ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އާއިލީ ގުޅުމެއް އޮންނަ ފަރާތްތައް
"އާއިލީ ގުޅުމެއް އޮންނަ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަކަމަށް މި ގަވާއިދުގައި ބުނެފައިވާ މީހުންނާއި، އެ މީހުންގެ އާއިލާގެ މީހުންގެ ތެރެއިން ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ށަރުއީ ބަލަދުވެރިންނަށް ނުވަތަ ހަޟާނަތު ހައްގުވާ ފަރާތްތަކަށެވެ. އަދި މީގެ އިތުރުން، އެ ކުއްޖެއްގެ ބަޔަލޮޖިކަލް މަންމަ ނުވަތަ ބައްޕަކަމަށް ސައިންޓިފިކް ތަހުލީލަކުން ކަށަވަރުކުރެވޭ މީހުންނަށާއި އެ މީހުންގެ އާއިލާގެ މީހުންނަށެވެ.
އޮފެންޑަރ މެނޭޖްމަންޓް
"އޮފެންޑަރ މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ ގައިދީންނާއި ބަންދުކޮށްފައިވާ މީހުންގެ ފައިލް ބަލަހައްޓަމުން ގެންދާ ސެކްށަނަށެވެ.
ހޮސްޕިޓަލުގައި މަސައްކަތްކުރާ
"ހޮސްޕިޓަލުގައި މަސައްކަތްކުރާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ސްޕެށަލިސްޓް ޑޮކްޓަރުންނަށެވެ.
ޕެރޯލުގެ މުއްދަތު
"ޕެރޯލުގެ މުއްދަތު" ކަމަށް ބުނެފައި އެވަނީ، ޕެރޯލުގެ ދަށުން ދޫކުރެވޭ ގައިދީ ޕެރޯލް ޕްރޮގްރާމުގައި ހޭދަކުރުމަށް ޕެރޯލް ބޯޑުން ކަނޑައަޅާ މުއްދަތަށެވެ.
މާލެ ކައިރީގައިވާ ރަށެއް
"މާލެ ކައިރީގައިވާ ރަށެއް" ކަމަށް ބުނެފައި އެވަނީ، ކ.އަތޮޅުގެ ރަށްތަކުގެ ތެރެއިން ކޮންމެ ދުވަހަކު މާލެއަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ރަށްތަކަށެވެ.
އާއިލާ
"ޢާއިލާ" ކަމަށް ބުނެފައި އެވަނީ، ގައިދީގެ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ، ބައްޕަ، މާމަ ކާފަ، ބޮޑު ދައިތަ، ބޮޑު ބޭބެ، އެއްބަނޑުއެ އްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނަށެވެ.
ގައިދީ ނުވަތަ "ގައިދީން"
"ގައިދީ" ނުވަތަ "ގައިދީން" ކަމަށް ބުނެފައި އެވަނީ، ޖަލުގައި ތިބޭ މީހުންގެ ތެރެއިން ހުކުމެއް ތަންފީޒުކުރަމުންދާ މީހުންނަށެވެ.
ޕެރޯލް
"ޕެރޯލް" ކަމަށް ބުނެފައި އެވަނީ، ހުކުމް ތަންފީޒުކުރަމުންދާ ގައިދީންގެ ތެރެއިން ހުކުމުގެ މުއްދަތުން ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ ގައިދީން، މުޖުތަމަޢުގެ ރައްކައުތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތިން، މުޖުތަމަޢާ އަލުން އަހުލުވެރި ކުރުމަށްޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ ދަށުން ދޫކުރާ ދޫކުރުމަށެވެ.
ޕެރޯލް ބޯޑު" ނުވަތަ "ބޯޑު
"ޕެރޯލް ބޯޑު" ނުވަތަ "ބޯޑު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 127 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ ބޯޑަށެވެ.
މެނިފެސްޓޯ
"މެނިފެސްޓޯ" ކަމަށް ބުނެފައިއެވަނީ، ޕާޓީގެ އުސޫލުތަކާއި، ސިޔާސަތުތަކާއި، ޕާޓީގެ ފަރާތުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކާއި ކުރުމަށް ގަސްދުކުރާ ކަންތައްތަކަށެވެ.
ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތް
"ޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ފަރާތް" ކަމަށް ބުނެފައިއެވަނީ، ޕާޓީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށާއި، ޕާޓީ ތަމްސީލުކުރުމަށްޓަކައި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން އައްޔަންކޮށްފައިވާ ނުވަތަ އިންތިހާބުކޮށްފައިވާ މީހާއަށެވެ.
އާންމު ބައްދަލުވުން (ސިޔާސީ ޕާޓީއާއި ގުޅޭ)
"އާންމު ބައްދަލުވުން" ކަމަށް ބުނެފައިއެވަނީ، އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމަށެވެ.
ގައުމީ ބައްދަލުވުން
''ގައުމީ ބައްދަލުވުން" ކަމަށް ބުނެފައި އެވަނީ ޕާޓީގެ ހުރިހާ މެންބަރުން ތަމްސީލުކުރެވޭ ގޮތަށް ބާއްވާ ބައްދަލުވުމަށެވެ.
ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން
"ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން" ކަމަށް ބުނެފައިއެވަނީ، ސިޔާސީ ޕާޓީގެ ގާނޫނު (ގާނޫނު ނަންބަރު 4/2013) ގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައްދަލުވުމަށެވެ.
ޕަބްލިކް ނޯޓަރީ
"ޕަބްލިކް ނޯޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދިނުމާއި، އެނޫންވެސް އެފަދަ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް، މި ގާނޫނުގެ ދަށުން ބާ ކައުންސިލުން ހުއްދަކުރާ ކޮންމެ ގާނޫނީ ވަކީލަކަށެވެ.