ގާނޫނީ ރަދީފު
"ސީދާ އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، ލިޔެކިޔުމެއް މެދުވެރިކޮށް، ނުވަތަ ޕޯސްޓުން، ނުވަތަ ފޯނުން، ނުވަތަ އިންޓަރނެޓްފަދަ ޑިޖިޓަލް ވަސީލަތެއް މެދުވެރިކޮށް ސީދާ މުދާ ގަންނަ ފަރާތަކަށް ނުވަތަ ހިދުމަތެއް ލިބިގަންނަ ފަރާތަކަށް ވިއްކާ މުދަލެއް ނުވަތަ ދެވޭ ހިދުމަތަކާ ގުޅިގެން ކުރާ އިށްތިހާރުކުރުމަށެވެ.
"އިލެކްޓްރޯނިކް ޒަރީއާއިން ކުރެވޭ ވިޔަފާރި ނުވަތަ ދެވޭ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެނޫންވެސް މިފަދަ ވަސީލަތެއް މެދުވެރިކޮށް، ޑޭޓާ މެސެޖް ބޭނުންކޮށްގެން ކުރެވޭ މުއާމަލާތެއް ހިމެނޭގޮތުން ހިންގޭ ވިޔަފާރި ނުވަތަ ދެވޭ ހިދުމަތްތަކަށެވެ.
"ރީކޮންޑިށަންކޮށްފައިވާ މުދާ" ކަމަށް ބުނެފައި އެވަނީ، ގަނެފައިވާ މުދަލެއް އަނބުރާ ރައްދުކުރާ ހާލަތްތަކުގައި، އެ މުދަލެއް ސާފުކޮށް، އެކްސްޓެންސިވް ޓެސްޓިންގއަށްފަހު އަލުން ބަންދުކޮށް ވިއްކުމަށް ނެރެފައިވުމަށެވެ.
"ހިދުމަތް" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ތަނެއް ބެލެހެއްޓުމާއި، ހިންގުމާއި، މަރާމާތުކުރުމާއި ނުވަތަ ބަދަލުކުރުން ހިމެނޭގޮތުން ދެވޭ ހިދުމަތްތަކަށެވެ.
"ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، ވިއްކުމަކުން ނުވަތަ ބަދަލު ކުރުމަކުން ނުވަތަ ކުއްޔަށްދިނުމަކުން ނުވަތަ ފަހުން އަގުދޭގޮތަށް ބާޒާރަށް މުދަލެއް ނުވަތަ ހިދުމަތެއް ވާސިލުކޮށްދޭ ކޮށްދިނުމަށެވެ.
"މުދާ" ކަމަށް ބުނެފައި އެވަނީ، ހިފާ ގެންގުޅެވޭގޮތަށް ނުވަތަ އެނޫންވެސް ގޮތަކަށް، އަމިއްލަ ބޭނުންތަކަށް ވިއްކާ ތަކެއްޗަށެވެ. މީގެ ތެރޭގައި ޑިޖިޓަލް ފޯމްއެއްގައި ތައްޔާރުކުރެވިފައި ހުންނަ ސޮފްޓްވެއަރފަދަ ތަކެތި ހިމެނޭނެއެވެ.
"ގެއްލުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ލިބޭ އަނިޔާތަކާއި، އެ ފަރާތުގެ މުދަލަށް ލިބޭ ގެއްލުމާއި މާލީ ގެއްލުންތަކަށެވެ.
"އަނިޔާ" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑަށް ލިބޭ ވޭނާއި، ހަށިގަނޑަށް ޖެހޭ ބައްޔާއި، ހަށިގަނޑުގެ މާއްދީ އެއްވެސް ބަޔަކަށް ލިބޭ އުނިކަމަކަށެވެ.
"މުދާ ގަންނަ ފަރާތް ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތް" ކަމަށް ބުނެފައި އެވަނީ، އަލުން ވިއްކުމަށް ޓައި ނުވަތަ ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަށް ނޫންގޮތަކަށް އަމިއްލަ ބޭނުމަށް މުދަލެއް ނުވަތަ ޚިދުމަތެއް ލިބިގަންނަ ކޮންމެ ފަރާތަކަށެވެ.
"ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރު" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ރަޖިސްޓަރީކުރުމަށްފަހު އާންމުކޮށްފައިވާ ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކުގެ ލިސްޓަށެވެ.
"ކޮލެޖް ހިންގާ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، ކޮލެޖުގެ ހިންގުމުގެ އެންމެހައި ކަންކަމުގައި ހަވާލުވެ ހުންނަ އިސް ފަރާތަށެވެ.
"އިންސްޓިޓިއުޓް ހިންގާ އިސްވެރިޔާ" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓުގެ ހިންގުމުގެ އެންމެހައި ކަންކަމުގައި ހަވާލުވެ ހުންނަ އިސް ފަރާތަށެވެ.
"ކެމްޕަސް" ކަމަށް ބުނެފައި އެވަނީ، ކޮލެޖްތަކުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމްކުރެވޭ ގޮތްޕަށެވެ.
"ކޮލެޖް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މަތީ ތައުލީމާއި ތަމްރީނުދޭ ހުރިހާ ތަންތަނަށެވެ.
"އައުޓްރީޗް ސެންޓަރ" ކަމަށް ބުނެފައި އެވަނީ، އިންސްޓިޓިއުޓުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި، އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމްކުރާ ގޮތްޕަށެވެ.