ގާނޫނީ ރަދީފު
"ފުލްޓައިމް" ކަމަށް ބުނެފައި އެ ވަނީ، މޯލްޑިވްސް ކޮލިފިކޭށަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ފުލްޓައިމް ކޯސްކަމަށް ކަނޑައަޅައިފައިވާ މިންގަނޑަށް ފެތޭ ކޯސްތަކަށެވެ. އެއީ، މަދުވެގެން އަހަރަކު 120 (އެއްސަތޭކަ ވިހި) ކުރެޑިޓް އަވާރސްގެ ރޭޓުން ފުރިހަމަކުރާ ކޯސްތަކެވެ.
"އެމް.އެން.ކިއު.އެފް" ކަމަށް ބުނެފައި އެ ވަނީ ، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކްއަށެވެ.
"މަތީ ތައުލީމާއި ތަމްރީނު" ކަމަށް ބުނެފައި އެ ވަނީ ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު، މޯލްޑިވްސް ނޭށަނަލް ކޮލިފިކޭށަންސް ފްރޭމްވާރކް (އެމް.އެން.ކިޔު.އެފް) ގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހުރި ކޯޯސްތަކަށާއި، މިނިސްޓްރީން ކަނޑައަޅައި އާންމުކުރާ ޕްރޮފެށަނަލް ޕްރޮގްރާމްތަކަށް ނުވަތަ ލައިސަންސް ޕްރޮގްރާމްތަކަށެވެ.
"ސީ.އެސް ވިއުގަ" ކަމަށް ބުނެފައި އެވަނީ، ސިވިލް ސަރވިސްގެ އިދާރީ ކަންކަން އިލެކްޓްރޯނިކްގެ ޒަރީއާއިން ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ އޮންލައިން ސޮފްޓްވެއަރއަށެވެ.
"ގުނަވަން" ކަމަށް ބުނެފައި އެވަނީ، ހިތް، ފުއްޕާމޭ، ފުރަމޭ، ޕެންކްރިއޭސް، ކިޑްނީ، ގޮހޮރު ނުވަތަ އެ ނޫންވެސް ޓްރާންސްޕްލާންޓްކުރުމުގެ ބޭނުމަށް ހުއްޓުމެއްނެތި ލޭ ހިނގަންޖެހޭ ގުނަވަންތަކަށެވެ.
"ބޯންމެރޯ" ކަމަށް ބުނެފައި އެވަނީ، އިންސާނާގެ ކަށީގެ ކެވިޓީގެ ތެރޭގައި ހުންނަ މަޑު މެޓީރިއަލަށެވެ.
"ކްރޮނިކް ކޮންޑިށަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ހާލަތްތަކުން ކުރެ ހާލަތެއް ދިމާވާ ބަލިތަކަށެވެ.
- ދާއިމީ ގޮތެއްގައި ދިގުދެމިގެންދާ (ތެލަސީމިއާ ބަލި ފަދަ) ބައްޔެއް،
- ބަލީގެ ސަބަބުން ނުކުޅެދުންތެރިކަމެއް ކުރިމަތިވާ ބައްޔެއް،
- ނަންރިވަރސިބްލް ޕެތޮލޮޖިކަލް އަލްޓަރޭށަނެއްގެ ސަބަބުން ކުރިމަތިވާ ބައްޔެއް، ނުވަތަ
- ދިގުމުއްދަތަކަށް ސިއްހީ ފަރުވާއާއި ބެލެހެއްޓުން ބޭނުންވާ ބައްޔެއް.
"ޓަރމިނަލް އިލްނަސް" ކަމަށް ބުނެފައި އެވަނީ، ފުރާނަ ސަލާމަތްކުރުމަށް ދޭންޖެހޭ ފަރުވާއާ ނުލައި، ކައިރި މުސްތަޤުބަލެއްގައި މަރުވެދާނެ ފަދަ ނުވަތަ ދާއިމީ ގޮތެއްގައި ހޭނެތިދާނެ ފަދަ ރަނގަޅުނުކުރެވޭ ފަދަ ބައްޔެއް ނުވަތަ ހާލަތަކަށެވެ.
"ފުލް އޮކިއުޕަންސީ" ކަމަށް ބުނެފައި ވަނީ ޓޫރިސްޓު އުޅަނދުގައި ރަޖިސްޓަރީ ކޮށްފައިވާ އެނދުގެ އަދަދަށް ޓޫރިސްޓުން އުޅަނދުގައި ތިބެފި ނަމައެވެ.
"ޓޫރިސްޓު ބެޑް ކެޕޭސިޓީ" ކަމަށް ބުނެފައިއެވަނީ، ޓޫރިސްޓުންނަށް ތިބެވޭ ޖުމްލަ އެނދުގެ އަދަދަށެވެ.
"ހައުސް ކައުންޓް" ކަމަށް ބުނެފައިއެވަނީ، ކޮންމެ ދުވަހަކު ޓޫރިސްޓް އުޅަނދުގައި ތިބޭ ޓޫރިސްޓުންގެ އަދަދަށެވެ.
"ރެޖިސްޓްރޭޝަން ކާޑް" ކަމަށް ބުނެފައިއެވަނީ، ޓޫރިސްޓުންގެ މައުލޫމާތު ހޯދުމަށް ފުރާ ކާޑަށެވެ.
"ގެސްޓް ރަޖިސްޓްރީ" ކަމަށް ބުނެފައިއެވަނީ، ޓޫރިސްޓުންނާއި ބެހޭ މައުލޫމާތު ނޯޓު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިޭއޝަނުން ފާސްކުރައްވާފައިވާ ނަމޫނާއާއި އެއްގޮތަށް ކަރުދާހުގައި ލިޔެފައި ހުންނަ ރިކޯޑަށެވެ.
"ގެސްޓެއް" ކަމަށް ބުނެފައި އެވަނީ ރާއްޖެއަށް އަންނަ ދިވެހި ރައްޔިތަކު ނޫން "ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހަކަށެވެ. "ރެސިޑެންޓް ޕާރމިޓް" އަކީ، ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، ޓޫރިސްޓެއް ނޫން ގޮތަކަށް ރާ ްއޖޭގައި ހުރުމަށް ކަމާ ބެހޭ ފަރާތުން ދޭ ހުއްދަ އެވެ.
"ޓޫރިސްޓެއް ނުވަތަ ގެސްޓެއް" ކަމަށް ބުނެފައި އެވަނީ ރާއްޖެއަށް އަންނަ ދިވެހި ރައްޔިތަކު ނޫން "ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހަކަށެވެ. "ރެސިޑެންޓް ޕާރމިޓް" އަކީ، ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، ޓޫރިސްޓެއް ނޫން ގޮތަކަށް ރާ ްއޖޭގައި ހުރުމަށް ކަމާ ބެހޭ ފަރާތުން ދޭ ހުއްދަ އެވެ.