ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ފެއިލް (އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ)
"ފެއިލް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި މި ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތުމަށެވެ.
ކޮންޓްރޯލްކުރުން (އިމާރާތްކުރުމުގެ ދާއިރާއާއި ގުޅޭ)
"ކޮންޓްރޯލްކުރުން" ކަމަށް ބުނެ ފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގައި އެކަށީގެންވާ ފެންވަރުގެ ތަކެތި ބޭނުންކުރާކަން ޔަގީންކުރުމަށް ކުރެވޭ މަސައްކަތަށެވެ.
ޑައިރެކްޓް ޓްރާންސިޓް
"ޑައިރެކްޓް ޓްރާންސިޓް" ނުވަތަ ދިވެހިރާއްޖޭގެ އެއަރޕޯޓެއްގައި ޓްރާންސިޓް ކުރާ ފްލައިޓެއް ދިވެހިރާއްޖޭން ބޭރަށް ފުރާއިރު އެ ފްލައިޓް ދިވެހިރާއްޖެއަށް އައި ދަތުރުގައި ބޭނުންކުރި ފްލައިޓް ނަންބަރު ބަދަލުނުވެ ފުރައިގެންދާ ފްލައިޓްތަކަށާއި އެފަދަ ފަސިންޖަރުންނަށެވެ.
ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް
"ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތައް" ކަމަށް ބުނެފައި އެވަނީ، ވިއެނާ ކޮންވެންށަން އޮން ޑިޕްލޮމެޓިކް ރިލޭށަން (1961) ގައި ބަޔާންކޮށްފައިވާ އިމްތިޔާޒުތަކާއި ހިމާޔަތްތައް ހައްގުވާ، ބޭރުގެ ޑިޕްލޮމެޓިކް މިށަންއެއްގެ މެންބަރުންގެ ގޮތުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ބިދޭސިންނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން "ޑިޕްލޮމެޓިކް ކްލިއަރެންސް" ދޭ ފްލައިޓްތަކުން ރާއްޖޭން ބޭރަށް ފުރާ އެންމެހައި ފަސިންޖަރުންނަށެވެ.
ނުރައްކައުތެރި ތަކެތި (އިމާރާތްކުރުމާއި ގުޅޭ)
"ނުރައްކައުތެރި ތަކެތި" ކަމަށް ބުނެވިފައި އެވަނީ، އެ ތަކެތިން ނުވަތަ އެ ތަކެތީގެ ސަބަބުން މީހުންނަށާއި މުދަލަށާއި ވެށްޓަށް ގެއްލުން ލިބިދާނެ ފަދަ ތަކެއްޗަށެވެ.
އިންސްޕެކްޓްކުރުން (އިމާރާތްކުރުމާއި ގުޅޭ)
"އިންސްޕެކްޓްކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި މައްސަލައެއް ދިމާވުމުން އެކަމެއް ބެލުމަށް ކުރެވޭ މަސައްކަތްތަކަށެވެ.
ރިކޯޑްސް (އިމާރާތްކުރުމާއި ގުޅޭ)
"ރިކޯޑްސް" ކަމަށް ބުނެފައި އެވަނީ، ތަކެތި ތަހުލީލުކުރާ ތަންތަނުގައި ކުރެވޭ އެންމެހައި މުއާމަލާތްތަކާއި، މަސައްކަތްތަކާއި އާލާތްތަކާ ބެހޭ ލިޔެކިޔުންތަކަށެވެ.
އެޕްރޫވް
"އެޕްރޫވް" ކަމަށް ބުނެފައި އެވަނީ، ލިޔެކިޔުމެއް ސައްހަކަމަށް ކަނޑައެޅުމަށެވެ.
ހެޒަރޑަސް (އިމާރާތްކުރުމާއި ގުޅޭ)
"ހެޒަރޑަސް" ކަމަށް ބުނެފައި އެވަނީ، ތަހުލީލުކުރާ ތަންތަނުގައި ގެންގުޅޭ ތަކެތީގެ ތެރެއިން އިންސާނުންނަށް އޭގެ ސަބަބުން ނުރައްކަލެއް ދިމާވެދާނެ ތަކެއްޗަށެވެ.
މެއިންޓަނަންސް (އިމާރާތްކުރުމާއި ގުޅޭ)
"މެއިންޓަނަންސް" ކަމަށް ބުނެފައި އެވަނީ، ތަކެތި ތަހުލީލުކުރާ ތަންތަނުގައި ހުންނަ އާލާތްތައް މަރާމާތުކުރުމުގެ މަސައްކަތްތަކަށެވެ.
އިކުއިޕްމަންޓް (އިމާރާތްކުރުމާއި ގުޅޭ)
"އިކުއިޕްމަންޓް" ކަމަށް ބުނެފައި އެވަނީ، ތަކެތި ތަހުލީލުކުރާ ތަންތަނުގައި ހުންނަ އާލާތްތަކަށެވެ.
މެނުއަލް (އިމާރާތްކުރުމާއި ގުޅޭ)
"މެނުއަލް" ކަމަށް ބުނެފައި އެވަނީ، ތަކެތި ތަހުލީލުކުރާ ތަންތަނުގައި ހުންނަ އިޖުރާއާތުތަކަށެވެ.
ޕްރޮސީޖަރ (އިމާރާތްކުރުމާއި ގުޅޭ)
"ޕްރޮސީޖަރ" ކަމަށް ބުނެފައި އެވަނީ، ތަކެތި ތަހުލީލުކުރާ ތަންތަނުގައި އެ ތަހުލީލުތައް ކުރުމަށް ކަނޑައަޅައިފައިވާ ގޮތްތަކަށެވެ.
ސާމްޕަލް (އިމާރާތްކުރުމާއި ގުޅޭ)
"ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ތަހުލީލުކުރުމަށްޓަކައި ބޭނުންކުރާ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗަށެވެ.
ލެބޯޓަރީ (އިމާރާތްކުރުމާއި ގުޅޭ)
"ލެބޯޓަރީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ފެންވަރު ބެލުމަށް ކުރަންޖެހޭ އެކިއެކި ތަހުލީލުތައް ކުރާ ތަންތަނަށެވެ.