-

ހިސާބުތައް

"ހިސާބުތައް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ނުވަތަ މި ގަވާއިދުގެ ދަށުން ބަލަހައްޓަންޖެހޭ ދައުލަތުގެ ފައިސާއާއި އެހެނިހެން ފައިސާ، ނުވަތަ ދައުލަތުގެ މުދަލާއި އެހެނިހެން މުދާ، ނުވަތަ ފައިސާގެ މުޢާމަލާތްތައް، ނުވަތަ މުދަލެއްނަމަ ފައިސާއިން ނުވަތަ އެހެން މިންގަނޑަކުން މިންކުރެވިފައިވާ ތަކެއްޗާ ބެހޭގޮތުން އެއްކުރެވިފައިވާ ނުވަތަ ރިކޯޑުކުރެވިގެން ނުވަތަ ލިޔުމެއްގެ ސިފައިގައި ނުވަތަ ޗާޕުކުރެވިގެން ނުވަތަ މައިކްރޯފިލްމުގެ ގޮތުގައި ނުވަތަ އިލެކްޓްރޯނިކްގެ ޒަރީއާއިން ބެލެހެއްޓޭ ރިކޯޑެވެ. މި މާނައިގައި ފޮތް، ލިޔެކިޔުން، މަނިޓަރީ ފޯމު، ޚުލާޞާ، ވައުޗަރު، ކޮމްޕިއުޓަރ ޕްރިންޓްއައުޓް، ނުވަތަ މިނޫން އެހެން ގޮތްގޮތުންހިސާބުކުރުމުގައި ބޭނުންކުރާ އެންމެހައި ލިޔެކިޔުން ހިމެނެއެވެ.