gaanoon_logo
-
އާ ކިޓެކްޗުރަލް ޗެކަރޒް ރަޖިސްޓަރީ

"އާ ކިޓެކްޗުރަލް ޗެކަރޒް ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކުރާ އާކިޓެކްޗުރަލް ޗެކަރުންގެ މައުލޫމާތުތައް އާންމުކުރުމަށް އެކުލަވައިލައި އާންމުކޮށްފައިވާ ދަފުތަރަށެވެ.

ބިލްޑިންގ ޑިޒައިނަރޒް ރަޖިސްޓަރީ

"ބިލްޑިންގ ޑިޒައިނަރޒް ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ފަންނުވެރިންގެ މައުލޫމާތުތައް އާންމުކުރުމަށް އެކުލަވައިލައި އާންމުކޮށްފައިވާ ދަފުތަރަށެވެ.

  1. ލައިސަންސްޑް އާކިޓެކްޓުން؛
  2. ލައިސަންސްޑް އިންޖިނިއަރުން؛
ރަޖިސްޓްރޭށަން ކޮމިޓީ (އިމާރާތްކުރުމަޢި ގުޅޭ)

"ރަޖިސްޓްރޭށަން ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގެ ދަށުން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ބޭނުންވާ ށަރުތުތައް ފުރިހަމަ ވެފައިވޭތޯ ނުވަތަ ނޫންތޯ ޔަގީން ނުވާ ހާލަތްތަކުގައި އެ ފަރާތެއް ހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނިންމުމަށް މިނިސްޓްރީން އެކުލަވައިލާ ކޮމިޓީއަށެވެ.

ޕްރޮޖެކްޓް

"ޕްރޮޖެކްޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ވަކި އުސޫލެއްގެ ތެރެއިން ރޭވިގެން ހިންގޭ މަސައްކަތަށެވެ.

ޕޮލިސް ކޮންސޯލް

"ޕޮލިސް ކޮންސޯލް" ކަމުގައި ބުނެފައި އެވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މާއްދީހެކި ވައިގެމަގުން އެއްތަނުން އަނެއްތަނަށް ގެންދިޔުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 106/2020) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރާ، މައްސަލަތަކުގައި ހިމެނޭ މާއްދީހެކި، ލިޔެކިޔުން އަދި އެހެނިހެން ތަކެތީގެ ތެރެއިން ހެކީގެގޮތުގައި ބެލެވޭ އެންމެހައި ތަކެއްޗާއި، އެއާގުޅޭ އެންމެހައި ލިޔެކިޔުންތަކެވެ.

އެސެސްމަންޓް (އިމާރާތްކުރުމާއި ގުޅޭ)

"އެސެސްމަންޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ ދާއިރާގައި މައްސަލައެއް ދިމާވުމުން އެކަމެއް ބެލުމަށް ކުރެވޭ މަސައްކަތްތަކަށެވެ.

ޕްރޮޑަކްޓް (އިމާރާތްކުރުމާއި ގުޅޭ)

"ޕްރޮޑަކްޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެތީގެ ތެރެއިން އެތެރެކުރާ ތަކެތި ބޭނުންކޮށްގެން އުފައްދާ ބާވަތްތަކަށެވެ.

ރެޑީމޭޑް

"ރެޑީމޭޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ މަސައްކަތަކަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ހުރުމަށެވެ.

ސްޓޭންޑަޑް

"ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަކަމަށް ދުނިޔޭގައި ގަބޫލުކުރާ މިންގަނޑުތަކަށެވެ.

ސްޕެސިފިކޭށަން

"ސްޕެސިފިކޭށަން" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަ މިންގަނޑުތަކެވެ.

ކޮންޓްރޯލްކުރުން (އިމާރާތްކުރުމާއި ގުޅޭ)

"ކޮންޓްރޯލްކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގައި އެކަށީގެންވާ ފެންވަރުގެ ތަކެތި ބޭނުންކުރާކަން ޔަގީންކުރުމަށް ކުރެވޭ މަސައްކަތަށެވެ

ހަށިގަނޑަށް އެހެންގޮތެއް ހެދުން
"ހަށިގަނޑަށް އެހެންގޮތެއް ހެދުން" ކަމުގައި ބުނެފައި އެވަނީ، ޕޯސްޓްމޯޓަމް ހެދުން ނުވަތަ، މޯގް ނުވަތަ މޯޗަރީގައި ބޭއްވުން ފަދަ ކަންކަމަށެވެ.
ބައޮލޮޖިކަލް ނުވަތަ ހަޔަވީ މާއްދީހެކި

"ބައޮލޮޖިކަލް ނުވަތަ ހަޔަވީ މާއްދީހެކި" ކަމުގައި ބުނެފައި އެވަނީ، އިންސާނުންގެ ލޭ، މަނި، ކުޅު، މަސް، ދަތް، ކަށި، އިސްތަށި، ނިޔަފަތި ނުވަތަ ގުނަވަނަށެވެ. ނުވަތަ މި ތަކެތީގެ ތެރެއިން އެއްޗެއްގެ އެއްވެސް މިންވަރެއް ވައިގެ މަގުން އެއްތަނުން އަނެއްތަނަށް ފޮނުވުމަށްޓަކައި އެ ތަކެތި ގިންތިކުރެވޭ ގިންތިކުރުމަށެވެ.

ހިިދުމަތްދޭ ފަރާތް

"ހިިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ހިިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށެވެ.

އެންމެ މަތީ އަގު

"އެންމެ މަތީ އަގު" ކަމަށް ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ހިިދުމަތަށް، ހިިދުމަތް ލިބިގަންނަ ފަރާތްތަކުން ނެގޭނެ އެންމެ މަތީ ފީއަށެވެ.