-

މަސް ޕްރޮސެސްކުރާ ތަންތަން

"މަސް ޕްރޮސެސްކުރާ ތަންތަން" ނުވަތަ "މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި، އެފަދަ އެހެން ތަންތަނަށެވެ. އަދި އެ ތަނެއްގައި، ތިރީގައި ބަޔާންކޮށްފައި މިވާ ކަންކަން ކުރާ ތަންތަނަށެވެ.

  1. މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް، ސާފުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ ފިނިކޮށް، ނުވަތަ ގަނޑުކޮށް، ނުވަތަ ލޮނުއަޅައި، ނުވަތަ ހިއްކައި، ނުވަތަ އެނޫން އެހެން ގޮތަކަށްދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ
  2. ބަންދުކޮށް / ޕެކެޓުކޮށް، ނުވަތަ ދަޅުގައި ބަންދުކޮށް، ނުވަތަ ހިއްކައި، ނުވަތަ ސާފުކޮށް، ނުވަތަ ލޮނުއަޅައި، ނުވަތަ ފިނިކޮށް، ނުވަތަ ގަނޑުކޮށް ނުވަތަ އެނޫން އެހެން ގޮތަކަށް ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގައި ވިއްކުމުގެ ބޭނުމަށްޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކައުކޮށްފައި ބަހައްޓާ ތަންތަން.