gaanoon_logo
-
އެހީ އަށް އެދޭ ފަރާތް

"އެހީ އަށް އެދޭ ފަރާތް" ކަމުގައި ބުނެފައިވަނީ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި ބަލަހައްޓަމުންދާ 18 އަހަރު ނުފުރޭ ކުދިންގެ ގާނޫނީ ބެލެނިވެރިންނަށެވެ.

ކުއްޖާ ނުވަތަ ކުދިން

"ކުއްޖާ ނުވަތަ ކުދިން" ކަމުގައި ބުނެފައި އެވަނީ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހީއަށް އެދޭ ފަރާތުން ބަލަހައްޓަމުންދާ 18 އަހަރުން ނުފުރޭ ކުދިންނަށެވެ. 

ކޮމްޕްލައިންސް ޑޮކިއުމަންޓް

"ކޮމްޕްލައިންސް ޑޮކިއުމަންޓް" ކަމަށް ބުނެފައި އެވަނީ، ބިލްޑިންގ ކޯޑުގެ ދަށުން އެކުލަވައިލެވޭ، އިމާރާތްކުރުމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ހިމެނިފައިވާ ލިޔެކިޔުންތަކަށެވެ.

ރޭމްޕް

"ރޭމްޕް" ކަމަށް ބުނެފައި އެވަނީ، އުސް ތަނަކުން އަރައިފައިބަން ބޭނުންކުރާ ކަތި ތަޅުންގަޑަށެވެ.

ބިލްޑިންގ ކޯޑު

"ބިލްޑިންގ ކޯޑު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް ބަޔާންކޮށް އެކުލަވަ އިލެވޭ ގަވާއިދަށެވެ.

ހުޅުވުން (އިމާރާތްކުރުމާޢި ގުޅޭ)

"ހުޅުވުން" ކަމަށް ބުނެފައި އެވަނީ، ކުޑަދޮރު، އާނގަފަދަ ހުޅުވުން ތަކަށެވެ. ހަމައެކަނި އަލިވެއްދުމަށް ހުންނަ ގްލާސް ބްލޮކް ނުވަތަ ނުހުޅުވޭގޮތަށް ބިއްލޫރި ޖަހައިފައި ހުންނަ ތަންތަނާއި ދަމާދޮރާއި ކުޑަދޮރު (ސްލައިޑިންގ ޑޯރ އެންޑް ވިންޑޯރ) ގެ ނުހުޅުވޭ ބައި މީގެ ތެރެޔަކު ނުހިމެނޭނެއެވެ.

އިމާރާތުގެ ވިޑްތް ކޮއިފިށަންޓް

"އިމާރާތުގެ ވިޑްތް ކޮއިފިށަންޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތުގެ ބޭރުން ބޭރަށް ހުންނަ ސީދާ އެންމެ ދިގުމިން، އިމާރާތުގެ ބޮޑުމިން (އޭރިޔާ) އިން ގެއްލުމުން ލިބޭމިނަށެވެ.

އިމާރާތުގެ ފުޓްޕްރިންޓް

"އިމާރާތުގެ ފުޓްޕްރިންޓް" ކަމަށް ބުނެފައި އެވަނީ، ތިރީބުރީގައި އިމާރާތް ނުކޮށް ދޫކޮށްފައިވާ ހުސް ޖާގަ ނުހިމަނައި، ތިރީބުރި ހިމެނޭ ބިމުގެ ބޮޑުމިން (އޭރިޔާ) އެވެ.

މަގުގެ ފުޅާމިން

"މަގުގެ ފުޅާމިން" ކަމުގައި ބުނެފައި އެވަނީ، އިމާރާތްކުރުމަށް ހުއްދަދެވޭ ތަނުގެ ކުރިމަތިން، އެތަން ހިމެނޭ ގޯތީގެ މަގުގެ އިމުން ފެށިގެން އެ މަގުގެ އަނެއް ފަރާތުގައި  އޮންނަ ގޯތި ނުވަތަ ތަނުގެ މަގުމަތީ އިމާ ހަމަޔަށެވެ.

މަގު

"މަގު" ކަމަށް ބުނެފައި އެވަނީ، އިމާރާތަށް ވަދެ ނުކުތުމަށް އޮންނަ މައި މަގަށް ނުވަތަ ގޯޅިއަށް ނުވަތަ ގޯއްޗާ އިންވެގެން އޮންނަ މަގުތަކުގެ ތެރެއިން ފުޅާމަގަށް ނުވަތަ ބަހައިފައިވާ ގޯއްޗަށް ވަންނަން އޮންނަ މަގަށެވެ.

ގޯތި

"ގޯތި" ކަމަށް ބުނެފައި އެވަނީ، ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗަށެވެ.

ޑިވެލޮޕްމަންޓް ކޮންޓްރޯލް

"ޑިވެލޮޕްމަންޓް ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރެވޭ ތަނަށް ކަނޑައަޅާ ޕްލޭނިންގ މިންގަނޑުތަކެވެ.

ފަޅު

"ފަޅު" ކަމަށް ބުނެފައި އެވަނީ، އެ ރަށްރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިޔާ ހަމަޔަށް އޮންނަ ސަރަހައްދު ނުވަތަ ފަރާއި ގިރީގެ ވަށައިގެންވާ ސަރަހައްދަށެވެ.

ސިޓީ

"ސިޓީ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ސިޓީއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށެއް ނުވަތަ އިދާރީ ދާއިރާއަކަށެވެ.

ޗެކަރެއް

"ޗެކަރެއް" ކަމަށް ބުނެފައި އެވަނީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން އިމާރާތުގެ ބާވަތް 1 ނުވަތަ ބާވަތް 2 ގެ އިމާރާތުއެއް ޗެކުކުރުމުގެ ކެޓަގަރީއެއްގައި ރަޖިސްޓަރީ ވެފައިވާ ފަރާތަކަށެވެ.