުވައްޒަފުން ފިޔަވައި އެހެން އެއްވެސް އިންސާނަކާ ބައްދަލު ނުވެވޭ އަދި ބޭރުގެ އެއްވެސް ޒަރިއާ އަކުން ނެތި ވަކި ތަނެއްގައި ބެހެށްޓުމެވެ.
ސިއްރުކުރުން
"ސިއްރުކުރުން" ދޭހަކޮށްދެނީ، އެފަދަ މައްލޫމާތު ވެވުނު އެންމެ އަވަސް ފުރްސަތެއްގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް، ސިފައިންގެ އޮފީހަށް އަތޮޅު އޮފީހަށް ނުވަތަ ރަށު އޮފީހަށް ނާންގާ ހުރުމެވެ.