ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ރުޖޫއީ އިންސާފު
"ރުޖޫއީ އިންސާފު" ކަމަށް ބުނެފައި އެވަނީ، ކުށުގެ ސަބަބުން ސީދާ އަސަރުކުރި ފަރާތްތައް އެކުވެ، އެ ފަރާތްތަކުގެ އިހުސާސްތަކާއި ބޭނުންތައް ދެނެގަނެ، މީހުންނަށާއި ގުޅުންތަކަށް ލިބުނު ގެއްލުން ފޫބެއްދޭނެ ގޮތެއް އެކުލަވައިލައި، ކުއްޖާގެ ފަރާތުން މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތް ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށެވެ.
ބެލެނިވެރިޔާ
"ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި، ގާނޫނީ ބެލެނިވެރިންނާއި، ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ށަރުއީ ބަލަދުވެރިންނާއި، ހަޒާނަތު ލިބިފައިވާ ފަރާތާއި ގާނޫނީ ބެލެނިވެރިން މާނަކުރާނީ، ގާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ގާނޫނު) އާއި، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
"ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް"
"ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުޑަކުދިންނާ ގުޅޭގޮތުން ކަމުގައި ވާނަމަ، މީލާދީގޮތުން އުމުރުން 15 (ފަނަރަ) އަހަރު ފުރި، 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދީންނަށެވެ. އެނޫން ހާލަތުގައި އެއީ މީލާދީގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކޮންމެ ކުއްޖަކަށެވެ.
ކުއްޖެއް ނުވަތަ ކުޑަކުއްޖެއް

ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް
''ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރާ ފަރާތް'' ކަމަށް ބުނެފައި އެވަނީ، ކުޑަކުދީންގެ ހައްގުތައް ރައްކައުތެރިކޮށްދިނުމަށާއި، އެ ކުދީންގެ މަސްލަހަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ޖަމްއިއްޔާތަކާއި، އަމިއްލަ ޖަމާއަތްތަކާއި، ށަރީއަތަށް ހުށަހަޅައިފައިވާ މައްސަލައެއްގައި ގާޑިއަން އެޑް-ލިޓެމްއާއި އަމިކަސް-ކިއުރިޔައިގެ ދައުރު އަދާކުރުމަށް ކޯޓުން ހުއްދަދޭ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި، ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރެވިދާނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ އެހެނިހެން ފަރާތްތަކަށެވެ.
ކޮމިއުނިޓީ ކޮންފަރެންސިންގ
"ކޮމިއުނިޓީ ކޮންފަރެންސިންގ" ކަމަށް ބުނެފައި އެވަނީ، ހާދިސާއެއް ހިނގުމުން، އެ މައްސަލައިގައި ސީދާ އަސަރުކޮށްފައިވާ ފަރާތްތަކާއެކު މުއައްސަސާތަކާއި މުޖުތަމައުން އެހީތެރިއެއް ހިމެނޭ ގޮތަށް ލިބުނު ގެއްލުން ފޫބައްދަން މަސައްކަތްކުރުމަށް ބޭއްވޭ ބައްދަލުވުންތަކަށެވެ.
އާއިލާގެ މެންބަރުން
"އާއިލާގެ މެންބަރުން" ކަމަށް ބުނެފައި އެވަނީ އަންނަނިވި ފަރާތްތަކަށެވެ (1) މަންމަ / ބައްޕަ؛ (2) މާމަ / ކާފަ؛ (3) ދޮންމަންމަ / ދޮންބައްޕަ؛ (4) އެއްބަނޑުއެއްބަފާ މީހުން ނުވަތަ ކުދިން/ އެއްބަފާ މީހުން ނުވަތަ ކުދިން /އެއްބަނޑު މީހުން ނުވަތަ ކުދިން؛ (ފ) ބޮޑު ދައިތައިން / ބޮޑު ބޭބެއިން؛ (6) ޅިޔަންފަހަރިން؛ (7) ބެލެނިވެރިޔާ؛ (8) ކުއްޖާގެ ހާލަތަށް ބަލައި، ކުއްޖާގެ އާއިލާގެ މެންބަރެއް ކަމުގައި ޑިޕާޓްމަންޓުން ހުއްދަ ދޭ ފަރާތް.
ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން
"ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން" ނުވަތަ "ގާނޫނާ ހިލާފުވާ ކުޑަކުދިން" ނުވަތަ "ތުހުމަތުގައިވާ ކުދިން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކޮންމެ ކުއްޖަކަށް ނުވަތަ ކުދީންނަށެވެ.
ގާނޫނާ ހިލާފުވާ ކުޑަކުދިން ނުވަތަ ތުހުމަތުގައިވާ ކުދިން ނުވަތަ ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން
"ގާނޫނާ ހިލާފުވާ ކުޑަކުދިން" ނުވަތަ "ތުހުމަތުގައިވާ ކުދިން" ނުވަތަ "ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކޮންމެ ކުއްޖަކަށް ނުވަތަ ކުދީންނަށެވެ."
ތުހުމަތުގައިވާ ކުދިން ނުވަތަ ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން ނުވަތަ ގާނޫނާ ހިލާފުވާ ކުޑަކުދިން
"ތުހުމަތުގައިވާ ކުދިން" ނުވަތަ "ގާނޫނާ ހިލާފު އަމަލު ހިންގާ ކުޑަކުދިން" ނުވަތަ "ގާނޫނާ ހިލާފުވާ ކުޑަކުދިން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކޮންމެ ކުއްޖަކަށް ނުވަތަ ކުދީންނަށެވެ.
ސެންސިޓައިޒޭށަން ޕްރޮގްރާމް
"ސެންސިޓައިޒޭށަން ޕްރޮގްރާމް" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ހާލަތާއި، ބޭނުންތަކާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ކަމާ ގުޅޭ ފަރާތްތައް އަހުލުވެރިކުރުމަށް ހިންގޭ ޕްރޮގްރާމްތަކަށެވެ.
އިންޓެލިޖެން ސޯސް
"އިންޓެލިޖެން ސޯސް" ކަމަށް ބެނެފައި އެ ވަނީ، ހާއްސަ ތަހުގީގީ އުކުޅެއް ބޭނުންކޮށްގެން މައުލޫމާތު ހޯދުމަށް ބޭނުންކުރާ، މީހުންނާއި އާލަތްތަކާއި ފަންނީ އުކުޅުތަކާއި ލިޔެކިޔުމަށެވެ.
ޓްރަސްޓީ (މާލީ ސިކިއުރިޓީއާއި ގުޅޭ)
"ޓްރަސްޓީ" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓީޒް ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 126/2021) ގެ ދަށުން ޓްރަސްޓް އެއްބަސްވުމެއް ތަންފީޒު ކުރުމުގެ ފައިޑިއުށަރީ ޒިންމާ ހަވާލުކޮށްފައިވާ ފަރާތަށެވެ.
އާންމުކޮށް ސެކިއުރިޓީޒް ދޫކުރުން
"އާންމުކޮށް ސެކިއުރިޓީޒް ދޫކުރުން" ކަމަށް ބުނެފައި އެވަނީ، ވަކި ފަރާތްތަކަކަށް ހާއްސަކޮށްގެން ސެކިއުރިޓީޒް ގަތުމަށް ދައުވަތު ދިނުމެއްނެތި، އަދި ސެކިއުރިޓީޒް ގަންނަން އެދޭ ކޮންމެ ފަރާތަކަށް ވެސް ސެކިއުރިޓީޒް ގަނެވޭ ގޮތަށް އޮތުމާއެކު، ސެކިއުރިޓީޒް ދޫކުރާ ފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި ސެކިއުރިޓީޒްގެ މިލްކުވެރިކަން އެއްފަރާތުން އަނެއް ފަރާތަށް ބަދަލުކުރެވޭ ގޮތަށް ސެކިއުރިޓީޒް ދޫކުރުމަށް ނުވަތަ ވިއްކުމަށެވެ.
ޕްރޮސްޕެކްޓަސް
"ޕްރޮސްޕެކްޓަސް" ކަމަށް ބުނެފައި އެވަނީ، ކުންފުންޏެއްގެ ސެކިއުރިޓީޒް ގަތުމަށް އެ ކުންފުނިން އެހެން ފަރާތްތަކަށް ދައުވަތުދޭ ލިޔުމާއި، ސިޓީއާއި، ސަރކިއުލަރއާއި، ނޯޓިސް ފަދަ ތަކެއްޗަށެވެ.