-

ބައިނަލްއަގްވާމީ އެއްބަސްވުން

"ބައިނަލްއަގްވާމީ އެއްބަސްވުން" ކަމުގައި ބުނެފައި އެވަނީ، "މަލްޓިލެޓަރަލް ކޮންވެންށަން ފޮރ މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓަރޒް"، ނުވަތަ އެއްވެސް ބައިލެޓަރަލް ނުވަތަ މަލްޓިލެޓަރަލް ޓެކްސް ކޮންވެންށަނެއް/އެއްބަސްވުމެއް ނުވަތަ ދިވެހިރާއްޖެއިން އެ އެއްބަސްވުމެއްގައި ބައިވެރިވާ ޓެކުހާގުޅޭ މައުލޫމާތު ބަދަލުކުރުމުގެ އެއްވެސް އެއްބަސްވުމަކަށެވެ. އަދި އެ ފަދަ އެއްބަސްވުމެއް ވާންވާނީ، އެ އެއްބަސްވުމުގައި ބައިވެރިވާ ޖުރިސްޑިކްށަންތަކުގެ މެދުގައި ޓެކުހާގުޅޭ މައުލޫމާތު ބަދަލުކުރުމުގެ (އެ ފަދަ މައުލޫމާތު އޮޓޮމެޓިކުން ބަދަލުކުރުން ވެސް ހިމެނޭ ގޮތުން) ގާނޫނީ ބާރު އެ އެއްބަސްވުމުގައި އެއްބަސްވެފައިވާ ކަންކަމުގެ ޒަރީއާއިން ލިބިދީފައިވާ އެއްބަސްވުމަކަށެވެ.