ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އިހުމާލުވުން (ކުޑަކުދިންނާ ބެހޭ)
"އިހުމާލުވުން" ކަމަށް ބުނެފައި އެ ވަނީ، ކުއްޖެއްގެ މައިންބަފައިން ނުވަތަ އެ ކުއްޖާ އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ފަރާތަކުން ކުރި އަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ ނުވަތަ ނަފުސާނީ ގެއްލުމެއް ކުރިމަތިކުރުވާ ފަދަ އެންމެހައި އަމަލުތައް ނުވަތަ އެ ފަދަ ގެއްލުމެއް ކުއްޖާއަށް ކުރިމަތިވެދާނެ ފަދަ އަމަލުތަކަށެވެ.
ޗައިލްޑް އެސެސްމަންޓް
"ޗައިލްޑް އެސެސްމަންޓް" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ދައުލަތުގެ ބެލުމުގެ ދަށުން އަލުން އާއިލާއާ ހަވާލުކުރެވޭ ކުއްޖާގެ ވަނަވަރާއި ހާލަތު ބަޔާންކޮށްފައި ހެދޭ އެސެސްމަންޓަށެވެ.
ކޮންޓިންޖެންސީ ޕްލޭން (ކުޑަކުދިންނާ ބެހޭ)
"ކޮންޓިންޖެންސީ ޕްލޭން" ކަމަށް ބަޔާންކޮށްފައި އެ ވަނީ، ކުއްޖާ އަލުން އެ ކުއްޖާގެ އާއިލާއާ ހަވާލުކުރުމަށް އެކުލަވައިލާ ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންކަން އެ ޕްލޭނާ އެއްގޮތަށް ނުދާ ހާލަތުގައި، ނުވަތަ ކުއްޖާއާއި ކުއްޖާގެ އާއިލާއާ ދެމެދު އޮންނަ ގުޅުން ހީނަރުވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނަށެވެ.
އެކްސްޕްލޯސިވްޒް
"އެކްސްޕްލޯސިވްޒް" ގެ މާނައަކީ އާންމުކޮށް ގެންގުޅުން މަނާ ގޮވާ ނުވަތަ ގޮވާ އެއްޗެއްސެވެ.
އަމިއްލަ ނަފްސު
"އަމިއްލަ ނަފްސު" ގެ މާނައަކީ، ތިމާގެ އަމިއްލަ ޖާނާއި މައިންބަފައިންނާއި، އަނބިދަރީންނާ އަދި ދީނިގޮތުން ތިމާއަށް ބަލަދުއަރާ މީހުންނާއި ގާތްތިމާގެ މީހުން ހިމެނެވެ.
ކުށެއްކުރުމަށް އެހީވުން
"ކުށެއްކުރުމަށް އެހީވުން" ކަމަށް ބުނެފައި އެވަނީ މީހަކު ކުށެއް ރޭވުމުގައި ބައިވެރިވުމުން، ނުވަތަ ރޭވުމުގެ މައްލޫމާތު ލިބިހުރެ އެކުށް ކުޅައުމަށް ފަސޭހަވާފަދަ އެއްވެސް އަމަލެއް ކުރުމުން ނުވަތަ ކޮށްދިނުމުންނެވެ.
ކުށެއްގައި ބައިވެރިވުން
"ކުށެއްގައި ބައިވެރިވުން" ކަމަށް ބުނެފައި އެވަނީ (1) އެއްވެސް މާނައެއްގައި ކުށެއްކުރުމަށް ނަސޭހަތްތެރިވުން، ފާޑު ކިޔައިދިނުން ނުވަތަ މިއިން ކަމަކަށް ސީދާ ނުވަތަ ނުސީދާ ގޮތަކަށް އިށާރާތް ކުރުމާއި، (2) އެކުށަކާމެދު، މީހަކާ ސައްލާކޮށް ކުށެއްގައި ބައިވެރި ވުމަށްޓަކައި އެއްވެސް އަމަލެއް ކުރުމާއި، (3) އެކުށެއް ކުރުމަށްޓަކައި، އެއްވެސް މާނައެއްގައި އެހީވެ ދިނުމެވެ.
