-

ކޮމްޕްރަބިލިޓީ އެނަލިސިސް

"ކޮމްޕްރަބިލިޓީ އެނަލިސިސް" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތަކާއެކީ ކުރެވޭ މުއާމަލާތެއްގައި ހުންނަ އިކޮނިމިކަލީ ރެލަވަންޓް ސިފަތައް ދެނެގަތުމަށްފަހު، މުސްތަގިއްލު ފަރާތަކާ ކުރެވޭ އެފަދަ މުއާމަލަތެއްގައި ހުންނަ އެފަދަ ސިފަތަކާ އަޅައިކިއުމަށެވެ. މީގެ ތެރޭގައި، ގުޅުންހުރި ފަރާތްތަކާއެކީ ކުރެވޭ މުއާމަލާތުގައި ހުރި އެކަމަކު މުސްތަގިއްލު ފަރާތަކާ ކުރެވޭ އެފަދަ މުއާމަލަތެއްގައި ނެތް ކަންކަން، އަދި ގުޅުންހުރި ފަރާތްތަކާއެކީ ކުރެވޭ މުއާމަލާތުގައި ނެތް އެކަމަކު މުސްތަގިއްލު ފަރާތަކާ ކުރެވޭ އެފަދަ މުއާމަލާތެއްގައި ހުރި ކަންކަން ބެލުން ހިމެނެއެވެ.