ގާނޫނީ ރަދީފު
އެއްމެ ފަހުގެ
މެތޮޑޮލޮޖީ
"މެތޮޑޮލޮޖީ" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތެއް ކުރެވޭނެ ގޮތްތަކަށެވެ.
ތަކެތި ޓެސްޓުކުރާ ފަރާތް (އިމާރާތްކުރުމާއި ގުޅޭ)
"ތަކެތި ޓެސްޓުކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ފެންވަރު ބެލުމަށް ކުރަންޖެހޭ އެކިއެކި ތަހުލީލުތައް ކުރާ ތަންތަނަށެވެ.
ކެލިބަރޭށަން (އިމާރާތްކުރުމާއި ގުޅޭ)
"ކެލިބަރޭށަން" ކަމަށް ބުނެފައި އެވަނީ، ތަހުލީލުތައް ކުރުމަށް ބޭނުންކުރާ އާލާތްތައް ހުންނަންޖެހޭ ފެންވަރުގައި ބެހެއްޓުމަށް ކުރާ މަސައްކަތްތަކަށެވެ.
ސްޓޭންޑަޑް (އިމާރާތްކުރުމާއި ގުޅޭ)
"ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަންޖެހޭ ސްޕެސިފިކޭށަންކަމަށް ދުނިޔޭގައި ގަބޫލުކުރާ މިންގަނޑުތަކަށެވެ.
ރަޖިސްޓަރީ (އިމާރާތްކުރުމާއި ގުޅޭ)
"ރަޖިސްޓަރީ" ކަމަށް ބުނެވިފައި އެވަނީ، މިނިސްޓްރީގައި އެކުލަވަ އިލައިފައިވާ ތަކެތި ޓެސްޓުކުރާ ފަރާތްތަކުގެ ދަފުތަރަށެވެ.
ސްޕެސިފިކޭށަން (އިމާރާތްކުރުމާއި ގުޅޭ)
"ސްޕެސިފިކޭށަން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަ މިންގަނޑުތަކަށެވެ.
ކޮންޓްރޯލްކުރުން (އިމާރާތްކުރުމާއި ގުޅޭ)
"ކޮންޓްރޯލްކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގައި އެކަށީގެންވާ ފެންވަރުގެ ތަކެތި ބޭނުންކުރާކަން ޔަގީންކުރުމަށް ކުރާ މަސައްކަތަށެ
ފިޔަވަޅު (އިމާރާތްކުިރުމާއި ގުޅޭ)
"ފިޔަވަޅު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ، ހުއްދަދީފައިވާ ފަރާތަކާ ބެހޭގޮތުން ކޮށްފައިވާ ށަކުވާއެއް، ނުވަތަ އެއިން ފަރާތެއްގެ އަމަލުތަކާމެދު ބަލައި ބެލުމަކުން ނިންމޭ ނިންމުމަކަށެވެ.
ސަޕްލައި (އިމާރާތްކުރުމާއި ގުޅޭ)
"ސަޕްލައި" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ތަކެތި އެތެރެކޮށް ފޯރުކުރުމަށެވެ.
އެމް.ކިޔު.އޭ.
"އެމް.ކިޔު.އޭ." ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީ އަށެވެ.
އިންޓަނޭށަނަލް ބީލަން
"އިންޓަނޭށަނަލް ބީލަން" ކަމަށް ބުނެފައި އެވަނީ، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އަގު ހުށަހެޅޭ ގޮތަށް ހުޅުވައިލާ ބީލަންތަކަށެވެ.
ރިފަރެންސް ޑޮކިއުމަންޓް (އިމާރާތްކުރުމާއި ގުޅޭ)
"ރިފަރެންސް ޑޮކިއުމަންޓް" ކަމަށް ބުނެފައި އެވަނީ، މަސައްކަތަކާ ގުޅޭ ގޮތުން އެ މަސައްކަތެއް ހަވާލުކުރި ފަރާތުން ކޮންޓްރެކްޓަރަށް ދީފައިވާ ލިޔުންތަކަށެވެ.
އިމާރާތްކުރުން
"އިމާރާތްކުރުން" ކަމަށް ބުނެފައި އެވަނީ، ބިނާވެށީގައި ހިމެނޭ އިމާރާތާއި ތަންތަން ހެދުމަށް ނުވަތަ ނިޒާމުތައް ގާއިމުކުރުމަށެވެ. ބިނާވެށީގައި ހިމެނެނީ ، ޒަރޫރީ ބޭނުންތައް ފުއްދުމަށް ގާއިމުކުރާ ނިޒާމުތަކާއި، ހިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ގެދޮރާއި، މަގާއި، ނަރުދަމާއާއި، ކަރަންޓާއި، ހާބަރު ފަދަ އުމްރާނީ ތަރައްގީއަށް ބޭނުންވާ ތަންތަނެވެ.
އިމާރާތްކުރުމުގެ މަސައްކަތް
"އިމާރާތްކުރުމުގެ މަސައްކަތް" ކަމަށް ބުނެފައި އެވަނީ އިމާރާތް ބިނާކުރުމަށް ނުވަތަ އިމާރާތަށް ބައެއް އިތުރުކުރުމަށް ނުވަތަ އިމާރާތެއް ތަޅައިލުމަށް؛ ނުވަތަ
އިމާރާތަކަށް ބަދަލެއް ގަނައުމަށް ނުވަތަ އިމާރާތަށް ބައެއް އިތުރުކުރުމަށް ނުވަތަ އިމާރާތެއް މަރާމާތުކުރުމަށް؛ ނުވަތަ އިމާރާތެއްގައިވާ ނުވަތަ އިމާރާތަކާ ގުޅިފައިވާ އެއަރކޮންޑިށަނިންގ ސިސްޓަމެއް ނުވަތަ ވެންޓިލޭޓިންގ ސިސްޓަމެއް ހަރުކުރުމަށް ނުވަތަ އިތުރުކުރުމަށް ނުވަތަ ބަދަލުކުރުމަށް؛ އަދި މަތީގައިވާ މަސައްކަތްތައް ކުރުމަށް ސައިޓު ތައްޔާރުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައްވެސް ހިމެނޭގޮތުންނެވެ.
ސަބް ކޮންޓްރެކްޓަރުން
"ސަބް ކޮންޓްރެކްޓަރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ މަށްރޫއުއެއްގައި އެއް ކޮންޓެކްޓަރުންނަށް ވުރެ ގިނަ ކޮންޓްރެކްޓަރުން މަސައްކަތް ކުރާނަމަ، މައި ކޮންޓްރެކްޓަރުގެ ދަށުން މަސައްކަތްކުރާ ފަރާތަށެވެ.