ގާނޫނީ ރަދީފު
"އާންމުކޮށް ދޭ ސަޕޯޓް ހިދުމަތް" ތަކަކީ، އަންނަނިވި ށަރުތުތައް ފުރިހަމަވާ،އަދި އެ ފަރާތުގެ މައިގަނޑު ވިޔަފާރީގެ ބައެއްކަމުގައި ނުހިމެނޭ، "ސަޕޯޓިވް ނޭޗަރ" ގެ ހިދުމަތްތަކުގެ ތެރެއިން، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ހިދުމަތްތަކެވެ (1) އެ ހިދުމަތް ފޯރުވައިދިނުމަށް ހާއްސަ މުދަލެއް ނުވަތަ އަގުހުރި އައިރު މާއްދީ މުދަލެއް ބޭނުންކުރަން ނުޖެހުން އަދި އެ ހިދުމަތުގެ ސަބަބުން އެފަދަ އައިރު މާއްދީ މުދަލެއް އުފެދިގެން ނުދިއުން؛ އަދި (2) ރައްދުވާ ފަރާތުން ސިގްނިފިކަންޓް ރިސްކެއް ނަގަންޖެހޭ ފަދަ ހާލަތެއް މެދުވެރި ނުވުން އަދި އެފަދަ ރިސްކެއް ކޮންޓްރޯލްކުރަންޖެހޭ ފަދަ ހާލަތެއް މެދުވެރި ނުވުން.
"ރައްދުވާ ފަރާތް ނިސްބަތްވާ ގުރޫޕު" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ފަރާތްތައް ވެސް ހިމެނޭ ގޮތުން، ގުޅުންހުރި ފަރާތްތަކުގެ މައްޗަށް އެކުލެވިގެންވާ ގުރޫޕަކަށެވެ (1) ރައްދުވާ ފަރާތް؛ (2) ރައްދުވާ ފަރާތަކީ ޕާޓްނަރށިޕެއްނަމަ، އެ ޕާޓްނަރށިޕްގެ ޕާޓްނަރުން؛ (3) ރައްދުވާ ފަރާތަކީ ޓްރަސްޓެއްނަމަ، އެ ޓްރަސްޓުގެ ޓްރަސްޓީން؛
"ކޮލިފައިންގ ޕާސްޓް ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން" ކަމުގައި ބުނެފައި އެވަނީ، ރައްދުވާ ފަރާތަކުން ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަން ތައްޔާރުކުރާ މުއާމަލާތް (ސަބްޖެކްޓް ޓްރާންޒެކްށަން) ކުރާ ގުޅުންހުރި ފަރާތާއެކު، ފައިބެ ހިސާބުކުރާ މުއްދަތަށް މުއާމަލާތަކާ ނުވަތަ އިންތިޒާމަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ޓްރާންސްފަރ ޕްރައިސިންގ ޑޮކިއުމެންޓޭށަންއަށެވެ.
"އިންޑިކެޓިވް މާޖިން" ކަމަށް ބުނެފައި އެވަނީ، ގުޅުންހުރި ފަރާތްތަކުގެ މެދުގައި ކުރެވޭ ލޯނުގެ މުއާމަލާތްތަކުގެ އިންޓްރެސްޓް ކަނޑައެޅުމުގައި ބޭނުންކުރުމަށް، މީރާގެ ވެބްސައިޓުގައި ށާއިއުކޮށްފައިވާ އިންޑިކެޓިވް މާޖިންއަށެވެ.
"ސަލާމަތީ ހިދުމަތް ދޭ އިދާރާ ނުވަތަ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންގެ އިދާރާއަށެވެ.
"ސެކިއުރިޓީ މެނޭޖަރު" ކަމުގައި ބުނެފައި އެވަނީ، ފަތުރުވެރިކަމު ގެ ވިޔަފާރި ހިންގާ ތަނެއްގެ ސަލާމަތާއި ރައްކައުތެރިކަން ބެލެހެޓުމަށްޓަކައި އެ ތަނެއްގައި ކަނޑައަޅައިފައިވާ އެންމެ އިސް މުވައްޒަފަށެވެ.
"މޫދު ކުޅިވަރު" ކަމުގައި ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަން ކަމަށް މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ތަންތަނުން އިންތިޒާމު ކޮށްދޭ ސްނޯރކްލިންގ، ސަރފިންގ، ޖެޓް ސްކީންގ، ސްވިމިންގ، ޑައިވިންގ ފަދަ، މޫދުގައި ހިންގޭ ހަރަކާތްތަކަށެވެ.
