gaanoon_logo
-
އިމާރާތުގެ ވިޑްތް ކޮއިފިށަންޓް

"އިމާރާތުގެ ވިޑްތް ކޮއިފިށަންޓް" ކަމަށް ބުނެފައި އެވަނީ، އިމާރާތުގެ ބޭރުން ބޭރަށް ހުންނަ ސީދާ އެންމެ ދިގުމިން، އިމާރާތުގެ ބޮޑުމިން (އޭރިޔާ) އިން ގެއްލުމުން ލިބޭމިނަށެވެ.

އިމާރާތުގެ ފުޓްޕްރިންޓް

"އިމާރާތުގެ ފުޓްޕްރިންޓް" ކަމަށް ބުނެފައި އެވަނީ، ތިރީބުރީގައި އިމާރާތް ނުކޮށް ދޫކޮށްފައިވާ ހުސް ޖާގަ ނުހިމަނައި، ތިރީބުރި ހިމެނޭ ބިމުގެ ބޮޑުމިން (އޭރިޔާ) އެވެ.

މަގުގެ ފުޅާމިން

"މަގުގެ ފުޅާމިން" ކަމުގައި ބުނެފައި އެވަނީ، އިމާރާތްކުރުމަށް ހުއްދަދެވޭ ތަނުގެ ކުރިމަތިން، އެތަން ހިމެނޭ ގޯތީގެ މަގުގެ އިމުން ފެށިގެން އެ މަގުގެ އަނެއް ފަރާތުގައި  އޮންނަ ގޯތި ނުވަތަ ތަނުގެ މަގުމަތީ އިމާ ހަމަޔަށެވެ.

މަގު

"މަގު" ކަމަށް ބުނެފައި އެވަނީ، އިމާރާތަށް ވަދެ ނުކުތުމަށް އޮންނަ މައި މަގަށް ނުވަތަ ގޯޅިއަށް ނުވަތަ ގޯއްޗާ އިންވެގެން އޮންނަ މަގުތަކުގެ ތެރެއިން ފުޅާމަގަށް ނުވަތަ ބަހައިފައިވާ ގޯއްޗަށް ވަންނަން އޮންނަ މަގަށެވެ.

ގޯތި

"ގޯތި" ކަމަށް ބުނެފައި އެވަނީ، ބަންޑާރަ ގޯއްޗާއި އަމިއްލަ ގޯއްޗަށެވެ.

ޑިވެލޮޕްމަންޓް ކޮންޓްރޯލް

"ޑިވެލޮޕްމަންޓް ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރެވޭ ތަނަށް ކަނޑައަޅާ ޕްލޭނިންގ މިންގަނޑުތަކެވެ.

ފަޅު

"ފަޅު" ކަމަށް ބުނެފައި އެވަނީ، އެ ރަށްރަށުގެ ހޭޅިފަށުން ފެށިގެން ފަރުގެ ބޭރުކައިރިޔާ ހަމަޔަށް އޮންނަ ސަރަހައްދު ނުވަތަ ފަރާއި ގިރީގެ ވަށައިގެންވާ ސަރަހައްދަށެވެ.

ސިޓީ

"ސިޓީ" ކަމަށް ބުނެފައި އެވަނީ، ސަރުކާރުން ސިޓީއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށެއް ނުވަތަ އިދާރީ ދާއިރާއަކަށެވެ.

ޗެކަރެއް

"ޗެކަރެއް" ކަމަށް ބުނެފައި އެވަނީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން އިމާރާތުގެ ބާވަތް 1 ނުވަތަ ބާވަތް 2 ގެ އިމާރާތުއެއް ޗެކުކުރުމުގެ ކެޓަގަރީއެއްގައި ރަޖިސްޓަރީ ވެފައިވާ ފަރާތަކަށެވެ.

ޕްލޭނިންގ ކޮންސެންޓް

"ޕްލޭނިންގ ކޮންސެންޓް" ކަމަށް ބުނެފައި ޕްލޭނިންގ ގާނޫނެއްގެ ނުވަތަ ޕްލޭނިންގ ގަވާއިދެއްގެދަށުން އެ އިމާރާތެއްގެ އިންތަކާއި ބޭނުންތަކަށް ދެވޭ ހުއްދައަކަށެވެ.

ޔުނިޓެއް (އިމާރާތްކުރުމާއި ގުޅޭ)

"ޔުނިޓެއް" ކަމަށް އބުނެފައި އެވަނީ، އެ އިމާރާތެއްގައި މީހުން ދިރިއުޅެމުންދާ ފްލެޓެއް ނުވަތަ އެޕާރޓްމަންޓަކަށެވެ.

ޑޯ - ވިންޑޯ ށެޑިއުލް

"ޑޯ - ވިންޑޯ ށެޑިއުލް" ކަމަށް ބުނެފައި އެވަނީ ކުޑަދޮރުތަކާއި ބޮޑުދޮރުތަކާއި ހަރުކޮށްފައި ހުންނަ ބިއްލޫރިގަނޑު ތަކުގެ އުސްމިނާއި ފުޅާމިނާއި ތަޅުމުން އުފުލިފައިވާ މިނާއި ވައިދައުރުވުމަށް ބޭނުންކުރާ ކުޑަދޮރު ނުވަތަ ބޮޑުދޮރުގެ ހުޅުވުންތަކުގެ މިންތައް އަންގައިދޭ ކުރެހުމަކަށެވެ.

ޑިޒައިންކުރާ ފަރާތް

"ޑިޒައިންކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު" ގެ ދަށުން އިމާރާތުގެ ބާވަތް 1 ނުވަތަ ބާވަތް 2 ގެ އިމާރާތެއް ޑިޒައިންކުރުމުގެ މަސައްކަތް ކުރެވޭ ކެޓަގަރީއެއްގައި ރަޖިސްޓަރީ ވެފައިވާ ފަރާތެކެވެ.

ޑިވަލޮޕްމަންޓް ކޮންޓްރޯލްސް

"ޑިވަލޮޕްމަންޓް ކޮންޓްރޯލްސް" ކަމަށް ބުނެފައި އެވަނީ އެ ބިމެއްގައި އިމާރާތްކުރެވޭނެ އިންތަކާއި އެހެން ބައެއް ޕްލޭނިންގ މިންގަނޑުތައް ކަނޑައަޅާ، ޕްލޭނިންގ ގާނޫނެއްގެ ނުވަތަ ގަވާއިދެއްގެ ދަށުން، ދޫކުރާ ލިޔުމަށެވެ.

ސިއްހަތާއި ސަލާމަތާއި ގުޅޭ ކަންކަން

"ސިއްހަތާއި ސަލާމަތާއި ގުޅޭ ކަންކަން" ކަމަށް ބުނެފައި އެވަނީ އިމާރާތްތަކުގެ އޮނިގަނޑު ނުވަތަ ސްޓްރަކްޗަރ އާއި ގުޅޭ ކަންކަމާއި އިމާރާތްތައް ބޭނުންކުރާ ފަރާތްތަކުން ބޭނުންކުރާ ޖާގަތަކަށް ވައި ވެއްދުމާ ގުޅޭ ކަންކަމާއި އިމާރާތްތަކުގެ ފަޔަރ ސޭފްޓީއާއި ހަދަމުންދާ ތަންތަނާއި ބޭނުންކުރާ ތަންތަނުން އާންމުންނާއި އެތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތައް ސަލާމަތްތެރިކުރުވުމަށް ހުންނަ މިންގަނޑުތައް ހިމެނޭގޮތަށެވެ.