-

އަސަރު

"އަސަރު" ކަމަށް ބުނެފައި އެވަނީ، މަށްރޫއެއްގެ ސަބަބުން ގުދުރަތީ ވެށްޓަށް އަންނަ ބަދަލަށެވެ. މީގެތެރޭގައި އިނގިރޭސި ބަހުން "އިމްޕެކްޓް" އާއި "އިފެކްޓް" މި ދެބަސް ބޭނުން ކުރުމުން ނުކުންނަ މާނަ ހިމެނެއެވެ. އަސަރުގެ ތެރޭގައި ހިމެނެނީ، އަމަލެއްގެ ސަބަބުން ނުކުންނަ ސީދާ ނަތީޖާ، އަދި އަމަލަކުން ނުވަތަ އަމަލުތަކަކުން ނުކުންނަ ނުސީދާ ނަތީޖާ. އެ އަމަލެއްގެ ސަބަބުން މަށްރޫއު ހިންގާ ސަރަހައްދާ ދުރު ހިސާބުތަކަށް ކޮށްފާނޭ އަސަރުތަކާއި ކުރިމަގުގައި ކޮށްފާނޭ ކަމަށް ބެލޭ އަސަރުތަކާއި އަދި މަށްރޫއު ހިންގާ ސަރަހައްދަށް ކުރިމަގުގައި ކޮށްފާނެ އަސަރުތައް މީގެ ތެރޭގައި ހިމެނެއެވެ. އަދި މީގެތެރޭގައި އެ އަމަލެއްގެ ސަބަބުން ހެދިބޮޑުވުމަށް އަސަރުކުރުމާއި އަދި ބިން ބޭނުންކުރެވެމުންދާ ގޮތަށް އަސަރުކޮށްފާނޭ ބަދަލުތަކާއި އާބާދީގެ މިންވަރާއި އިތުރުވަމުންދާ ނިސްބަތަށް އަތުވެދާނޭ ބަދަލުތަކާއި އަދި މިކަންކަމުގެ ސަބަބުން ވަޔަށާއި ފެނަށާއި އަދި އެހެންވެސް ގުދުރަތީ ނިޒާމުތަކަށާއި އިކޯސިސްޓަމްތަކަށް އަތުވެދާނޭ ބަދަލު ހިމެނެއެވެ.