-

އާންމުކޮށް ދޭ ސަޕޯޓް ހިދުމަތް

"އާންމުކޮށް ދޭ ސަޕޯޓް ހިދުމަތް" ތަކަކީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ،އަދި އެ ފަރާތުގެ މައިގަނޑު ވިޔަފާރީގެ ބައެއްކަމުގައި ނުހިމެނޭ، "ސަޕޯޓިވް ނޭޗަރ" ގެ ހިދުމަތްތަކުގެ ތެރެއިން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ހިދުމަތްތަކެވެ (1) އެ ހިދުމަތް ފޯރުވައިދިނުމަށް ހާއްސަ މުދަލެއް ނުވަތަ އަގުހުރި އައިރު މާއްދީ މުދަލެއް ބޭނުންކުރަން ނުޖެހުން އަދި އެ ހިދުމަތުގެ ސަބަބުން އެފަދަ އައިރު މާއްދީ މުދަލެއް އުފެދިގެން ނުދިއުން؛ އަދި (2) ރައްދުވާ ފަރާތުން ސިގްނިފިކަންޓް ރިސްކެއް ނަގަންޖެހޭ ފަދަ ހާލަތެއް މެދުވެރި ނުވުން އަދި އެފަދަ ރިސްކެއް ކޮންޓްރޯލްކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރި ނުވުން.