ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ދިވެހި އުޅަނދު
"ދިވެހި އުޅަނދު" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައި އެ ގައުމެއްގައި އަމަލުކުރެވޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީކޮށްފައިނުވާ އަދި ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދަށެވެ.
ދިވެހިރައްޔިތުން
"ދިވެހިރައްޔިތުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދިވެހިރައްޔިތުން ކަމަށް ބުނެފައިވާ މާނައިގައެވެ.
އިލީގަލް، އަންރިޕޯޓެޑް، އަންރެގިއުލޭޓެޑް ފިށިންގ
"އިލީގަލް، އަންރިޕޯޓެޑް، އަންރެގިއުލޭޓެޑް ފިށިންގ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި މާނަކުރެވިފައިވާ ގޮތަށް، މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ބައިނަލްއަގްވާމީ ފިޔަވަޅުތަކާ ހިލާފަށް ކުރާ އެންމެހައި މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށެވެ.
މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ބައިނަލްއަގްވާމީ ފިޔަވަޅުތައް
"މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ބައިނަލްއަގްވާމީ ފިޔަވަޅުތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭން ބައިވެރިވެފައިވާ ނުވަތަ މެންބަރެއްކަމުގައި ނުވިޔަސް ދިވެހިރާއްޖޭން އެއްބާރުލުން ދޭ، ބައިނަލްއަގްވާމީ ނުވަތަ ސަރަހައްދީ ޖަމްއިއްޔާ ނުވަތަ އިންތިޒާމެއް ނުވަތަ އެރޭންޖްމަންޓަކުން، މަސްމަހާމެހި ހިމާޔަތްކުރުމާ ގުޅޭގޮތުން ނުވަތަ ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން އެކަށައަޅާފައިވާ ނުވަތަ އަމަލުކުރާ ފިޔަވަޅުތަކަށެވެ.
ބޭރުގެ މަސްވެރި އުޅަނދު
"ބޭރުގެ މަސްވެރި އުޅަނދު" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ މަސްވެރިކަންކުރާ، ނުވަތަ އެއް ތަނުން އަނެއް ތަނަށް މަސް އުފުލުމަށް ބޭނުންކުރާ އުޅަނދުފަހަރަށެވެ.
ބޭރުގެ އުޅަނދު
"ބޭރުގެ އުޅަނދު" ކަމަށް ބުނެފައި އެވަނީ ބޭރު ގައުމެއްގައި އެ ގައުމެއްގެ ކަމާގުޅޭ ގާނޫނުތަކުގެ ދަށުން އެ ގައުމެއް ގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދު؛ ނުވަތަ
ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިނުވާ، ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރަން ލާޒިމްނުވާ އުޅަނދަށެވެ.
މަސްވެރިކަންކުރާ އުޅަނދު
"މަސްވެރިކަންކުރާ އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަންކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމު ގޮތެއްގައި މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.
މަސްވެރިކަން ރާވައި ހިންގުން
"މަސްވެރިކަން ރާވައި ހިންގުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ ފެނުގެ ނުވަތަ ލޮނުގެ ނުވަތަ ކަނޑުގެ ދިރުންހުރި ވަސީލަތްތައް ބެލެހެއްޓުމާއި، ހިމާޔަތްކުރުމާއި، ބޭނުންކުރުމާއި އަދި ތަރައްގީކުރުމަށެވެ.
މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން
"މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ތިން ވަނަ ބާބާ ގުޅިގެން މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓައި އަދި ތަރައްގީކުރުމާގުޅޭ ޕްލޭނަށެވެ.
މަސްވެރިކަންކުރުން
"މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ (1) ހިފުމަށާއި، ނެގުމަށާއި، މެރުމަށާއި ބޭނުމަށް މަސް ހޯދުން؛ (2) މަސް ހޯދުމަށް، ހިފުމަށް، ނެގުމަށް، ނުވަތަ މެރުމަށް މަސައްކަތްކުރުން؛ (3) އެކަންކަމުގެ ނަތީޖާއަކީ މަސް ހޯދުން، ހިފުން، ނެގުން، މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛
"ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓްކުރުމާގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުން؛ (4) މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި އިސްވެ ބަޔާންކުރެވުނު އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށްޓަކައި އެއްވެސް ކަމެއް ހިންގުން.
މަހާއި މަހުގެ އުފެއްދުންތައް
"މަހާއި މަހުގެ އުފެއްދުންތައް" ކަމަށް ބުނެފައި އެވަނީ، ފިނިކޮށްފައިވާ، ފިނިކޮށް ގަ ނޑުކޮށްފައިވާ، ދަޅުގައި ބަންދުކޮށްފައިވާ، ހިއްކާފައިވާ، ލޮނު އަޅާފައިވާ، ފިނިކޮށްފައިވާ، ނުވަތަ އެނޫންވެސް ގޮތަކަށް އުފައްދާފައިވާ މަހުގެ ނުވަތަ އެކުއަކަލްޗަރގެ އުފެއްދުމަށެވެ.
ގޭދޮށު މަސްފެކްޓްރީ
"ގޭދޮށު މަސްފެކްޓްރީ" ކަމަށް ބުނެފައި އެވަނީ، ފަރުދެއް ނުވަތަ ރައްޔިތުން ރަށު ފެންވަރުގައި ހިންގާ މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަނަށެވެ.
މަސް ޕްރޮސެސްކުރާ ތަންތަން
"މަސް ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި އެނޫންވެސް ތަންތަން، އަދި އެ ތަނެއްގައި މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް، ސާފުކޮށް، ބަންދުކޮށް، ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖޭއާއި ދިވެހިރާއްޖޭން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ
ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް، ލޮނުއަޅައި، ފިނިކޮށް، ގަ ނޑުކޮށް ނުވަތަ އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖޭއާއި ދިވެހިރާއްޖޭން ބޭރުގައި ވިއްކުމުގެ ބޭނުމަށްޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކާކޮށްފައި ބަހައްޓާ ތަންތަން.
މަސްވެރިކަމުގެ ދިރުންތައް ނުވަތަ "މަސް"
"މަސްވެރިކަމުގެ ދިރުންތައް" ނުވަތަ "މަސް" ކަމަށް ބުނެފައި އެވަނީ، ޖަނަވާރެއް ނުވަތަ ގަހެއް، ނުވަތަ މަހެއްގެސިފައެއް ހުރި، ނުވަތަ ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. އެގޮތުން، މި މާނައިގެ ތެރޭ ގައި މައިކަށިހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި،ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭތަކެތީގެ ޅަ އެއްޗެއްސާއި، ފަންޏާއި ބިސް ހިމެނެއެވެ.
މަސް ނުވަތަ މަސްވެރިކަމުގެ ދިރުންތައް
"މަސް" ނުވަތަ "މަސްވެރިކަމުގެ ދިރުންތައް" ކަމަށް ބުނެފައި އެވަނީ، ޖަނަވާރެއް ނުވަތަ ގަހެއް، ނުވަތަ މަހެއްގެސިފައެއް ހުރި، ނުވަތަ ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. އެގޮތުން، މި މާނައިގެ ތެރޭ ގައި މައިކަށިހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި،ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭތަކެތީގެ ޅަ އެއްޗެއްސާއި، ފަންޏާއި ބިސް ހިމެނެއެވެ.