ލިޔުމެއް
"ލިޔުމެއް" ކަމަށް ބުނެފައި އެވަނީ، އެއްވެސް އެއްޗެއްގައި، ފާހަގަޔަކުން އަކުރަކުން ނުވަތަ ހިސާބުގެ އަދަދަކުން އެއްޗެއް ފާޅުކޮށް އަންގައި ނުވަތަ އޮޅުންފިލުވައި ދީފައި، އޮތުމާއިއެކު، އެއެއްޗެއްގެ ހެއްކެއް ނުވަތަ ސާބިތެއްގެ ގޮތުން ބޭނުންކުރުމަށް ގަސްދު ކޮށްފައިވާ ނުވަތަ ބޭނުން ކުރެވިދާނޭ އެއްޗެކެވެ.
ދައުލަތް
"ދައުލަތް" ގެ މާނައަކީ، ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން އުފެދި ހަމަޖެހިފައިވާ ކެބިނެޓާއި، ރައްޔިތުންގެ މަޖިލީހާ އަދި މިބައިބައި ގާނޫނީގޮތުން ހިންގުމަށް އުފައްދާ ނުވަތަ އުފެދިފައިވާ ފަރާތްތައް ޖުމްލަކޮށެވެ.އަދި މިމާނައިގެ ތެރޭގައި ދައުލަތުގެ އެންމެހައި މިލްކުތައް ހިމެނެއެވެ.
ސަރުކާރު
"ސަރުކާރު" ގެ މާނައަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތަށް ދިވެހިރާއްޖެ ހިންގުމުގެ ބާރުތައް ލިބިފައިވާ ފަރާތެވެ.
ރައީސުލްޖުމްހޫރިއްޔާ
"ރައީސުލްޖުމްހޫރިއްޔާ" ގެ މާނައަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާ ގޮތުގެމަތިން ރާއްޖޭގެ އެންމެމަތީ ވެރިކަމަށް އިންތިހާބު ކުރެވިފައިވާ މީހެކެވެ. އަދި މިގާނޫނަށް އަމަލު ކުރުމުގައި އެމީހެއްގެ އަނބިދަރީންނާއި މުދާ ހިމަނައެވެ.
މީހަކު
"މީހަކު" ނުވަތަ "އޭނާ" މިފަދައިން ލިޔެފައިވާއިރު، އޭގެ މާނައިގެ ތެރޭގައި އަންހެން، ފިރިހެން، ކުދި، ބޮޑު، އިންސާނުން ހިމެނެއެވެ. އަދި މުފްރަދު މާނަ ދޭހަވާގޮތަށް އިބާރާތް ކޮށްފައިވާ ނަމަވެސް ޖަމްއު މާނަވެސް ހިމެނެއެވެ. އަދި މީގެ އަނެއްކޮޅަށާ ކްލަބް، ކުންފުނި، ޖަމްއިއްޔާ ފަދަ ޖަމާއަތްތައްވެސް ހިމެނެއެވެ.
އޭނާ
"އޭނާ" ނުވަތަ "މީހަކު" މިފަދައިން ލިޔެފައިވާއިރު، އޭގެ މާނައިގެ ތެރޭގައި އަންހެން، ފިރިހެން، ކުދި، ބޮޑު، އިންސާނުން ހިމެނެއެވެ. އަދި މުފްރަދު މާނަ ދޭހަވާގޮތަށް އިބާރާތް ކޮށްފައިވާ ނަމަވެސް ޖަމްއު މާނަވެސް ހިމެނެއެވެ. އަދި މީގެ އަނެއްކޮޅަށާ ކްލަބް، ކުންފުނި، ޖަމްއިއްޔާ ފަދަ ޖަމާއަތްތައްވެސް ހިމެނެއެވެ.
ގާޒީ
"ގާޒީ" ގެމާނައަކީ، ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދްލުއިންސާފު ގާއިމް ކުރުމުގައި ކޮންމެ ކުށަކަށް އޭގެ އުގޫބާތް ކަނޑައެޅުމުގައި ނުވަތަ އިއްވުމުގައި އިސްވެހުންނަ މީހެކެވެ.
ކުށް
"ކުށް" ދޭހަކޮށްދެނީ އެކަމެއް ކުރުމުން ނުވަތަ ނުކުރުމުން، ގާނޫނު އަދަބެއް ކަނޑައަޅާ ކޮންމެ ކަމެކެވެ.