ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ސެކިއުރިޓީޒް ދޫކުރުމަށް ހުޅުވައިލާ ތާރީހު/ ވިއްކުމަށް ހުޅުވައިލާ ތާރީހު
"ސެކިއުރިޓީޒް ދޫކުރުމަށް ހުޅުވައިލާ ތާރީހު/ ވިއްކުމަށް ހުޅުވައިލާ ތާރީހު" ކަމަށް ބުނެފައި އެވަނީ، ސެކިއުރިޓީޒް ގަންނަން ބޭނުންވާ ފަރާތްތަކުން ސެކިއުރިޓީޒް ގަތުމަށް ހުށަހެޅުމަށް ހުޅުވައިލާ ތާރީހަށެވެ.
ތަޖުރިބާކާރު
"ތަޖުރިބާކާރު" ކަމަށް ބުނެފައި އެވަނީ، އިންޖިނޭރުންނާއި، އަގުކުރާ ފަރާތްތަކާއި، އެކައުންޓެންޓުންނާއި، އެފަދަ އެހެން ފަރާތްތަކުގެ ފަންނީ ދާއިރާގެ ސަބަބުން އެ ފަރާތްތަކުން ދޭ ބަޔާނަކަށް އިތުބާރުކުރެވޭ ފަދަ ފަރާތްތައް ހިމެނޭ ގޮތަށެވެ.
އޮޑިޓަރު
"އޮޑިޓަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނީގޮތުން ކުރަންޖެހޭ އޮޑިޓްތައް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށެވެ.
ތަކެތި
"ތަކެތި" ކަމަށް ބުނެފައި އެވަނީ، ސާމާނާއި، އާލާތްތަކާއި، ވަސީލަތްތައް ށާމިލުވާ ގޮތަށެވެ.

ރިޕޯޓަބަލް ޖުރިސްޑިކްށަން (ޓެކްސްއާއި ބެހޭ)
"ރިޕޯޓަބަލް ޖުރިސްޑިކްށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެ ފިޔަވައި އެހެން ކޮންމެ ޖުރިސްޑިކްށަނަކަށެވެ.
އެހެނިހެން އުޅަނދު
"އެހެނިހެން އުޅަނދު" ކަމުގައި ބުނެފައި އެވަނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޅަނދު ފިޔަވައި މުދާ ނުވަތަ ތަކެތި އުފުލާ އެހެން ކޮންމެ އެއްގަމު އުޅަނދަކަށެވެ. ދަމާގާޑިޔަލާއި، ވީލްބަރޯ ފަދަ ތަކެތިވެސް މި ގަވާއިދުގެ ބޭނުމަށް އެހެނިހެން އުޅަނދުގެ ގޮތުގައި ބެލެވޭނެއެވެ.
މުދާ އުފުލާ އުޅަނދު
"މުދާ އުފުލާ އުޅަނދު" ކަމުގައި ބުނެފައި އެވަނީ، C0 އާއި C2 , C1ި ގިންތީގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެވެ.
ކުނި އުފުލާ ގޮތަށް ފަރުމާކުރެވިފައި ހުންނަ އުޅަނދު
"ކުނި އުފުލާ ގޮތަށް ފަރުމާކުރެވިފައި ހުންނަ އުޅަނދު" ކަމުގައި ބުނެފައި އެވަނީ، ނިބުނި އުފުލުމަށް ހާއްސަކޮށް ފަރުމާކުރެވިފައި ހުންނަ އުޅަނދަށެވެ.
އިންޖީނުލީ އުޅަނދު
"އިންޖީނުލީ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ތެޔޮ ބޭނުންކޮށްގެންނާއި، ކަރަންޓު ބޭނުންކޮށްގެން ނާއި، އިރުގެ ހަކަތަ ނުވަތަ ބެޓެރީގެ ހަކަތަ ބޭނުންކޮށްގެންނާއި، ނުވަތަ އެނޫންވެސް ހަކަތައިގެ ބާވަތެއް ބޭނުންކޮށްގެން، ނުވަތަ އެނޫންވެސް ހަކަތައިގެ ބާވަތެއްގެ އެހީގައި ބޭނުންކުރެވިދާނެ، ނުވަތަ ދުއްވިދާނެ ކޮންމެ އެއްގަމު އުޅަނދަކަށެވެ.
ތާރޑް ޕާޓީ އިންށުއަރެންސް
"ތާރޑް ޕާޓީ އިންށުއަރެންސް" ކަމަށް ބުނެފައި އެވަނީ، ތިމާގެ އުޅަނދަކުން އަނެކާއަށް ނުވަތަ އަނެކާގެ އުޅަނދަކަށް ނުވަތަ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭގޮތަށް ކޮށްފައި ހުންނަ އިންށުއަރެންސަށެވެ.
އެއްގަމު އުޅަނދު
"އެއްގަމު އުޅަނދު" ކަމަށް ބުނެފައި އެވަނީ، މީހުން އުފުލުމަށާއި، މުދާ އުފުލުމަށާއި، މީހުންނާއި މުދާ އުފުލުމަށާއި، ތަފާތު އާންމު ހިދުމަތް ދިނުމުގެ ގޮތުން އެއްގަމުގައި ދުއްވުމަށް ނުވަތަ ތަކެތި ގެންދިޔުމަށް ނުވަތަ ދަތުރުކުރުމަށް އުފައްދައިފައި ހުންނަ އުޅަނދަށެވެ
އެއްގަމު ދަތުރުފަތުރުގެ ނިޒާމު
"އެއްގަމު ދަތުރުފަތުރުގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، މީހުން އުޅޭ ރަށްރަށާއި، އަދި އާންމު ހިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައަޅިފައިވާ މަގުތަކާއި، ފާލަންތަކާއި، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން ހިނގާބިނގާވެއުޅުމަށާއި ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކާއި، އަމިއްލަ ބޭނުމަށް ނުވަތަ ސިނާއީ ބޭނުންތަކަށް ދޫކުރެވިފައިވާ ބިންބިމާއި ވަކިކަމަކަށް ދޫކުރެވިފައިވާ ރަށްރަށުގައި އާންމުކޮށް ދުއްވުމާއި ހިނގާބިނގާވެއުޅުމަށް ހަދައިފައިވާ މަގުތަކާއި ގޯޅިތަކާއި ސަރަހައްދުތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުންނަށެވެ.
މީހެއް
"މީހެއް" ކަމުގައި ބުނެފައިވާ މާނައިގެ ތެރޭގައި ހުރިހާ އުމުރުފުރައެއްގެ އިންސާނުން ހިމެނެއެވެ.
އެކްސިޑެންޓް
"އެކްސިޑެންޓް" ކަމުގައި ބުނެފައި އެވަނީ، އިންޖީނުލީ އުޅަނދެއް ދުއްވާ ދުއްވުމުގައި ނުވަތަ ބޭނުންކުރުމުގައި، މީހެއްގެ ގައިގައި ނުވަތަ ތަނެއްގައި ނުވަތަ އެއްޗެއްގައި ޖެހުމަށެވެ.