"އިމަރޖެންސީ ލައިޓް" ކަމުގައި ބުނެފައި އެވަނީ، އިލެކްޓްރިކް ކަރަންޓު ކެނޑިއްޖެ ހިނދެއްގައި، އޭގެ އަމިއްލަ ޒާތުގައި ދިއްލޭ ގޮތަށް އުފައް ދައިފައި ހުންނަ ބޮތްކާއި ހޮޅިބުރި ފަދަ ތަކެއްޗަށެވެ.
"އިމަރޖެންސީ ހޮޓްލައިން" ކަމަށް ބުނެފައި އެވަނީ، ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަނެއްގައި ދިމާވެދާނެ އިމަރޖެންސީ ހާލަތަކާ ގުޅޭގޮ ތުން އެ ތަނުގައި އުޅޭ ފަތުރުވެރިންނާއި މުވައްޒަފުން އެ މައުލޫމާތު އެ ތަނަކާ ހިއްސާކުރުމަށް އެ ތަނަކުން ކަނޑައަޅައިފައިވާ ފޯނު ނަންބަރަށެވެ.
"ވަރުވާއަށް ދޫކުރުން" ކަމުގައި ބުނެފައި އެވަނީ، ފަޅުރަށްރަށުގެ ގު ދުރަތީ ވެށްޓަށް ބަދަލު ނުގެނެސް ފަޅުރަށްރަށް ބެލެހެއްޓުން ހަވާލުކުރުމަށެވެ.
"ވަރުވާ" ކަމުގައި ބުނެފައި އެވަނީ، މިނިސްޓްރީއަށް ދެއްކުމަށް މިނިސްޓްރީއާއި ވަރުވާއަށް ރަށެއް ނަގާ ފަރާތާއެކު އެއްބަސްވެވޭ ފައިސާގެ އަގަށެވެ.
"ކާރިސާ" ކަމުގައި ބުނެފައި އެވަނީ، މުޖުތަމައެއްގެ ނުވަތަ ޖަމާއަތެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ތަހައްމަލް ނުކުރެވޭ ގޮތަށް، އެ ބައެއްގެ އިންސާނީ ކެރިކުޅަދާނަކަމަށާއި، މާއްދީ ވަސީލަތްތަކަށާއި، އިގްތިސާދީ ވަސީލަތްތަކަށާއި، ތިމާވެށްޓަށް ގެއްލުންވެ، އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި ހާދިސާތަކަށެވެ. އިތުރު ތަފުސީލު: "ކާރިސާ" މާނަކުރުމުގައި އާންމުކޮށް 3 (ތިނެއް) ކަމަކަށް ބަލަންޖެހެއެވެ. އެއީ މުޖުތަމައެއް ނުރައްކަލަކަށް ހާމަކޮށް ހުޅުވިފައިވާ މިންވަރާއި، ނާޒުކުކަމާއި، ތަހައްމަލް ކުރުމަށް ނުކުޅެދުންތެރިވެފައިވާ މިންވަރެވެ.
"އާންމު ބޭނުންތައް" ކަމުގައި ބުނެފައި އެވަނީ، ފަޅުރަށެއްގައި ކުރަން ހުށަހަޅާ މަސައްކަތްތައް ކުރުމުގައި ބޭނުންކުރާ އޮޑިދޯނިފަހަރު ލަފާ ފުރުމަށް ބޭނުންވާ ޖެޓީ/ފާލަން ހެދުމަށާއި، ފަޅުގައި ބާއްވަންޖެހޭ އޮޑިދޯނިފަހަރު ބޭއްވުމަށެވެ.
"ފަޅުރަށް" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިނޫޅޭ އަދި ސަރުކާރުން އެ ރަށަކީ ފަޅުރަށެއް ކަމުގައި ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑުން މައްޗަށް އުފުލިފައިވާ، ވެއްޔާއި ގައު އަދި/ނުވަތަ ގަސް އެކުލެވޭ ކޮންމެ ތަނަކާއި، އެ ތަނެއްގެ ވަށައިގެންވާ ފަޅުގެ 500 (ފަސް ސަތޭކަ) މީޓަރުގެ ސަރަހައްދު ނުވަތަ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން އިތުރުކުރާ ފަޅުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ.
"ދައުލަތުގެ ބޭނުން" ކަމުގައި ބުނެފައި އެވަނީ، ރާއްޖޭގެ ތަރައްގީގެ މަށްރޫއެއްގެ ދަށުން ނުވަތަ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމެއްގެ ސަބަބުން ނުވަތަ ރާއްޖޭގެ ބިނާވެށީގެ ޕްލޭނުގެ ދަށުން ކުރިންސުރެ ވަކި ކަމަކަށް ރޭވިފައިވާ ގައުމީ މަސައްކަތަކަށް، ނުވަތަ މުޅި ގައުމުގެ އިގްތިސާދަށް ފައިދާކުރާނެ ފަދަ މަށްރޫއެއް ހިންގުމަށެވެ.