-

ތަރައްގީގެ ހުށަހެޅުން

"ތަރައްގީގެ ހުށަހެޅުން" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ރިޒޯޓް، ގެސްޓް ހައުސް، ޓޫރިސްޓް ހޮޓާ، އަދި ޔޮޓް މެރީނާ ތަރައްގީ ކުރުމުގައި، މިނިސްޓްރީއަށް ފެންނަގޮތުގައި ތިމާވެށްޓަށް ފާހަގަކުރެވޭ ވަރުގެ އަސަރެއް ކޮށްފާނެ ކޮންމެ ހަރަކާތެއް، އިމާރާތެއް، މަސައްކަތެއް، މަށްރޫއެއް، ސިޔާސަތެއް، ހުށަހެޅުމެއް، ރޭވުމެއް ނުވަތަ ޕްރޮގްރާމް އަކަށެވެ. މީގެތެރޭގައި ކުރިން ހިނގަމުން އައި ކަމެއް ބަދަލުކުރުމާއި، ބޮޑުކުރުމާއި، ދޫކޮށްލުމާއި، އުވައިލުމާއި އަދި އާލާކުރުން ހިމެނެއެވެ.